ވިހާމަރުވާ ބެލެހެއްޓުމަށް ތައްޔާރުކޮށްފައިވާ "ގެމެން" ޕްރޮގްރާމް ބެލެހެއްޓުމުގެ ތަމްރީނުދީފި

16 ޑިސެންބަރ 2020ވިހާ މަރުވާގެ ރެކޯޑްތައް ޒަމާނުގެ ވަސީލަތްތަކުގެ ތެރެއިން ލުއިފަސޭހަ ގޮތަކަށް ބެލެހެއްޓޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން ލޯކަލްގަވަރމަންޓް އޮތޯރިޓީއާއި، ނޭޝަނަލް ސެންޓްރފޯމް އިންފޮރމޭޝަން ޓެކްނޮލޮޖީއާއި ގުޅިގެން ތައްޔާރު ކޮށްފައިވާ "ގެމެން" ޕްރޮގްރާމް މިއަތޮޅުގެ ރަށްރަށުގައި ކުރިއަށް ގެންދިއުމަށްޓަކައި މިއަތޮޅުގެ ރަށްރަށުގެ މުވައްޒަފުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ.

މިއަތޮޅުގެ ހުރިހާ ރަށަކުންވެސް ބައިވެރިވި މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންދިޔައީ 16 ޑިސެންބަރ 2020 ވަނަ ދުވަހު ނިލަންދެ އަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާގައެވެ. މި ތަމްރީނު ޕްރޮގްރާމްގައި މިއަތޮޅުގެ ރަށުކައުންސިލްތަކުން 06 މުވައްޒަފުންނާއި، އަތޮޅުކައުންސިލުން 03 މުވައްޒަފުންނާއި އަދި އަތޮޅު ހޮސްޕިޓަލުން 02 މުވައްޒަފުންނާއެކު ޖުމްލަ 11 މުވައްޒަފުން ބައިވެރިވެ ތަމްރީނު ފުރިހަމަ ކޮށްފައި ވެއެވެ.

މި ތަމްރީނު ޕްރޮގްރާމްގައި މަޢުލޫމާތު ދެއްވާފައިވަނީ ލޯކަލްގަވަރމަންޓް އޮތޯރިޓީގެ ފަރާތުން ވަޑައިގެންނެވި އެ އޮތޯރިޓީގެ މުވައްޒަފެކެވެ.