މިއަތޮޅު ބިލެއްދޫ ކައުންސިލްގެ އިދާރާއިން އެއްގަމު ލައިސަންސް ދިނުމުގެ ޚިދުމަތް ފަށައިފި

17 އޯގަސްޓް 2020މިއަތޮޅު ބިލެއްދޫ ކައުންސިލްގެ އިދާރާއިން އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދިނުމުގެ ޚިދުމަތް 16 އޯގަސްޓް 2020 އިން ފެށިގެން ދޭންފަށައިފިއެވެ. މިއީ، މިއަތޮޅުގެ ރަށުކައުންސިލެއްގައި މިޚިދުމަތްފެށި ފުރަތަމަ ކައުންސިލެވެ.

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާއެކޭ އެއްގޮތަށް ބިލެއްދޫ ކައުންސިލްގެ އިދާރާއިންވެސް ލައިސަންސް ދޫކުރަމުން ގެންދާނީ ސީ ޒޯންގެ ލައިސަންސެވެ. މިޚިދުމަތް ބިލެއްދޫ ކައުންސިލްގެ އިދާރާގައި ޤާއިމް ކުރުމުން ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާއިންނާއި، ބިލެއްދޫ ކައުންސިލްގެ އިދާރާއިން މި ޚިދުމަތް ލިބޭނެއެވެ.

ރައްޔިތުންނާއި ވީހާގާތުން ޚިދުމަތް ދިނުމަށްޓަަކައި ޓްރާންސްޕޯޓް އޮތޯރިޓީގެ ޤަވާޢިދުތަކާ އެއްގޮތަށް މިޚިދުމަތް ދިނުމަށް ބޭނުންވާ މިއަތޮޅުގެ ރަށުކައުންސިލްތަކަށް އެފުރުޞަތުވަނީ ހުޅުވާލެވިފައެވެ.