އެކިއެކި ދާއިމީ ކޮމެޓީތައް

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލަށް ލަފާދޭ ކޮމެޓީ

މިއީ ކައުންސިލުން ނިންމާ ނިންމުންތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރު ކުރުމަށާއި، އެ ނިންމުންތަކަކީ ޒިންމާދާރު އަދި ޖަވާބުދާރީވަނިވި އުޞޫލުން ނިންމާ ނިންމުންތަކެއްގެ ގޮތުގައި ބޭއްވުމަށް މަގުފަހި ކުރުމުގެ ގޮތުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 61 ވަނަ މާއްދާއާއި، 149 ވަނަ މާއްދާއިން ލޯކަލް ގަވަރމަންޓު އޮތޯރިޓީއަށް ލިބިދީފައިވާ ބާރުގެދަށުން އެ އޮތޯރިޓީން އެލަވާލާފައިވާ އުޞޫލުގެ ދަށުން މިދައުރަށް އުފައްދާފައިވާ ކޮމެޓީއެކެވެ. [ކައުންސިލަށް ލަފާދޭ ކޮމެޓީގެ އުޞޫލު]

1 ޢުމަރު ޒާހިރު ފ.އަތޮޅު ކައުންސިލްގެ ރައީސް ގުޅޭނަންބަރު: 6740017 އީމެއިލް: admin@faafu.gov.mv
2 މަޙުމޫދު އަޙުމަދު ފ.އަތޮޅު ކައުންސިލްގެ ނައިބު ރައީސް ގުޅޭނަންބަރު: 6740017 އީމެއިލް: admin@faafu.gov.mv
3 ޢަބުދުލް ޤާދިރު މުޙައްމަދު ފ.އަތޮޅު ކައުންސިލް މެންބަރ ގުޅޭނަންބަރު: 6740017 އީމެއިލް: admin@faafu.gov.mv
4 މުޙައްމަދު ޖަލީލު ފ.ފީއަލީ ކައުންސިލްގެ ރައީސް ގުޅޭނަންބަރު: 6740012 އީމެއިލް: feeali2006@hotmail.com
5 އިޙުސާން ފ.ބިލެއްދޫ ކައުންސިލްގެ ރައީސް ގުޅޭނަންބަރު: 6740013 އީމެއިލް: bilehdhoo@hotmail.com
6 ޢަބުދުﷲ ވަޙީދު ފ.މަގޫދޫ ކައުންސިލްގެ ރައީސް ގުޅޭނަންބަރު: 6740014 އީމެއިލް: fmagoodhoo@gmail.com
7 ޢަލީ މުޙައްމަދު ފ.ދަރަނބޫދޫ ކައުންސިލްގެ ރައީސް ގުޅޭނަންބަރު: 6740015 އީމެއިލް: admin@dharanboodhoo.gov.mv
8 މުޙައްމަދު ޖަލީލު ފ.ނިލަންދޫ ކައުންސިލްގެ ރައީސް ގުޅޭނަންބަރު: 6740016 އީމެއިލް: nilandhoo@live.com
9 ސަހީހާ މުޙައްމަދު ސޯޝަލް ސާރވިސް އޮފިސަރ ގުޅޭނަންބަރު: 6740593 އީމެއިލް: saheeha@gender.gov.mv


ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގެ އެންމެ ފަހުގެ ބިޑުކޮމެޓީ

ފަރީދާ އިބްރާހީމް
އެސިސްޓެންޓް ޑިރެކްޓަރ
ޗެއަރޕާސަން
އާމިނަތު ރިލްފާ
އެކައުންޓްސް އޮފިސަރ
މެންބަރ
ފާޓިމަތު އަޙްމަދު
އެޑްމިނިސްޓްރޭޓިވް އޮފިސަރ
މެންބަރ
ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގެ ރަސްމީ އީ.މެއިލް އެޑްރެސް: admin@faafu.gov.mv | ގުޅޭ ފޯނުނަންބަރު: 674017

ބިޑުކޮމެޓީއަކީ ދައުލަތުގެ މާލިއްޔަތުގެ ޤަވާޢިދުގެ ޕްރޮކިއުމެންޓު ބާބުގެ 10.13 ވަނަ މާއްދާގެ ދަށުން ދައުލަތުގެ އޮފީސްތަކުންކުރާ ޕްރޮކިއުމެންޓު މަސައްކަތްތަކުގެ ތެރެއިން ބިޑުކޮމެޓީތަކުން ހުއްދަ ދޭންޖެހޭ ޕްރޮކިއުމެންޓު މަސައްކަތްތަކަށް ހުއްދަ ދިނުމަށްޓަކައި ދައުލަތުގެ ކޮންމެ އޮފީހެއްގައި އުފައްދަންޖެހޭ ކޮމެޓީއެކެވެ. މިގޮތުން މިއިދާރާގައި އުފައްދާފައިވާ ބިޑުކޮމެޓީ އެކުލެވިގެންވަނީ ޗެއާރޕާސަން އާއެކު 05 މެންބަރުންގެ މައްޗަށެވެ.

ބިޑްކޮމެޓީގެ މަސްއޫލިއްޔަތަކީ، މިއިދާރާގެ ބިޑުކޮމެޓީގެ ހުއްދަ ހޯދުމަށް ހުށަހަޅާ ޕްރޮކިއުމެންޓާބެހޭ ކަންތައްތައް، އެމަރުޙަލާގައި ކުރިއަށް ގެންދެވިފައިވަނީ، ދައުލަތުގެ މާލިއްޔަތު ޤަވާޢިދާ އެއްގޮތްވާ ގޮތުގެމަތިންތޯ ބަލައި ޗެކުކޮށް، ކޮމެޓީން ހުއްދަ ދިނުމަށް ކަނޑައަޅާފައިވާ މިންގަނޑަށްފެތޭ ޕްރޮކިއުމެންޓުގެ މަސައްކަތްތަކަށް ހުއްދަ ދިނުމުގެ މަސައްކަތް ކުރުމެވެ. [ބިޑުކޮމެޓީގެ އުޞޫލު]

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާގައި އެންމެ ފުރަތަމަ އެކުލަވާލި ބިޑްކޮމެޓީގައި ބޭފުޅުން ތިރީގައި އެވަނީއެވެ.

01- އަތޮޅު ކައުންސިލް މެންބަރ ޢަބްދުލް ޤާދިރު މުޙައްމަދު (ޗެއަރ ޕާސަން) / ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާ

02- ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ޝިފާޙް ޢަބްދުއްރަޙްމާނު / ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާ

03- ޑިރެކްޓަރ އިބްރާހީމް ޝަރީފް / ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާ

04- ޑެޕިއުޓީ ޑިރެކްޓަރ އަޙްމަދު ރަފީޢު / ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާ

05- އެޑްމިނިސްޓްރޭޓިވް އޮފިސަރ ފާޠިމަތު އަޙްމަދު / ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާ


ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގެ ބިޑުކޮމެޓީއަށް އަންނަ ބަދަލުތައް

ބިޑްކޮމެޓީގައި ހިމެނޭ ދެމެންބަރުން ކަމުގައިވާ އިބްރާހީމް ޝަރީފާއި، އަޙްމަދު ރަފީޢު ބިޑްކޮމެޓީން އިސްތިޢުފާ ދީފައިވާތީ، އަތޮޅުކައުންސިލްގެ 2020 ވަނައަހަރުގެ 14 ވަނަ ޢާންމު ޖަލްސާއިން 26 އޯގަސްޓް 2020 ގައި އެ ދެބޭފުޅުން ބިޑްކޮމެޓީން ވަކިކޮށް، އެތާރީޚްގައި ބިޑްކޮމެޓީއަށް އައްޔަންކޮށްފައިވަނީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރ ފަރީދާ އިބްރާހީމާއި، ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ ފާޠިމަތު ނުޒުލާ ޖަލީލެވެ.

ބިޑުކޮމެޓީގައިހިމެނޭ މެންބަރު އިބްރާހީމް ޝިފާޙް ޢަބްދުއްރަޙްމާނަކީ މާލީ ޒިންމާދާރުވެރިޔާ ކަމަށްވާތީ، ބިޑްކޮމެޓީގައި އިނުމަކީ ރަގަނޅު ކަމެއް ނޫންކަމުގައި މިނިސްޓްރީ އޮފް ފިނޭންސުން މަޢުލޫމާތު ދެއްވުމުން، އަތޮޅުކައުންސިލްގެ 2020 ވަނައަހަރުގެ 16 ވަނަ ޢާންމު ޖަލްސާއިން 16 ސެޕްޓެންބަރ 2020 ގައި އިބްރާހީމް ޝިފާޙް ޢަބްދުއްރަޙްމާނު ވަކިކޮށް، ބިޑްކޮމެޓީގެ މެންބަރުންގެ ޢަދަދު 4 އަށް ބަދަލު ކުރުމަށްފަހު، ބިޑްކޮމެޓީގައި ހިމެނޭ މެންބަރުންގެ ތެރެއިން ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ ފާޠިމަތު ނުޒުލާ ޖަލީލު އަތޮޅުކައުންސިލްގެ 2020 ވަނައަހަރުގެ 18 ވަނަ ޢާންމު ޖަލްސާއިން 30 ސެޕްޓެންބަރ 2020 ގައި ކޮމެޓީގެ މެންބަރުކަމުންުް ވަކިކޮށް، އެތާރީޚްގައި ކޮމެޓީގެ މެންބަރުކަމަށް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާގެ އެކައުންޓްސް އޮފިސަރ އާމިނަތު ރިލްފާއާއި، ރިސާޗް އޮފިސަރ ޚަދީޖާ ޢަލީ ހަމަޖައްސާފައި ވެއެވެ. މިގޮތަށް މި ބަދަލުތައް ގެނެސް 30 ސެޕްޓެންބަރ 2020 އިން ފެށިިގެން މެންބަރުންގެ ޢަދަދަކީ 5 ކަމުގައި ހަމަޖައްސާފައިވަނީ އަތޮޅުކައުންސިލްގެ 2020 ވަނައަހަރުގެ 18 ވަނަ ޢާންމު ޖަލްސާއިންނެވެ.

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާގެ ބިޑްކޮމެޓީ ރަޖިސްޓްރީ ކުރުމަށް މިނިސްޓްރީ އޮފް ފިނޭންސަށް ހުށަހެޅުމުން، އެކޮމެޓީގައި ސިޔާސީ ބޭފުޅެއްގެ ގޮތުގައި އަތޮޅުކައުންސިލްގެ މެންބަރ ޢަބްދުލް ޤާދިރު މުޙައްމަދު ހިމެނިފައިވުމުން ސިޔާސީ ބޭފުޅުން ހިމެނޭގޮތަށް ބިޑްކޮމެޓީ ރަޖިސްޓްރީކޮށްދެވެން ނެތްކަމުގައި އެމިނިސްޓްރީން ވިދާޅުވެފައިވާތީ، ބިޑްކޮމެޓީގައި 03 މެންބަރުންތިބޭ ގޮތަށް އަތޮޅުކައުންސިލްގެ 2020 ވަނައަހަރުގެ 22 ވަނަ ޢާންމު ޖަލްސާއިން 10 ނޮވެންބަރ 2020 ގައި ނިންމެވިއެވެ. އެތާރީޚުން ފެށިގެން ބިޑްކޮމެޓީގެ މެންބަރުގެ ގޮތުގައި ހަމަޖެއްސެވި ބޭފުޅުން ތިރީގައި އެވަނީއެވެ. ބިޑްކޮމެޓީ މިނިސްޓްރީ އޮފް ފިނޭންސްގައި ރަޖިސްޓްރީ ކޮށްފައިވަނީ 15 ނޮވެންބަރ 2020 ގައެވެ.

01- އެސިސްޓެންޓް ޑިރެކްޓަރ ފަރީދާ އިބްރާހީމް / ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާ

02- އެކައުންޓްސް އޮފިސަރ އާމިނަތު ރިލްފާ / ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާ

03- އެޑްމިނިސްޓްރޭޓިވް އޮފިސަރ ފާޠިމަތު އަޙްމަދު / ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާ


ހިއުމަން ރިސޯސް މެނޭޖުމެންޓު އެންޑު ޑިވެލޮޕްމެންޓު ކޮމެޓީ

ހިއުމަން ރިސޯސް މެނޭޖުމަންޓު އެންޑު ޑިވެލޮޕްމެންޓު ކޮމެޓީއަކީ ދިވެހި ސިވިލްސާރވިސްގެ ޤާަވާޢިދުގެ 36 ވަނަ މާއްދާގެ ދަށުން މިއިދާރާގައި އުފައްދާފައިވާ ކޮމެޓީއެކެވެ. މިކޮމެޓީ އެކުލެވިގެންވަނީ ޗެއާރޕާސަންއާއެކު 07 މެންބަރުންގެ މައްޗަށެވެ.

މިކޮމެޓީގެ މަސްއޫލިއްޔަތަކީ، ދިވެހި ސިވިލްސާރވިސް ޤާނޫނާއި ޤަވާޢިދު ތަންފީޒު ކުރުމަށާއި، ސިވިލްސާވިސްއިން ރައްޔިތުންނަށްދޭ ޚިދުމަތްތައް ރަގަނޅުކޮށް، ޒަމާނީ ސިވިލްސާރވިސްއެއް ޤާއިމް ކުރުމަށް ސިވިލްސާރވިސް ކޮމިޝަނުން ކުރައްވާ މަސައްކަތް ތަކުގައި އެހީތެރިވެ ދިނުމަށްޓަކައި ސިވިލްސާރވިސް ޤާވާޢިދުގެ 47 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމެވެ.

1 އިބުރާހީމް ޝިފާޙު ޢަބުދުއްރަޙުމާނު ޑިރެކްޓަރ ޖެނެރަލް ފ.އަތޮޅު ކައުންސިލް އިދާރާ ޗެއާރޕާސަން
2 އިބުރާހީމް ޝަރީފު ޑިރެކްޓަރ ފ.އަތޮޅު ކައުންސިލް އިދާރާ މެންބަރ
3 އިސްމާޢީލް ޢަބުދުﷲ ޑިރެކްޓަރ ފ.ނިލަންދޫ ކައުންސިލް އިދާރާ މެންބަރ
4 މުނީރާ އިބުރާހީމް އެސިސްޓެންޓު ޑިރެކްޓަރ ފ.ނިލަންދޫ ކައުންސިލް އިދާރާ މެންބަރ
5 ޢަބުދުﷲ އަޙުމަދު ޕުރިންސިޕަލް ފ.އަތޮޅު ތަޢުލީމީ މަރުކަޒު މެންބަރ
6 ޢަބުދުއްރަޝީދު އަޙުމަދު ޑެޕިއުޓީ ޕުރިންސިޕަލް ފ.އަތޮޅު ތަޢުލީމީ މަރުކަޒު މެންބަރ
7 ޢަބުދުއްލަޠީފު މުޙައްމަދު ލީޑިންގ ޓީޗަރ ފ.އަތޮޅު ތަޢުލީމީ މަރުކަޒު މެންބަރ


ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގެ މުރާޖާ ކޮމެޓީ

މި ކޮމެޓީއަކީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން މިއިދާރާއިން ހޯދުމަށް ހުށަހަޅާ މަޢުލޫމާތާ ގުޅިގެން މިއިދާރާގެ އިންފޮރމޭޝަން އޮފިސަރ ނިންމާ ނިންމުން ތަކާމެދު ހިތްހަމަ ނުޖެހިގެން މިއިދާރާއަށް ހުށަހަޅާ ޝަކުވާތައް ބަލައި މުރާޖާކޮށް ފިޔަވަޅުއެޅުމަށް، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޤަވާޢިދުގެ 42 ވަނަ މާއްދާގެ ދަށުން މިއިދާރާގައި އުފައްދާފައިވާ ކޮމެޓީއެކެވެ. މިކޮމެޓީ އެކުލެވިގެންވަނީ 03 މެންބަރުންގެ މައްޗަށެވެ. މިއިދާރާގެ މުރާޖާ ކޮމެޓީގެ ނިންމުމާމެދު ހިތްހަމަ ނުޖެހޭ ފަރާތްތަކުން އެމައްސަލަ ހުށަހަޅާނީ އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީހަށެވެ.

މިކޮމެޓީގެ މަސްއޫލިއްޔަތަކީ، މިއިދާރާގެ އިންފޮރމޭޝަން އޮފިސަރ ނިންމާ ނިންމުންތަކާމެދު ހިތްހަމަ ނުޖެހޭ ފަރާތްތަކުން މިއިދާރާއަށް ހުށަހަޅާ ޝަކުވާގެ މައްސަލަތައް ބަލައި މުރާޖާކޮށް ފިޔަވަޅު އެޅުމެވެ.

ޑިރެކްޓަރ އިބްރާހީމް ޝަރީފު (ޗެއާރޕާސަން)

ގުޅޭ ނަންބަރު: އޮފީސް ފޯނުނަންބަރު: 6740017

Office E-Mail: admin@faafu.gov.mv
E-Mail: shareef@faafu.gov.mv



ޑެޕިއުޓީ ޑިރެކްޓަރ އަޙްމަދު ރަފީޢު

ގުޅޭ ނަންބަރު: އޮފީސް ފޯނުނަންބަރު: 6740017

Office E-Mail: admin@faafu.gov.mv
E-Mail: rafeeu@faafu.gov.mv



އެސިސްޓެންޓް ޑިރެކްޓަރ އިބްރާހީމް މޫސާ

ގުޅޭ ނަންބަރު: އޮފީސް ފޯނުނަންބަރު: 6740017

Office E-Mail: admin@faafu.gov.mv
E-Mail: ibrahim.moosa@faafu.gov.mv




ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގެ ޖެންޑަރ އީކްއެލިޓީ ކޮމެޓީ

މި ކޮމެޓީއަކީ ޤާނޫނު ނަންބަރު 18/2016 (ޖެންޑަރ އީކްއަލިޓީ ޤާނޫނު) ގެ ދަށުން މިއިދާރާއަށް ހުށަހަޅާ ޝަކުވާތައް ބެލުމަށް އުފައްދާފައިވާ ކޮމެޓީއެކެވެ. މިކޮމެޓީގެ މަސްއޫލިއްޔަތަކީ، ޖެންޑަރ އިކްއެލިޓީ ޤާނޫނުގައިވާ ގޮތުގެމަތިން، އެ ޤާނޫނުގައި ބަޔާންކުރާ ފަރާތްތަކުން ހުށަހަޅާ ޝަކުވާގެ މައްސަލަތައް ބަލައި މުރާޖާކޮށް ފިޔަވަޅު އެޅުމެވެ. މި ކޮމެޓީ އުފައްދާފައިވަނީ އަތޮޅު ކައުންސިލްގެ 2020 ވަނަ އަހަރުގެ 12 ވަނަ ޢާންމު ޖަލްސާއިން 12 އޯގަސްޓް 2020 ގައެވެ.

އަތޮޅު ކައުންސިލްގެ ނައިބްރައީސް މަޙްމޫދު އަޙްމަދު (ޗެއާރޕާސަން)

ގުޅޭ ނަންބަރު: އޮފީސް ފޯނުނަންބަރު: 6740017

Office E-Mail: admin@faafu.gov.mv
E-Mail: shareef@faafu.gov.mv



އެސިސްޓެންޓް ޑިރެކްޓަރ އިބްރާހީމް މޫސާ

ގުޅޭ ނަންބަރު: އޮފީސް ފޯނުނަންބަރު: 6740017

Office E-Mail: admin@faafu.gov.mv
E-Mail: rafeeu@faafu.gov.mv



އެޑްމިނިސްޓްރޭޓިވް އޮފިސަރ ޖަމްނާ މޫސާ ނަޢީމު

ގުޅޭ ނަންބަރު: އޮފީސް ފޯނުނަންބަރު: 6740017

Office E-Mail: admin@faafu.gov.mv
E-Mail: ibrahim.moosa@faafu.gov.mv