ދާއިމީ ކޮމެޓީތައް
ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގެ ބިޑުކޮމެޓީ
ބިޑުކޮމެޓީއަކީ ދައުލަތުގެ މާލިއްޔަތުގެ ޤަވާޢިދުގެ 10.13 ވަނަ މާއްދާގެ ދަށުން ދައުލަތުގެ އޮފީސްތަކުންކުރާ ޕްރޮކިއުމެންޓު މަސައްކަތްތަކުގެ ތެރެއިން ބިޑުކޮމެޓީތަކުން ހުއްދަ ދޭންޖެހޭ ޕްރޮކިއުމެންޓު މަސައްކަތްތަކަށް ހުއްދަ ދިނުމަށްޓަކައި ދައުލަތުގެ ކޮންމެ އޮފީހެއްގައި އުފައްދަންޖެހޭ ކޮމެޓީއެކެވެ. ބިޑްކޮމެޓީގެ މެންބަރުންގެ ޢަދަދަކީ ގިނަވެގެން 07 މަދުވެގެން 03 މެންބަރުންނެވެ.
ބިޑްކޮމެޓީގެ މަސްއޫލިއްޔަތަކީ، ބިޑުކޮމެޓީގެ ހުއްދަ ހޯދުމަށް ހުށަހަޅާ ޕްރޮކިއުމެންޓާބެހޭ ކަންތައްތައް، އެމަރުޙަލާގައި ކުރިއަށް ގެންގޮސްފައިވަނީ ދައުލަތުގެ މާލިއްޔަތު ޤަވާޢިދާ އެއްގޮތްވާ ގޮތުގެމަތިންތޯ ބަލައި ޗެކުކޮށް، ކޮމެޓީން ހުއްދަ ދިނުމަށް ކަނޑައަޅާފައިވާ މިންގަނޑަށްފެތޭ ޕްރޮކިއުމެންޓުގެ މަސައްކަތްތަކަށް ހުއްދަ ދިނުމުގެ މަސައްކަތް ކުރުމެވެ. "ބިޑުކޮމެޓީގެ އުޞޫލު"
ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގެ ބިޑްކޮމެޓީ އެކުލެވިގެންވަނީ 05 މެންބަރުންގެ މައްޗަށެވެ.
ބިޑްކޮމެޓީ މިނިސްޓްރީ އޮފް ފިނޭންސްގައި ރަޖިސްޓްރީ ކޮށްފައިވަނީ 15 ނޮވެންބަރ 2020 ގައެވެ.
![]() |
އިބްރާހީމް ޝިފާޙް ޢަބްދުއްރަޙްމާނު (ޗެއަރ ޕާސަން) | ސީނިއަރ ކައުންސިލް އެގްޒެކެޓިވް | ފ.އަތޮޅު ކައުންސިލް އިދާރާ | ibrahim.shifaah@faafu.gov.mv ފޯން ނަންބަރު: 6740017 |
![]() |
ޙައްވާ އަނޫޝާ (މެންބަރު) | ލީގަލް އޮފިސަރ | ފ.އަތޮޅު ކައުންސިލް އިދާރާ | hawwa.anoosa@faafu.gov.mv ފޯން ނަންބަރު: 6740017 |
![]() |
ޢަލީ އަޙްމަދު (މެންބަރު) | އެކައުންޓްސް އޮފިސަރ | ފ.އަތޮޅު ކައުންސިލް އިދާރާ | ali.ahmed.umar@faafu.gov.mv ފޯން ނަންބަރު: 6740017 |
ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގެ ސީނިއަރ މެނޭޖްމަންޓް ކޮމެޓީ
ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގެ ސީނިއަރ މެނޭޖްމަންޓް ކޮމެޓީ އެކުލެވިގެންވަނީ އަތޮޅު ކައުންސިލްގެ ރައީސާއި، ކައުންސިލް މެންބަރުންނާއި، ކައުންސިލްގެ އިދާރީ ވެރިންގެ މައްޗަށެވެ. މިކޮމެޓީގައި ހިމެނެނީ 13 ބޭފުޅުންނެވެ. އެއީ؛
![]() |
ޙައްވާ ޢަބްދުލް ޢަޒީޒު | ފ. އަތޮޅު ކައުންސިލްގެ ރައީސް | ފ.އަތޮޅު ކައުންސިލް އިދާރާ | hawwa.abdulazyz@faafu.gov.mv |
![]() |
ޢަބްދުﷲ ވަޙީދު | ފ. އަތޮޅު ކައުންސިލްގެ ނައިބްރައީސް | ފ.އަތޮޅު ކައުންސިލް އިދާރާ | abdulla.waheed@faafu.gov.mv |
![]() |
ޢަލީ އަޙްމަދު | ފ. އަތޮޅު ކައުންސިލްގެ މެންބަރ | ފ.އަތޮޅު ކައުންސިލް އިދާރާ | ali.ahmed@faafu.gov.mv |
![]() |
ޢަބްދުލް ޙަމީދު އާދަމް | ފ. އަތޮޅު ކައުންސިލްގެ މެންބަރ | ފ.އަތޮޅު ކައުންސިލް އިދާރާ | abdul.hameed@faafu.gov.mv |
![]() |
އަރީޙް އިސްމާޢީލް | ފ. އަތޮޅު ކައުންސިލްގެ މެންބަރ | ފ.އަތޮޅު ކައުންސިލް އިދާރާ | areeh.ismail@faafu.gov.mv |
![]() |
މޫސާ އަޙްމަދު | ފ. އަތޮޅު ކައުންސިލްގެ މެންބަރ | ފ.އަތޮޅު ކައުންސިލް އިދާރާ | moosa.ahmed@faafu.gov.mv |
![]() |
އަޙްމަދު އިބްރާހީމް | ސެކްރެޓަރީ ޖެނެރަލް | ފ.އަތޮޅު ކައުންސިލް އިދާރާ | ahmed.ibrahim@faafu.gov.mv |
![]() |
އިބްރާހީމް ޝިފާޙް ޢަބްދުއްރަޙްމާނު | ސީނިއަރ ކައުންސިލް އެގްޒެކެޓިވް | ފ.އަތޮޅު ކައުންސިލް އިދާރާ | ibrahim.shifaah@faafu.gov.mv |
![]() |
އިބްރާހީމް ޝަރީފް | ކައުންސިލް އެގްޒެކެޓިވް | ފ.އަތޮޅު ކައުންސިލް އިދާރާ | ibrahim.shareef@faafu.gov.mv |
![]() |
ޢަޙްމަދު ރަފީޢު | އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް | ފ.އަތޮޅު ކައުންސިލް އިދާރާ | ahmed.rafeeu@faafu.gov.mv |
![]() |
އިބްރާހީމް މޫސާ | އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް | ފ.އަތޮޅު ކައުންސިލް އިދާރާ | ibrahim.moosa@faafu.gov.mv |
![]() |
ޙައްވާ އަނޫޝާ | ލީގަލް އޮފިސަރ | ފ.އަތޮޅު ކައުންސިލް އިދާރާ | hawwa.anoosa@faafu.gov.mv |
ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގެ ޓުރަސްޓް ފަންޑުގެ ކޮމެޓީ
ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގެ "މާވަރު" ޓުރަސްޓް ފަންޑުގެ ކޮމެޓީ އެކުލަވާލާފައިވަނީ އަތޮޅުކައުންސިލްގެ 04 ވަނަ ދައުރުގެ 22 ވަނަ ޢާންމު ޖަލްސާއިން 17 ސެޕްޓެންބަރ 2021 ގައެވެ. މިކޮމެޓީ އެކުލެވިގެންވަނީ 05 މެންބަރުންގެ މައްޗަށެވެ. ޓުރަސްޓު ފަންޑު ކޮމެޓީން ހުއްދަ ދޭނީ ތިރީގައި އެވާ ޚަރަދުތައް ކުރުމަށެވެ.
01- ޓުރަސްޓް ފަންޑުގެ ކޮމެޓީން ނިންމާ ގޮތެއްގެމަތިން އަތޮޅުގެ ރައްޔިތުންގެ ލާބަޔާއި މަންފާއަށް އަތޮޅު ފެންވަރުގައި ހިންގަންޖެހޭ ޙަރަކާތްތަކާއި، ރަށްރަށުގެ ރައްޔިތުންގެ ލާބަޔާއި މަންފާއަށް ރަށުކައުންސިލްތަކުން ރަށުފެންވަރުގައި ހިންގަންޖެހޭ ޙަރަކާތްތައް ހިންގުމަށް ކުރަންޖެހޭ ޚަރަދުތައް
02- ޓުރަސްޓް ފަންޑުގެ ކޮމެޓީން ނިންމާ ގޮތެއްގެމަތިން އަތޮޅުގެ ތަޢުލީމީ ދާއިރާއާއި ޞިއްޙީދާއިރާއާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ޙާލަތު ރަގަނޅު ކުރުމަށް އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ކަންތައްތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ކުރަންޖެހޭ ޚަރަދުތައް
03- ޓުރަސްޓް ފަންޑުގެ ކޮމެޓީން ނިންމާ ގޮތެއްގެމަތިން ނިލަންދެއަތޮޅު އުތުރުބުރީގެ ރަށްރަށުގެ ލާބަޔާ މަންފާއަށް އަތޮޅު ފެންވަރުގައި ކުލަނބު ޖަމްޢިއްޔާތަކުން ހިންގާ އެކިއެކި ޙަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހިނގާ ޚަރަދުތައް
ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގެ ޓުރަސްޓް ފަންޑު ކޮމެޓީގައި ހިމެނޭ ބޭފުޅުންނަކީ؛
![]() |
ޙައްވާ ޢަބްދުލް ޢަޒީޒު (ޗެއަރ ޕާސަން) | ފ. އަތޮޅު ކައުންސިލްގެ ރައީސް | ފ.އަތޮޅު ކައުންސިލް އިދާރާ | hawwa.abdulazyz@faafu.gov.mv |
![]() |
ޢަބްދުﷲ ވަޙީދު | ފ. އަތޮޅު ކައުންސިލްގެ ނައިބްރައީސް | ފ.އަތޮޅު ކައުންސިލް އިދާރާ | abdulla.waheed@faafu.gov.mv |
![]() |
ޢަލީ އަޙްމަދު | ފ. އަތޮޅު ކައުންސިލްގެ މެންބަރ | ފ.އަތޮޅު ކައުންސިލް އިދާރާ | ali.ahmed@faafu.gov.mv |
![]() |
އަޙްމަދު އިބްރާހީމް | ސެކްރެޓަރީ ޖެނެރަލް | ފ.އަތޮޅު ކައުންސިލް އިދާރާ | ahmed.ibrahim@faafu.gov.mv |
![]() |
އިބްރާހީމް ޝިފާޙް ޢަބްދުއްރަޙްމާނު | ސީނިއަރ ކައުންސިލް އެގްޒެކެޓިވް | ފ.އަތޮޅު ކައުންސިލް އިދާރާ | ibrahim.shifaah@faafu.gov.mv |
ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގެ ހިއުމަން ރިސޯސް މެނޭޖުމެންޓު އެންޑު ޑިވެލޮޕްމެންޓު ކޮމެޓީ
ހިއުމަން ރިސޯސް މެނޭޖުމަންޓު އެންޑު ޑިވެލޮޕްމެންޓު ކޮމެޓީއަކީ ދިވެހި ސިވިލްސާރވިސްގެ ޤާަވާޢިދުގެ 36 ވަނަ މާއްދާގެ ދަށުން މިއިދާރާގައި އުފައްދާފައިވާ ކޮމެޓީއެކެވެ. މިކޮމެޓީ އެކުލެވިގެންވަނީ ޗެއާރޕާސަންއާއެކު 07 މެންބަރުންގެ މައްޗަށެވެ.
މިކޮމެޓީގެ މަސްއޫލިއްޔަތަކީ، ދިވެހި ސިވިލްސާރވިސް ޤާނޫނާއި ޤަވާޢިދު ތަންފީޒު ކުރުމަށާއި، ސިވިލްސާވިސްއިން ރައްޔިތުންނަށްދޭ ޚިދުމަތްތައް ރަގަނޅުކޮށް، ޒަމާނީ ސިވިލްސާރވިސްއެއް ޤާއިމް ކުރުމަށް ސިވިލްސާރވިސް ކޮމިޝަނުން ކުރައްވާ މަސައްކަތް ތަކުގައި އެހީތެރިވެ ދިނުމަށްޓަކައި ސިވިލްސާރވިސް ޤާވާޢިދުގެ 47 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމެވެ.
![]() |
އަޙްމަދު އިބްރާހީމް | ސެކްރެޓަރީ ޖެނެރަލް | ފ.އަތޮޅު ކައުންސިލް އިދާރާ | ޗެއަރ ޕާސަން |
![]() |
އިބްރާހީމް ޝިފާޙް ޢަބްދުއްރަޙްމާނު | ސީނިއަރ ކައުންސިލް އެގްޒެކެޓިވް | ފ.އަތޮޅު ކައުންސިލް އިދާރާ | މެންބަރު |
![]() |
އަޙްމަދު ޢަރީފް | ސެކްރެޓަރީ ޖެނެރަލް | ފ.ނިލަންދޫ ކައުންސިލް އިދާރާ | މެންބަރު |
![]() |
މުނީރާ އިބްރާހީމް | ކައުންސިލް އެގްޒެކެޓިވް | ފ.ނިލަންދޫ ކައުންސިލް އިދާރާ | މެންބަރު |
![]() |
ޢަބްދުﷲ އަޙްމަދު | ޕްރިންސިޕަލް | ފ.އަތޮޅު ތަޢުލީމީ މަރުކަޒު | މެންބަރު |
![]() |
ޢަބްދުއްރަޝީދު އަޙްމަދު | ޑެޕިއުޓީ ޕްރިންސިޕަލް | ފ.އަތޮޅު ތަޢުލީމީ މަރުކަޒު | މެންބަރު |
![]() |
ޝިރުމީނާ އިސްމާޢީލް | އެޑްމިނިސްޓްރޭޓަރ | ފ.އަތޮޅު ތަޢުލީމީ މަރުކަޒު | މެންބަރު |
ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގެ މުރާޖާ ކޮމެޓީ
މި ކޮމެޓީއަކީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން މިއިދާރާއިން ހޯދުމަށް ހުށަހަޅާ މަޢުލޫމާތާ ގުޅިގެން މިއިދާރާގެ އިންފޮރމޭޝަން އޮފިސަރ ނިންމާ ނިންމުން ތަކާމެދު ހިތްހަމަ ނުޖެހިގެން މިއިދާރާއަށް ހުށަހަޅާ ޝަކުވާތައް ބަލައި މުރާޖާކޮށް ފިޔަވަޅުއެޅުމަށް، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޤަވާޢިދުގެ 42 ވަނަ މާއްދާގެ ދަށުން މިއިދާރާގައި އުފައްދާފައިވާ ކޮމެޓީއެކެވެ.
މިކޮމެޓީގެ މަސްއޫލިއްޔަތަކީ، މިއިދާރާގެ އިންފޮރމޭޝަން އޮފިސަރ ނިންމާ ނިންމުންތަކާމެދު ހިތްހަމަ ނުޖެހޭ ފަރާތްތަކުން މިއިދާރާއަށް ހުށަހަޅާ ޝަކުވާގެ މައްސަލަތައް ބަލައި މުރާޖާކޮށް ފިޔަވަޅު އެޅުމެވެ.
މިކޮމެޓީ އެކުލެވިގެންވަނީ 03 މެންބަރުންގެ މައްޗަށެވެ. މިއިދާރާގެ މުރާޖާ ކޮމެޓީގެ ނިންމުމާމެދު ހިތްހަމަ ނުޖެހޭ ފަރާތްތަކުން އެމައްސަލަ ހުށަހަޅާނީ އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީހަށެވެ. މުރާޖާ ކޮމެޓީގައި ހިމެނޭ ބޭފުޅުންނަކީ؛
![]() |
އިބްރާހީމް ޝަރީފް (ޗެއަރ ޕާސަން) | ކައުންސިލް އެގްޒެކެޓިވް | ފ.އަތޮޅު ކައުންސިލް އިދާރާ | ibrahim.shareef@faafu.gov.mv ފޯން ނަންބަރު: 6740017 |
![]() |
އަޙްމަދު ރަފީޢު | އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް | ފ.އަތޮޅު ކައުންސިލް އިދާރާ | ahmed.rafeeu@faafu.gov.mv ފޯން ނަންބަރު: 6740017 |
![]() |
އިބްރާހީމް މޫސާ | އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް | ފ.އަތޮޅު ކައުންސިލް އިދާރާ | ibrahim.moosa@faafu.gov.mv ފޯން ނަންބަރު: 6740017 |
ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގެ ޖެންޑަރ އީކްއަލިޓީ ކޮމެޓީ
މި ކޮމެޓީއަކީ ޤާނޫނު ނަންބަރު 18/2016 (ޖެންޑަރ އީކްއަލިޓީ ޤާނޫނު) ގެ ދަށުން މިއިދާރާއަށް ހުށަހަޅާ ޝަކުވާތައް ބެލުމަށް އުފައްދާފައިވާ ކޮމެޓީއެކެވެ. މިކޮމެޓީގެ މަސްއޫލިއްޔަތަކީ، ޖެންޑަރ އިކްއަލިޓީ ޤާނޫނުގައިވާ ގޮތުގެމަތިން، އެ ޤާނޫނުގައި ބަޔާންކުރާ ފަރާތްތަކުން ހުށަހަޅާ ޝަކުވާގެ މައްސަލަތައް ބަލައި މުރާޖާކޮށް ފިޔަވަޅު އެޅުމެވެ.
މިކޮމެޓީ އެކުލެވިގެންވަނީ 03 މެންބަރުންގެ މައްޗަށެވެ. މިކޮމެޓީގައި ހިމެނޭ ބޭފުޅުންނަކީ؛
![]() |
އަޙްމަދު އިބްރާހީމް (ޗެއަރ ޕާސަން) | ސެކްރެޓަރީ ޖެނެރަލް | ފ.އަތޮޅު ކައުންސިލް އިދާރާ | ahmed.ibrahim@faafu.gov.mv ފޯން ނަންބަރު: 6740017 |
![]() |
އިބްރާހީމް މޫސާ | އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް | ފ.އަތޮޅު ކައުންސިލް އިދާރާ | ibrahim.moosa@faafu.gov.mv ފޯން ނަންބަރު: 6740017 |
![]() |
ޖަމްނާ މޫސާ ނަޢީމު | ކައުންސިލް އޮފިސަރ | ފ.އަތޮޅު ކައުންސިލް އިދާރާ | jamna.moosa@faafu.gov.mv ފޯން ނަންބަރު: 6740017 |
ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގެ ވިސްލްބްލޯވަރ ޕްރޮޓެކްޝަން ކޮމެޓީ
މި ކޮމެޓީއަކީ ޤާނޫނު ނަންބަރު 16/2019 (ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރި ކުރުމުގެ ޤާނޫނު) ގެ 20 ވަނަ މާއްދާގެ (ށ) ގެ ދަށުން ވިސްލްބްލޯވަރ ޕްރޮޓެކްޝަން ޔުނިޓުން އެކުލަވާލާފައިވާ ދައުލަތުގެ އިދާރާތަކުގެ އެތެރޭގައި ވިސްލްބްލޯ ކުރުމުގެ އިންތިޒާމް ހަމަޖެއްސުމާއި، މަޢުލޫމާތުތައް ތަޙްޤީޤްކޮށް، ފިޔަވަޅު އެޅުމުގައި ޢަމަލުކުރާނެ ގޮތުގެ ގައިޑްލައިންގެ 15 ވަނަ މާއްދާގެ ދަށުން އެކުލަވާލާފައިވާ ކޮމެޓީއެކެވެ. މިކޮމެޓީގެ މަސްއޫލިއްޔަތަކީ، މި ގައިޑްލައިނުގައިވާ ގޮތުގެމަތިން ވިސްލްބްލޯ ކުރުމުގެ އިންތިޒާމް ހަމަޖެއްސުމާއި، މަޢުލޫމާތުތައް ތަޙްޤީޤްކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި މިކަމާގުޅޭ ގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުމެވެ.
މިކޮމެޓީ އެކުލެވިގެންވަނީ 03 މެންބަރުންގެ މައްޗަށެވެ. މިކޮމެޓީގައި ހިމެނޭ ބޭފުޅުންނަކީ؛
![]() |
ޢަބްދުލް ވާޙިދު ޢަބްދުލް ޢަޒީޒު (ވިސްލްބްލޯވަރ ޕްރޮޓެކްޝަން އޮފިސަރ) | ކޮންޕިއުޓަރ ޓެކްނީޝަން | ފ.އަތޮޅު ކައުންސިލް އިދާރާ | abdulwahid.abdulazyz@faafu.gov.mv ފޯން ނަންބަރު: 6740017 |
![]() |
ޚަދީޖާ ޢަލީ (ވިސްލްބްލޯވަރ ޕްރޮޓެކްޝަން މެންބަރު) | ކައުންސިލް އޮފިސަރ | ފ.އަތޮޅު ކައުންސިލް އިދާރާ | khadheeja.ali@faafu.gov.mv | ފޯން ނަންބަރު: 6740017 |
ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގެ ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމެޓީ
މި ކޮމެޓީއަކީ ޤާނޫނު ނަންބަރު 16/2014 (ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނު) ގެ 17 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ ކޮމެޓީއެކެވެ. މިކޮމެޓީގެ މަސްއޫލިއްޔަތަކީ، ޤާނޫނުގައިވާ ގޮތުގެމަތިން، މިކޮމެޓީއަށް ހުށަހަޅާ ޝަކުވާގެ މައްސަލަތައް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، ޤާނޫނުގަގއި ބަޔާން ކޮށްފައިވާ ގޮތުގެމަތިން ކުރަންޖެހޭ ކަންތައްތައް ކުރުމެވެ.
މިކޮމެޓީ އެކުލެވިގެންވަނީ 03 މެންބަރުންގެ މައްޗަށެވެ. މިކޮމެޓީގައި ހިމެނޭ ބޭފުޅުންނަކީ؛
![]() |
އަޙްމަދު އިބްރާހީމް (ޗެއަރ ޕާސަން) | ސެކްރެޓަރީ ޖެނެރަލް | ފ.އަތޮޅު ކައުންސިލް އިދާރާ | ahmed.ibrahim@faafu.gov.mv ފޯން ނަންބަރު: 6740017 |
![]() |
އިބްރާހީމް ޝިފާޙް ޢަބްދުއްރަޙްމާނު | ސީނިއަރ ކައުންސިލް އެގްޒެކެޓިވް | ފ.އަތޮޅު ކައުންސިލް އިދާރާ | ibrahim.shifaah@faafu.gov.mv ފޯން ނަންބަރު: 6740017 |
![]() |
ޙައްވާ އަނޫޝާ | ލީގަލް އޮފިސަރ | ފ.އަތޮޅު ކައުންސިލް އިދާރާ | hawwa.anoosa@faafu.gov.mv ފޯން ނަންބަރު: 6740017 |