ކުރީގެ އިސް ވެރިން


އަލްފާޟިލް މުޙައްމަދު ޖަލީލު މިރިހި ފ.ނިލަންދޫ

އަލްފާޟިލް މުޙައްމަދު ޖަލީލު މިއިދާރާއާއި ގުޅިވަޑައިގަތީ ފ.އަތޮޅުވެރިޔާގެ އެހީތެރިޔާގެ މަޤާމަށް 24 މޭ 1988 ގައެވެ. އެތާރީޚުން ފެށިގެން 18 މޭ 1992 އަށް އެމަޤާމު ފުރުއްވައި، 19 މޭ 1992 އިން 22 ޖޫން 1993 އަށް ރާއްޖެތެރޭގެ ޚާއްޞަ އެހީތެރިޔާގެ މަޤާމު ފުރުއްވައި، 23 ޖޫން 1993 އިން 07 ފެބުރުވަރީ 1995 އަށް ފ.އަތޮޅުވެރިޔާގެ އެހީތެރިޔާގެ މަޤާމު ފުރުއްވައި، 08 ފެބުރުވަރީ 1995 އިން 28 މޭ 2001 އަށް ފ.އަތޮޅުވެރިޔާގެ އިސް އެހީތެރިޔާގެ މަޤާމު ފުރުއްވައި، 29 މޭ 2001 އިން 05 ޖުލައި 2011 އަށް ފ.އަތޮޅުވެރިޔާގެ މުޢާވިންގެ މަޤާމު ފުރުއްވާފައި ވެއެވެ. އަދި ސިވިލްސާރވިސްގެ އޮނިގަނޑަށް ގެންނެވި ބަދަލާ ގުޅިގެން 06 ޖުލައި 2011 އިން 11 މާރިޗު 2012 އަށް ޑިރެކްޓަރ ކަމުގެ މަޤާމު ފުރުއްވައި، 12 މާރިޗު 2012 އިން 28 ނޮވެންބަރ 2016 އަށް ޑިރެކްޓަރ ޖެނެރަލްގެ މަޤާމު ފުރުއްވާފައި ވެއެވެ. މުޙައްމަދު ޖަލީލު ހުންނެވި ޑިރެކްޓަރ ޖެނެރަލްގެ މަޤާމުން ވަކިކުރެއްވީ ޢުމުރުން 55 އަހަރު ވުމުން އަމިއްލައަށް އެދިގެން މުސްކުޅި ކުރެއްވުމުން 29 ނޮވެންބަރ 2016 ގައެވެ. މުޙައްމަދު ޖަލީލަކީ މިއިދާރާގެ ޒިންމާދާރު ވެރިޔާކަންވެސް 06 ޖުލައި 2011 އިން 28 ނޮވެންބަރ 2016 އަށް ކުރައްވާފައިވާ ބޭކަލެކެވެ. މުޙައްމަދު ޖަލީލު މިއިދާރާގެ އެކިއެކި މަޤާމުތަކުގައި 28 އަހަރު ޚިދުމަތް ކުރައްވާފައި ވެއެވެ.


އަލްފާޟިލް އިބްރާހީމް ނަޞީރު މުޙައްމަދު އޯކިޑްވިލާ ފ.މަގޫދޫ

އަލްފާޟިލް އިބްރާހީމް ނަޞީރު މިއިދާރާއާއި ގުޅިވަޑައިގަތީ 12 މޭ 1986 ގައި ސެކްރެޓަރީއެއްގެ މަޤާމަށެވެ. އެތާރީޚުން ފެށިގެން 17 މާރިޗު 1992 އަށް އެމަޤާމު ފުރުއްވައި، 18 މާރިޗު 1992 އިން ފެށިގެން 31 މޭ 1994 އަށް ސީނިއަރ ސެކްރެޓަރީގެ މަޤާމު ފުރުއްވައި، 01 ޖޫން 1994 އިން ފެށިގެން 31 ޖުލައި 2003 ގެ ނިޔަލަށް އަތޮޅުވެރިޔާގެ އެހީތެރިޔާގެ މަޤާމު ފުރުއްވައި، 01 އޯގަސްޓް 2003 އިން 31 ޖަނަވަރީ 2009 އަށް އަތޮޅުވެރިޔާގެ އިސް އެހީތެރިޔާގެ މަޤާމު ފުރުއްވައި، ސިވިލްސާރވިސް އުފެދުމާއެކު 01 ފެބްރުވަރީ 2009 ގައި ޑެޕިއުޓީ ޑިރެކްޓަރ ކަމުގެ މަޤާމަށް ބަދަލު ކުރެއްވުމުން 15 އެޕްރީލް 2012 އަށް އެމަޤާމު ފުރުއްވައި 16 އެޕްރީލް 2012 އިން 03 އެޕްރީލް 2021 އަށް ޑިރެކްޓަރ ކަމުގެ މަޤާމު ފުރުއްވާފައި ވެއެވެ. އިބްރާހީމް ނަޞީރު މުޙައްމަދު ހުންނެވި ޑިރެކްޓަރ ކަމުގެ މަޤާމުން ވަކިކުރެއްވީ ޢުމުރުން 55 އަހަރު ވުމުން އަމިއްލައަށް އެދިގެން ވަޒީފާއިން މުސްކުޅި ކުރެއްވުމުން 04 އެޕްރީލް 2021 ގައެވެ. އިބްރާހީމް ނަޞީރު މުޙައްމަދު ވަޒީފާއިން ވަކިކުރެއްވިއިރު މިއިދާރާގެ އެކި މަޤާމުތަކުގައި 34 އަހަރު ޚިދުމަތް ކުރައްވާފައި ވެއެވެ.


އަލްފާޟިލް މުޙައްމަދު ތައުފީޤު އޯކިޑުމާގެ ފ.ބިލެއްދޫ

އަލްފާޟިލް މުޙައްމަދު ތައުފީޤު ފ.އަތޮޅު ވެރިޔާގެ އެހީތެރިޔާ މަޤާމަށް ހަމަޖެއްސެވީ 30 މޭ 1981 ގައެވެ. އެތާރީޚުން ފެށިގެން 19 އެޕްރީލް 1989 އަށް އެމަޤާމު ފުރުއްވައި، 19 އެޕްރީލް 1989 އިން 22 ފެބުރުވަރީ 1994 އަށް ފ.އަތޮޅުވެރިޔާގެ އިސް އެހީތެރިޔާގެ މަޤާމު ފުރުއްވާފައި ވެއެވެ. އަދި 23 ފެބުރުވަރީ 1994 އިން ފެށިގެން ރާއްޖެ ތެރޭގެ ޚާއްޞަ އެހީތެރި ކަމުގެ މަޤާމު ފުރުއްވާފައި ވެއެވެ. މުޙައްމަދު ތައުފީޤު ހުންނެވި މަޤާމުން ވަކިކުރެއްވީ ޢުމުރުން 65 އަހަރު ފުރިފައި ވުމުން މުސްކުޅި ކުރެއްވުމުންނެވެ. އަތޮޅުވެރިޔާގެ އެހީތެރިޔާގެ މަޤާމާއި، އަތޮޅުވެރިޔާގެ އިސް އެހީތެރިޔާގެ މަޤާމުގައި 12 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތް ކުރައްވާފައި ވެއެވެ.


އަލްފާޟިލް ޢަލީ އަޙުމަދު ޕާމްލޮޖު ފ.ނިލަންދޫ

އަލްފާޟިލް ޢަލީ އަޙުމަދު މިއިދާރާއާއި ގުޅިވަޑައިގަތީ ފ.އަތޮޅުވެރިޔާގެ އެހީތެރިޔާގެ މަޤާމަށް 03 ޑިސެންބަރ 2000 ގައެވެ. އެތާރީޚުން ފެށިގެން 09 މޭ 2011 އަށް އެމަޤާމުގައި މަސައްކަތް ކުރައްވާފައި ވެއެވެ. ޢަލީ އަޙުމަދު އެމަޤާމުން ވަކިކުރެއްވީ ޢުމުރުން 65 އަހަރު ފުރިފައި ވުމުން މުސްކުޅި ކުރައްވައި 10 މޭ 2011 ގައެވެ. ޚިދުމަތުގައި 10 އަހަރަށްވުރެ ގިނަދުވަސް ވެފައި ވެއެވެ.


އަލްފާޟިލް އިބުރާހީމް ޚަލީލު ޢަޒުމް ފ.ނިލަންދޫ

އަލްފާޟިލް އިބުރާހީމް ޚަލީލު މިއިދާރާއާއި ގުޅިވަޑައިގަތީ ފ.އަތޮޅު ކައުންސިލަރގެ މަޤާމަށް 05 ޖަނަވަރީ 2009 ގައެވެ. އެތާރީޚުން ފެށިގެން 25 ޑިސެންބަރ 2010 އަށް އެމަޤާމުގައި މަސައްކަތް ކުރައްވާފައި ވެއެވެ. އިބުރާހީމް ޚަލީލު އެމަޤާމުން ވަކިކުރެއްވީ އަތޮޅު ކައުންސިލަށް މެންބަރުން އިންތިޚާބު ކުރުމަށްޓަކައި ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް 26 ޑިސެންބަރ 2010 ގައެވެ. އިބުރާހީމް ޚަލީލަކީ އަތޮޅުވެރިކަމުގެ މަޤާމު އުވާލުމުން އެންމެ ފުރަތަމަ އަތޮޅުއޮފީސް ހިންގެވި އަތޮޅު ކައުންސިލަރެވެ. ޚިދުމަތުގައި އަހަރަކަށްވުރެ ގިނަދުވަސް ވެފައި ވެއެވެ.


އަލްފާޟިލް އަޙުމަދު ޒާހިރު ނާޒުނީމަންޒިލް ފ.ފީއަލި

އަލްފާޟިލް އަޙުމަދު ޒާހިރު މިއިދާރާއާއި ގުޅިވަޑައިގަތީ އެސިސްޓެންޓު ޑިރެކްޓަރ ކަމުގެ މަޤާމަށް 14 ޖޫން 2015 ގައެވެ. އެތާރީޚުން ފެށިގެން 01 އޯގަސްޓު 2015 އަށް އެމަޤާމުގައި މަސައްކަތް ކުރައްވާފައި ވެއެވެ. އަޙުމަދު ޒާހިރު އެމަޤާމުން ވަކިކުރެއްވީ އަމިއްލައަށް އެދިގެން 02 އޯގަސްޓު 2015 ގައެވެ. ޚިދުމަތުގައި 02 މަސް ހަމައެއް ނުވެއެވެ.



އަލްފާޟިލް ޢަބުދުﷲ ޢުމަރު އެމާހައުސް ފ.ނިލަންދޫ

އަލްފާޟިލް ޢަބްދުﷲ ޢުމަރު މިއިދާރާއާއި ގުޅިވަޑައިގަތީ އެސިސްޓެންޓު ޑިރެކްޓަރ ކަމުގެ މަޤާމަށް 03 ފެބުރުވަރީ 2014 ގައެވެ. އެތާރީޚުން ފެށިގެން 09 ފެބުރުވަރީ 2015 އަށް އެމަޤާމުގައި މަސައްކަތް ކުރައްވާފައި ވެއެވެ. ޢަބުދުﷲ ޢުމަރު އެމަޤާމުން ވަކިކުރެއްވީ އަމިއްލައަށް އެދިގެން 10 ފެބުރުވަރީ 2014 ގައެވެ. ޚިދުމަތުގައި އަހަރެއް ވެފައި ވެއެވެ.