2021 ވަނައަހަރަށް ލަފާކުރި ބަޖެޓާއި މަސައްކަތު އަހަރީ ކަލަންޑަރ ފާސްކޮށްފި

14 ޖަނަވަރީ 2021ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާއިން 2021 ވަނައަހަރަށް ލަފާކުރި ބަޖެޓާއި، 2021 ވަނައަހަރުގެ މަސައްކަތު އަހަރީ ކަލަންޑަރ އަތޮޅު ކައުންސިލްގެ 2021 ވަނައަހަރުގެ ފުރަތަމަ ޢާންމު ޖަލްސާއިން 13 ޖަނަވަރީ 2021 ގައި ފާސްކޮށްފިއެވެ.

2021 ވަނައަހަރަށް ފާސްކުރި ބަޖެޓުގެ ޚަރަދުތައް ކަނޑައަޅާފައިވަނީ 2021 ވަނައަހަރު ދައުލަތުން ބްލޮކް ގްރާންޓްގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވާ ފައިސާއާއި، ކައުންސިލަށް އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރާ ފައިސާގެ މައްޗަށް ބަލައިގެން ޚަރަދުތައް އިތުރުނުވާ ގޮތަށް ސާރޕްލަސް ބަޖެޓެއްގެ ގޮތުގައެވެ. އެގޮތުން 2021 ވަނައަހަރު ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީގެ ޖުމްލައަކީ -/19،633،984 ރުފިޔާއެވެ. ޚަރަދުވާނެކަމަށް ލަފާކުރާ ޚަރަދުގެ ޖުމްލައަކީ -/19،600،984 ރުފިޔާއެވެ. ލިބޭނެކަމަށް ލަފާކުރާ އާމްދަނީއާއި، ޚަރަދުވާނެ ކަމަށް ލަފާކުރާ ޚަރަދުގެ ހިސާބު ތިރީގައި އެވަނީއެވެ.

2021 ވަނައަހަރު ލިބޭނެކަމަށް ލަފާކުރާ އާމްދަނީ

1 ދައުލަތުން ދޭ ބްލޮކް ގްރާންޓް ދައުލަތުން ދޭ އެހީގެ ފައިސާ 5,203,815.00
2 "މާވަރު" ޓުރަސްޓް ފަންޑް ޓުރަސްޓް ފަންޑުގެ ޙަރަކާތްތަކުން ލިބޭފައިސާ 1,730,298.00
3 އަތޮޅުކައުންސިލަށް ލިބޭ އެހެނިހެން އާމްދަނީ އެހެނިހެން ގޮތްގޮތުން ލިބޭ ފައިސާ 1,184,140.00
4 ފ.އަތޮޅުސްޓޯރަށް ލިބޭ އާމްދަނީ މުދާ ވިއްކައިގެން ލިބޭފައިސާ 11,515,731.00
ޖުމްލަ 19,633,984.00

2021 ވަނައަހަރު ޚަރަދުވާނެކަމަށް ލަފާކުރާ ޚަރަދު

1 ދައުލަތުން ދޭ ބްލޮކް ގްރާންޓް މުވައްޒަފުންނަށް މުސާރަ ދިނުމާއި އިދާރީ ހިންގުމަށް 5,203,815.00
2 "މާވަރު" ޓުރަސްޓް ފަންޑް ޓުރަސްޓް ފަންޑުގެ ޙަރަކާތްތައް ހިންގުމަށް 1,730,298.00
3 އަތޮޅުކައުންސިލަށް ލިބޭ އެހެނިހެން އާމްދަނީ އެހެނިހެން ގޮތްގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުމަށް 1,184,140.00
4 ފ.އަތޮޅުސްޓޯރަށް ލިބޭ އާމްދަނީ މުވައްޒަފުންނަށް މުސާރަ ދިނުމާއި ސްޓޯރ ހިންގުމަށް 11,482,731.00
ޖުމްލަ 19,600,984.00

2021 ވަނައަހަރަށް ފާސްކުރި ބަޖެޓުގެ ތެރެއިން ކުރަން ކަނޑައަޅާފައިވާ މުހިންމު ކަންތައް ތަކުގެ ތެރޭގައި ފ.އަތޮޅު ސްޓޭޓް ހައުސް ގޯތީގައި ހަދަމުން ގެންދާ ގެސްޓުހައުސްގެ ފުރަތަމަ ބްލޮކާއި ދެވަނަ ބްލޮކުގެ ހުރިހާ މަސައްކަތެއް ނިންމައި މި ދެތަނުން ޚިދުމަތް ދޭން ފެށުމާއި، ތިންވަނަ ބްލޮކުގެ މަސައްކަތުގެ ބައެއް މަސައްކަތްތައް ނިންމުން ހިމެނެއެވެ. މީގެ އިތުރުން ފ.އަތޮޅު އެވޯޑް ދިނުމާއި، ކުނިމެނޭޖް ކުރުމުގެ ހޭލުންތެރި ކުރުމުގެ ޕްރޮގްރާމަކާއި، އަތޮޅުފެންވަރުގައި ޤުރުއާން މުބާރާތެއް ބޭއްވުމާއި، އަތޮޅުގެ ރަށްރަށުގެ އެކި ސަރަޙައްދު ތަކުގައި ބެހެއްޓުމަށް ކުނިއަޅާ ޑަސްބިން ހޯދައި ދިނުމާއި، ފ.އަތޮޅުސްޓޯރުގެ ވިޔަފާރި އިތުރަށް ތަރައްޤީ ކުރުން ހިމެނެއެވެ.

2021 ވަނައަހަރު އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރާ ފައިސާއާއި، ޚަރަދުގެ ތަފްޞީލް ތިރީގައި އެވާ ލިންކުން ސާފުވެ ވަޑައިގަންނަވާނެއެވެ.

2021 ވަނައަހަރަށް ފާސްކުރި ޚަރަދާއި، އާމްދަނީގެ ތަފްޞީލް