ކައުންސިލް މެންބަރުންގެ މަސްއޫލިއްޔަތާއި ޒިންމާތައް

އަލްފާޟިލް ޢުމަރު ޒާހިރު ފ.އަތޮޅު ކައުންސިލްގެ ރައީސް 1. ލާމަރުކަޒީ ޤާނޫނާއި ކަންސިލް ހިންގާ ޤަވާޢިދުގައި ކަނޑައަޅާފައިވާ ގޮތުގެމަތީން ކައުންސިލްގެ ރައީސްގެ ހައިސިއްޔަތުން އުފުލަންޖެހޭ މަސްއޫލިއްޔަތުތައް އުފުލައި އިދާރާ ހިންގުން
 2. ލާމަރުކަޒީ ޤާނޫނުގެ 18 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތައް އުފުލުން
 3. މާލީ ޒިންމާދާރުވެރިޔާގެ ޙައިސިއްޔަތުން އަތޮޅު ކައުންސިލްގެ އިދާރާގެ ބަޖެޓާބެހޭ ޚަރަދުތައް ބެލެހެއްޓުމާއި، ބަޖެޓާގުޅޭ އެންމެހައި ކަންތައް ވިލަރެސްކޮށް ބެލެހެއްޓުން
 4. ޗެއަރޕާސަންގެ ޙައިސިއްޔަތުން "މާވަރު" ޓްރަސްޓް ފަންޑްގެ ތެރެއިން ބަލަހައްޓަންޖެހޭ ތިރީގައިއެވާ އެންމެހައި ކަންތައްތައް ބެލެހެއްޓުމާއި، ފަންޑް ދިރުވައި އާލާކުރުމަށް މަސައްކަތް ކުރުން
  • (ހ) ފ.އަތޮޅު ސްޓޯރުގެ އެންމެހައި ކަންތައްތައް
  • (ށ) އަތޮޅުގެއާއި، އެއްގަމާއި ކަނޑުގެ އުޅަނދު ފަހަރުގެ ކަންތައްތައް
  • (ނ) އަތޮޅުގޯތީގައި އަލަށް ޢިމާރާތްކުރާ ޢިމާރާތުގެ އެންމެހައި ކަންތައްތައް
 5. ސަރުކާރުގެ ދާއިރާތަކުން އަތޮޅުގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތައް ހިނގާ ނުހިނގާގޮތް ބެލެހެއްޓުން
 6. އިދާރީ ދާއިރާގައި ހިމެނޭ ރަށްރަށުގެ ބިންބިމާއި ގޯތިގެދޮރާ ބެހޭގޮތުން ކުރަންޖެހޭ ކަންކަން ވިލަރެސްކޮށް ބެލެހެއްޓުން
 7. އަތޮޅާއި ރަށްރަށުގެ ރައްޔިތުންގެ މާލިއްޔަތު އަދި އެންމެހައި ވަސީލަތްތައް ބޭނުން ކުރަމުންދަނީ ރަގަނޅަށްތޯ ބަލައި، އެކަންކަމާގުޅޭ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ވިލަރެސްކޮށް ބެލެހެއްޓުން
 8. ތަރައްޤީގެ ޙަރަކާތްތައް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް ލާމަރުކަޒީ ޤާނޫނުގައި ކަނޑައަޅާފައިވާ ޙުދޫދުގެ ތެރޭގައި މުނިސިޕަލް ބޮންޑާއި ބިލާއި މުނިސިޕަލް ސެކިއުރިޓީ ފަދަ އެކިއެކި މާލީ ސެކިއުރިޓީތައް އެކަށައަޅައި، އެފަދަ ސެކިއުރިޓީތައް ސްޓޮކް އެކްސްޗޭންޖް މެދުވެރިކޮށް ވިއްކުމުގެ މަސައްކަތާއި، އިދާރީ ދާއިރާގެ ފެންވަރުގައި ކައުންސިލުން ދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި އެކިފަރާތްތްތަކާއެކު އެގްރީމެންޓްކޮށް ވިޔަފާރީގެ މުޢާމަލާތް ކުރުމާބެހޭ އެންމެހައި ކަންތައްތައް ވިލަރެސްކޮށް ބެލެހެއްޓުން
 9. ލާމަރުކަޒީ ޤާނޫނުގެ ދަށުން އަތޮޅު ކައުންސިލަށް ލިބިދީފައިވާ ބާރާއި، މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ކައުންސިލްގެ އިޚްތިޞާސްގައި ހިމެނޭ ކަންތައްތައް ތަންފީޒު ކުރުމަށް ބޭނުންވާ ޕްލޭންތައް ހެދުމާއި، ބަޖެޓް ތައްޔާރު ކުރުމާއި، ތަރައްޤީގެ މަޝްރޫޢުތައް ރަށުކައުންސިލްތަކުން ތަންފީޒް ކުރުމުގެ ކަންތައްތައް ހިނގާ ނުހިނގާގޮތް ބަލައި، އިދާރީ ދާއިރާގެ ފެންވަރުގައި އެކަށައަޅަންޖެހޭ ސިޔާސަތުތައް އެކަށައެޅުމާއި، އެ ސިޔާސަތުތައް ހިންގުމަށް ކުރަންޖެހޭ ކަންކަން ކުރުމާއި، އެއާއިގުޅޭ ޤަވާޢިދު ހެދުމުގެ ކަންކަން ވިލަރެސްކޮށް ބެލެހެއްޓުން
 10. ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި އަދި އެނޫވެސް ޤާނޫނު ތަކުގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން އިޤްތިޞާދީ ނުވަތަ އިޖްތިމާޢީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި ބިންބިމާއި ފަރާއި ފަޅުހޯދުމާއި މިފަދަ ތަންތަން އެހެން ފަރާތްތަކަށް ކުއްޔަށް ދޫކުރުމާއި ދިނުމާއި، މިފަދަ ތަންތަނުގައި އިންވެސްޓް ކުރުމާއި، އަދި އިންވެސްޓްމެންޓްތައް ކައުންސިލްގެ ނަމުގައި މިލްކް ކުރުމާބެހޭ މަސައްކަތްތަކާއި، އިޤްތިޞާދީ ނުވަތަ އިޖްތިމާޢީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި އުފުލޭ އަދި ނުއުފުލޭމުދާ ހޯދުމާއި މިލްކް ކުރުމާއި ކައުންސިލްގެ ނަމުގައި ހުންނަ މިފަދަ ތަކެތި އެހެން ފަރާތްތަކަށް ކުއްޔަށް ދިނުމާއި ދޫކުރުމުގެ ކަންތައް ވިލަރެސްކޮށް ބެލެހެއްޓުން
 11. އިދާރީ ދާއިރާގެ ތަރައްޤީ ޕްލޭންގައި ހިމެނޭ ކަންތައް ތަކުގެ ތެރެއިން ވަކި ރަށުކައުންސިލަކާ ޙަވާލު ނުކޮށް ހުންނަ މަޝްރޫޢުތަކާބެހޭ ކަންކަން ވިލަރެސްކޮށް ބެލެހެއްޓުން
 12. ދިވެހިރާއްޖޭގެ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތީން އިދާރީ ދާއިރާގެ ފަތުރުވެރިކަމާ މަސްވެރިކަމާ ދަނޑުވެރިކަމާ އެހެނިހެން ސިނާޢަތްތައް ކުރިއެރުވުމަށް ކުރަންޖެހޭ ކަންކަން ވިލަރެސްކޮށް ބެލެހެއްޓުން
 13. އަތޮޅު ތަރައްޤީގެ ޕްލޭނާއި، ފައިނޭންޝަލް ޕްލޭން ތައްޔާރު ކުރުމުގެ މަސައްކަތާއި ޕްލޭން ރިވިއު ކުރުމާއި، ޕްލޭންގައި ހިމެނޭ ކަންކަން މޮނިޓަރކޮށް އިވެލުއޭޓް ކުރުމުގެ ކަންކަން ވިލަރެސްކޮށް ބެލެހެއްޓުން
 14. ރައްޔިތުންގެ ބައިވެރިވުމާއެކު ރަށްރަށުގެ ޕްލޭން ތަކަށާއި މުޅި އިދާރީ ދާއިރާގެ ތަރައްޤީގެ މަޝްރޫޢުތައް ރޭވުމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ކަމާބެހޭ ފަރާތްތަކަށް ދިނުމުގެ ކަންކަން ވިލަރެސްކޮށް ބެލެހެއްޓުން
 15. ތަރައްޤީގެ ޙަރަކާތްތައް ރާވާ ހިންގުމުގައި އަމިއްލަ ކުންފުނިތަކާއި، ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ދައުރު ފުޅާކޮށް އެފަރާތްތަކުގެ ބައިވެރިވުން ހޯދުމަށް ކުރަންޖެހޭ ކަންކަން ވިލަރެސްކޮށް ބެލެހެއްޓުން

އަލްފާޟިލް މަޙުމޫދު އަޙުމަދު ފ.އަތޮޅު ކައުންސިލްގެ ނައިބު ރައީސް 1. ލާމަރުކަޒީ ޤާނޫނާއި ކައުންސިލް ހިންގާ ޤަވާޢިދުގައި ކަނޑައަލާފައިވާ ގޮތުގެމަތީން ކައުންސިލްގެ ނައިބްރައީސްގެ ޙައިސިއްޔަތުން އުފުލަންޖެހޭ މަސްއޫލިއްޔަތުތައް އުފުލައި އިދާރާ ހިންގުން
 2. ލާމަރުކަޒީ ޤާނޫނުގެ 19 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަސްއޫލިއްޔަތުތައް އުފުލުން
 3. އަތޮޅުގެ ތަޢުލީމް ކުރިއެރުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި ބެލެހެއްޓުން
 4. ލާމަރުކަޒީ ޤާނޫނުގެ 20 ވަނަ މާއްދާގައިވާ ގޮތުގެމަތީން އަތޮޅު ކައުންސިލްގެ މަޤްޞަދުތައް ޙާޞިލް ކުރުމަށްޓަކައި ކައުންސިލުން ނިންމައިގެން ޙަވާލު ކުރައްވާ އެންމެހައި މަސައްކަތްތައް ކުރުން
 5. އަތޮޅުގެ ޞިއްޙީ ދާއިރާގެ ކަންކަން ކުރިއެރުވުމަށްޓަކައި ކުރަންޖެހޭ ކަންކަން ވިލަރެސް ކުރުމާއި އިދާރީގޮތުން ކުރަމުންދާ މަސައްކަތްތައް ލަސްވަމުންދާނަމަ، އެކަންކަން ވެރިންގެ ސަމާލުކަމަށް ގެނެސް އެކަންކަން ޙައްލު ކުރުން
 6. ރަށުކައުންސިލްތަކުގެ މަސައްކަތްތައް ވިލަރެސްކޮށް ރަށުކައުންސިލްތަކުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބެލުމާއި، އިދާރާތަކުގެ ހިންގުން ހަރުދަނާ ކުރުމުގެ މަސައްކަތް ވިލަރެސް ކުރުމާއި، އިދާރީގޮތުން ކުރަމުންދާ މަސައްކަތްތައް ލަސްވަމުން ދާކަމަށް ފާހަގަ ކުރެވޭނަމަ، އެކަންކަން ވެރިންގެ ސަމާލުކަމަށް ގެނެސް އެކަންކަން ޙައްލު ކުރުން
 7. އަތޮޅުގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް އިންސާނީ ތަރައްޤީ ކުރިއެރުވުމަށް ކުރަންޖެހޭ ކަންކަން ވިލަރެސް ކުރުމާއި އިދާރީގޮތުން ކުރަމުންދާ މަސައްކަތްތައް ލަސްވަމުން ދާނަމަ، އެކަންކަން ވެރިންގެ ސަމާލުކަމަށް ގެނެސް އެކަންކަން ޙައްލު ކުރުން
 8. އިޖްތިމާއީ ރައްކާތެރިކަމާގުޅޭ އެންމެހައި ކަންކަން ވިލަރެސް ކުރުމާއި، އިދާރީގޮތުން ކުރަމުންދާ މަސައްކަތްތައް ލަސްވަމުންދާނަމަ، އެކަންކަން ވެރިންގެ ސަމާލުކަމަށް ގެނެސް އެކަންކަން ޙައްލު ކުރުން
 9. މުނާސަބަތުތައް ފާހަގަ ކުރުމާއި ޤައުމީ ކެންޕޭންތައް ވިލަރެސް ކުރުމާއި އިދާރީ ގޮތުން ކުރަމުންދާ މަސައްކަތްތައް ލަސްވަމުންދާނަމަ، އެކަންކަން ވެރިންގެ ސަމާލުކަމަށް ގެނެސް އެކަންކަން ޙައްލު ކުރުން
 10. ތާރީޚީ އަދި ސަޤާފީ ކަންކަން ވިލަރެސް ކުރުމާއި އިދާރީ ގޮތުން ކުރަމުންދާ މަސައްކަތްތައް ލަސްވަމުންދާނަމަ، އެކަންކަން ވެރިންގެ ސަމާލުކަމަށް ގެނެސް އެކަންކަން ޙައްލު ކުރުން
 11. މަސްތުވާ ތަކެއްޗާގުޅޭ މައްސަލަތައް ޙައްލު ކުރުމާބެހޭ ކަންކަން ވިލަރެސް ކުރުމާއި އިދާރީ ގޮތުން ކުރަމުންދާ މަސައްކަތްތައް ލަސްވަމުންދާނަމަ، އެކަންކަން ވެރިންގެ ސަމާލުކަމަށް ގެނެސް އެކަންކަން ޙައްލު ކުރުން
 12. ޢާއިލާ ބަދަހި ކުރުމާބެހޭ ކަންކަން ވިލަރެސް ކުރުމާއި އިދާރީ ގޮތުން ކުރަމުންދާ މަސައްކަތްތައް ލަސްވަމުންދާނަމަ، އެކަންކަން ވެރިންގެ ސަމާލުކަމަށް ގެނެސް އެކަންކަން ޙައްލު ކުރުން
 13. ގެވެށި އަނިޔާއާއި، އަންހެނުންނާއި ކުޑަކުދިންނާގުޅޭ މައްސަލަތައް ޙައްލު ކުރުމާގުޅޭ ކަންކަން ވިލަރެސް ކުރުމާއި އިދާރީ ގޮތުން ކުރަމުންދާ މަސައްކަތްތައް ލަސްވަމުންދާނަމަ، އެކަންކަން ވެރިންގެ ސަމާލުކަމަށް ގެނެސް އެކަންކަން ޙައްލު ކުރުން
 14. އިދާރީ ދާއިރާގެ ޒުވާނުންނާއި ކުޅިވަރުގެ ޙަރަކާތްތައް ވިލަރެސް ކުރުމާއި އިދާރީ ގޮތުން ކުރަމުންދާ މަސައްކަތްތައް ލަސްވަމުންދާނަމަ، އެކަންކަން ވެރިންގެ ސަމާލުކަމަށް ގެނެސް އެކަންކަން ޙައްލު ކުރުން
 15. ފެރީގެ ޚިދުމަތުގެ ޕްރޮގްރާމް އަދި މިނިޒާމާގުޅޭ މަސައްކަތްތައް ވިލަރެސް ކުރުމާއި އިދާރީ ގޮތުން ކުރަމުންދާ މަސައްކަތްތައް ލަސްވަމުންދާނަމަ، އެކަންކަން ވެރިންގެ ސަމާލުކަމަށް ގެނެސް އެކަންކަން ޙައްލު ކުރުން
 16. މަތީގައިއެވާ މަސައްކަތްތަކާ ގުޅޭގޮތުން ރަށުކައުންސިލް ތަކަށް ބޭނުންވާ ފަންނީ އަދި މާލީއެހީ ފޯރުކޮށްދިނުމުގެ ކަންތައްތައް ވިލަރެސް ކުރުން

އަލްފާޟިލް ޢަބުދުލް ޤާދިރު މުޙައްމަދު ފ.އަތޮޅު ކައުންސިލް މެންބަރ 1. ލާމަރުކަޒީ ޤާނޫނުގެ 20 ވަނަ މާއްދާގައިވާ ގޮތުގެމަތީން އަތޮޅު ކައުންސިލްގެ މަޤްޞަދުތައް ޙާޞިލް ކުރުމަށްޓަކައި ކައުންސިލުން ނިންމައިގެން ޙަވާލު ކުރައްވާ އެންމެހައި މަސައްކަތްތައް ކުރުން
 2. އަތޮޅުގައިހުރި ފަޅުރަށްތައް ބެލެހެއްޓުމާ ގުޅޭގޮތުން ކުރަންޖެހޭ ކަންކަން ވިލްރެސް ކުރުމާއި އިދާރީ ގޮތުން ކުރަމުންދާ މަސައްކަތްތައް ލަސްވަމުންދާނަމަ، އެކަންކަން ވެރިންގެ ސަމާލުކަމަށް ގެނެސް އެކަންކަން ޙައްލު ކުރުން
 3. ފެނާއި ނަރުދަމާއާއި ހަކަތައިގެ ކަންތައްތައް ވިލަރެސް ކުރުމާއި އިދާރީގޮތުން ކުރަމުންދާ މަސައްކަތްތައް ލަސްވަމުންދާނަމަ، އެކަންކަން ވެރިންގެ ސަމާލުކަމަށް ގެނެސް އެކަންކަން ޙައްލު ކުރުން
 4. ކާރިސާތަކާ ގުޅިގެން ކުރަންޖެހޭ ކަންކަން ވިލަރެސް ކުރުމާއި އިދާރީ ގޮތުން ކުރަމުންދާ މަސައްކަތްތައް ލަސްވަމުންދާނަމަ، އެކަންކަން ވެރިންގެ ސަމާލުކަމަށް ގެނެސް އެކަންކަން ޙައްލު ކުރުން
 5. އައިޑީކާޑު ހެއްދުމުގެ މަސައްކަތް އަތޮޅު ކައުންސިލުން ކުރަން ޖެހިއްޖެނަމަ، އެކަން ވިލަރެސް ކުރުމާއި އިދާރީ ގޮތުން ކުރަމުންދާ މަސައްކަތްތައް ލަސްވަމުންދާނަމަ، އެކަންކަން ވެރިންގެ ސަމާލުކަމަށް ގެނެސް އެކަންކަން ޙައްލު ކުރުން
 6. އެކިއެކި ލައިސަންސް ހައްދައި ދިނުމުގެ މަސައްކަތްތައް ވިލަރެސް ކުރުމާއި އިދާރީ ގޮތުން ކުރަމުންދާ މަސައްކަތްތައް ލަސްވަމުންދާނަމަ، އެކަންކަން ވެރިންގެ ސަމާލުކަމަށް ގެނެސް އެކަންކަން ޙައްލު ކުރުން
 7. އަތޮޅު ކައުންސިލުން ކުރަން ޖެހިއްޖެ ހިނދެއްގައި އުޅަނދު ފަހަރަށް ދޫކުރެވޭ ސެޓްފިކެޓާއި ރަޖިސްޓްރީގެ ކަންތައް ވިލަރެސް ކުރުމާއި އިދާރީ ގޮތުން ކުރަމުންދާ މަސައްކަތްތައް ލަސްވަމުންދާނަމަ، އެކަންކަން ވެރިންގެ ސަމާލުކަމަށް ގެނެސް އެކަންކަން ޙައްލު ކުރުން
 8. ތިމާވެށިގެ ގޮތުން ޙިމާޔަތް ކުރަންޖެހޭ ތަންތަނާއި ތަކެތި ބެލެހެއްޓުމުގެ ކަންތައްތައް ވިލަރެސް ކުރުމާއި އިދާރީ ގޮތުން ކުރަމުންދާ މަސައްކަތްތައް ލަސްވަމުންދާނަމަ، އެކަންކަން ވެރިންގެ ސަމާލުކަމަށް ގެނެސް އެކަންކަން ޙައްލު ކުރުން
 9. ކުނި ނައްތާލުމާ ގުޅޭކަންކަން ވިލަރެސް ކުރުމާއި އިދާރީ ގޮތުން ކުރަމުންދާ މަސައްކަތްތައް ލަސްވަމުންދާނަމަ، އެކަންކަން ވެރިންގެ ސަމާލުކަމަށް ގެނެސް އެކަންކަން ޙައްލު ކުރުން
 10. އިދާރީ ދާއިރާގެ ބޯހިމެނުމާއި އާބާދީގެ މަސައްކަތްތައް ވިލަރެސް ކުރުމާއި އިދާރީ ގޮތުން ކުރަމުންދާ މަސައްކަތްތައް ލަސްވަމުންދާނަމަ، އެކަންކަން ވެރިންގެ ސަމާލުކަމަށް ގެނެސް އެކަންކަން ޙައްލު ކުރުން
 11. މަތީގައިއެވާ މަސައްކަތްތަކާ ގުޅޭގޮތުން ރަށުކައުންސިލް ތަކަށް ބޭނުންވާ ފަންނީ އަދި މާލީއެހީ ފޯރުކޮށްދިނުމުގެ ކަންތައްތައް ވިލަރެސް ކުރުން