ސިވިލްސާރވިސް މުވައްޒަފުން


ފިރިހެން މުވައްޒަފުންގެ ޖުމްލަަ އަންހެން މުވައްޒަފުންގެ ޖުމްލަ މުވައްޒަފުންގެ މުޅި ޖުމްލަ
13 18 31

ސީނިއަރ ކައުންސިލް އެގްޒެކެޓިވް

އިބްރާހީމް ޝިފާޙް ޢަބްދުއްރަޙްމާނު ޖަނަވަރީމާގެ ފ.ދަރަނބޫދޫ

ގުޅޭ ނަންބަރު: އޮފީސް ފޯނުނަންބަރު: 6740017

E-Mail: shifaah@faafu.gov.mv, Office E-Mail: admin@faafu.gov.mv


އަލްފާޟިލް އިބްރާހީމް ޝިފާޙް ޢަބްދުއްރަޙްމާނު މިއިދާރާއާއި ގުޅިވަޑައިގަތީ 18 ޑިސެންބަރ 2017 ގައެވެ. މައިގަނޑު މަސައްކަތަކީ އަތޮޅުކައުންސިލުން ފާސްކުރާ ކަންތައްތައް ތަންފީޒު ކުރުމާއި ސިވިލްސާރވިސް މުވައްޒަފުންގެ ކަންތައް ބެލެހެއްޓުމާއި، ކައުންސިލްގެ އިދާރީ މަސައްކަތްތައް މުވައްޒަފުން ލައްވައި ކުރުވުމާއި، ކައުންސިލް ބިއުރޯގެ ކަންކަން ބެލެހެއްޓުމާއި ޤާނޫނުތަކާއި ޤަވާޢިދުތަކާ އެއްގޮތަށް ކައުންސިލް އިދާރާ ހިންގުމެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް 15 ޑިސެންބަރ 2019 ގައި ގެންނެވި އިޞްލާޙުގައި ކައުންސިލްތަކުގެ އިދާރީ ކަންތައްތަކާއި މުވައްޒަފުންގެ ކަންތައްތައް އަދި މާލީކަންތައްތައް ބެލެހެއްޓުމަށް ހުންނަ އެންމެ އިސް މުވައްޒަފަކީ ސެކްރެޓަރީ ޖެނެރަލް ކަމަށްވުމާއެކު، އެ މަޤާމަށް ދާއިމީ މީހަކު ހަމަޖެހެންދެން ވަގުތީގޮތުން ސެކްރެޓަރީ ޖެނެރަލްގެ މަސްއޫލިއްޔަތު 15 ފެބްރުވަރީ 2020 ގައި މިއިދާރާގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އިބްރާހީމް ޝިފާޙު ޢަބްދުއްރަޙްމާނާއި ޙަވާލު ކުރެވިފައި ވެއެވެ.

އިބްރާހީމް ޝިފާޙް ޢަބްދުއްރަޙްމާނު ހުންނެވި ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގެ ނަން ސީނިއަރ ކައުންސިލް އެގްޒެކެޓިވް ގެ ނަމަށް ބަދަލު ކުރެއްވީ 01 ޖޫން 2021 ގައި ބަދަލު ކުރެވުނު ގޮތުގައި 12 ޖޫން 2021 ގައެވެ.


ކައުންސިލް އެގްޒެކެޓިވް

އިބްރާހީމް ޝަރީފު އާބާދުއައްސޭރި ފ.ފީއަލި

ގުޅޭ ނަންބަރު: އޮފީސް ފޯނުނަންބަރު: 6740017

E-Mail: shareef@faafu.gov.mv, Office E-Mail: admin@faafu.gov.mv


އަލްފާޟިލް އިބްރާހީމް ޝަރީފް މިއިދާރާއާއި ގުޅިވަޑައިގަތީ 13 ސެޕްޓެންބަރ 2011 ގައި އެސިސްޓެންޓް ޑިރެކްޓަރެއްގެ މަޤާމަށެވެ. އިބްރާހީމް ޝަރީފް މިހާރު ހުންނެވި ޑިރެކްޓަރ ކަމުގެ މަޤާމަށް ބަދަލު ކުރެއްވީ 03 މާރިޗު 2014 ގައެވެ. މައިގަނޑު މަސައްކަތަކީ މިއިދާރާގެ އެޑްމިނިސްޓްރޭޝަން އެންޑް އިންފޮރމޭޝަން ޔުނިޓާއި، ހިއުމަން ރިސޯސް ޔުނިޓުން ކުރައްވަންޖެހޭ މަސައްކަތްތައް މި ދެޔުނިޓްގެ މުވައްޒަފުން ލައްވައި ކުރުވައި މި ދެޔުނިޓް ހިންގެވުމެވެ. މި ދެޔުނިޓުންކުރާ މައިގަނޑު މަސައްކަތަކީ އެއްގަމާއި ކަނޑުގެ އުޅަނދުފަހަރުގެ ލައިސަންސް ހެއްދުމާއި، އެއްގަމާއި ކަނޑުގެ އުޅަނދުތައް ބެލެހެއްޓުމާއި، ސިވިލްސާވިސް މުވައްޒަފުންގެ ވަޒީފާގެ ކަންތައް ބެލެހެއްޓުމާއި، މުވައްޒަފުންގެ ކަންތައް ބެލެހެއްޓުމާއި، ޕާސްޕޯޓް ހެއްދުމާއި، ހަރުމުދަލުގެ ރަޖިސްޓްރީއާއި އެންޓްރީ ބެލެހެއްޓުމެވެ.

އިބްރާހީމް ޝަރީފް އަދާކުރެއްވި މަޤާމު ތަކުގެ ތެރޭގައި މިއަތޮޅު ފީއަލީ ކަތީބު ކަމާއި، ކުޑަކަތީބުކަން ހިމެނެއެވެ.

އިބްރާހީމް ޝަރީފް ހުންނެވި ޑިރެކްޓަރގެ މަޤާމުގެ ނަން ކައުންސިލް އެގްޒެކެޓިވް ގެ ނަމަށް ބަދަލު ކުރެއްވީ 01 ޖޫން 2021 ގައި ބަދަލު ކުރެވުނު ގޮތުގައި 12 ޖޫން 2021 ގައެވެ.


ޑެޕިއުޓީ ޑިރެކްޓަރ އަޙްމަދު

އަޙްމަދު ރަފީޢު ދޫރެސް ފ.ނިލަންދޫ

ގުޅޭ ނަންބަރު: އޮފީސް ފޯނުނަންބަރު: 6740017

E-Mail: rafeeu@faafu.gov.mv, Office E-Mail: admin@faafu.gov.mv


އަލްފާޟިލް އަޙްމަދު ރަފީޢު މިއިދާރާއާއި ގުޅިވަޑައިގަތީ 25 އޮކްޓޫބަރ 1988 ގައި ސެކްރެޓަރީއެއްގެ މަޤާމަށެވެ. އަޙްމަދު ރަފީޢު މިހާރު ހުންނެވި ޑެޕިއުޓީ ޑިރެކްޓަރ ކަމުގެ މަޤާމަށް ބަދަލު ކުރެއްވީ 06 ޖުލައި 2011 ގައެވެ. އަޙްމަދު ރަފީޢު މަސައްކަތް ކުރައްވަނީ ބަޖެޓް އެންޑް ފައިނޭންސް ޔުނިޓްގައެވެ. މައިގަނޑު މަސައްކަތަކީ މިއިދާރާގެ ބަޖެޓާއި ބަޖެޓާ ނުބެހޭ ފައިސާއާއި މިއިދާރާގެ ޓުރަސްޓު ފަންޑުގެ ފައިސާއާއި އެނޫންވެސް ފައިސާއާއިބެހޭ އެންމެހާ މަސައްކަތްތައް ބަލަހައްޓަވައި މިޔުނިޓް ހިންގެވުމެވެ.

އަޙްމަދު ރަފީޢު އަދާކުރެއްވި މަޤާމު ތަކުގެ ތެރޭގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ކާތިބުކަމާއި، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އެސިސްޓެންޓް އޮޑިޓް އެކައުންޓެންޓް ކަމާއި، އެކައުންޓެންޓް ކަމާއި، ފ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓަރ ކަމާއި، މިއިދާރާގެ ސެކްރެޓަރީކަމާއި، ސީނިއަރ ސެކްރެޓަރީ ކަމާއި، އަތޮޅުވެރިޔާގެ އެހީތެރިކަމާއި، އަތޮޅުވެރިޔާގެ އިސް އެހީތެރިކަން ހިމެނެއެވެ.


އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް

އިބްރާހީމް މޫސާ ބީޗުހައުސް ފ.ނިލަންދޫ

ގުޅޭ ނަންބަރު: އޮފީސް ފޯނުނަންބަރު: 6740017

E-Mail: ibrahim.moosa@faafu.gov.mv, Office E-Mail: admin@faafu.gov.mv


އަލްފާޟިލް އިބްރާހީމް މޫސާ މިއިދާރާއާއި ގުޅިވަޑައިގަތީ 07 އެޕްރީލް 2014 ގައި އެސިސްޓެންޓް ޑިރެކްޓަރެއްގެ މަޤާމަށެވެ. އިބްރާހީމް މޫސާ މަސައްކަތް ކުރައްވަނީ އިންފްރާންސްޓްރަކްޗަރ އެންޑް އިކޮނަމިކް ޑިވެލޮޕްމެންޓް ޔުނިޓްގައެވެ. މައިގަނޑު މަސައްކަތަކީ މިއިދާރާއަށް ބޭނުންވާ ތަކެތި ހޯދުމާއި، ތަކެއްޗާއި ތަންތަން މަރާމާތު ކުރުމާއި، އަތޮޅުކައުންސިލުން ކުރަމުން ގެންދާ ވިޔަފާރީގެ މަސައްކަތްތަކާއި، ބިންބިމާއި ގޯތިގެދޮރުގެ މަސައްކަތްތައް ބަލަހައްޓަވައި މި ޔުނިޓް ހިންގެވުމެވެ.

އިބްރާހީމް މޫސާ އަދާކުރެއްވި މަޤާމު ތަކުގެ ތެރޭގައި ފ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ސެކްރެޓަރީކަން، ފ.ނިލަންދޫ ކައުންސިލްގެ ސެކްރެޓަރީކަމާއި އެޑްމިނިސްޓްރޭޓިވް އޮފިސަރ ކަމާއި، އެސިސެްޓެންޓް އިކޮނަމިކް ޑިވެލޮޕްމެންޓް އޮފިސަރ ކަން ހިމެނެއެވެ.

އިބްރާހީމް މޫސާ ހުންނެވި އެސިސްޓެންޓް ޑިރެކްޓަރގެ މަޤާމުގެ ނަން އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް ގެ ނަމަށް ބަދަލު ކުރެއްވީ 01 ޖޫން 2021 ގައި ބަދަލު ކުރެވުނު ގޮތުގައި 12 ޖޫން 2021 ގައެވެ.


އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް

ފަރީދާ އިބްރާހީމް ރިހިވެލި ފ.ނިލަންދޫ

ގުޅޭ ނަންބަރު: އޮފީސް ފޯނުނަންބަރު: 6740017

E-Mail: faryda@faafu.gov.mv, Office E-Mail: admin@faafu.gov.mv


އަލްފާޟިލާ ފަރީދާ އިބްރާހީމް މިއިދާރާއާއި ގުޅިވަޑައިގަތީ 18 މާރިޗު 2012 ގައި ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ މަޤާމަށެވެ. ފަރީދާ އިބްރާހީމް މިހާރު ހުންނެވި އެސިސްޓެންޓް ޑިރެކްޓަރގެ މަޤާމަށް ބަދަލު ކުރެއްވީ 02 އޮގަސްޓް 2015 ގައެވެ. ފަރީދާ އިބްރާހީމް މަސައްކަތް ކުރައްވަނީ ޕޮލިސީ ޕްލޭނިންގ ރިސާރޗް އެންޑް މޮނިޓަރިންގ ޔުނިޓްގައެވެ. މައިގަނޑު މަސައްކަތަކީ އަތޮޅު ތަރައްޤީގެ ޕްލޭން އެކުލަވާލައި ޕްލޭނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، ފައިނޭންންޝަލް ޕްލޭން ތައްޔާރު ކުރުމާއި، އަތޮޅުގެ އާދީއާއި ވިހާމަރުވާ ބެލެހެއްޓުމާއި، ރަށުކައުންސިލްގެ އިދާރާތައް މޮނީޓަރ ކުރުމުގެ މަސައްކަތްތައް ބަލަހައްޓަވައި މިޔުނިޓް ހިންގެވުމެވެ.

ފަރީދާ އިބްރާހީމް އަދާކުރެއްވި މަޤާމު ތަކުގެ ތެރޭގައި ކުރީގެ މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމެންޓްގެ އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރ ކަމާއި، މިއިދާރާގެ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ ކަން ހިމެނެއެވެ.

ފަރީދާ އިބްރާހީމް ހުންނެވި އެސިސްޓެންޓް ޑިރެކްޓަރގެ މަޤާމުގެ ނަން އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް ގެ ނަމަށް ބަދަލު ކުރެއްވީ 01 ޖޫން 2021 ގައި ބަދަލު ކުރެވުނު ގޮތުގައި 12 ޖޫން 2021 ގައެވެ.


ސީނިއަރ ކައުންސިލް އޮފިސަރ

ފާޠިމަތު ނުޒުލާ ޖަލީލު މިރިހި ފ.ނިލަންދޫ

ގުޅޭ ނަންބަރު: އޮފީސް ފޯނުނަންބަރު: 6740017

E-Mail:nuzla@faafu.gov.mv, Office E-Mail: admin@faafu.gov.mv


އަލްފާޟިލާ ފާޠިމަތު ނުޒުލާ ޖަލީލު މިއިދާރާއާއި ގުޅިވަޑައިގަތީ 20 ނޮވެންބަރ 2011 ގައި ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ މަޤާމަށެވެ. ފާޠިމަތު ނުޒުލާ ޖަލީލު މަސައްކަތް ކުރައްވަނީ ހިއުމަން ރިސޯސް ޔުނިޓްގައެވެ. މައިގަނޑު މަސައްކަތަކީ މިއިދާރާގެ ސިވިލްސާވިސް މުވައްޒަފުންނާބެހޭ މަސައްކަތްތައް ކުރުމެވެ. މީގެ ތެރޭގައި މުވައްޒަފުންގެ ވަޒީފާއާއިބެހޭ މަސައްކަތްތަކާއި، މުވައްޒަފުންގެ ޙާޟިރީ ބެލެހެއްޓުމާއި، މުވައްޒަފުންގެ ސަލާމާއި ޗުއްޓީގެ ރެކޯޑްތައް ބެލެހެއްޓުން ހިމެނެއެވެ.

ފާޠިމަތު ނުޒުލާ ޖަލީލު ހުންނެވި ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމުގެ ނަން ސީނިއަރ ކައުންސިލް އޮފިސަރ ގެ ނަމަށް ބަދަލު ކުރެއްވީ 01 ޖޫން 2021 ގައި ބަދަލު ކުރެވުނު ގޮތުގައި 12 ޖޫން 2021 ގައެވެ.


ސީނިއަރ ކައުންސިލް އޮފިސަރ

ޙައްވާ ޢަބްދުލް ޢަޒީޒު ފޮނިލުނބޯގެ ފ.ނިލަންދޫ

ގުޅޭ ނަންބަރު: އޮފީސް ފޯނުނަންބަރު: 6740017

E-Mail: hawwa@faafu.gov.mv, Office E-Mail: admin@faafu.gov.mv


އަލްފާޟިލާ ޙައްވާ ޢަބްދުލް ޢަޒީޒު މިއިދާރާއާއި ގުޅިވަޑައިގަތީ 11 ޖުލައި 2000 ގައި ކާތިބެއްގެ މަޤާމަށެވެ. ޙައްވާ ޢަބްދުލް ޢަޒީޒު މިހާރު ހުންނެވި ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމަށް ބަދަލު ކުރެއްވީ 28 ޖަނަވަރީ 2016 ގައެވެ. ޙައްވާ ޢަބްދުލް ޢަޒީޒު މަސައްކަތް ކުރައްވަނީ އެޑްމިން އެންޑް އިންފޮރމޭޝަން ޔުނިޓްގައެވެ. މައިގަނޑު މަސައްކަތަކީ އެއްގަމާއި ކަނޑުގެ ލައިސަންސް ހެއްދުމާއި، ޔައުމިއްޔާއާއި އެންޓްރީ ލިޔެ ބެލެހެއްޓުމާއި ހަރުމުދަލުގެ ރަޖިސްޓްރީއާއި، އެއްގަމާއި ކަނޑުގެ އުޅަނދު ފަހަރު ބެލެހެއްޓުމުގެ މަސައްކަތެވެ.

ޙައްވާ ޢަބްދުލް ޢަޒީޒު އަދާކުރެއްވި މަޤާމު ތަކުގެ ތެރޭގައި މިއިދާރާގެ ކާތިބު ކަމާއި، އެސިސްޓެންޓް ސެކްރެޓަރީ ކަމާއި، ސެކްރެޓަރީ ކަމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރ ކަން ހިމެނެއެވެ.

ޙައްވާ ޢަބްދުލް ޢަޒީޒު ހުންނެވި ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމުގެ ނަން ސީނިއަރ ކައުންސިލް އޮފިސަރ ގެ ނަމަށް ބަދަލު ކުރެއްވީ 01 ޖޫން 2021 ގައި ބަދަލު ކުރެވުނު ގޮތުގައި 12 ޖޫން 2021 ގައެވެ.


ސީނިއަރ ކައުންސިލް އޮފިސަރ

ޖަމީލާ އަޙްމަދު މަނަސް ފ.ނިލަންދޫ

ގުޅޭ ނަންބަރު: އޮފީސް ފޯނުނަންބަރު: 6740017

E-Mail: jameela.ahmed@faafu.gov.mv, Office E-Mail: admin@faafu.gov.mv


އަލްފާޟިލާ ޖަމީލާ އަޙްމަދު މިއިދާރާއާއި ގުޅިވަޑައިގަތީ 28 ޖުލައި 2008 ގައި ސާވެޔަރ ޓްރެއިނީ އެއްގެ މަޤާމަށެވެ. ޖަމީލާ އަޙްމަދު މިހާރު ހުންނެވި އިކޮނަމިކް ޑިވެލޮޕްމެންޓް އޮފިސަރގެ މަޤާމަށް ބަދަލު ކުރެއްވީ 16 ފެބްރުވަރީ 2016 ގައެވެ. ޖަމީލާ އަޙްމަދު މަސައްކަތް ކުރައްވަނީ އިންފްރާންސްޓްރަކްޗަރ އެންޑް އިކޮނަމިކް ޑިވެލޮޕްމެންޓް ޔުނިޓްގައެވެ. މައިގަނޑު މަސައްކަތަކީ ފ.އަތޮޅުސްޓޯރުގެ ކަންތައްތައް ބެލެހެއްޓުމާއި، ޓްރަސްޓް ފަންޑާއި އަތޮޅު ކައުންސިލުން ކުރަމުން ގެންދާ ވިޔަފާރީގެ މަސައްކަތްތައް ކުރުމެވެ.

ޖަމީލާ އަޙްމަދު އަދާކުރެއްވި މަޤާމު ތަކުގެ ތެރޭގައި މިއިދާރާގެ ސާވެޔަރ ޓްރެއިނީ ކަމާއި، އެސިސްޓެންޓް ސާވެޔަރ ކަމާއި، އެސިސްޓެންޓް އެކައުންޓްސް އޮފިސަރ ކަން ހިމެނެއެވެ.

ޖަމީލާ އަޙްމަދު ހުންނެވި އިކޮނަމިކް ޑިވެލޮޕްމެންޓް އޮފިސަރގެ މަޤާމުގެ ނަން ސީނިއަރ ކައުންސިލް އޮފިސަރ ގެ ނަމަށް ބަދަލު ކުރެއްވީ 01 ޖޫން 2021 ގައި ބަދަލު ކުރެވުނު ގޮތުގައި 12 ޖޫން 2021 ގައެވެ.


ސީނިއަރ ކައުންސިލް އޮފިސަރ

ޝަޒީލާ މޫސާ ބަގީޗާގެ ފ.ނިލަންދޫ

ގުޅޭ ނަންބަރު: އޮފީސް ފޯނުނަންބަރު: 6740017

E-Mail: shazeela@faafu.gov.mv, Office E-Mail: admin@faafu.gov.mv


އަލްފާޟިލާ ޝަޒީލާ މޫސާ މިއިދާރާއާއި ގުޅިވަޑައިގަތީ 03 ޖުލައި 2013 ގައި އެސިސްޓެންޓް ޕްލޭނިންގ އޮފިސަރެއްގެ މަޤާމަށެވެ. ޝަޒީލާ މޫސާ މިހާރު ހުންނެވި ޕްލޭނިންގ އޮފިސަރގެ މަޤާމަށް ބަދަލު ކުރެއްވީ 01 ޑިސެންބަރ 2016 ގައެވެ. ޝަޒީލާ މޫސާ މަސައްކަތް ކުރައްވަނީ ޕޮލިސީ ޕްލޭނިންގ ރިސާރޗް އެންޑް މޮނިޓަރިންގ ޔުނިޓްގައެވެ. މައިގަނޑު މަސައްކަތަކީ އަތޮޅުގެ ތަރައްޤީ ޕްލޭނާއި ފައިނޭންޝަލް ޕްލޭންގެ މަސައްކަތެވެ.

ޝަޒީލާ މޫސާ އަދާކުރެއްވި މަޤާމު ތަކުގެ ތެރޭގައި ކުރީގެ ނޯދަން ރީޖަނަލް އޮފީހުގެ އެސިސްޓެންޓު ސެކްރެޓަރީކަމާއި، ސެކްރެޓަރީކަމާއި، ކުރީގެ މިނިސްޓްރީ އޮފް އެޓޮލްސް ޑިވެލޮޕްމެންޓުގެ ސެކްރެޓަރީކަމާއި، މިނިސްޓްރީ އޮފް ހޯމްއެފެއާރޒްގެ ސެކްރެޓަރީކަމާއި، މިނިސްޓްރީ އޮފް ހައުސިންގ ޓުރާންސްޕޯޓު އެންޑު އެންވަޔަރމަންޓުގެ އެޑުމިނިސްޓްރޭޓިވް އޮފިސަރކަމާއި، މޯލްޑިވްސް ޓުރާންސްޕޯޓު އޮތޯރިޓީގެ އެޑުމިނިސްޓްރޭޓިވް އޮފިސަރ ކަމާއި، މިއިދާރާގެ އެސިސްޓެންޓު ޕްލޭނިންގ އޮފިސަރކަމާއި، ރިސާރޗު އޮފިސަރކަން ހިމެނެއެވެ.

ޝަޒީލާ މޫސާ ހުންނެވި ޕްލޭނިންގ އޮފިސަރގެ މަޤާމުގެ ނަން ސީނިއަރ ކައުންސިލް އޮފިސަރ ގެ ނަމަށް ބަދަލު ކުރެއްވީ 01 ޖޫން 2021 ގައި ބަދަލު ކުރެވުނު ގޮތުގައި 12 ޖޫން 2021 ގައެވެ.


ކޮންޕިއުޓަރ ޓެކްނީޝަން

ޢަބްދުލް ވާޙިދު ޢަބްދުލް ޢަޒީޒު ފޮނިލުނބޯގެ ފ.ނިލަންދޫ

ގުޅޭ ނަންބަރު: އޮފީސް ފޯނުނަންބަރު: 6740017

E-Mail: wahid@faafu.gov.mv, Office E-Mail: admin@faafu.gov.mv


އަލްފާޟިލް ޢަބްދުލް ވާޙިދު ޢަބްދުލް ޢަޒީޒު މިއިދާރާއާއި ގުޅިވަޑައިގަތީ 12 ސެޕްޓެންބަރ 2007 ގައި ސެކްރެޓަރީއެއްގެ މަޤާމަށެވެ. ޢަބްދުލް ވާޙިދު ޢަބްދުލް ޢަޒީޒު މިހާރު ހުންނެވި ކޮންޕިއުޓަރ ޓެކްނީޝަންގެ މަޤާމަށް މަޤާމަށް ބަދަލު ކުރެއްވީ 28 ޖަނަވަރީ 2016 ގައެވެ. ޢަބްދުލް ވާޙިދު ޢަބްދުލް ޢަޒީޒު މަސައްކަތް ކުރައްވަނީ އެޑްމިން އެންޑް އިންފޮރމޭޝަން ޔުނިޓްގައެވެ. ކުރައްވަމުން ގެންދަވާ މައިގަނޑު މަސައްކަތަކީ ކޮންޕިއުޓަރާއި ޕްރިންޓަރ ތަކަށް ދިމާވާ މައްސަލަތައް ޙައްލު ކުރުމާއި، އޮފީހުގެ ނެޓްވޯކާބެހޭ މަސައްކަތްތައް ކުރުމާއި މިނޫންސްވެސް އައިޓީއާއި ގުޅުންހުރި މަސައްކަތްތައް ކުރުމެވެ.

ޢަބްދުލް ވާޙިދު ޢަބްދުލް ޢަޒީޒު އަދާކުރެއްވި މަޤާމު ތަކުގެ ތެރޭގައި އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ ޑިއުޓީ އޮފިސަރ ކަމާއި، މިއިދާރާގެ ސެކްރެޓަރީ ކަމާއި، އެސިސްޓެންޓް އިކޮނަމިކް ޑިވެލޮޕްމެންޓް އޮފިސަރ ކަން ހިމެނެއެވެ.


އެކައުންޓްސް އޮފިސަރ

އާމިނަތު ރިލްފާ ނިވްސްޓަރ ކ.ގުޅި

ގުޅޭ ނަންބަރު: އޮފީސް ފޯނުނަންބަރު: 6740017

E-Mail: rilfa@faafu.gov.mv, Office E-Mail: admin@faafu.gov.mv


އަލްފާޟިލާ އާމިނަތު ރިލްފާ މިއިދާރާއާއި ގުޅިވަޑައިގަތީ 01 ޑިސެންބަރ 2016 ގައި އެކައުންޓްސް އޮފިސަރެއްގެ މަޤާމަށެވެ. އާމިނަތު ރިލްފާ މަސައްކަތް ކުރައްވަނީ ބަޖެޓް އެންޑް ފައިނޭންސް ޔުނިޓްގައެވެ. މައިގަނޑު މަސައްކަތަކީ ބަޖެޓާ ނުބެހޭ ފައިސާއާއި މިއިދާރާގެ ޓުރަސްޓު ފަންޑުގެ ފައިސާއާއިބެހޭ މަސައްކަތެވެ. މީގެ ތެރޭގައި ލިބޭފައިސާ ބަލައިގަތުމާއި، ލިބޭފައިސާ އެކައުންޓަށް ޖަމާކުރުމާއި، ލިބޭފައިސާގެ ރިޕޯޓްތައް ތައްޔާރުކޮށް ހިސާބުތައް ބެލެހެއްޓުމާއި، ޓްރަސްޓް ފަންޑްގެ ހިސާބުތައް ބެލެހެއްޓުމެވެ.

އާމިނަތު ރިލްފާ އަދާކުރެއްވި މަޤާމު ތަކުގެ ތެރޭގައި ކުރީގެ އެޓޮލްސް ޑިވެލޮޕްމެންޓްގެ ސެކްރެޓަރީ ކަމާއި، ހޯމްމިނިސްޓްރީގެ އެކައުންޓްސް އޮފިސަރ ކަމާއި، މާލެއަތޮޅު ގުޅީ ކައުންސިލްގެ އެކައުންޓްސް އޮފިސަރ ކަން ހިމެނެއެވެ.


ކައުންސިލް އޮފިސަރ

ޚަދީޖާ ޢަލީ ކެނެރީގެއާގެ ފ.ނިލަންދޫ

ގުޅޭ ނަންބަރު: އޮފީސް ފޯނުނަންބަރު: 6740017

E-Mail: khadeeja@faafu.gov.mv, Office E-Mail: admin@faafu.gov.mv


އަލްފާޟިލާ ޚަދީޖާ ޢަލީ މިއިދާރާއާއި ގުޅިވަޑައިގަތީ 16 މޭ 2007 ގައި ކޭޝިއަރެއްގެ މަޤާމަށެވެ. މިހާރު ހުންނެވި ރިސާރޗް އޮފިސަރގެ މަޤާމަށް ބަދަލު ކުރެއްވީ 28 ޖަނަވަރީ 2017 ގައެވެ. ޚަދީޖާ ޢަލީ މަސައްކަތް ކުރައްވަނީ ޕޮލިސީ ޕްލޭނިންގ ރިޗާރޗް އެންޑް މޮނިޓަރިންގ ޔުނިޓްގައެވެ. މައިގަނޑު މަސައްކަތަކީ ރަށުކައުންސިލްތައް މޮނީޓަރ ކުރުމާގުޅޭ މަސައްކަތްތަކާއި، އަތޮޅުގެ މީހުންގެ ވިހާ މަރުވާ މީހުންގެ ރަޖިސްޓްރީއާއި، އާބާދީއާއިބެހޭ މަޢުލޫމާތު ބެލެހެއްޓުމުގެ މަސައްކަތެވެ.

ޚަދީޖާ ޢަލީ އަދާކުރެއްވި މަޤާމު ތަކުގެ ތެރޭގައި މިއިދާރާގެ ކޭޝިޔަރ ކަމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރ ކަން ހިމެނެއެވެ.

ޚަދީޖާ ޢަލީ ހުންނެވި ރިސާރޗް އޮފިސަރގެ މަޤާމުގެ ނަން ކައުންސިލް އޮފިސަރ ގެ ނަމަށް ބަދަލު ކުރެއްވީ 01 ޖޫން 2021 ގައި ބަދަލު ކުރެވުނު ގޮތުގައި 12 ޖޫން 2021 ގައެވެ.


ކައުންސިލް އޮފިސަރ

ހުމައިދާ ޙުސައިން އަލިވާގެ ފ.ނިލަންދޫ

ގުޅޭ ނަންބަރު: އޮފީސް ފޯނުނަންބަރު: 6740017

E-Mail: humaidha@faafu.gov.mv, Office E-Mail: admin@faafu.gov.mv


އަލްފާޟިލާ ޙުމައިދާ ޙުސައިން މިއިދާރާއާއި ގުޅިވަޑައިގަތީ 25 ޖަނަވަރީ 2000 ގައި އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ މަޤާމަށެވެ. މިހާރު ހުންނެވި އިކޮނަމިކު ޑިވެލޮޕްމެންޓު އޮފިސަރގެ މަޤާމަށް ބަދަލު ކުރެއްވީ 27 ފެބުރުވަރީ 2018 ގައެވެ. ހުމައިދާ ޙުސައިން މަސައްކަތް ކުރައްވަނީ އިންފްރާންސްޓްރަކްޗަރ އެންޑް އިކޮނަމިކް ޑިވެލޮޕްމެންޓް ޔުނިޓްގައެވެ. މައިގަނޑު މަސައްކަތަކީ ފ.އަތޮޅުސްޓޯރުގެ ކަންކަން ކުރުމާއި، އަތޮޅުކައުންސިލުން ހިންގާ އެކިއެކި އިންވެސްޓުމަންޓުގެ މަސައްކަތާއި، އިޤްތިޞާދީ ނުވަތަ އިޖުތިމާޢީ ބޭނުން ތަކަށް ކައުންސިލްގެ ނަމުގައި އުފުލޭ އަދި ނޫފުލޭ މުދާ ހޯދުމުގެ މަސައްކަތާއި ފަޅުރަށްރަށާބެހޭ ކަންތައް ކުރުމާއި ބެލެހެއްޓުމުގެ މަސައްކަތެވެ.

ހުމައިދާ ޙުސައިން އަދާކުރެއްވި މަޤާމު ތަކުގެ ތެރޭގައި މިއިދާރާގެ އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމު ހިމެނެއެވެ.

ހުމައިދާ ޙުސައިން ހުންނެވި އިކޮނަމިކް ޑިވެލޮޕްމަންޓް އޮފިސަރގެ މަޤާމުގެ ނަން ކައުންސިލް އޮފިސަރ ގެ ނަމަށް ބަދަލު ކުރެއްވީ 01 ޖޫން 2021 ގައި ބަދަލު ކުރެވުނު ގޮތުގައި 12 ޖޫން 2021 ގައެވެ.


ކައުންސިލް އޮފިސަރ

ޖަމީލާ ޢަބްދުﷲ ފެހިފަރުދާގެ ފ.ނިލަންދޫ

ގުޅޭ ނަންބަރު: އޮފީސް ފޯނުނަންބަރު: 6740017

E-Mail: jameela.abdulla@faafu.gov.mv, Office E-Mail: admin@faafu.gov.mv


އަލްފާޟިލާ ޖަމީލާ ޢަބްދުﷲ މިއިދާރާއާއި ގުޅިވަޑައިގަތީ 31 އޮކްޓޯބަރ 2019 ގައި ޕްރޮޖެކްޓް އޮފިސަރެއްގެ މަޤާމަށެވެ. ޖަމީލާ ޢަބްދުﷲ މަސައްކަތް ކުރައްވަނީ އިންފުރާންސްޓްރަކުޗަރ އެންޑު އިކޮނަމިކު ޑިވެލޮޕްމެންޓު ޔުނިޓްގައެވެ. މައިގަނޑު މަސައްކަތަކީ އެއްގަމާއި ކަނޑުގެ އުޅަނދު ފަހަރަށާއި، ފ.އަތޮޅު ސްޓޭޓު ހައުސްއަށާއި އިދާރާއަށް ބޭނުންވެގެން ހޯދުމަށް ހުށަހަޅާ ތަކެތި ހޯދުމާއި، މަރާމާތު ކުރަންޖެހޭ ތަންތަނާއި ތަކެތި މަރާމާތު ކުރުމުގެ ކަންތައް ކުރިއަށް ގެންދިއުމާއި، ބިންބިމާއި ގޯތިގެދޮރުގެ ކަންތައް ބެލެހެއްޓުމާއި، ސްޓޭޓު ހައުސް ބަލަހައްޓައި އަދި އެތަނުގެ އިންވެންޓުރީ ބެލެހެއްޓުމުގެ މަސައްކަތެވެ.

ޖަމީލާ ޢަބްދުﷲ ހުންނެވި ޕްރޮޖެކްޓް އޮފިސަރގެ މަޤާމުގެ ނަން ކައުންސިލް އޮފިސަރ ގެ ނަމަށް ބަދަލު ކުރެއްވީ 01 ޖޫން 2021 ގައި ބަދަލު ކުރެވުނު ގޮތުގައި 12 ޖޫން 2021 ގައެވެ.


އެސިސްޓެންޓު ފައިނޭންސް އޮފިސަރ

ފާޠިމަތު އިބްރާހީމް މުޝްތަރީގެއާގެ ފ.ނިލަންދޫ

ގުޅޭ ނަންބަރު: އޮފީސް ފޯނުނަންބަރު: 6740017

E-Mail: fathimath.ibrahim@faafu.gov.mv, Office E-Mail: admin@faafu.gov.mv


އަލްފާޟިލާ ފާޠިމަތު އިބްރާހީމް މިއިދާރާއި ގުޅިވަޑައިގަތީ 24 ފެބްރުވަރީ 2000 ގައި ވޯކީ އޮޕަރޭޓަރެއްގެ މަޤާމަށެވެ. މިހާރު ހުންނެވި އެސިސްޓެންޓް ފައިނޭންސް އޮފިސަރގެ މަޤާމަށް ބަދަލު ކުރެއްވީ 06 ޖުލައި 2011 ގައެވެ. ފާޠިމަތު އިބްރާހީމް މަސައްކަތް ކުރައްވަނީ ބަޖެޓް އެންޑް ފައިނޭންސް ޔުނިޓްގައެވެ. މައިގަނޑު މަސައްކަތަކީ މިއިދާރާގެ ބަޖެޓް ބެލެހެއްޓުމެވެ. މީގެ ތެރޭގައި މުވައްޒަފުންނަށް މުސާރަ ދިނުމާއި، ޕެންޝަންސްކީމާއި ކުރެޑިޓު ސްކީމުގެ ކަންތައް ކުރުމާއި، މިއިދާރާގެ މާލީ ހިސާބު ތައްޔާރު ކުރުމާއި، ލަފާކުރާ ބަޖެޓް ތައްޔާރު ކުރުން ހިމެނެއެވެ.

ފާޠިމަތު އިބްރާހީމް އަދާކުރެއްވި މަޤާމު ތަކުގެ ތެރޭގައި ފ.ނިލަންދޫ މެޖިސްޓްރޭޓް ކޯޓްގެ ވަގުތީ ކާތިބު ކަމާއި، ފ.ނިލަންދޫ ކައުންސިލްގެ އިދާރާގެ ވަގުތީ ވޯކީޓޯކީ އޮޕަރޭޓަރ ކަމާއި، މިއިދާރާގެ ވޯކޯޓޯކީ އޮޕަރޭޓަރ ކަމާއި، އެސިސްޓެންޓް ބަޖެޓް އޮފިސަރ ކަމާއި، އެސިސްޓެންޓް އެކައުންޓްސް އޮފިސަރކަން ހިމެނެއެވެ.


އެސިސްޓެންޓް ކައުންސިލް އޮފިސަރ

ފާޠިމަތު އަޙްމަދު ބުލޫހެވަން ފ.ނިލަންދޫ

ގުޅޭ ނަންބަރު: އޮފީސް ފޯނުނަންބަރު: 6740017

E-Mail: fathimath.ahmed@faafu.gov.mv, Office E-Mail: admin@faafu.gov.mv


އަލްފާޟިލާ ފާޠިމަތު އަޙްމަދު މިއިދާރާއާއި ގުޅިވަޑައިގަތީ 19 އޮކްޓޫބަރ 1999 ގައި ސީނިއަރ ކްލާރކެއްގެ މަޤާމަށެވެ. ފާޠިމަތު އަޙްމަދު މިހާރު ހުންނެވި އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމަށް ބަދަލު ކުރެއްވީ 30 ޖަނަވަރީ 2017 ގައެވެ. ފާޠިމަތު އަޙްމަދު މަސައްކަތް ކުރައްވަނީ ކައުންސިލް ބިއުރޯގައެވެ. މައިގަނޑު މަސައްކަތަކީ ކައުންސިލްގެ ޖަލްސާތަކާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތަކާއި، ކައުންސިލަރުންގެ ޙާޟިރީއާބެހޭ މަސައްކަތްތަކާއި، ކައުންސިލަރުން ޙަވާލުކުރާ މަސައްކަތްތައް ކުރުމެވެ.

ފާޠިމަތު އަޙްމަދު އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި ފ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ކާތިބު ކަމާއި، މިއިދާރާގެ ސީނިއަރ ކްލާރކް ކަމާއި، އެސިސްޓެންޓް ސެކްރެޓަރީ ކަމާއި، އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރކަން ހިމެނެއެވެ.

ފާޠިމަތު އަޙްމަދު ހުންނެވި އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމުގެ ނަން އެސިސްޓެންޓް ކައުންސިލް އޮފިސަރ ގެ ނަމަށް ބަދަލު ކުރެއްވީ 01 ޖޫން 2021 ގައި ބަދަލު ކުރެވުނު ގޮތުގައި 12 ޖޫން 2021 ގައެވެ.


އެސިސްޓެންޓް ކައުންސިލް އޮފިސަރ

ޒަހީރާ އިސްމާޢީލް ސީނިއަރވިލާ ފ.ނިލަންދޫ

ގުޅޭ ނަންބަރު: އޮފީސް ފޯނުނަންބަރު: 6740017

E-Mail: zaheera@faafu.gov.mv, Office E-Mail: admin@faafu.gov.mv


އަލްފާޟިލާ ޒަހީރާ އިސްމާޢީލް މިއިދާރާއާއި ގުޅިވަޑައިގަތީ 13 އެޕްރީލް 2017 ގައި އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ މަޤާމަށެވެ. ޒަހީރާ އިސްމާޢީލް މަސައްކަތް ކުރައްވަނީ ހިއުމަން ރިސޯސް ޔުނިޓްގައެވެ. މައިގަނޑު މަސައްކަތަކީ މުވައްޒަފުންގެ ޙާޟިރީއާއި ސަލާމާއި ޗުއްޓީގެ ރެކޯޑް ބެލެހެއްޓުމާއި ސިވިލްސާރވިސް މުވައްޒަފުންނާގުޅޭ މަސައްކަތެވެ.

ޒަހީރާ އިސްމާޢީލް ހުންނެވި އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމުގެ ނަން އެސިސްޓެންޓް ކައުންސިލް އޮފިސަރ ގެ ނަމަށް ބަދަލު ކުރެއްވީ 01 ޖޫން 2021 ގައި ބަދަލު ކުރެވުނު ގޮތުގައި 12 ޖޫން 2021 ގައެވެ.


އެސިސްޓެންޓް ކައުންސިލް އޮފިސަރ

ޢާއިޝަތު ޔުމްނާ މިނާ ފ.ނިލަންދޫ

ގުޅޭ ނަންބަރު: އޮފީސް ފޯނުނަންބަރު: 6740017

E-Mail: yumna@faafu.gov.mv, Office E-Mail: admin@faafu.gov.mv


އަލްފާޟިލާ ޢާއިޝަތު ޔުމްނާ މިއިދާރާއާއި ގުޅިވަޑައިގަތީ 09 އެޕްރީލް 2018 ގައި ގައި އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ މަޤާމަށެވެ. ޢައިޝަތު ޔުމްނާ މަސައްކަތް ކުރައްވަނީ އެޑްމިން އެންޑް އިންފޮރމޭޝަން ޔުނިޓްގައެވެ. މައިގަނޑު މަސައްކަތަކީ އެންޓުރީ ބެލެހެއްޓުމާއި ދުވަހު ޔައުމިއްޔާ ލިއުމާއި ކުށުގެ ރެކޯޑު ބެލެހެއްޓުމާއި، ގެއްލިގެން ނުވަތަ އާކުރަން ހުށަހަޅާ އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމާއި މިނޫންވެސް އިދާރީގޮތުން ކުރަންޖެހޭ މަސައްކަތައްތައް ކުރުމެވެ.

ޢާއިޝަތު ޔުމްނާ ހުންނެވި އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމުގެ ނަން އެސިސްޓެންޓް ކައުންސިލް އޮފިސަރ ގެ ނަމަށް ބަދަލު ކުރެއްވީ 01 ޖޫން 2021 ގައި ބަދަލު ކުރެވުނު ގޮތުގައި 12 ޖޫން 2021 ގައެވެ.


އެސިސްޓެންޓް ކައުންސިލް އޮފިސަރ

ޖަމްނާ މޫސާނަޢީމު ވައިއެރޭގެ ފ.ނިލަންދޫ

ގުޅޭ ނަންބަރު: އޮފީސް ފޯނުނަންބަރު: 6740017

E-Mail: jamna@faafu.gov.mv, Office E-Mail: admin@faafu.gov.mv


އަލްފާޟިލާ ޖަމްނާ މޫސާ ނަޢީމު މިއިދާރާއާއި ގުޅިވަޑައިގަތީ 16 ޖަނަވަރީ 2019 ގައި އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ މަޤާމަށެވެ.. ޖަމްނާ މޫސާ ނަޢީމު މަސައްކަތް ކުރައްވަނީ އެޑްމިން އެންޑް އިންފޮރމޭޝަން ޔުނިޓްގައެވެ. މައިގަނޑު މަސައްކަތަކީ އެންޓުރީ ބެލެހެއްޓުމާއި ދުވަހު ޔައުމިއްޔާ ލިއުމާއި ކުށުގެ ރެކޯޑު ބެލެހެއްޓުމާއި، ގެއްލިގެން ނުވަތަ އާކުރަން ހުށަހަޅާ އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމާއި މިނޫންވެސް އިދާރީގޮތުން ކުރަންޖެހޭ މަސައްކަތައްތައް ކުރުމެވެ. އަލްފާޟިލާ ޖަމްނާ މޫސާ މީގެކުރިން ސަރުކާރުގެ ވަޒީފާއެއް އަދާކޮށްފައެއް ނުވެއެވެ.

ޖަމްނާ މޫސާ ނަޢީމު ހުންނެވި އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމުގެ ނަން އެސިސްޓެންޓް ކައުންސިލް އޮފިސަރ ގެ ނަމަށް ބަދަލު ކުރެއްވީ 01 ޖޫން 2021 ގައި ބަދަލު ކުރެވުނު ގޮތުގައި 12 ޖޫން 2021 ގައެވެ.


ނެވި

ޢަބްދުލް ވާޙިދު ޙުސައިން އަލިވާގެ ފ.ނިލަންދޫ


އަލްފާޟިލް ޢަބްދުލް ވާޙިދު ޙުސައިން މިއިދާރާއާއި ގުޅިވަޑައިގަތީ 02 އެޕްރީލް 2013 ގައެވެ. ޢަބްދުލް ވާޙިދު ޙުސައިން މަސައްކަތް ކުރައްވަނީ އެޑްމިން އެންޑް އިންފޮރމޭޝަން ޔުނިޓްގައެވެ. މައިގަނޑު މަސައްކަތަކީ އަތޮޅު ދޯނި ދުއްވުމާއި، ދޯނީގެ ކަންތައް ބެލެހެއްޓުމެވެ.


ލޯންޗް ޑްރައިވަރ

ޢަލީ ވަޙީދު ކާމިޔާބު ފ.ނިލަންދޫ


އަލްފާޟިލް ޢަލީ ވަޙީދު މިއިދާރާއާއި ގުޅިވަޑައިގަތީ 14 ނޮވެންބަރ 2017 ގައި ލޯންޗް ޑުރައިވަރެއްގެ މަޤާމަށެވެ.. ޢަލީ ވަޙީދު މަސައްކަތް ކުރައްވަނީ އެޑްމިން އެންޑް އިންފޮރމޭޝަން ޔުނިޓްގައެވެ. މައިގަނޑު މަސައްކަތަކީ މިއިދާރާގެ ލޯންޗް ދުއްވުމާއި ލޯންޗް ބެލެހެއްޓުމާއި، ލޯންޗްގެ ފަޅުވެރިން ލައްވައި ލޯންޗްގެ މަސައްކަތްތައް ކުރުވުމެވެެ.


ކާރު ޑުރައިވަރ

ޢަބްދުއްރައްޒާޤް އިބްރާހީމް ވައިޖެހޭގެ ފ.ނިލަންދޫ


އަލްފާޟިލް ޢަބްދުއްރައްޒާޤް އިބްރާހީމް މިއިދާރާއާއި ގުޅިވަޑައިގަތީ 05 ފެބްރުވަރީ 1999 ގައި އަތޮޅުދޯނީ ފަޅުވެރިއެއްގެ މަޤާމަށެވެ. މިހާރު ހުންނެވި ކާރު ޑްރައިވަރގެ މަޤާމަށް ބަދަލު ކުރެއްވީ 22 ފެބްރުވަރީ 2005 ގައެވެ. ޢަބްދުއްރައްޒާޤް އިބްރާހީމް މަސައްކަތް ކުރައްވަނީ އެޑްމިން އެންޑް އިންފޮރމޭޝަން ޔުނިޓްގައެވެ. މައިގަނޑު މަސައްކަތަކީ މިއިދާރާގެ ކާރު ދުއްވުމާއި ކާރުގެ ކަންތައް ބެލެހެއްޓުމެވެ. ޢަބްދުއްރައްޒާޤް އިބްރާހީމް އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި އެން.އެސް.އެސް ގެ ޕްރައިވެޓް ކަމާއި، މިއިދާރާގެ އަތޮޅުދޯނީގެ ފަޅުވެރިކަން ހިމެނެއެވެ.


ވޭން ޑުރައިވަރ

އިސްމާޢީލް ޒާހިރު ލަގަން ފ.ނިލަންދޫ


އަލްފާޟިލް އިސްމާޢީލް ޒާހިރު މިއިދާރާއާއި ގުޅިވަޑައިގަތީ 01 ޑިސެންބަރ 2019 ގައި ވޭން ޑުރައިވަރެއްގެ މަޤާމަށެވެ. އިސްމާޢީލް ޒާހިރު މަސައްކަތް ކުރައްވަނީ އެޑްމިން އެންޑް އިންފޮރމޭޝަން ޔުނިޓްގައެވެ. މައިގަނޑު މަސައްކަތަކީ މިއިދާރާގެ ވޭން ދުއްވުމާއި ވޭން ބެލެހެއްޓުމުގެ މަސައްކަތެވެ.


އަތޮޅު ދޯނީ ފަޅުވެރި

ޙަސަން ޒަރީރު ރާސްތާ ފ.ނިލަންދޫ


އަލްފާޟިލް ޙަސަން ޒަރީރު މިއިދާރާއާއި ގުޅިވަޑައިގަތީ 01 އެޕްރީލް 2005 ގައި އަތޮޅު ދޯނީ ފަޅުވެރިއެއްގެ މަޤާމަށެވެ. ޙަސަން ޒަރީރު މަސައްކަތް ކުރައްވަނީ އެޑްމިން އެންޑް އިންފޮރމޭޝަން ޔުނިޓްގައެވެ. މައިގަނޑު މަސައްކަތަކީ މިއިދާރާގެ ދޯނީގައި ކުރަންޖެހޭ ދަތުރުތައް ކުރުމާއި ދޯނި ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތެވެ.


ލޯންޗް ފަޅުވެރި

އިބްރާހީމް ފާރޫޤް ލޮނުމިދިލިމާގެ ހދ.ކުމުންދޫ


އަލްފާޟިލް އިބްރާހީމް ފާރޫޤް މިއިދާރާއާއި ގުޅިވަޑައިގަތީ 01 ޖުލައި 2014 ގައި ލޯންޗް ފަޅުވެރިއެއްގެ މަޤާމަށެވެ. އިބްރާހީމް ފާރޫޤް މަސައްކަތް ކުރައްވަނީ އެޑްމިން އެންޑް އިންފޮރމޭޝަން ޔުނިޓްގައެވެ. މައިގަނޑު މަސައްކަތަކީ މިއިދާރާގެ ލޯންޗްގައި ކުރަންޖެހޭ ދަތުރުތައް ކުރުމާއި ލޯންޗް ސާފުކޮށްް ބެލެހެއްޓުމުގެ މަސައްކަތެވެ.


ލޯންޗް ފަޅުވެރި

އަޙްމަދު އިޙްސާން ސީނިއަރވިލާ ފ.ނިލަންދޫ


އަލްފާޟިލް އަޙްމަދު އިޙްސާން މިއިދާރާއާއި ގުޅިވަޑައިގަތީ ގައެވެ. އަޙްމަދު އިޙްސާން މަސައްކަތް ކުރައްވަނީ އެޑްމިން އެންޑް އިންފޮރމޭޝަން ޔުނިޓްގައެވެ. މައިގަނޑު މަސައްކަތަކީ މިއިދާރާގެ ލޯންޗްގައި ކުރަންޖެހޭ ދަތުރުތައް ކުރުމާއި ލޯންޗް ސާފުކޮށްް ބެލެހެއްޓުމުގެ މަސައްކަތެވެ.



ދޯނީ ފަޅުވެރި

އަޙްމަދު މުޙައްމަދު މުޝްތަރީގެ ފ.ނިލަންދޫ


އަލްފާޟިލް އަޙްމަދު މުޙައްމަދު މިއިދާރާއާއި ގުޅިވަޑައިގަތީ 01 ޖުލައި 2014 ގައި ދޯނީ ފަޅުވެރިއެއްގެ މަޤާމަށެވެ. އަޙްމަދު މުޙައްމަދު މަސައްކަތް ކުރައްވަނީ އެޑްމިން އެންޑް އިންފޮރމޭޝަން ޔުނިޓްގައެވެ. މައިގަނޑު މަސައްކަތަކީ މިއިދާރާގެ ދޯނީގައި ކުރަންޖެހޭ ދަތުރުތައް ކުރުމާއި ދޯނި ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތެވެ.


ކައުންސިލް އެސިސްޓެންޓް

ފާޠިމަތު ނަޢީމާ ޢަޞުރުމާގެ ފ.ނިލަންދޫ


އަލްފާޟިލާ ފާޠިމަތު ނަޢީމާ މިއިދާރާއާއި ގުޅިވަޑައިގަތީ 05 ޖޫން 2013 ގައި މަސައްކަތު މީހެއްގެ މަޤާމަށެވެ. ފާޠިމަތު ނަޢީމާ މަސައްކަތް ކުރައްވަނީ އިންފްރާންސްޓްރަކްޗަރ އިކޮނަމިކް ޑިވެލޮޕްމެންޓް ޔުނިޓްގައެވެ. މައިގަނޑު މަސައްކަތަކީ އަތޮޅުގެއާއި އަތޮޅުގޯތި ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތެވެ.

ފާޠިމަތު ނަޢީމާ ހުންނެވި މަސައްކަތުގެ މަޤާމުގެ ނަން ކައުންސިލް އެސިސްޓެންޓްގެ ނަމަށް ބަދަލު ކުރެއްވީ 01 ޖޫން 2021 ގައި ބަދަލު ކުރެވުނު ގޮތުގައި 12 ޖޫން 2021 ގައެވެ.


ކައުންސިލް އެސިސްޓެންޓް

ޢާއިޝަތު މުޙައްމަދު ގުލްޝަން ފ.ނިލަންދޫ


އަލްފާޟިލާ ޢާއިޝަތު މުޙައްމަދު މިއިދާރާއާއި ގުޅިވަޑައިގަތީ 13 އޮގަސްޓް 2013 ގައި މަސައްކަތު މީހެއްގެ މަޤާމަށެވެ. ޢާއިޝަތު މުޙައްމަދު މަސައްކަތް ކުރައްވަނީ އިންފްރާންސްޓްރަކްޗަރ އިކޮނަމިކް ޑިވެލޮޕްމެންޓް ޔުނިޓްގައެވެ. މައިގަނޑު މަސައްކަތަކީ އަތޮޅުގެއާއި އަތޮޅުގޯތި ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތެވެ.

ޢާއިޝަތު މުޙައްމަދު ހުންނެވި މަސައްކަތުގެ މަޤާމުގެ ނަން ކައުންސިލް އެސިސްޓެންޓްގެ ނަމަށް ބަދަލު ކުރެއްވީ 01 ޖޫން 2021 ގައި ބަދަލު ކުރެވުނު ގޮތުގައި 12 ޖޫން 2021 ގައެވެ.


ކައުންސިލް އެސިސްޓެންޓް

ޙަބީބާ މުޙައްމަދު ގަހާ ފ.ނިލަންދޫ


އަލްފާޟިލާ ޙަބީބާ މުޙައްމަދު މިއިދާރާއާއި ގުޅިވަޑައިގަތީ 21 ޖަނަވަރީ 2014 ގައި މަސައްކަތު މީހެއްގެ މަޤާމަށެވެ. ޙަބީބާ މުޙައްމަދު މަސައްކަތް ކުރައްވަނީ ހިއުމަން ރިސޯސް ޔުނިޓްގައެވެ. މައިގަނޑު މަސައްކަތަކީ މިއިދާރާއާއި މިއިދާރާގެ ގޯތި ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތެވެ.

ޙަބީބާ މުޙައްމަދު ހުންނެވި މަސައްކަތުގެ މަޤާމުގެ ނަން ކައުންސިލް އެސިސްޓެންޓްގެ ނަމަށް ބަދަލު ކުރެއްވީ 01 ޖޫން 2021 ގައި ބަދަލު ކުރެވުނު ގޮތުގައި 12 ޖޫން 2021 ގައެވެ.


ކައުންސިލް އެސިސްޓެންޓް

ޖަމީލާ މޫސާ މަލާޒު ފ.ނިލަންދޫ


އަލްފާޟިލާ ޖަމީލާ މޫސާ މިއިދާރާއާއި ގުޅިވަޑައިގަތީ 04 ނޮވެންބަރ 2019 ގައި މަސައްކަތު މީހެއްގެ މަޤާމަށެވެ. ޖަމީލާ މޫސާ މަސައްކަތް ކުރައްވަނީ ހިއުމަން ރިސޯސް ޔުނިޓްގައެވެ. މައިގަނޑު މަސައްކަތަކީ މިއިދާރާއާއި މިއިދާރާގެގޯތި ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތެވެ.

ޖަމީލާ މޫސާ ހުންނެވި މަސައްކަތުގެ މަޤާމުގެ ނަން ކައުންސިލް އެސިސްޓެންޓްގެ ނަމަށް ބަދަލު ކުރެއްވީ 01 ޖޫން 2021 ގައި ބަދަލު ކުރެވުނު ގޮތުގައި 12 ޖޫން 2021 ގައެވެ.

Back to top