ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާގެ ސާރވިސް ޗާޓަރ


ތަޢާރުފް:

މިއީ، އަތޮޅުކައުންސިލް އިދާރާއިން ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ޚިދުމަތް ދިނުމުގައި ޢަމަލުކުރާނޭ ގޮތްތަކާއި، ޚިދުމަތުގެ ފެންވަރާއި ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް ޚިދުމަތް ދިނުމުގައި ޢަމަލުކުރުމަށްޓަކައި އެކުލަވާލާފައިވާ ސަރވިސް ޗާޓަރެވެ.

ވިޝަން:

އިޤްތިޞާދީގޮތުން ފުދުންތެރި، ޢުމްރާނީ ގޮތުން ކުރިއަރާފައިވާ، ތަޢުލީމީ ގޮތުންނާއި ދީނީގޮތުން ހޭލުންތެރި، ދުޅަހެޔޮ ރައްޔިތަކު ދިރިއުޅޭ އަމާން އަތޮޅެއް ކަމުގައި ހެދުން

މިޝަން:

ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމާއެކު، ބިނާކުރަނިވި މުޖްތަމަޢު އަކަށް އަތޮޅު ހެދުން

އަތޮޅު ކައުންސިލްގެ މަސްއޫލިއްޔަތު:

01- ރައްޔިތުންގެ ބައިވެރިވުމާއިއެކު ރަށްރަށުގެ ތަރައްޤީގެ ޕްލޭންތަކަށާއި މުޅި އިދާރީ ދާއިރާގެ ތަރައްޤީގެ މަޝްރޫޢުތައް ރޭވުމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ކަމާބެހޭ ފަރާތްތަކަށް ދިނުން

02- ރަށުކައުންސިލްތަކުން ހިންގާ ހަރަކާތްތައް ވިލަރެސް ކުރުމާއި އެކައުންސިލްތައް ހިނގާނުހިނގާގޮތް ބެލުން.

03- އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ކައުންސިލްއަށް ލިބިދިފައިވާ ބާރާއި، މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި އެކައުންސިލެއްގެ އިޙްތިޞާޞްގައި ހިމެނޭ ކަންތައްތައް ތަންފީޒުކުރުމަށް ބޭނުންވާ ޕްލޭންތައް ހެދުމާއި، ބަޖެޓް ތައްޔާރުކުރުމާއި ތަރައްޤީގެ މަޝްރޫއުތައް ރަށު ކައުންސިލްތަކުން ތަންފީޒުކުރުމުގެ ކަންތައްތައް ހިނގާނުހިނގާ ގޮތްބަލައި އިދާރީ ދާއިރާގެ ފެންވަރުގައި އެކަށައަޅަންޖެހޭ ސިޔާސަތުތައް އެކަށައެޅުމާއި އެސިޔާސަތުތައް ތަންފީޒުކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމާއި އެއާގުޅޭ ގަވާއިދު ހެދުން.

04- އިދާރީ ދާއިރާގައި ދިރިއުޅޭ ރައްޔިތުންގެ ނަމުގައި އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ނިންމަންޖެހޭ ކަންކަން ނިންމުން.

05- އިދާރި ދާއިރާގެ ރައްޔިތުންގެ މާލިއްޔަތާއި އެންމެހައި ވަސީލަތްތަށް ބެލެހެއްޓުން.

06-ދިވެހިރާއްޖޭގެ ބިމާއި ބެހޭ ޤާނޫނު އަދި އެނޫންވެސް ޤާނޫނުތަކުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އިޤްތިޞާދީ ނުވަތަ އިޖްތިމާއީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި ބިންބިމާއި ފަރާއި ފަޅު ހޯދުމާއި، މިފަދަތަން ތަން އެހެން ފަރާތްތަކަށް ކުއްޔަށް ދޫކުރުމާއި ދިނުމާއި، މިފަދަ ތަންތަނުގައި އިންވެސްޓްކުރުމާއި އަދި މި އިންވެސްޓްމަންޓްތައް ކައުންސިލްގެ ނަމުގައި މިލްކުކުރުން.

07- އިޤްތިޞާދީ ނުވަތަ އިޖްތިމާއީ ބޭނުންތަކަށް ކައުންސިލްގެ ނަމުގައި އުފުލޭ އަދި ނުއުފުލޭ މުދާ ހޯދުމާއި މިލްކްކުރުމާއި ކައުންސިލްގެ ބެލުމުގެ ދަށުގައި ހުންނަ މިފަދަ ތަކެތި އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ހެދޭ ގަވާއިދުގައިވާ ގޮތުގެ މަތިން އެހެން ފަރާތްތަށް ކުއްޔަށް ދިނުމާއި ދޫކުރުން.

08- ތަރައްޤީގެ ހަރަކާތްތަށް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް ޤާނުނުގައި ކަނޑައެޅިފައިވާ ހުދޫދުގެ ތެރޭގައި މާލީ އިދާރާތަކުން ދަރަންޏަށް ފައިސާ ނެގުމާއި އެފަދަ ދަރަނި ތަކުގެ ހިމާޔަތެއްގެ ގޮތުގައި ކައުންސިލްގެ އެކިއެކި މާލީ ހައްގުތަކާއި މަސްލަހަތުތަކާއި މިލްކިއްޔާތުތަށް ދަރަނި ދޫކުރާ ފަރާތްތަކަށް ހުށަހެޅުމާއި ތަފާތު އެކި ކަންކަމަށް ފަންޑް އުފެއްދުން

09 -ތަރައްޤީގެ ހަރަކާތްތަށް ހިންގުމަށް ބޭނުންވާ ފައިސާހޯދުމަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ކަނޑައެޅިފައިވާ ހުދޫދުގެ ތެރޭގައި މުނިސިޕަލް ބޮންޑާއި ، ބިލާއި މުނިސިޕަލް ސެކިއުރިޓީ ފަދަ އެކިއެކި މާލީ ސެކިއުރިޓީތަށް އެކަށައަޅައި އެފަދަ ސެކިއުރިޓީތަށް ސްޓޮކްއެކްސްޗޭންޖް މެދުވެރިކޮށް ވިއްކުން.

10- އިދާރި ދާއިރާގެ ފެންވަރުގައި ކައުންސިލުން ދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި އެކިފަރާތްތަކާއި އެކު އެގްރީމެންޓްކޮށް ވިޔަފާރީގެ މުއާމަލާތްތައް ކުރުން.

11- ދިވެހިރާއްޖޭގެ ޤާނޫނުތަކާއި އެއްގޮތްވާ ގޮތުގެ މަތިން އެ އިދާރީ ދާއިރާއެއްގެ ފަތުރުވެރިކަމާއި މަސްވެރިކަމާއި ދަނޑުވެރިކަމާއި އެހެނިހެން ސިނާއަތުތަށް ކުރިއެރުވުމަށް އެހީތެރިވެދީ މަސައްކަތްކުރުން.

12- ަތޮޅުކައުންސިލުން ދޭ ޚިދުމަތްތަކާއި ކައުންސިލް މެދުވެރިވެގެން ދޭ ޚިދުމަތްތަކަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ހެދޭ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ފީ ކަނޑައެޅުމާއި ފީނެގުން.

13- އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ބުނެފައިވާ ރިޕޯޓްތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

14- ކައުންސިލްގެ މެންބަރުން ބަދަލުވާ ޙާލަތް ތަކުގައާއި ކައުންސިލްގެ ނަން ބަދަލުވާ ޙާލަތްތަކުގައި ކުރީގެ ކައުންސިލުން ކޮށްފައިވާ ކަންކަމަށް ޒިންމާ އުފުލުން.

15- ކައުންސިލަށް ނިސްބަތްވާ ސިއްކަ ސަރުކާރުގެ ކަމާބެހޭ އިދާރާގައި ރަޖިސްޓްރީ ކުރުމަށްފަހު ބޭނުންކުރުން.

16 ރަށުކައުންސިލްގެ އިދާރާ ހިންގުން.

17- ޤާނޫނަކުން ކަނޑައަޅާ މިނޫންވެސް ކަންކަންކުރުން.

18- ރަށުކައުންސިލްތަކުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބެލުން.

ކައުންސިލުން ފޯރުކޯށްދޭ ޚިދުމަތްތަކުގެ ޗާޓް

ޚިދުމަތް ޚިދުމަތް ހޯދަންވީގޮތް ޚިދުމަތުގެ ފެންވަރާއި މުއްދަތު
އޮފީހުގެ ކައުންޓަރުގެ ޚިދުމަތާއި، އޮފީހަށް އަންނަ ފޯނުކޯލްތަކަށް ޖަވާބުދިނުން އެކިބޭނުންތަކާއި، ކަންކަން ސާފުކުރުމާއި، މަޢުލޫމާތު ހޯދުމަށް ބޭނުންވާ ފަރާތްތަކުން ރަސްމީ ދުވަސްދުވަހު ހެދުނު 8:00 އިން މެންދުރުފަހު 2:00 އަށް ކައުންސިލް އިދާރާގެ ރިސެޕްޝަނަށް 6740017 ނަންބަރު ފޯނާ ގުޅުން
  • ކައުންސިލް އިދާރާއަށް އަންނަ ފޯނުކޯލްތަކަށް ޖަވާބު ދެވޭނެ.
  • ޚިދުމަތް ހޯދުމަށް ގުޅިފަރާތުން ބޭނުންވާ ޚިދުމަތަކީ ފޯނުގެ ޒަރީއާއިން ދެވެންއޮތް ޚިދުމަތެއްނަމަ އެ ޚިދުމަތެއް ދިނުން
  • ޚިދުމަތް ހޯދަން ގުޅިފަރާތުން ބޭނުންވާ ޚިދުމަތަކީ އެހެން ސެކްޝަނަކުން ދެވެންއޮތް ޚިދުމަތެއްނަމަ އެޝެކްސަނަކަށް ފޯނު ޕާސްކުރުން
ކައުންސިލަށް އެކި ކަންކަމުގައި އަމިއްލަ ފަރާތްތަކުން ފޮނުވާ އީމެއިލް، ސިޓީ، މެސެޖު ތަކަށް ޖަވާބުދިނުން ރަސްމީ ދުވަސްދުވަހު ހެދުނު 8:00 އިން މެންދުރުފަހު 2:00 އާއި ހަމައަށް ކައުންސިލަށް ވަޑައިގެން ސިޓީ ހުށަހެޅުއްވުން
ނުވަތަ ކައުންސިލްގެ ރަސްމީ އީމެއިލް admin@faafu.gov.mv އަށް މެއިލް ކުރެއްވުން
ނުވަތަ GOV.MV މެސެޖްގެ ޒަރިއްޔާއިން
  • މައްސަލައިގެ ކުޑަ/ބޮޑު މިނަށްބަލާ ރަސްމީ ތިން ދުވަހުގެ ތެރޭގައި ޖަވާބުދިނުން
  • ރަސްމީ ތިން ދުވަހުގެ ތެރޭގައި ޖަވާބު ނުދެވޭނަމަ، ޖަވާބުދިނުން ލަސްވާ ސަބަބު އޮޅުންފިލުވައިދީ ވަގުތީޖަވާބެއް ދެވޭނެ.
ދައުލަތުގެ މުއައްސަސާތަކުން ލިބޭ އީމެއިލްއާއި ސިޓީއާއި މެސެޖުތަކަށް ޖަވާބުދިނުން ރަސްމީ ދުވަސްދުވަހު ހެދުނު 8:00 އިން މެންދުރުފަހު 2:00 އާއި ހަމައަށް ކައުންސިލަށް ވަޑައިގެން ސިޓީ ހުށަހެޅުއްވުން
ނުވަތަ ކައުންސިލްގެ ރަސްމީ އީމެއިލް admin@faafu.gov.mv އަށް މެއިލް ކުރެއްވުން
ނުވަތަ GOV.MV މެސެޖްގެ ޒަރިއްޔާއިން
  • ރަސްމީގަޑީގައި ކައުންސިލަށް ލިބޭ މެއިލް، ސިޓީ، މެސެޖު ކަމާގުޅޭ ޔުނިޓްތަކަށް ރޫޓްކުރުން
  • ރަސްމީގަޑީގެފަހުން މެއިލްއާއި ޖެމްސް މެދުވެރިކޮށް ލިބޭ ލިޔުންތައް ޖެހިގެންއަންނަ ރަސްމީ މަސައްކަތު ދުވަހު ރަސްމީގަޑި ފެށޭތާ ލަސްވެގެން 1 ގަޑިއިރުތެރޭ ކަމާގުޅޭ ޔުނިޓަށް ރޫޓްކުރުން
  • އެހެންމުއައްސަސާއަކުން ނުވަތަ ކައުންސިލުން މަސްވަރާކުރުމަކާނުލާ ޖަވާބުދެވެން ހުންނަ މައްސަލަތަކަށް ރަސްމީ 3 ދުވަހުގެ ތެރޭގައި ޖަވާބުދިނުން
ޤާނޫނު ނަންބަރ 2014/1 " މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ޙައްގުގެ ޤާނޫނު " ގެ ދަށުން މަޢުލޫމާތު ހޯދުމަށް ހުށަހަޅާ ފޯމްތަކަށް ޖަވާބު ދިނުން ރަސްމީ ދުވަސްދުވަހު ހެދުނު 8:00 އިން މެންދުރުފަހު 2:00 އާއި ހަމައަށް ކައުންސިލަށް ވަޑައިގެން ސިޓީ ހުށަހެޅުއްވުން
ނުވަތަ ކައުންސިލްގެ ރަސްމީ އީމެއިލް admin@faafu.gov.mv އަށް މެއިލް ކުރެއްވުން
ނުވަތަ GOV.MV މެސެޖްގެ ޒަރިއްޔާއިން
  • މަޢުލޫމާތު ހޯދާ ލިބިގަތުމުގެ ޙައްގުގެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ( 21 ދުވަސް ތެރޭގައި) ގައި ޖަވާބުދިނުން
އެޕޮއިންޓްމަންޓަށް އެދުން އޮފީހުގެ ރަސްމީގަޑިގައި އޮފީހަށް އައިސް ނުވަތަ ފޯނުން
  • ކައުންސިލަރުންނާއި ނުވަތަ ވެރިންނާ ބައްދަލުކުރުމަށް އެދުމުން ހަމަ އެދުވަހު އިންތިޒާމް ހަމަޖައްސައިދިނުން.
ވަޒީފާއަށްއެދި ހުށަހެޅުން ރަސްމީ ދުވަސްދުވަހު ހެދުނު 8:00 އިން މެންދުރުފަހު 2:00 އާއި ހަމައަށް ކައުންސިލަށް ފޯމް ހުށަހެޅުން
ނުވަތަ ކައުންސިލްގެ ރަސްމީ އީމެއިލް admin@faafu.gov.mv އަށް މެއިލް ކުރެއްވުން
ނުވަތަ (ފޯމް ކައުންސިލްގެ އިދާރާއިން
ނުވަތަ ކައުންސިލްގެ ވެބްސައިޓް www.faafu.gov.mv އިން ޑައުންލޯޑްކުރެވޭނެއެވެ.)
ލިންކް: http://faafu.gov.mv/downloads.html
ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަން ކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ލިބެން ހުންނާނެ.
http://www.csc.gov.mv/dv/recruitment-usoolu
  • އިޢުލާނުގެ މުއްދަތު ހަމަވުމުން ކުރިމަތިލާފައިވާ ފަރާތްތައް ސްކްރީން ކުރުމަށްފަހު ރަސްމީ 02 ދުވަސް ތެރޭގައި ނަތީޖާ އާންމުކުރުން.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި އިންޓަވިއު ބޭއްވުން
  • އިންޓަވިއު ކުރުމަށްފަހު A2 ޝީޓް ލަސްވެގެން ރަސްމީ 02 ދުވަހުގެ ތެރޭގައި ޢާންމުކުރުން.
  • ޝަކުވާ ހުށައެޅުމަށް 03 ދުވަހުގެ މުއްދަތެއް ދިނުން.
  • ޝަކުވާއެއް އޮތްނަމަ ޝަކުވާއެއް ބަލައި ރަސްމީ 02 ދުވަހުގެ ތެރޭގައި ޖަވާބުދިނުން.
  • ޝަކުވާއެއް ނެތްނަމަ އެންމެ މަތިން މާކްސް ލިބިފައިވާ ފަރާތައް ވަޒީފާ ހަމަޖެއްސުމަށް ސިވިލްސަރވިސް ކޮމިޝަނަށް ލަސްވެގެން 3 ދުވަހުގެ ތެރޭގައި ސީ.އެސް ވިއުގައިން ހުށަހެޅުން.
  • ވަޒީފާ ނުލިބޭ ފަރާތްތަކަށް އެކަން އެންގުން.
  • ވަޒީފާ ހަމަޖެހުމުން އެފަރާތާއި ޗިޓު ހަވާލުކޮށް މަސައްކަތަށް ނެރުން.
އެސްޓިމޭޓާއި ބީލަން ހުށަހެޅުން އިޢުލާނުގައި ބަޔާންކުރާ ވަގުތުގައި ކައުންސިލް އިދާރާއަށް ވެރިފަރާތުން ހާޟިރުވެ އެސްޓިމޭޓް ހުށަހެޅުން
ނުވަތަ ވެރިފަރާތައް ހާޟިރުވެވެން ނެތްނަމަ ބަދަލުގައި މީހަކު ފޮނުވުން (ބަދަލުގައި އަންނަ މީހަކީ ވެރިފަރާތުން ފޮނުވާ މީހެއްކަން އެނގޭނެ ލިޔުމެއް ހުށަހެޅުން)
  • އިޢުލާންކުރާ ބީލަންތަކާއި ޕްރޮޕޯސަލްތައް ހުށަހެޅުމަށް މާލިއްޔަތު ޤަވާއިދާ އެއްގޮތަށް މަދުވެގެން ރަސްމީ ބަންދުނޫން 7 ދުވަސް ދެވޭނެ
  • ބީލަންތައް ލިބޭދުވަހު ޝަރުތުހަމަވޭތޯ ބެލޭނެ
  • ޝަރުތުހަމަވާ ބީލަންތަކުގެ އިވެލުއޭޝަން 3 ދުވަހުގެ ތެރޭގައި ހެދޭނެ
  • އިވެލުއޭޝަން ނިމޭތާ 2 ދުވަހުގެތެރޭގައި ބިޑްކޮމެޓީއަށް މައްސަލަ ފޮނުވޭނެ
  • ބިޑްކޮމެޓީން ނިންމާގޮތެއްގެ މަތިން 3 ދުވަހާއި 5 ދުވަހާ ދެމެދު ބިޑް ކާމިޔާބުކުރި ފަރާތާ މަސައްކަތް ޙަވާލުކުރެވޭނެ.
  • ބީލަމާ ގުޅިގެން ޝަކުވާއެއް ހުށަހަޅާއިފިނަމަ 5 ދުވަހުގެ ތެރޭގައި އެކަމެއްބަލައި ޖަވާބު ދެވޭނެ.
އޮފީހަށް ގަންނަ ތަކެއްޗާއި، ހޯދާ ޚިދުމަތާއި، ޚިދުމަތުގެ އަގުއަދާކުރުން ރަސްމީ ދުވަސްދުވަހު ހެދުނު 8:00 އިން މެންދުރުފަހު 2:00 އާއި ހަމައަށް ކައުންސިލުން ގަނެފައިވާ ތަކެއްޗާއި، ހޯދާފައިވާ ޚިދުމަތުގެ އަގުހޯދުމަށް ބިލް ހުށަހެޅުން
  • ކައުންސިލަށް ބިލް ލިބުމަށްފަހު ރަސްމީ 7 ދުވަހުގެ އޭގެ ވެރިފަރާތާ ފައިސާ ޙަވާލުކުރުން
    ނުވަތަ އެފަރާތުން އެދޭ އެކައުންޓަކަށް ފައިސާ ޖަމާކުރުން
އެއްގަމާއި ކަނޑުގެ ލައިސަންސަށް އެދި ހުށަހަޅުން. އެއްގަމުގެ ލައިންސް ކާޑަށް ބަދަލު ކޮށްފައިވާތީ އެއްގަމު ލައިސަންސަށް ހުށަހެޅުމާއި ފައިސާ ދެއްކުމުކުމާއި ކާޑު ދޫކުރަމުން ގެންދަނީ އޮންލައިންކޮށެވެ. އެއްގަމު ލައިސަންސަށް ހުށަހަޅާނީ މިނިސްޓރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންގެ "ސިމް" ޕޯޓަލްގެ ތެރެއިންނެވެ. ކުރިއެކޭވެސް އެއްގޮތަށް ކަނޑުގެ ލައިސަންސްގެ ޚިދުމަތް ހޯދުމަށް ފޯމް ފުރުއްވައި، ޕާސްޕޯޓް ސައިޒްގެ 1 ފޮޓޯ، އައި.ޑީ.ކާޑްގެ އަސްލު ކޮޕީއަކާއެކު ރަސްމީ ދުވަހުގެ 13:00 ގެ ކުރިން ހުށަހަޅުއްވައި އިމްތިޙާން ފީ ދެއްކެވުން. ތިޔަރީ ޓެސްޓުން ފާސްވުމުން ދުއްވުމުގެ ޓެސްޓަށް ގިނަވެގެން 3 މަސް ދުވަސްތެރޭ ހެއްދެވުމަށް ހުށަހެޅުއްވުން.
(ފޯމް ކައުންސިލްގެ އިދާރާއިން ނުވަތަ ކައުންސިލްގެ ވެބްސައިޓް http://faafu.gov.mv/downloads.html އިން ޑައުންލޯޑް ކުރެވޭނެއެވެ.)
  • ތިޔަރީ އަދި ދުއްވުމުގެ ޓެސްޓުން ފާސްވިކަމުގެ ލިޔުން ކައުންސިލަށް ހުށަހަޅާތާ ލަސްވެގެން 02 ދުވަހުގެ ތެރޭގައި ލައިސަންސް ދޫކުރުން.
ރޯޑްވާދިނަސް ސްޓިކަރ ދޫކުރުން. ޚިދުމަތަށް އެދޭ ފޯމް، އެންމެ ފަހުގެ އަހަރީ ފީދެއްކި ރަސީދު ނުވަތަ ސްލިޕް އަދި އުޅަނދުގެ ރަޖިސްޓްރީ ކޮޕީ އާއި، ޚިދުމަތުގެ ފީއާއެކު ހުއްދަ ދެވިފައިވާ ގަރާޖަކަށް ހުށަހެޅުން، ގަރާޖުން ޗެކްކުރުމަށްފަހު އަތޮޅުކައުންސިލަށް ފޮނުވުން.
(ފޯމް ކައުންސިލްގެ އިދާރާއިން ނުވަތަ ކައުންސިލްގެ ވެބްސައިޓް http://faafu.gov.mv/downloads.html އިން ޑައުންލޯޑްކުރެވޭނެއެވެ.)
  • ސްޓިކަރ ހޯދުމަށް އަތޮޅުކައުންސިލަށް ހުށަހަޅާތާ ލަސްވެގެން 02 ދުވަހުގެ ތެރޭގައި ސްޓިކަރ ޙަވާލުކުރުން.
ރަހުނު ރަޖިސްޓަރީ ކުރުން ލޯން ދޫކުރާ ފަރާތުން ރަހުނު ރަޖިސްޓްރީކޮށް ދިނުމަށް އެދި ސިޓީއަކާއި، ރަހުނު ހިމެނޭ އެއްބަސްވުމުގެ އަސްލާއި، ކޮޕީއަކާއި، ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީގެ އަސްލު ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން ( ހެނދުނު 08:00 އިން 14:00 އަށް)
  • ހުށަހަޅާތާ ލަސްވެގެން 02 ދުވަހުތެރޭ ޙަވާލުކުރުން
އެއްގަމާއި ކަނޑު އުޅަނދު ކުއްޔަށް ދޫކުރުން އެއްގަމާއި ކަނޑު އުޅަނދު ކުއްޔަށް ހިފަން އެދޭފަރާތްތަކުން އެކަމަށް ޚާއްޞަކޮށްފައިވާ ފޯމުން ހުށަހެޅުން
(ފޯމް ކައުންސިލްގެ އިދާރާއިން ނުވަތަ ކައުންސިލްގެ ވެބްސައިޓް http://faafu.gov.mv/downloads.html އިން ޑައުންލޯޑްކުރެވޭނެއެވެ.)
  • އާންމުފަރާތެއްނަމަ ދަތުރަށް ދައްކަންޖެހޭ ފައިސާ ދެއްކުމުން ދަތުރުކޮށްދިނުން
  • ރަސްމީ ފަރާތްތަކާއި ދައުލާތުގެ ކުންފުނިތަކުން އެދޭ ދަތުރުތައް ބިލްކުރާގޮތައް ކޮށްދިނުން
ފ. އަތޮޅު ސްޓޭޓްހައުސްއިން ކޮޓަރި ކުއްޔަށް ދޫކުރުން ފ. އަތޮޅު ސްޓޭޓްހައުސްއިން ކޮޓަރި ކުއްޔަށް ހިފަންއެދޭ ފަރާތްތަކުން އެކަމަށް ޚާއްޞަކޮށްފައިވާ ފޯމުން އެދުން
(ފޯމް ކައުންސިލްގެ އިދާރާއިން ނުވަތަ ކައުންސިލްގެ ވެބްސައިޓް http://faafu.gov.mv/downloads.html އިން ޑައުންލޯޑްކުރެވޭނެއެވެ.)
  • ސްޓޭޓްހައުސް ބޭނުންކުރުމާ ގުޅޭގޮތުން ހޯމްމިނިސްޓްރީއާއި މިކައުންސިލާއި ދެމެދު ސޮއިކޮށްފައިވާ އެމް.އޯ.ޔޫ އާއި އެއްގޮތައް ސްޓޭޓްހައުސްއިން ކޮޓަރި ކުއްޔަށް ދޫކުރުން
ޓްރާސްމިޓިން ލައިސަންސްގެ އަހަރީފީ ބަލައިގަތުން ޓްރާންސްމިޓިން ލައިސަންގެ އަސްލާއި އެކު ފީދެއްކުމަށް ހުށަހެޅުން
  • ހުށަހަޅާދުވަހު ފީބަލައިގަތުން
އަނބުރާ ދައްކާގޮތަށް ތަކެތި ދޫކުރުން ރަސްމީ ދުވަސްދުވަހު ހެދުނު 8:00 އިން މެންދުރުފަހު 2:00 އާއި ހަމައަށް ބޭނުންވާ ތަކެތި ހޯދުމަށް ކައުންސިލަށް ފޯމް ހުށަހެޅުން
  • ކައުންސިލުން ދޫކުރުމަށް ކަނޑައަޅާފައިވާ ތަކެތި ހޯދުމަށް އެދޭ ދުވަހު ދޫކުރުން

ކައުންސިލާއި ގުޅުއްވުމަށް

ޚިދުމަތްތަކާ ބެހޭ މަޢުލޫމާތު ސާފުކުރެއްވުމަށް

  • ފޯން: 6740017 (ރަސްމީ ދުވަސް ދުވަހު 08:00 އިން 14:00 އަށް)
  • އީމެއިލް: admin@faafu.gov.mv
  • ވެބްސައިޓް: faafu.gov.mv
  • އަތޮޅު ކައުންސިލުންދޭ އެއްވެސް ޚިދުމަތަކާ ބެހޭގޮތުން އެއްވެސް ޚިޔާލެއް ނުވަތަ ޝަކުވާއެއް އޮތްނަމަ admin@faafu.gov.mv އަށް އީމެއިލް ކުރައްވާ ނުވަތަ GOV.MV ގެ ޒަރިއްޔާއިން މެސެޖްކުރައްވާ ނުވަތަ ނަންބަރު: 7772981 ފޯނުން ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްއާ ގުޅުންވުން އެދެމެވެ.

Back to top