2019 ވަނައަހަރުގެ ޕާފޯމް އިންޑެކްސްއިން 03 ވަނަ ފ. އަތޮޅުކައުންސިލުން ހޯދައިފި

27 ފެބްރުވަރީ 20212019 ވަނައަހަރުގެ ޕާފޯމް އިންޑެކްސް އިން އަތޮޅުކައުންސިލް ތަކުގެ ބައިން 03 ވަނަ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާއިން ހޯދައިފިއެވެ. މިކަން އިޢުލާން ކޮށްފައިވަނީ މިއަހަރުގެ ލާމަރުކަޒީ ދުވަސްކަމަށްވާ 26 ފެބްރުވަރީ 2021 ވަނަ ދުވަހު ކައުންސިލް ތަކުގެ ރޭންކިންގ އިޢުލާން ކުރުމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީން ބޭއްވި ޚާއްޞަ ޖަލްސާގައެވެ.

ލޯކަލްގަވަރ މަންޓް އޮތޯރިޓީން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ އަތޮޅުކައުންސިލް ތަކާއި ރަށުކައުންސިލްތައް ދަރަޖަކޮށް ވަނަވަނައަށް އަންނަ ފަރާތްތަކަށް "ކަންގަތި އެވޯޑް" ދެމުން ގެންދެއެވެ. އެގޮތުން 2019 ވަނައަހަރު އަތޮޅުކައުންސިލްތަކުގެ ބައިން 03 ވަނަ މިއިދާރާއަށް ލިބިފައިވާތީ ލޯކަލްގަވަރމަންޓް އޮތޯރިޓީން ދެއްވާ ގަދަހަމާންތި ދަރަޖަ އެވޯޑް މިއިދާރާއަށް ލިބިފައި ވެއެވެ.

2019 ވަނައަހަރު އަތޮޅުކައުންސިލް ތަކުގެ ބައިން 03 ވަނަ މިއިދާރާއަށް ލިބިފައިވާއިރު، މުޅިރާއްޖޭގެ ރަށުކައުންސިލްތަކުން 01 ވަނަ ރަށުކައުންސިލެއްގެ ގޮތުގައި މިއަތޮޅު ނިލަންދޫ ކައުންސިލަށް ލިބިފައި ވެއެވެ. ޕާފޯމަންސް އިންޑެކްސް ދަރަޖަ ކުރުމުގައި ބަލާ 04 އިންޑެކްސްގެ ބައިންވެސް ނިލަންދޫ ކައުންސިލް 01 ވަނަ ހޯދާފައި ވެއެވެ.

މުޅިރާއްޖެއިން 01 ވަނަ ކައުންސިލެއްގެ ގޮތުގައި ނިލަންދޫ ކައުންސިލް ހޮވިފައިވާތީ ލޯކަލްގަވަރމަންޓް އޮތޯރިޓީން ދެމުން ގެންދާ "ކަންގަތި އެވޯޑް" ގެ ރަނަހަމާންތި ދަރަޖަ އެވޯޑާއި، 4 އިންޑެކްސްގެ ބައިން ހަނދާނީ ފިލައި އެ ކައުންސިލަށް ލިބިފައި ވެއެވެ.