ކައުންސިލުން ބާއްވާ މުބާރާތްތައް

ފ. އަތޮޅު ޤުރުއާން މުބާރާތް 2023

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން މިއަތޮޅުގެ ސްކޫލް މަދަރުސާތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ 2023 ވަނަ އަހަރުގެ ފ. އަތޮޅު ޤުރުއާން މުބާރާތް 2023 ނޮވެންބަރު 23 އިން 25 އަށް މިއަތޮޅު މަގޫދޫގައި ބާއްވާފައި ވެއެވެ. މުބާރާތް ބާއްވާފައިވަނީ ފ. މަގޫދޫ އިޖްތިމާޢީ މަރުކަޒުގައެވެ. ޤުރުއާން މުބާރާތުގައި ބައިވެރިވި ސްކޫލް މަދަރުސާ ތަކަކީ؛

01- ފ. އަތޮޅު މަދަރުސާ – ފ. ފީއަލި

02- ފ. ބިލެއްދޫ ސްކޫލް – ފ. ބިލެއްދޫ

03- ފ. މަގޫދޫ ސްކޫލް – ފ. މަގޫދޫ

04- ފ. ދަރަނބޫދޫ ސްކޫލް – ފ. ދަރަނބޫދޫ

05- ފ. އަތޮޅު ތަޢުލީމީ މަރުކަޒު – ފ. ނިލަންދޫ

ފ. އަތޮޅު ޤުރުއާން މުބާރާތް މީގެކުރިން ބާއްވަމުން ގެންދިޔައީ މުބާރާތް ބޭއްވުމަށް އަތޮޅު ކައުންސިލުން ނިންމާ ރަށެއްގައި ނަމަވެސް ޤުރުއާން މުބާރާތް ބާއްވާނެ ރަށެއް ކަނޑައަޅާނީ މުބާރާތް ހޯސްޓް ކުމުގެ ފުރުޞަތު ހުޅުވާލުމުން އެކަމަށްއެދި ހުށަހަޅާ ސްކޫލް މަދަރުސާ ތަކުގެ ތެރެއިން އެންމެގިނަ މާކްސް ހޯދާ ސްކޫލް ހިމެނޭ ރަށެއްގައި ކަމަށް އަތޮޅު ކައުންސިލުން ނިންމުމުން 2023 ވަނަ އަހަރުގެ ޤުރުއާން މުބާރާތް ހޯސްޓްކުރުމުގެ ފުރުޞަތު 2023 އޮކްޓޫބަރު 22 ވަނަ ދުވަހު ސްކޫލް މަދަރުސާތަކަށް ހުޅުވާލެވިފައި ވެއެވެ.

މުބާރާތް ހޯސްޓް ކުރުމަށް ހުޅުވާލި ފުރުޞަތު 2023 އޮކްޓޫބަރު 29 ވަނަ ދުވަހުގެ 10.00 އަށް ހަމަވިއިރު، ހޯސްޓް ކުރުމުގެ ޕްރޮޕޯސަލް ހުށަހަޅާފައިވަނީ ފ. އަތޮޅު މަދަރުސާއިންނާއި، ފ. މަގޫދޫ ސްކޫލުންނެވެ. ގަޑިޖެހުމުގެ ފަހުން ފ. އަތޮޅު ތަޢުލީމީ މަރުކަޒުން ހުށަހަޅާފައިވާތީ އެ ޕްރޮޕޯސަލް ކެންސަލް ކުރުމަށްފަހު އިވެލުއޭޓްކުރީ ފ. އަތޮޅު މަދަރުސާއިންނާއި ފ. މަގޫދޫ ސްކޫލުން ހުށަހަޅާފައިވާ ޕްރޮޕޯސަލެވެ. ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމުން އެންމެމަތިން މާކްސް ހޯދާފައިވަނީ ފ. މަގޫދޫ ސްކޫލުން ކަމަށްވާތީ 2023 ވަނައަހަރުގެ ފ. އަތޮޅު ޤުރުއާން މުބާރާތް މަގޫދޫގައި ބާއްވާގޮތަށް ނިންމީއެވެ. މިއީ ހޯސްޓްކޮށްގެން ބޭއްވި ފުރަތަމަ ޤުރުއާން މުބާރާތެވެ.

ފ. އަތޮޅު ޤުރުއާން މުބާރާތް މީގެކުރިން ބާއްވަމުން ގެންދަނީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލާއި، މުބާރާތް ބާއްވާ ރަށެއްގެ ރަށުކައުންސިލާއި ގުޅިގެން ނަމަވެސް އަތޮޅު ކައުންސިލުން ކުރިއަށް ގެންދާ މުބާރާތްތަކުގެ ތެރެއިން ސްކޫލްތަކާ ގުޅުންހުރި މުބާރާތްތައް ކުރިއަށް ގެންދާނީ އަތޮޅު ކައުންސިލާއި މުބާރާތް ބާއްވާ ރަށެއްގެ ސްކޫލާ ގުޅިގެންކަމަށް އަތޮޅު ކައުންސިލުން ނިންމާފައިވާތީ 2023 ވަނަ އަހަރުގެ ޤުރުއާން މުބާރާތް ކުރިއަށް ގެންދިޔައީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލާއި، މަގޫދޫ ސްކޫލާ ގުޅިގެންނެވެ.

މުބާރާތުގެ އިންތިޒާމްތައް ހަމަޖެއްސުމަށް މުބާރާތް ބާއްވާ ރަށެއްގެ ސްކޫލަކަށް ދިނުމަށް އަތޮޅު ކައުންސިލުން މިއަހަރު ނިންމާފައިވަނީ -/20،000 ރުފިޔާއެވެ. މިފައިސާގެ ތެރެއިން -/10،000 ރުފިޔާ މުބާރާތް ފެށުމުގެ ކުރިން ދިނުމަށާއި، އަނެއް -/10،000 ރުފިޔާ މުބާރާތް ނިމުމުން ދިނުމަށް އަތޮޅު ކައުންސިލުން ނިންމާފައިވާތީ، އެގޮތުގެމަތިން -/20،000 ރުފޔާ މަގޫދޫ ސްކޫލަށް ފޮނުވިފައި ވެއެވެ.

ފ. އަތޮޅު ޤުރުއާން މުބާރާތުގައި ބައިވެރިވާ ސްކޫލް މަދަރުސާތަކުގެ ތެރެއިން މުބާރާތް ބާއްވާ ރަށްފިޔަވައި އެހެން ރަށްރަށުގެ ސްކޫލް މަދަރުސާތަކަށް ދޭ ރަމްޒީގެ އެހީގެ ފައިސާގެ ޢަދަދަދު -/3،000 ރުފިޔާއިން -/5،000 ރުފިޔާއަށް މިއަހަރު ބޮޑުކޮށް ކޮންމެ ސްކޫލަކަށް -/5،000 ރުފިޔާ ދިނުމަށް އަތޮޅު ކައުންސިލުން ނިންމާފައިވާތީ، ފ. އަތޮޅު މަދަރުސާ، ބިލެއްދޫ ސްކޫލް، ދަރަނބޫދޫ ސްކޫލް، ފ. އަތޮޅު ތަޢުލީމީ މަރުކަޒަށް މުބާރާތް ފެށުމުގެ ކުރިން -/5،000 ރުފިޔާ ޙަވާލު ކުރެވިފައި ވެއެވެ.

ފ. އަތޮޅު ޤުރުއާން މުބާރާތުގެ ކަންކަން ބެލެހެއްޓުމަށް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން ކޮމެޓީއެއް އެކުލަވާލާފައި ވެއެވެ. 03 މެންބަރުންގެ މައްޗަށް އެކުލެވޭ މިކޮމެޓީގައި ހިމެނެނީ ފ. އަތޮޅުކައުންސިލްގެ ކައުންސިލް އެގްޒެކެޓިވް އިބްރާހީމް ޝަރީފާއި، ސީނިއަރ ކައުންސިލް އޮފިސަރ ޙައްވާ ޢަބްދުލް ޢަޒީޒާއި، ކޮންޕިއުޓަރ ޓެކްނީޝަން ޢަބްދުލް ވާޙިދު ޢަބްދުލް ޢަޒީޒެވެ. މިކޮމެޓީގެ މަސައްކަތްތައް ކުރިއަށް ގެންދިޔައީ ފ. މަގޫދޫ ސްކޫލާ ގުޅިގެންނެވެ.

2023 ވަނަ އަހަރުގެ ފ. އަތޮޅު ޤުރުއާން މުބާރާތުގައި ބައިވެރިވެފައިވަނީ ޖުމްލަ 88 ދަރިވަރުންނެވެ. އެއީ 53 އަންހެން ދަރިވަރުންނާއި، 35 ފިރިހެން ދަރިވަރުންނެވެ. ބަލައިގެން ކިޔެވުމުގެ ގޮފީގައި ބައިވެރި ވެފައިވަނީ 51 ދަރިވަރުންނެވެ. ނުބަލައި ކިޔެވުމުގެ ގޮފީގައި ބައިވެރިވެފައިވަނީ 37 ދަރިވަރުންނެވެ. މި މުބަރާތުގެ ފަނޑިޔާރުންގެ ގޮތުގައި މަސައްކަތް ކޮށްފައިވަނީ އައްޝެއިޚް އަޙްމަދު މައުމޫނާއި އައްޝެއިޚް ޙަސަން ތަޢުފީޤުގެ އިތުރުން އަލްޤާރީ ޙުސައިން ޝަފީޤެވެ.

ފ. އަތޮޅު ޤުރުއާން މުބާރާތް ލައިވް ކުރުމަށް ބޭނުންވާތީ، މީޑިއާ ޕާރޓްނަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ މިއަތޮޅު ދަރަނބޫދޫ ދަނިއުސްއެވެ. ދަނިއުސްއިން ޤުރުއާން މުބާރާތް ފ. ދަރަނބޫދޫ ދަނިއުސްގެ ފޭސްބުކް ޕޭޖުން ވަގުތުން ލައިވްކޮށްފައި ވެއެވެ. ޤުރުއާން މުބާރާތް ލައިވް ކުރުމުގެ އިތުރުން މުބާރާތުގެ ފޮޓޯތައް ނަގައި މުބާރާތުގެ ޚަބަރުތައް ދަނިއުސްގެ ފޭސްބުކް ޕޭޖްގައި އަޕްޑޭޓް ކޮށްފައި ވެއެވެ. މި މަސައްކަތް ދަނިއުސްގެ ޓީމުން ވަރަށް ރަގަނޅަށް ކުރަމުން ގެންގޮސްފައިވާކަން ފާހަގަ ކުރެވެއެވެ.

ފ. އަތޮޅު ޤުރުއާން މުބާރާތުގައި ބައިވެރި ސްކޫލްތަކުގެ ޓީމްތައް ފ. މަގޫދޫއަށް ދިއުމުން ފ. މަގޫދޫ ސްކޫލާއި، ފ. މަގޫދޫ ކައުންސިލާއި ގުޅިގެން ވަރަށް ހޫނު މަރުޙަބާއެއް ކިޔާފައި ވެއެވެ. މި މުބާރާތުގައި ބައިވެރިވާ ސްކޫލް މަދަރުސާތަކުގެ ޓީމްތަކަށް މަރުޙަބާ ކިއުމާއި މެހުމާންދާރީ އަދާކުރުމަށް މަގޫދޫގެ ބަނދަރުމަތިވަނީ ވަރަށްބޮޑަށް ޒީނަތްތެރިކޮށްފައެވެ. ކޮންމެ ސްކޫލަކަށްވެސް ކިޔާފައިވަނީ ރަތްދޫލައިގެ މަރުޙަބާ އެކެވެ. މީގެ އިތުރުން މަގޫދޫ ސްކޫލާއި މަގޫދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ޖުމްލަކޮށް މުޅި ރަށުގެ ރައްޔިތުން ގުޅިގެން މަގޫދޫއަށް ގޮސްތިބި އެހެން ރަށްރަށުގެ ސްކޫލް މަދަރުސާތަކުގެ ދަރިވަރުންނަށާއި ބެލެނިވެރިންނަށް 2023 ނޮވެންބަރު 24 ވަނަ ދުވަހުގެ މެންދު ފަރިއްކޮޅެއް ދީފައިވާކަން ފާހަގަ ކުރެވެއެވެ.

2023 ވަނަ އަހަރުގެ ފ. އަތޮޅު ޤުރުއާން މުބާރާތް ފ. މަގޫދޫގައި ކުރިއަށް ގެންދިއުމުގައި މުބާރާތުގެ އިންތިޒާމްތައް ވަރަށް ރަނގަޅަށް ހަމަޖައްސާފައި ވެއެވެ. މުބާރާތް ބޭއްވި ފ. މަގޫދޫ އިޖްތިމާޢީ މަރުކަޒު ވަރަށް ފުރިހަމައަށް ތައްޔާރު ކޮށްފައި ވެއެވެ. ރަށްރަށުގެ ޓީމްތައް ތިބޭނެ ގެތައް ހަމަޖައްސައި އެމީހުންނަށް ބޭނުންވާ ހުރިހާ އިންތިޒާމް ތަކެއް ހަމަޖައްސާފައި ވެއެވެ. ފ. އަތޮޅު ޤުރުއާން މުބާރާތް މަގޫދޫގައި ކުރިއަށް ގެންދިއުމުގައި މަގޫދޫގެ ރައްޔިތުންގެ ފަރާތުން ވަރަށް ފުރިހަމަ އެހީތެރިކަމަކާއި އެއްބާރު ލުމެއް ލިބިފައި ވެއެވެ.

2023 ވަނަ އަހަރުގެ ފ. އަތޮޅު ޤުރުއާން މުބާރާތް ފެށީ 2023 ނޮވެންބަރު 23 ވަނަ ދުވަހުގެރޭ 20.30 ގައި ފ. މަގޫދޫ އިޖްތިމާޢީ މަރުކަޒުގައެވެ. މުބާރާތް ފައްޓަވައި ދެއްވީ ފ. އަތޮޅު ކައުންސިލްގެ ރައީސް ޢަލީ މުޙައްމަދެވެ. މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ބޭއްވީ 2023 ނޮވެންބަރު 25 ވަނަ ދުވަހުގެ މެންދުރުފަހު 13.00 ގައި ފ. މަގޫދޫ އިޖްތިމާޢީ މަރުކަޒުގައެވެ. މިރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ފ. އަތޮޅު ޕޮލިސް ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޔަޢުޤޫބެވެ.

2023 ވަނަ އަހަރުގެ ފ. އަތޮޅު ޤުރުއާން މުބާރާތުން އެންމެމޮޅު ދަރިވަރުންނާއި ސްކޫލްތައް

  • އެއްވަނަ ދަރިވަރު: ޢާއިޝަތު ޔާނާ އަޙްމަދު - ފ. އަތޮޅު މަދަރުސާ
  • ދެވަނަ ދަރިވަރު: ރުޚާއު ރިފްޢަތު މުޙައްމަދު - ފ. އަތޮޅު މަދަރުސާ
  • ތިންވަނަ ދަރިވަރު: މިޝްކާ މޫސާ - ފ. ދަރަނބޫދޫ ސްކޫލް
  • އެއްވަނަ ސްކޫލް: ފ. އަތޮޅު ތަޢުލީމީ މަރުކަޒު - ފ. ނިލަންދޫ
  • ދެވަނަ ސްކޫލް: ފ. އަތޮޅު މަދަރުސާ - ފ. ފީއަލި
  • ތިންވަނަ ސްކޫލް: ފ. ބިލެއްދޫ ސްކޫލް - ފ. ބިލެއްދޫ

  • އެއްވަނަ ދަރިވަރު: ޢާއިޝަތު ޔާނާ އަޙްމަދު
    ދެވަނަ ދަރިވަރު: ރުޚާއު ރިފްޢަތު މުޙައްމަދު
    ތިންވަނަ ދަރިވަރު: މިޝްކާ މޫސާ
    އެއްވަނަ ސްކޫލް: ފ. އަތޮޅު ތަޢުލީމީ މަރުކަޒު
    ދެވަނަ ސްކޫލް: ފ. އަތޮޅު މަދަރުސާ
    ތިންވަނަ ސްކޫލް: ފ. ބިލެއްދޫ ސްކޫލް

    މި މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ގޮފިން 01 ވަނަ ހޯދާފައިވަނީ ފ. އަތޮޅު މަދަރުސާގެ ދަރިވަރު ޢާއިޝަތު ޔާނާ އަޙްމަދެވެ. 02 ވަނަ ހޯދާފައިވަނީ ފ. ދަރަނބޫދޫ ސްކޫލްގެ ދަރިވަރު މިޝްކާ މޫސާއެވެ. 03 ވަނަ ހޯދާފައިވަނީ ފ. މަގޫދޫ ސްކޫލްގެ ދަރިވަރު ރައިޠަތު ބިންތި މުޙައްމަދު މުޞްތަފާއެވެ. ބަލައިގެން ކިޔެވުމުގެ ގޮފިން 01 ވަނަ ސްކޫލަށް ހޮވިފައިވަނީ ފ. އަތޮޅު ތަޢުލީމީ މަރުކަޒެވެ. 02 ވަނަ ސްކޫލަކަށް ހޮވިފައިވަނީ ފ. ބިލެއްދޫ ސްކޫލެވެ. 03 ވަނަ ސްކޫލަކަށް ހޮވިފައިވަނީ ފ. މަގޫދޫ ސްކޫލެވެ.

    މި މުބާރާތުގެ ނުބަލައި ކިޔެވުމުގެ ގޮފިން 01 ވަނަ ހޯދާފައިވަނީ ފ. އަތޮޅު މަދަރުސާގެ ދަރިވަރު ރުޚާއު ރިފްޢަތު މުޙައްމަދެވެ. 02 ވަނަ ހޯދާފައިވަނީ ފ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރު އާމިނަތު މަލްހާ ނަސީމެވެ. 03 ވަނަ ހޯދާފައިވަނީ ފ. ބިލެއްދޫ ސްކޫލްގެ ދަރިވަރު އަޙްމަދު އައިކް ފާރިޝްއެވެ. ނުބަލައި ކިޔެވުމުގެ ގޮފިން 01 ވަނަ ސްކޫލަށް ހޮވިފައިވަނީ ފ. އަތޮޅު ތަޢުލީމީ މަރުކަޒެވެ. 02 ވަނަ ސްކޫލަކަށް ހޮވިފައިވަނީ ފ. އަތޮޅު މަދަރުސާއެވެ. 03 ވަނަ ސްކޫލަކަށް ހޮވިފައިވަނީ ފ. ބިލެއްދޫ ސްކޫލެވެ.

    މި މުބާރާތުގެ ސްކޫލް މަދަރުސާތަކުގެ ބައިން 01 ވަނައަށް ދިޔަ ފ. އަތޮޅު ތަޢުލީމީ މަރުކަޒަށް -/10،000 ރުފިޔާ، 02 ވަނައަށް ދިޔަ ފ. އަތޮޅު މަދަރުސާއަށް -/7،000 ރުފިޔާ އަދި 03 ވަނައަށް ދިޔަ ފ. ބިލެއްދޫ ސްކޫލަށް -/5،000 ރުފިޔާގެ ފައިސާގެ އިނާމު ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން ދީފައި ވެއެވެ. އަދި މުބާރާތުގެ ދެ ގޮފީގައި ހިމެނޭ ކީ ސްޓޭޖް ތަކުން 01 ވަނަ 02 ވަނަ އަދި 03 ވަނައަށް ދިޔަ ދަރިވަރުންނަށާއި، މުޅި މުބާރާތުން 01 ވަނަ 02 ވަނަ އަދި 03 ވަނައަށް ދިޔަ ދަރިވަރުންނަށްވެސް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން ހުށަހަޅާފައިވާ ފައިސާގެ އިނާމު މިރަސްމިއްޔާތުގައި އެ ދަރިވަރުންނާއި ޙަވާލު ކޮށްފައި ވެއެވެ.

    ފ. އަތޮޅު ޤުރުއާން މުބާރާތުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން މާލޭގައި ބާއްވާ 36 ވަނަ ޤައުމީ ޤުރުއާން މުބާރާތަށް ހޮވުނު ދަރިވަރުންނަށް ހަނދާނީ ލިއުން މިރަސްމިއްޔާތުގައި ހަވާލުކޮށްފައި ވެއެވެ. ޤައުމީ ޤުރުއާން މުބާރާތަށް ހޮވާފައިވަނީ 22 ދަރިވަރުންނެވެ. އެއީ ބަލައިގެން ކިޔެވުމުގެ ގޮފިން 12 ދަރިވަރުންނާއި، ނުބަލައި ކިޔެވުމުގެ ގޮފިން 10 ދަރިވަރުންނެވެ. އެ ދަރިވަރުންނަކީ؛

    ބަލައިގެން ކިޔެވުމުގެ ގޮފި

    01- ކުލްސޫމް ވިސާމް – ފ. ބިލެއްދޫ ސްކޫލް

    02- މިއުވާން ބިން ޢުމަރު ޔައުސާން – ފ. މަގޫދޫ ސްކޫލް

    03- ޔޫން އަޙްމަދު ޠަލާލް – ފ. އަތޮޅު މަދަރުސާ

    04- އާމިނަތު އަނާހް ނިހާދު – ފ. ބިލެއްދޫ ސްކޫލް

    05- ޢާއިޝަތު ރައުޝަން ރަމީޒު – ފ. ބިލެއްދޫ ސްކޫލް

    06- ހާޖަރު ބިންތި މުޙައްމަދު މުޞްޠަފާ - ފ. މަގޫދޫ ސްކޫލް

    07- ތައިޠަތް ބިންތި މުޙައްމަދު މުޞްޠަފާ – ފ. މަގޫދޫ ސްކޫލް

    08- ފާޠިމަތު އަމްނާ ޢަބަދުﷲ - ފ. އަތޮޅު ތަޢުލީމީ މަރުކަޒު

    09- ޢާއިޝަތު ޔާނާ އަޙްމަދު – ފ. އަތޮޅު މަދަރުސާ

    10- މިޝްކާ މޫސާ – ފ. ދަރަނބޫދޫ ސްކޫލް

    11- އިމްނާ އިބްރާހީމް – ފ. އަތޮޅު ތަޢުލީމީ މަރުކަޒު

    12- މިހުނާ ރަޝީދު – ފ. ބިލެއްދޫ ސްކޫލް

    ނުބަލައި ކިޔެވުމުގެ ގޮފި

    13- އަޙްމަދު ޝަޔާން ޝާހިދު – ފ. އަތޮޅު ތަޢުލީމީ މަރުކަޒު

    14- މުޙައްމަދު ޚާޝިޢު – ފ. އަތޮޅު މަދަރުސާ

    15- ރުޚާޢު ރިފްޢަތު މުޙައްމަދު – ފ. އަތޮޅު މަދަރުސާ

    16- މަޢާލް މޫސާ – ފ. ދަރަނބޫދޫ ސްކޫލް

    17- އަޙްމަދު އައިކް ފާރިޝް – ފ. ބިލެއްދޫ ސްކޫލް

    18- އަޙްމަދު ޝަޔާން ބިން މުޙައްމަދު ޝަނޫނު – ފ. އަތޮޅު މަދަރުސާ

    19- އާމިނަތު މަލްހާ ނަސީމް – ފ. އަތޮޅު ތަޢުލީމީ މަރުކަޒު

    20- ޝަޔާން އަޙްމަދު ރަޝީދު – ފ. އަތޮޅު ތަޢުލީމީ މަރުކަޒު

    21- މަޒީނާ ޢަބްދުﷲ އަޙްމަދު – ފ. އަތޮޅު ތަޢުލީމީ މަރުކަޒު

    22- މަލާހާ މުޙައްމަދު – ފ. ބިލެއްދޫ ސްކޫލް


    ފ. އަތޮޅު އިންޓަރ ސްކޫލް ކުޅިވަރު މުބާރާތް 2023

    ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން މިއަތޮޅުގެ ރަށްރަށުގެ ސްކޫލް މަދަރުސާތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ 2023 ވަނަ އަހަރުގެ ފ. އަތޮޅު އިންޓަރސްކޫލް ކުޅިވަރު މުބާރާތް ބާއްވާފައިވަނީ 2023 އޮކްޓޫބަރު 08 އިން 13 އަށް މިއަތޮޅު ބިލެއްދޫގައެވެ. މުބާރާތް ކުރިއަށް ގެންދިޔައީ ބިލެއްދޫ ފުޓްސަލް ދަނޑުގައެވެ. މިއީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އަތޮޅު ފެންވަރުގައި ސްކޫލް މަދަރުސާ ތަކުގެ ދަރިވަރުންގެ މެދުގައި ކުރިއަށް ގެންދިޔަ ފުރަތަމަ ކުޅިވަރު މުބާރާތެވެ.

    ފ. އަތޮޅުގެ ސްކޫލް މަދަރުސާތަކުގެ ގްރޭޑް 01 އިން 10 އާއި ދެމެދުގެ ދަރިވަރުންގެ މެދުގައި ކުރިއަށް ގެންދިޔަމި ކުޅިވަރު މުބާރާތުގައި ހިމެނެނީ ހޭންޑްބޯލް މުބާރާތަކާއި ފުޓްސަލް މުބާރާތެކެވެ. ހޭންޑްބޯލް މުބާރާތް ކުރިއަށް ގެންދިޔައީ އަންހެން ދަރިވަރުންގެ މެދުގައެވެ. ފުޓްސަލް މުބާރާތް ކުރިއަށް ގެންދިޔައީ ފިރިހެން ދަރިވަރުންގެ މެދުގައެވެ. ކޮންމެ ސްކޫލަކުންވެސް އަހެންހެން ޓީމަކާއި ފިރިހެން ޓީމެއް ބައިވެރިކުރި މި ކުޅިވަރު މުބާރާތުގައި ބައިވެރިވި ސްކޫލް މަދަރުސާ ތަކަކީ؛

    01- ފ. އަތޮޅު މަދަރުސާ – ފ. ފީއަލި

    02- ފ. ބިލެއްދޫ ސްކޫލް – ފ. ބިލެއްދޫ

    03- ފ. މަގޫދޫ ސްކޫލް – ފ. މަގޫދޫ

    04- ފ. ދަރަނބޫދޫ ސްކޫލް – ފ. ދަރަނބޫދޫ

    05- ފ. އަތޮޅު ތަޢުލީމީ މަރުކަޒު – ފ. ނިލަންދޫ

    މި ކުޅިވަރު މުބާރާތް ހޯސްޓް ކުރުމުގެ ފުރުޞަތު ސްކޫލް މަދަރުސާތަކަށް ހުޅުވާލުމުން މުބާރާތް ހޯސްޓް ކުރުމަށް ހުށަހަޅާފައިވަނީ ފ. ބިލެއްދޫ ސްކޫލުންނާއި ފ. މަގޫދޫ ސްކޫލުންނެވެ. މި ދެ ސްކޫލުން ހުށަހަޅާފައިވާ ޕްރޮޕޯސަލް އިވެލުއޭޓް ކުރުމުން އެންމެ ގިނަ ޕޮއިންޓް ލިބިފައިވަނީ ބިލެއްދޫ ސްކޫލުން ހުށަހަޅާފައިވާ ޕްރޮޕޯސަލަށެވެ. އެހެންކަމުން މި ކުޅިވަރު މުބާރާތް 2023 ވަނައަހަރު ބިލެއްދޫގައި ބާއްވާގޮތަށް ނިންމީއެވެ. ކުޅިވަރު މުބާރާތުގެ އިންތިޒާމްތައް ބިލެއްދޫ ސްކޫލުން ހަމަޖެއްސުމަށް އަތޮޅު ކައުންސިލުން ނިންމާފައިވާތީ، އިންތިޒާމް ތަކުގެ ޚަރަދުތަކަށް އަތޮޅު ކައުންސިލުން ދިނުމަށް ނިންމާފައިވާ -/20,000 ރުފިޔާ، މުބާރާތް ފެށުމުގެ ކުރިން ބިލެއްދޫ ސްކޫލާއި ޙަވާލު ކުރެވިފައި ވެއެވެ.

    ފ. އަތޮޅު އިންޓަރސްކޫލް ކުޅިވަރު މުބާރާތުގެ ކަންކަން ކުރިއަށް ގެންދިއުމަށް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން ކޮމެޓީއެއް އެކުލަވާލާފައި ވެއެވެ. 03 މެންބަރުންގެ މައްޗަށް އެކުލެވޭ މިކޮމެޓީގައި ހިމެނެނީ ފ. އަތޮޅުކައުންސިލްގެ ކައުންސިލް އެގްޒެކެޓިވް އިބްރާހީމް ޝަރީފާއި، ސީނިއަރ ކައުންސިލް އޮފިސަރ ޙައްވާ ޢަބްދުލް ޢަޒީޒާއި، ކޮންޕިއުޓަރ ޓެކްނީޝަން ޢަބްދުލް ވާޙިދު ޢަބްދުލް ޢަޒީޒެވެ. މިކޮމެޓީގެ މަސައްކަތްތައް ކުރިއަށް ގެންދިޔައީ ބިލެއްދޫ ސްކޫލާ ގުޅިގެންނެވެ.

    މި ކުޅިވަރު މުބާރާތުގެ މެޗުތައް ލައިވް ކުރުމަށް ބޭނުންވާތީ 2023 ސެޕްޓެންބަރ 26 ވަނަ ދުވަހު ފ. ދަރަނބޫދޫ ކައުންސިލްގެ އިދާރާގައި އަތޮޅު ކައުންސިލާއި ދަރަނބޫދޫ ދަނިއުސް ޓީމާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައި ވެއެވެ. މި މަޝްވަރާ ބައްދަލުވުމުގައި ދެ ފަރާތުން ކުރަންޖެހޭ ކަންތައްތަކާމެދު މަޝްވަރާކުރުމަށްފަހު، މި ކުޅިވަރު މުބާރާތުގެ މީޑިއާ ޕާރޓްނަރެއްގެ ގޮތުގައި މިއަތޮޅު ދަރަނބޫދޫ ދަނިއުސް ހަމަޖެއްސިފައި ވެއެވެ. މި މަސައްކަތް ދަނިއުސްއާއި ހަވާލު ކުރުމުން މި ކުޅިވަރު މުބާރާތުގެ ހުރިހާ މެޗުތަކެއް ދަނިއުސްގެ ފޭސްބުކް ޕޭޖުން ވަގުތުން ލައިވްކޮށްފައި ވެއެވެ. އަދި މުބާރާތުގެ ފޮޓޯތައް ނަގައި ފޮޓޯތަކާއި، މެޗުތަކުގެ މަޢުމާތުތައްވެސް ދަނިއުސްގެ ފޭސްބުކް ޕޭޖްގައި އަޕްޑޭޓް ކުރަމުން ގެންގޮސްފައި ވެއެވެ. މި މަސައްކަތް ދަނިއުސްއިން ވަރަށް ރަގަނޅަށް ކުރަމުން ގެންގޮސްފައިވާކަން ފާހަގަ ކުރެވެއެވެ.

    މި ކުޅިވަރު މުބާރާތުގައި ބައިވެރި ސްކޫލްތަކުގެ ޓީމްތައް ބިލެއްދޫއަށް ދިއުމުން ބިލެއްދޫ ސްކޫލުންނާއި ބިލެއްދޫގެ ބިލެއްދޫގެ ރައްޔިތުން ވަރަށް ހޫނު މަރުޙަބާއެއް ކިޔާފައި ވެއެވެ. މި ކުޅިވަރު މުބާރާތުގައި ބައިވެރިވާ ސްކޫލް މަދަރުސާތަކުގެ ޓީމްތަކަށް މަރުޙަބާ ކިއުމާއި މެހުމާންދާރީ އަދާކުރުމަށް ބިލެއްދޫގެ ބަނދަރުމަތިވަނީ ވަރަށްބޮޑަށް ޒީނަތްތެރިކޮށްފައެވެ. ކޮންމެ ސްކޫލަކަށްވެސް ކިޔާފައިވަނީ ރަތްދޫލައިގެ މަރުޙަބާ އެކެވެ. ސްކޫލް މަދަރުސާތަކުގެ ދަރިވަރުންގެ މެދުގައި އަތޮޅު ފެންވަރުގައި މީގެކުރިން ބޭއްވި އެއްވެސް މުބާރާތެއްގެ ޓީމްތަކަށް މަރުޙަބާ ކިޔާފައިނުވާހާ ފުރިހަމަކޮށް ބިލެއްދޫ ސްކޫލާއި ބިލެއްދޫގެ ރައްޔިތުން މި މުބާރާތުގެ ޓީމްތަކަށް މަރުޙަބާ ކިޔާފައިވާކަން ފާހަގަ ކުރެވެއެވެ.

    މި ކުޅިވަރު މުބާރާތް ބިލެއްދޫގައި ކުރިއަށް ގެންދިއުމުގައި ބިލެއްދޫ ސްކޫލާއި ބިލެއްދޫގެ މުވައްސަސާތަކާއި އަދި ބިލެއްދޫގެ އޮޑިވެރިންނާއި، ފިޔަފާރި ވެރިންނާއި ޖުމްލަކޮށް ބިލެއްދޫގެ ރައްޔިތުންގެ ފަރާތުން ވަރަށްބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއް ލިބިފައި ވެއެވެ. މުބާރާތުގައި ބައިވެރިވި އެހެން ރަށްރަށުގެ ޓީމްތަކަށް މެހުމާންދާރީ އަދާކުރުމަށް ކޮންމެ ސްކޫލަކަށް ފޯކަލްޕޮއިންޓެއް ހަމަޖައްސައި މެހުމާންދާރީ އަދާކުރުމަށް ރަގަނޅު އިންތިޒާމްތަކެއް ހަމަޖައްސާފައި ވެއެވެ. މި މުބާރާތް އަމަން އަމާން ކަމާއެކުގައި ކުރިއަށް ގެންދިއުމަށް މުބާރާތް ބާއްވާ ބިލެއްދޫ ފުޓްސަލް ދަނޑުގައިވެސް ހަމަޖައްސަންޖެހޭ ހުރިހާ އިންތިޒާމްތަކެއް ވަރަށް ރަގަނޅަށް ހަމަޖައްސާފައިވެއެވެ.

    ފ. އަތޮޅު އިންޓަރސްކޫލް ކުޅިވަރު މުބާރާތް ފަށާފައިވަނީ 2023 އޮކްޓޫބަރު 08 ވަނަ ދުވަހުގެ ހަވީރު 4.15 ގައި ހޭންޑްބޯލް މުބާރާތުގެ މެޗަކުންނެވެ. ކުޅިވަރު މުބާރާތް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ 2023 އޮކްޓޫބަރު 08 ވަނަ ދުވަހުގެރޭގައި ކުޅެންޖެހޭ ފުޓްސަލް މުބާރާތުގެ މެޗު ފެށުމުގެ ކުރިން ފ. ބިލެއްދޫ ފުޓްސަލް ދަނޑުގައެވެ. މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ފ. އަތޮޅު ކައުންސިލްގެ ރައީސް ޢަލީ މުޙައްމަދެވެ. މިރަސްމިއްޔާތުގައި ފ. އަތޮޅު ކައުންސިލްގެ މެމްބަރުންނާއި ސްކޫލް މަދަރުސާ ތަކުގެ ޕްރިންސިޕަލުންނާއި، އަތޮޅުކައުންސިލްގެ އިސް ވެރިންގެ އިތުރުން ބިލެއްދޫގެ މުވައްސަސާތަކުގެ ވެރިން ބައިވެރިވެފައި ވެއެވެ.

    މި ކުޅިވަރު މުބާރާތުގައި ހިމެނޭ ހޭންޑްބޯލް މުބާރާތާއި ފުޓްސަލް މުބާރާތުގައި ކޮންމެ ސްކޫލަކުންވެސް އަންހެން ޓީމަކާއި ފިރިހެން ޓީމެއް ހިމެނޭ ގޮތަށް ޖުމްލަ 10 ޓީމު ބައިވެރިވެފައި ވެއެވެ. މުބާރާތް ކުރިއަށް ގެންދިޔައީ ލީގު އުޞޫލުންނެވެ. ދެ މުބަރާތުގައި ލީގު އުޞޫލުން ކުޅެންޖެހޭ 20 މެޗާއި ދެ މުބާރާތުގެ ފައިނަލް 02 މެޗާއެކު ޖުމްލަ 22 މެޗް ކުޅެފައި ވެއެވެ. ހަވީރު ކުރިއަށް ގެންދިޔައީ ހޭންޑްބޯލް މުބާރާތުގެ މެޗުތަކެވެ. ރޭގަނޑު ކުރިއަށް ގެންދިޔައީ ފުޓްސަލް މުބާރާތުގެ މެޗްތަކެވެ. ފައިނަލް މެޗުއޮތް ދުވަސް ފިޔަވައި އެހެން ކޮންމެ ދުވަހަކު ހޭންޑްބޯލް މުބާރާތުގެ 02 މެޗު، ފުޓްސަލް މުބާރާތުގެ 02 މެޗު ކުޅެފައި ވެއެވެ.

    ހޭންޑްބޯލް މުބާރާތުގެ ފައިނަލުން ޖާގަހޯދި ފުރަތަމަ ޓީމަކީ ފ. އަތޮޅު މަދަރުސާގެ އަންހެން ޓީމެވެ. ފ. އަތޮޅު މަދަރުސާގެ ޓީމު ފައިނަލުން ޖާގަހޯދީ ލީގުގައި ކުޅުނު 04 މެޗުގެ ތެރެއިން އެއްވެސް މެޗަކުން ބަލިނުވެ 12 ޕޮއިންޓް ހޯދައިގެންނެވެ. ހޭންޑްބޯލް މުބާރާތުގެ ފައިނަލުން ޖާގަހޯދި ދެވަނަ ޓީމަކީ ފ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އަންހެން ޓީމެވެ. ފ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޓީމު ފައިނަލަށް ގޮސްފައިވަނީ ލީގުގައި ކުޅުނު 04 މެޗުގެ ތެރެއިން 02 މެޗުން މޮޅުވެ 01 މެޗުން ބަލިވެ 01 މެޗުން އެއްވަރުވެ 07 ޕޮއިންޓް ހޯދައިގެންނެވެ.

    ފުޓްސަލް މުބާރާތުގެ ފައިނަލުން ޖާގަހޯދި ފުރަތަމަ ޓީމަކީ ފ. އަތޮޅު މަދަރުސާގެ ފިރިހެން ޓީމެވެ. ފ. އަތޮޅު މަދަރުސާގެ ޓީމު ފައިނަލަށް ގޮސްފައިވަނީ ލީގުގައި ކުޅުނު 04 މެޗުގެ ތެރެއިން 02 މެޗުން މޮޅުވެ 01 މެޗުން އެއްވަރުވެ 01 މެޗުން ބަލިވެ 09 ޕޮއިންޓު ހޯދައިގެންނެވެ. ފުޓްސަލް މުބާރާތުގެ ފައިނަލުން ޖާގަހޯދި ދެވަނަ ޓީމަކީ ފ. ދަރަނބޫދޫ ސްކޫލްގެ ފިރިހެން ޓީމެވެ. ފ. ދަރަނބޫދޫ ސްކޫލްގެ ޓީމު ފައިނަލަށް ގޮސްފައިވަނީ ލީގުގައި ކުޅުނު 04 މެޗުގެ ތެރެއިން 02 މެޗުން މޮޅުވެ 01 މެޗުން އެއްވަރުވެ 01 މެޗުން ބަލިވެ 07 ޕޮއިންޓް ހޯދައިގެންނެވެ. ބިލެއްދޫ ސްކޫލްގެ ޓީމަށްވެސް 07 ޕޮއިންޓް ލިބުނު ނަމަވެސް ފައިދާ ގޯލްގެ ތަފާތުން ކުރިއަށް ގޮސްފައިވަނީ ދަރަނބޫދޫ ސްކޫލްގެ ޓީމެވެ.

    މި ކުޅިވަރު މުބާރާތުގައި ހިމެނޭ ހޭންޑްބޯލާއި، ފުޓްސަލް މުބާރާތުގެ ފައިނަލްމެޗު ކުޅެފައިވަނީ 2023 އޮކްޓޫބަރު 13 ވަނަ ދުވަހު ބިލެއްދޫ ފުޓްސަލް ދަނޑުގައެވެ. އެދުވަހުގެ ހަވީރު 4.15 ގައި ކުޅުނު ހޭންޑްބޯލް މުބާރާތުގެ ފައިނަލް މެޗުގައި ބައްދަލުކުރީ ފ. އަތޮޅު މަދަރުސާގެ ޓީމާއި، ފ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޓީމެވެ. މި މެޗު 04 ލަނޑު 20 ލަނޑުން ކާމިޔާބުކޮށް ޗެންޕިއަންކަން ހޯދީ ފ. އަތޮޅު މަދަރުސާގެ ޓީމެވެ. ރަނަރަޕް ޓީމަކީ ފ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޓީމެވެ. ފެއާރޕްލޭ ޓީމަކަށް ހޮވިފައިވަނީ ފ. ބިލެއްދޫ ސްކޫލްގެ ޓީމެވެ. ފައިނަލް މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ފ. އަތޮޅު މަދަރުސާގެ ޓީމުގެ ލީމް އަޙްމަދު ލަޠީފެވެ. ރޭގަނޑުގެ 8.15 ގައި ކުޅުނު ފުޓްސަލް މުބާރާތުގެ ފައިނަލް މެޗުގައި ބައްދަލުކުރީ ފ. އަތޮޅު މަދަރުސާގެ ޓީމާއި، ފ. ދަރަނބޫދޫ ސްކޫލްގެ ޓީމެވެ. މި މެޗު 03 ލަނޑު 01 ލަނޑުން ކާމިޔާބުކޮށް ޗެންޕިއަންކަން ހޯދީ ފ. ދަރަނބޫދޫ ސްކޫލްގެ ޓީމެވެ. ރަނަރަޕް ޓީމަކީ ފ. އަތޮޅު މަދަރުސާގެ ޓީމެވެ. ފެއާރޕްލޭ ޓީމަކަށް ހޮވިފައިވަނީ ފ. ބިލެއްދޫ ސްކޫލްގެ ޓީމެވެ. ފައިނަލް މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ފ. ދަރަނބޫދޫ ސްކޫލްގެ ޓީމުގެ މާއިޝްއެވެ.

    ހޭންޑްބޯލް މުބާރާތުގައި އެންމެގިނަ ގޯލް ޖެހި ކުޅުންތެރިއަކަށް ހޮވިފައިވަނީ ފ. އަތޮޅު މަދަރުސާގެ ޓީމުގެ ލީމް އަޙްމަދު ލަޠީފެވެ. މި މުބާރާތުގައި ލީމް އަޙްމަދު ލަޠީފް 36 ގޯލް ޖަހާފައި ވެއެވެ. ފުޓްސަލް މުބާރާތުގައި އެންމެގިނަ ގޯލްޖެހި ކުޅުންތެރިންގެ ގޮތުގައި ދެކުޅުން ތެރިން ހޮވިފައި ވެއެވެ. އެއީ ފ. އަތޮޅު މަދަރުސާގެ ޓީމުގެ ޒަހީން ޢަބްދުﷲ ރަފީޢުއާއި، ފ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޓީމުގެ އިޔާޒު އަޙްމަދެވެ. ޒަހީން ޢަބްދުﷲ ރަފީޢު 05 ގޯލް ޖަހާފައިވާއިރު އިޔާޒު އަޙްމަދު 06 ގޯލް ޖަހާފައި ވެއެވެ.

    މި ކުޅިވަރު މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ 2023 އޮކްޓޫބަރު 13 ވަނަ ދުވަހު ފ. ބިލެއްދޫ ފުޓްސަލް ދަނޑުގައެވެ. ހަވީރު 4.15 ގައި ކުޅުނު ހޭންޑްބޯލް މުބާރާތުގެ ފައިނަލް މެޗާއި، ރޭގަނޑުގުގެ 8.15 ގައި ކުޅުނު ފުޓްސަލް މުބާރާތުގެ ފައިނަލް މެޗު ޝަރަފްވެރި ކޮށްދެއްވީ ފ. އަތޮޅު ޕޮލިސް ކޮމާންޑަރ އިންސްޕެކްޓަރ އޮފް ފޮލިސް އަޙްމަދު ޔައުޤޫބެވެ. މިރަސްމިއްޔާތުގައި ފ.އަތޮޅު ކައުންސިލްގެ ރައީސް ޢަލީ މުޙައްމަދުގެ އިތުރުން އަތޮޅު ކައުންސިލްގެ މެމްބަރުންނާއި ސްކޫލް މަދަރުސާތަކުގެ ޕްރިންސިޕަލުންނާއި، އަތޮޅު ކައުންސިލްގެ އިސް ވެރިންނާއި، ބިލެއްދޫގެ މުވައްސަސާތަކުގެ އިސްވެރިން ބައިވެރިވެފައި ވެއެވެ.

    ހޭންޑްބޯލް މުބާރާތުގެ ޗެންޕިއަންކަން ހޯދި ފ. އަތޮޅު މަދާރުސާގެ ޓީމަށް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން ހުށަހަޅާފައިވާ -/10،000 ރުފިޔާގެ ފައިސާގެ އިނާމާއި، ހަނދާނީ ލިއުމާއި ތައްޓާއި މެޑަލް ޙަވާލުކޮށްދެއްވީ މި މެޗުގެ ޝަރަފްވެރި މެހުމާނު ފ. އަތޮޅު ޕޮލިސް ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޔަޢުޤޫބެވެ. ހޭންޑްބޯލް މުބާރާތުގެ ރަނަރަޕް ޓީމަކަށް ހޮވުނު ފ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޓީމަށް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން ހުށަހަޅާފައިވާ -/7،000 ރުފިޔާގެ ފައިސާގެ އިނާމާއި، ހަނދާނީ ލިއުމާއި ތައްޓާއި މެޑަލް ޙަވާލުކޮށްދެއްވީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ ރައީސް ޢަލީ މުޙައްމަދެވެ.

    ފުޓްސަލް މުބާރާތުގެ ޗެންޕިއަންކަން ހޯދި ފ. ދަރަނބޫދޫ ސްކޫލްގެ ޓީމަށް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން ހުށަހަޅާފައިވާ -/10،000 ރުފިޔާގެ ފައިސާގެ އިނާމާއި، ހަނދާނީ ލިއުމާއި ތައްޓާއި މެޑަލް ޙަވާލުކޮށްދެއްވީ މި މެޗުގެ ޝަރަފްވެރި މެހުމާނު ފ. އަތޮޅު ޕޮލިސް ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޔަޢުޤޫބެވެ. ފުޓްސަލް މުބާރާތުގެ ރަނަރަޕް ޓީމަށް ހޮވުނު ފ. އަތޮޅު މަދަރުސާގެ ޓީމަށް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން ހުށަހަޅާފައިވާ -/7،000 ރުފިޔާގެ ފައިސާގެ އިނާމާއި، ހަނދާނީ ލިއުމާއި ތައްޓާއި މެޑަލް ޙަވާލުކޮށްދެއްވީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ ރައީސް ޢަލީ މުޙައްމަދެވެ.

    މި ކުޅިވަރު މުބާރާތް ކުރިއަށް ގެންދިއުމުގައި ފ. ޕޮލިސް ކުލަބުން ރެފްރީންގެ އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ. އެގޮތުން ފުޓްސަލް މުބާރާތަށް 02 ރެފްރީން އަދި ހޭންޑްބޯލް މުބާރާތަށް 01 ރެފްރީ ހަމަޖައްސާ ދީފައި ވެއެވެ. މި ރެފްރީންގެ ޚަރަދުތައް ހަމަޖައްސާފައިވަނީވެސް ޕޮލިސް ކުލަބުންނެވެ. މީގެ އިތުރުން ފ. ނިލަންދޫ ރިއަލް ޖާޒީންވެސް އެހީތެރިކަން ފޯރުކޯށްދީފައި ވެއެވެ. އެގޮތުން މުބާރާތުގެ އިންތިޒާމްތަކުގެ މަސައްކަތްތައް ކުރި މީހުންނަށް ބޭނުންވާ ޓީޝާޓާއި، ޓްރޮފީ ތަކުގައި ޖަހަންޖެހޭ ނަންކޮޅުތައް ތައްޔާރު ކޮށްދީފައި ވެއެވެ. މި ކުޅިވަރު މުބާރާތުގެ ކޯ ސްޕޮންސަރަކީވެސް ރިއަލް ޖާޒީއެވެ. މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި ފަރާތްތައް ކަމުގައިވާ ފ. ބިލެއްދޫ ސްކޫލް، ދަނިއުސް، ފ. ޕޮލިސްކުލަބު އަދި ރިއަލް ޖާޒީއަށް އަތޮޅު ކައުންސިލުން ހަނދާނީ ފިލައި ދީފައި ވެއެވެ.

    ފ. އަތޮޅު އިންޓަރސްކޫލް ކުޅިވަރު މުބާރާތް މިއަތޮޅު ބިލެއްދޫގައި ކުރިއަށް ގެންދިއުމުގައި ކުދިކުދި ކަންތައްތައް ކުރިމަތިވަމުން ދިޔަނަމަވެސް މުބާރާތް ކުރިއަށް ގެންދިއުމަށް ހުރަސްއެޅޭފަދަ އެއްވެސް ކަމެއް ކުރިމަތިނުވެ އަދި އެއްވެސް ހަމަނުޖެހުމެއްނެތި އަމަން އަމާންކަމާއެކުގައި މުބާރާތުގެ ހުރިހާކަމެއް ކުރިއަށް ގެންގޮސް ވަރަށް ރަގަނޅަށް މުބާރާތުގެ ހުރިހާ ކަމެއް ނިންމާލެވިފައި ވެއެވެ.

    ފ. އަތޮޅު އިންޓަރސްކޫލް ހޭންޑްބޯލް މުބާރާތުގެ މޮޅު ކުޅުންތެރިން

    01- ލީމް އަޙްމަދު ލަޠީފް ފ. އަތޮޅު މަދަރުސާ

    02- މިޝްކާ މޫސާ ފ. ދަރަނބޫދޫ ސްކޫލް

    03- އީމާން ޢަލީ ފ. އަތޮޅު މަދަރުސާ

    04- ޝައިނީ އިސްމާޢީލް ޝަރީފް ފ. މަގޫދޫ ސްކޫލް

    05- އާމިނަތު ދީނާ ޖާވިދު ފ. ބިލެއްދޫ ސްކޫލް

    06- އަރީބާ ޙަސަން ފ. އަތޮޅު ތަޢުލީމީ މަރުކަޒު

    07- ފާޠިމަތު ނީޝާން ސަޢީދު ފ. މަގޫދޫ ސްކޫލް

    ހޭންޑްބޯލް މުބާރާތުގެ އެހެން ވަނަތައް

    އެންމެމޮޅު ކުޅުންތެރިޔާ: ލީމް އަޙްމަދު ލަޠީފް ފ. އަތޮޅު މަދަރުސާ

    އެންމެމޮޅު ކޯޗު: މުޙައްމަދު ފަޒީން ފ. އަތޮޅު މަދަރުސާ

    ފ. އަތޮޅު އިންޓަރސްކޫލް ފުޓްސަލް މުބާރާތުގެ މޮޅު ކުޅުންތެރިން

    01- ރަޔާން ރިޔާޙް ފ. ދަރަނބޫދޫ ސްކޫލް

    02- މުޙައްމަދު އާއިލް ފ. ބިލެއްދޫ ސްކޫލް

    03- އަޙްމަދު އަލްސަން ޢަބްދުﷲ ވަޙީދު ފ. މަގޫދޫ ސްކޫލް

    04- އަޙްމަދު އަދުލާން އިބްރާހީމް ފ. އަތޮޅު މަދަރުސާ

    05- އިޔާޒު އަޙްމަދު ފ. އަތޮޅު ތަޢުލީމީ މަރުކަޒު

    ފުޓްސަލް މުބާރާތުގެ އެހެން ވަނަތައް

    އެންމެމޮޅު ކުޅުންތެރިޔާ: އަހްމަދު އަދުލާން އިބްރާހީމް ފ. އަތޮޅު މަދަރުސާ

    އެންމެމޮޅު ކޯޗު: އަޒްހާން ޚަލީލް ފ. ދަރަނބޫދޫ ސްކޫލް


    ފ. އަތޮޅު ކައުންސިލްގެ ވޮލީ މުބާރާތް 2023

    ފ. އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން މިއަތޮޅުގެ ރަށު ކައުންސިލްތަކަށް ހުޅުވާލައިގެން "ފ. އަތޮޅު ކައުންސިލްގެ ވޮލީ މުބާރާތް 2023" ގެ ނަމުގައި ވޮލީ މުބާރާތެއް 2023 އޮގަސްޓް 10 އިން 16 އަށް މިއަތޮޅު ނިލަންދޫގައި ބާއްވާފައި ވެއެވެ. މުބާރާތުގެ ހުރިހާ މެޗްތަކެއް ކުޅެފައިވަނީ ފ. ނިލަންދޫ ވޮލީ ކޯޓްގައެވެ. މި މުބާރާތަކީ އަތޮޅުކައުންސިލް އުފެދުނުފަހުން އަތޮޅުކައުންސިލުން އިންތިޒާމްކޮށްގެން އަތޮޅުކައުންސިލްގެ ބަޖެޓުން ހުރިހާ ޚަރަދެއް ކޮށްގެން އަތޮޅު ފެންވަރުގައި ކުރިއަށް ގެންދިޔަ ފުރަތަމަ ކުޅިވަރު މުބާރާތެވެ.

    މި މުބާރާތުގައި މިއަތޮޅު ބިލެއްދޫ ކައުންސިލް ފިޔަވައި އެހެން ކައުންސިލް ތަކުން އަންހެންޓީމަކާއި ފިރިހެންޓީމެއް ބައިވެރި ކޮށްފައި ވެއެވެ. މުބާރާތުގައި ވާދަކޮށްފައިވަނީ ފިރިހެން 04 ޓީމާއި، އަންހެން 04 ޓީމާއި ޖުމްލަ 08 ޓީމެވެ. މުބާރާތުގައި ބައިވެރިވި ކައުންސިލް ތަކަކީ؛

    01- ފީއަލީ ކައުންސިލްގެ އިދާރާ

    02- މަގޫދޫ ކައުންސިލްގެ އިދާރާ

    03- ދަރަނބޫދޫ ކައުންސިލްގެ އިދާރާ

    04- ނިލަންދޫ ކައުންސިލްގެ އިދާރާ

    މި މުބާރާތް ހޯސްޓް ކުރުމުގެ ފުރުޞަތު ހުޅުވާލުމުން މުބާރާތް ހޯސްޓް ކުރުމަށް ހުށަހަޅާފައިވަނީ ހަމައެކަނި ނިލަންދޫ ކައުންސިލުންނެވެ. އެހެންކަމުން މި މުބާރާތް ނިލަންދޫގައި ބާއްވާގޮތަށް ހަމަޖައްސައި މުބާރާތް ބާއްވާ ރަށެއްގެ ރަށުކައުންސިލަށް ދިނުމަށް އަތޮޅުކައުންސިލުން ނިންމާފައިވާ -/30,000 ރުފިޔާ، މުބާރާތް ފެށުމުގެ ކުރިން ނިލަންދޫ ކައުންސިލާއި ޙަވާލު ކުރެވިފައި ވެއެވެ.

    ފ.އަތޮޅު ކައުންސިލްގެ ވޮލީމުބާރާތް 2023 ގެ ހުރިހާ މެޗުތައް ލައިވް ކުރުމަށް ބޭނުންވާތީ 2023 އޮގަސްޓް 03 ވަނަ ދުވަހު ފ. ދަރަނބޫދޫ ދަނިއުސް ޓީމާއެކު އަތޮޅުކައުންސިލްގައި މަޝްވަރާ ބައްދަލުވުމެއް ބާއްވާފައި ވެއެވެ. މި މަޝްވަރާ ބައްދަލުވުމުގައި ދެ ފަރާތުން ކުރަންޖެހޭ ކަންތައްތަކާމެދު މަޝްވަރާކުރުމަށްފަހު، މުބާރާތުގެ މީޑިއާ ޕާރޓްނަރެއްގެ ގޮތުގައި މިއަތޮޅު ދަރަނބޫދޫ ދަނިއުސް ހަމަޖެއްސިފައިވެއެވެ. އެއްބަސްވެފައިވާ ގޮތުގެމަތިން މި މުބަރާތުގެ ހުރިހާ މެޗުތަކެއް ވަގުތުން ލައިވްކޮށްފައި ވެއެވެ.

    ވޮލީ މުބާރާތުގެ އިންތިޒާމް ކޮމެޓީއެއް ހަޖައްސާފައި ވެއެވެ. 03 މެންބަރުންގެ މައްޗަށް އެކުލެވޭ މިކޮމެޓީގައި ހިމެނެނީ އަތޮޅުކައުންސިލްގެ ކައުންސިލް އެގްޒެކެޓިވް އިބްރާހީމް ޝަރީފާއި، ލީގަލް އޮފިސަރ ޙައްވާ އަނޫޝާއާއި، ސީނިއަރ ކައުންސިލް އޮފިސަރ ޙައްވާ ޢަބްދުލް ޢަޒީޒެވެ. މި ކޮމެޓީއާއި، ނިލަންދޫ ކައުންސިލާއި ގުޅިގެން މުބާރާތުގެ ހުރިހާ އިންތިޒާމްތަކެއް ވަރަށް ފުރިހަމައަށް ހަމަޖައްސާފައި ވެއެވެ.

    މި މުބާރާތް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ 2023 އޮގަސްޓް 10 ވަނަ ދުވަހުގެރޭގައި ނިލަންދޫ ވޮލީ ކޯޓުގައެވެ. މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ދ. ވިލުރީފް ރިސޯޓްގެ އޮޕަރޭޝަން މެނޭޖަރ ނިމާލެވެ. މިރަސްމިއްޔާތުގައި ފ.އަތޮޅު ކައުންސިލްގެ ރައީސް ޢަލީ މުޙައްމަދުގެ އިތުރުން އަތޮޅު ކައުންސިލްގެ މެމްބަރުންނާއި ނިލަންދޫގެ މުވައްސަސާތަކުގެ އިސްވެރިން ބައިވެރިވިއެވެ.

    މި މުބާރާތުގެ މެޗްތައް ތާވަލް ކޮށްފައިވަނީ ކޮންމެ ޑިވިޜަނެއްގައި ހިމެނޭ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮގެން ކޮންމެ ޑިވިޜަނަކުންވެސް އެންމެގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ފައިނަލްގައި ވާދަކުރާ ގޮތަށެވެ. މި މިމުބާރާތުގައި ކުޅެފައިވަނީ ދެ ޑިވިޜަންގެ ގުރޫޕް ސްޓޭޖްގައި ކުޅެންޖެހޭ 12 މެޗުގެ އިތުރުން ދެ ޑިވިޜަންގެ ފައިނަލް މެޗާއެކު ޖުމްލަ 14 މެޗެވެ.

    މި މުބާރާތުގެ ފިރިހެން ޑިވިޜަންގެ އެއްވަނަ ޓީމެއްގެ ގޮތުގައި ފައިނަލުން ޖާގަހޯދި ފުރަތަމަ ޓީމަކީ ނިލަންދޫ ކައުންސިލްގެ ޓީމެވެ. ނިލަންދޫ ކައުންސިލްގެ ޓީމު ފައިނަލުން ޖާގަހޯދީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ 09 ޕޮއިންޓް ހޯދައިގެންނެވެ. ފައިނަލުން ޖާގަހޯދި ފިރިހެން ޑިވިޜަންގެ ދެވަނަ ޓީމަކީ ފީއަލީ ކައުންސިލްގެ ޓީމެވެ. ފީއަލީ ކައުންސިލްގެ ޓީމު ފައިނަލުން ޖާގަހޯދީ ކުޅުނު 03 މެޗުގެ ތެރެއިން 02 މެޗުން މޮޅުވެ 01 މެޗުން ބަލިވެ 06 ޕޮއިންޓް ހޯދައިގެންނެވެ.

    މި މުބާރާތުގެ އަންހެން ޑިވިޜަންގެ އެއްވަނަ ޓީމެއްގެ ގޮތުގައި ފައިނަލުން ޖާގަހޯދި ފުރަތަމަ ޓީމަކީ ފީއަލީ ކައުންސިލްގެ ޓީމެވެ. ފީއަލީ ކައުންސިލްގެ ޓީމު ފައިނަލުން ޖާގަހޯދީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ 09 ޕޮއިންޓް ހޯދައިގެންނެވެ. ފައިނަލުން ޖާގަހޯދި އަންހެން ޑިވިޜަންގެ ދެވަނަ ޓީމަކީ މަގޫދޫ ކައުންސިލްގެ ޓީމެވެ. މަގޫދޫ ކައުންސިލްގެ ޓީމު ފައިނަލުން ޖާގަހޯދީ ކުޅުނު 03 މެޗުގެ ތެރެއިން 02 މެޗުން މޮޅުވެ 01 މެޗުން ބަލިވެ 06 ޕޮއިންޓް ހޯދައިގެންނެވެ.

    މި މުބާރާތުގެ ފިރިހެން ޑިވިޜަނާއި އަންހެން ޑިވިޜަންގެ ފައިނަލްމެޗު ކުޅެފައިވަނީ 2023 އޮގަސްޓް 16 ވަނަ ދުވަހުއެވެ. އެދުވަހުގެ ހަވީރު 4.30 ގައި ކުޅުނު ފިރިހެން ޑިވިޜަންގެ ފައިނަލް މެޗުގައި ބައްދަލުކުރީ ނިލަންދޫ ކައުންސިލްގެ ޓީމާއި، ފީއަލީ ކައުންސިލްގެ ޓީމެވެ. ދެ ޓީމުގެ ސަޕޯޓަރުންނާއި މެޗްބަލަން އައިސްތިބި އެތައްބައެއްގެ ކުރިމަތީގައި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗު ނިލަންދޫ ކައުންސިލްގެ ޓީމުން ސީދާ 03 ސެޓުން ކާމިޔާބުކޮށް ފިރިހެން ޑިވިޜަންގެ ޗެންޕިއަންކަން ހޯދީ ނިލަންދޫ ކައުންސިލްގެޓީމެވެ. ފައިނަލް މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ނިލަންދޫ ކައުންސިލްގެ ޓީމުގެ އިންޑިޔާގެ ކުޅުންތެރިޔާ ގަގަންގީތު ސިންގ އެވެ.

    ރޭގަނޑުގެ 20.30 ގައި ކުޅުނު އަންހެން ޑިވިޜަނުގެ ފައިނަލް މެޗުގައި ބައްދަލުކުރީ ފީއަލީ ކައުންސިލްގެ ޓީމާއި، މަގޫދޫ ކައުންސިލްގެ ޓީމެވެ. މި މެޗު 03 ސެޓް 02 ސެޓުން ކާމިޔާކޮށް އަންހެން ޑިވިޜަންގެ ޗެންޕިއަންކަން ހޯދީ މަގޫދޫ ކައުންސިލްގެ ޓީމެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މަގޫދޫ ކައުންސިލްގެ ޓީމުގެ ކިއުބާގެ ކުޅުންތެރިޔާ ޔަނިލަދިސް ސަންޗޭޒް އެވެ.

    މި މުބާރާތުގެ އަންހެން ޑިވިޜަންގެ ފައިނަލް މެޗަކީ މިމުބާރާތުގައި އެންމެގިނަ ސެޓްތައް ކުޅުނު މެޗެވެ. އަދި މި މެޗްގެ ފުރަތަމަ ސެޓަކީ މިމުބާރާތުގައި ކުޅުނު އެންމެ ވަރުގަދަ ކުޅުމެއް ފެނިގެންދިޔަ ސެޓްކަން ފާހަގަ ކޮށްލެވެއެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ދެޓީމުގައި ހިމެނޭ ރާއްޖެއިން ބޭރުގެ ކުޅުންތެރިންގެ މޮޅު ކުޅުމާއެކު ކޮންމެ ޓީމަކަށްވެސް ސެޓް ނިންމާނެ އެތައް ފުރުޞަތެއް ލިބުނު ނަމަވެސް ސެޓް ދިގުލައިގެން ގޮސް މަގޫދޫ ކައުންސިލްގެ ޓީމުން ސެޓް ކާމިޔާބު ކުރީ 35 – 33 އިންނެވެ.

    މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ 2023 އޮގަސްޓް 16 ވަނަ ދުވަހު ނިލަންދޫ ވޮލީ ކޯޓުގައެވެ. މިދުވަހުގެ ހަވީރު ކުޅުނު ފިރިހެން ޑިވިޜަންގެ ފައިނަލް މެޗާއި، މިދުވަހުގެ ރޭގައި ކުޅުނު އަންހެން ޑިވިޜަންގެ ފައިނަލް މެޗު ޝަރަފްވެރި ކޮށްދެއްވީ ނިލަންދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޢަބްދުލް މުޙުސިނު ހަމީދެވެ. މިރަސްމިއްޔާތުގައި ފ.އަތޮޅު ކައުންސިލްގެ ރައީސް ޢަލީ މުޙައްމަދުގެ އިތުރުން އަތޮޅު ކައުންސިލްގެ މެމްބަރުންނާއި ނިލަންދޫގެ މުވައްސަސާތަކުގެ އިސްވެރިން ބައިވެރިވިއެވެ.

    ފ. އަތޮޅު ކައުންސިލް ވޮލީ މުބާރާތުގެ ފިރިހެން ޑިވިޜަންގެ ޗެންޕިއަން ޓީމަކީ ފ. ނިލަންދޫ ކައުންސިލްގެ ފިރިހެން ޓީމެވެ. ރަނަރަޕަކީ ފީއަލީ ކައުންސިލްގެ ފިރިހެން ޓީމެވެ. ފިރިހެން ޑިވިޜަންގެ ފެއަރޕްލޭ ޓީމަކީ މަގޫދޫ ކައުންސިލްގެ ފިރިހެން ޓީމެވެ. އަންހެން ޑިވިޜަންގެ ޗެންޕިއަން ޓީމަކީ މަގޫދޫ ކައުންސިލްގެ އަންހެން ޓީމެވެ. ރަނަރަޕަކީ ފީއަލީ ކައުންސިލްގެ އަންހެން ޓީމެވެ. އަންހެން ޑިވިޜަންގެ ފެއަރ ޕްލޭޓީމަކީ ދަރަނބޫދޫ ކައުންސިލްގެ އަންހެން ޓީމެވެ. މި މުބާރާތަށް އަތޮޅުކައުންސިލުން ހުށަހަޅާފައިވާ ފައިސާގެ އިނާމަކީ ކޮންމެ ޑިވިޜަނެއްގެ ޗެންޕިއަންޓީމަށް -/20،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް -/10،000 ރުފިޔާއެވެ.

    ފ. އަތޮޅު ކައުންސިލް ވޮލީ މުބާރާތުގެ ފިރިހެން ޑިވިޜަންގެ މޮޅު ކުޅުންތެރިން

    01- ޝިރުހާން ޢަބްދުއްސައްތާރު ނިލަންދޫ ކައުންސިލްގެ ޓީމު

    02- ޢާލިމް އިބްރާހީމް ފީއަލީ ކައުންސިލްގެ ޓީމު

    03- ފަރުހާދު އިސްމާޢީލް ނިލަންދޫ ކައުންސިލްގެ ޓީމު

    04- މުޙައްމަދު ޢަރީފު މަގޫދޫ ކައުންސިލްގެ ޓީމު

    05- އިބްރާހީމް ނަދީމު ނިލަންދޫ ކައުންސިލްގެ ޓީމު

    06- ޔާނިޢު ޢަބްދުﷲ ނިލަންދޫ ކައުންސިލްގެ ޓީމު

    ފ. އަތޮޅު ކައުންސިލް ވޮލީ މުބާރާތުގެ ފިރިހެން ޑިވިޜަންގެ އެހެން ވަނަތައް

    އެންމެމޮޅު ބިނދޭސީ ކުޅުންތެރިޔާ: ގަގަންގީތު ސިންގ ނިލަންދޫ ކައުންސިލްގެ ޓީމު

    އެންމެމޮޅު ދިވެހި ކުޅުންތެރިޔާ: ޔާނިޢު ޢަބްދުﷲ ނިލަންދޫ ކައުންސިލްގެ ޓީމު

    އެންމެމޮޅު ލިބަރޯ ކުޅުންތެރިޔާ: މުޙައްމަދު އާދަމް ފީއަލީ ކައުންސިލްގެ ޓީމު

    21 އަހަރުން ދަށުގެ އެންމެ އުއްމީދީ ކުޅުންތެރިޔާ: ޔާނިޢު ޢަބްދުﷲ ނިލަންދޫ ކައުންސިލްގެ ޓީމު

    އެންމެމޮޅު ކޯޗް: މުޙައްމަދު ރިޝްވާން ނިލަންދޫ ކައުންސިލްގެ ޓީމު

    ފ. އަތޮޅު ކައުންސިލްގެ ވޮލީ މުބާމުބާރާތުގެ އަންހެން ޑިވިޜަންގެ މޮޅު ކުޅުންތެރިން

    01- ޢާއިޝަތު ރީމާ ފީއަލީ ކައުންސިލްގެ ޓީމު

    02- ޢާއިޝަތު ޒުނީތާ މަގޫދޫ ކައުންސިލްގެ ޓީމު

    03- ފާޠިމަތު ޠަހޫރާ ދަރަނބޫދޫ ކައުންސިލްގެ ޓީމު

    04- އިބާ ޢަބްދުﷲ ފީއަލީ ކައުންސިލްގެ ޓީމު

    05- ފާޠިމަތު މަޒިއްޔާ މަގޫދޫ ކައުންސިލްގެ ޓީމު

    06- ރިފްދާ އިބްރާހީމް ފީއަލީ ކައުންސިލްގެ ޓީމު

    ފ. އަތޮޅު ކައުންސިލް ވޮލީ މުބާރާތުގެ އަންހެން ޑިވިޜަންގެ އެހެން ވަނަތައް

    އެންމެމޮޅު ބިނދޭސީ ކުޅުންތެރިޔާ: ޔަނިލަދިސް ސަންޗޭޒް މަގޫދޫ ކައުންސިލްގެ ޓީމު

    އެންމެމޮޅު ދިވެހި ކުޅުންތެރިޔާ: ފާޠިމަތު މަޒިއްޔާ މަގޫދޫ ކައުންސިލްގެ ޓީމު

    އެންމެމޮޅު ލިބަރޯ ކުޅުންތެރިޔާ: ޝަހީބާ ޢަބްދުއްލަޠީފް ދަރަނބޫދޫ ކައުންސިލްގެ ޓީމު

    21 އަހަރުން ދަށުގެ އެންމެ އުއްމީދީ ކުޅުންތެރިޔާ: އިބާ ޢަބްދުﷲ ފީއަލީ ކައުންސިލްގެ ޓީމު

    އެންމެމޮޅު ކޯޗް: ޝުޢައިބު އަޙްމަދު މަގޫދޫ ކައުންސިލްގެ ޓީމު

    ފ. އަތޮޅު ކައުންސިލް ވޮލީ މުބާރާތް 2023 ގެ ބައެއް ފޮޓޯތައް


    ފ. އަތޮޅު ޤުރުއާން މުބާރާތް 2022

    2022 ވަނަ އަހަރުގެ ފ. އަތޮޅު ޤުރުއާން މުބާރާތް ބޭއްވުމަށް އަތޮޅުކައުންސިލުން ކަނޑައަޅާފައިވާ ރަށަކީ މިއަތޮޅު ނިލަންދޫއެވެ. މި މުބާރާތް ބާއްވާފައިވަނީ 2022 އޮކްޓޯބަރ 26 އިން 28 އަށް ފ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.

    މި މުބާރާތާއި ގުޅިގެން ރަށުފެންވަރުގައި ހަމަޖައްސަންޖެހޭ އިންތިޒާމްތައް ހަމަޖައްސާފައިވަނީ ނިލަންދޫ ކައުންސިލުންނެވެ. މުބާރާތާގުޅޭ އިންތިޒާމްތައް ހަމަޖެއްސުމަށް -/20،000 ރުފިޔާ، މުބާރާތް ފެށުމުގެ ކުރިން ނިލަންދޫ ކައުންސިލާއި ޙަވާލު ކުރެވިފައި ވެއެވެ.

    މި މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ފ. އަތޮޅު ކައުންސިލްގެ އިދާރާގެ ކުރީގެ ޑިރެކްޓަރ ޖެނެރަލް ފ. ނިލަންދޫ މިރިހި މުޙައްމަދު ޖަލީލެވެ. މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ވިލާ ފައުންޑޭޝަންގެ އެގްޒެކެޓިވް ޑިރެކްޓަރ މުޙައްމަދު ޙަމީދެވެ.

    މިއަހަރުގެ މުބާރާތުގައި ބައިވެރިވާގޮތަށް ހަމަޖައްސާފައިވަނީ ހަމައެކަނި މިއަތޮޅުގެ ސްކޫލް މަދަރުސާތަކުގެ ދަރިވަރުން ކަމަށްވާތީ ސްކޫލް ތަކުގެ ދަރިވަރުން ފިޔަވައި އެހެން އެއްވެސް ފަރާތަކުން މި މުބާރާތުގައި ބައިވެރި ވެފައެއް ނުވެއެވެ. މި މުބާރާތުގެ ތެރެއިން ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި ބައިވެރިވުމަށް ހޮވޭ ދަރިވަރުން ބައިވެރި ކުރާގޮތަށް ހަމަޖެހިފައިވަނީ އަތޮޅު ކައުންސިލްގެ ނަމުގައެވެ.

    ބަލައިގެންނާއި ނުބަލައި ކިޔެވުމުގެ ގޮފިން ވާދަކުރި މި މުބާރާތުގައި ޢުމުރުފުރާގެ ބަދަލުގައި މިއަހަރު ކުރިއަށް ގެންދާގޮތަށް ހަމަޖެހިފައިވަނީ ފައުންޑޭޝަން ސްޓޭޖާއި، ކީ ސްޓޭޖް ތަކުގެ ބައިންނެވެ. ކީ ސްޓޭޖް ތަކުގެ ބައިތަކުން ކޮންމެ ގޮތްޕަކުން ބައިކުރެވެނީ ދެ ދަރިންވަރުން ކަމަށާއި، އެއް ދަރިވަރަކަށް ދެ ގޮފީގައި ބައިވެރި ނުވެވޭގޮތަށްވަނީ ނިންމާފައެވެ.

    މި މުބާރާތުގައި ބަލައިގެން ކިޔެވުމުގެ ގޮފިން 50 ދަރިވަރުން، ނުބަލައި ކިޔެވުމުގެ ގޮފިން 27 ދަރިވަރުން ޖުމްލަ 77 ދަރިވަރުން ބައިވެރި ވެފައި ވެއެވެ. މުބާރާތުގައި ބައިވެރިވެފައިވާ ސްކޫލް މަދަރުސާ ތަކަކީ؛

    01- ފ.އަތޮޅު މަދަރުސާ

    02- ފ.ބިލެއްދޫ ސްކޫލް

    3- ފ.މަގޫދޫ ސްކޫލް

    04- ފ.ދަރަނބދޫ ސްކޫލް

    05- ފ.އަތޮޅު ތަޢުލީމީ މަރުކަޒު

    މި މުބާރާތުގެ ނަތީޖާ ފާޅުކޮށްފައިވަނީ 2022 އޮކްޓޯބަރ 28 ވަނަ ދުވަހުގެރޭ ފ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތުގައި ފ. އަތޮޅު ކައުންސިލްގެ ރައީސް ޢަލީ މުޙައްމަދާއި، އަތޮޅު ކައުންސިލްގެ މެންބަރުންނާއި، ސްކޫލް މަދަރުސާތަކުގެ ޕްރިންސިޕަލުންނާއި، އިނާމު ލިބުނު ދަރިވަރުންނާއި އެދަރިވަރުންގެ ބެލެނިވެރިންނާއި، ނިލަންދޫގައިހުރި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިންނާއި، އަތޮޅުކައުންސިލްގެ ވެރިންނާއި މުވައްޒަފުން ބައިވެރިވެފައި ވެއެވެ.

    މި މުބާރާތުން އެއްވަނަ ހޯދާފައިވަނީ ފ.އަތޮޅު މަދަރުސާ ތަމްސީލުކުރި ޢާއިޝަތު ޔާނާ އަޙުމަދެވެ. ދެވަނައަށް ދެފަރާތެއް ހޮވިފައިވެއެވެ. އެއީ ފ. އަތޮޅު ތަޢުލީމީ މަރުކަޒު ތަމްސީލުކުރި ފާޠިމަތު އަމްނާ ޢަބްދުﷲ އާއި، ދަރަނބޫދޫ ސްކޫލް ތަމްސީލު ކުރި މިޝްކާ މޫސާއެވެ. ތިންވަނައަށް ތިންފަރާތެއް ހޮވިފައި ވެއެވެ. އެއީ ފ. އަތޮޅު ތަޢުލީމީ މަރުކަޒު ތަމްސީލު ކުރި ޒަހާ އިސްމާޢީލް ނަޞީރާއި، ފ. އަތޮޅު ތަޢުލީމީ މަރުކަޒު ތަމްސީލު ކުރި ރައްޔާ ޙާމިދާއި، ފ. އަތޮޅު ތަޢުލީމީ މަރުކަޒު ތަމްސީލު ކުރި މަރިޔަމް ނައުހާ ނަސީމެވެ.

    މި މުބާރާތުން އެއްވަނަ ސްކޫލަކަށް ހޮވިފައިވަނީ ފ. އަތޮޅު ތަޢުލީމީ މަރުކަޒެވެ. ދެވަނަ ސްކޫލަކަށް ހޮވިފައިވަނީ ފ. ބިލެއްދޫ ސްކޫލެވެ. ތިންވަނަ ސްކޫލަކަށް ހޮވިފައިވަނީ ފ. އަތޮޅު މަދަރުސާއެވެ. މި މުބާރާތުން 01 ވަނަހޯދި ސްކޫލަށް ދީފައިވަނީ -/10،000 ރުފިޔާއެވެ. ދެވަނަހޯދި ސްކޫލަށް ދީފައިވަނީ -/7،000 ރުފިޔާއެވެ. ތިންވަނަހޯދި ސްކޫލަށް ދީފައިވަނީ -/5،000 ރުފިޔާއެވެ. މި މުބާރާތުގައި މުބާރާތްބޭއްވި ރަށްނޫން އެހެން ރަށްރަށުން މުބާރާތުގައި ބައިވެރިވި ކޮންމެ ސްކޫލަކަށް ރަމްޒީ އެހީގެ ގޮތުގައި -/3،000 ރުފިޔާ ދީފައި ވެއެވެ.

    މި މުބާރާތުން 01 ވަނަހޯދި ދަރިވަރަށް ދީފައިވަނީ -/2،000 ރުފިޔާއެވެ. ދެވަނަހޯދި ދަރިވަރަށް ދީފައިވަނީ -/1،800 ރުފިޔާއެވެ. ތިންވަނަހޯދި ދަރިވަރަށް ދީފައިވަނީ -/1،500 ރުފިޔާއެވެ. މީގެ އިތުރުން މުބާރާތުގެ ހުރިހާ ކީ ސްޓޭޖް ތަކަކުން އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޯދި ދަރިވަރުންނަށްވެސް މުބާރާތުގެ އުޞޫލްގައިވާ ގޮތުގެމަތިން ފައިސާގެ އިނާމު ދީފައި ވެއެވެ.

    މި މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި ޤުރުއާން ކިޔެވުމުގެ 35 ވަނަ ޤައުމީ މުބާރާތުގައި ބަލައިގެންނާއި ނުބަލައި ކިޔެވުމުގެ ގޮފިން ހޮވިފައިވާ 22 ކުދިން އިޢުލާނު ކޮށްފައި ވެއެވެ. އެއީ ފ. އަތޮޅު ތަޢުލީމީ މަރުކަޒުން 13 ދަރިވަރުން، ފ. އަތޮޅު މަދަރުސާއިން 04 ދަރިވަރުން، ފ. ދަރަނބޫދޫ ސްކޫލުން 02 ދަރިވަރުން، ފ. ބިލެއްދޫ ސްކޫލުން 02 ދަރިވަރުން، ފ. މަގޫދޫ ސްކޫލުން 01 ދަރިވަރެވެ.

    ފ. އަތޮޅު ޤުރުއާން މުބާރާތް 2022 ގެ ނަތީޖާ

    ބަލައިގެން ކިޔެވުމުގެ ގޮފި

    ފައުންޑޭޝަން ސްޓޭޖް

    އެއްވަނަ: އެއްވަނައަށް އެއްވެސް ކުއްޖަކު ހޮވިފައެއް ނުވެއެވެ.

    ދެވަނަ: ސުންދުސް ބިންތި އަޙްމަދު ސުޖާޢު / ފ.މަގޫދޫ ސްކޫލް

    ތިންވަނަ: ތިންވަނައަށް އެއްވެސް ކުއްޖަކު ހޮވިފައެއް ނުވެއެވެ.

    ކީސްޓޭޖް 01

    އެއްވަނަ: މަޒާޔާ ޢަލީ އަޙްމަދު / ފ.އަތޮޅު ތަޢުލީމީ މަރުކަޒު

    ދެވަނަ: އަޒްޔަން އަޙްމަދު ޝާޠިރު / ފ.އަތޮޅު މަދަރުސާ

    ތިންވަނަ: ހިންދު އަޒުހީން / ފ.ބިލެއްދޫ ސްކޫލް

    ތިންވަނަ: އާމިނަތު އިލާފް ޢަބްދުﷲ / ފ.އަތޮޅު މަދަރުސާ

    ކީސްޓޭޖް 02

    އެއްވަނަ: ފާޠިމަތު އަމްނާ ޢަބްދުﷲ / ފ.އަތޮޅު ތަޢުލީމީ މަރުކަޒު

    ދެވަނަ: މަމަރުޔަމް އިފްޝާ އަޝްފާޤް / ފ.އަތޮޅު ތަޢުލީމީ މަރުކަޒު

    ތިންވަނަ: އައިޝަތު ރައުޝަން ރަމީޒު / ފ.ބިލެއްދޫ ސްކޫލް

    ކީސްޓޭޖް 03

    އެއްވަނަ: ޢާއިޝަތު ޔާނާ އަޙްމަދު / ފ.އަތޮޅު މަދަރުސާ

    ދެވަނަ: ޒަހާ އިސްމާޢީލް ނަޞީރު / ފ.އަތޮޅު ތަޢުލީމީ މަރުކަޒު

    ދެވަނަ: ރައްޔާ ޙާމިދު / ފ.އަތޮޅު ތަޢުލީމީ މަރުކަޒު

    ތިންވަނަ: ޢާއިޝަތު އަޒްވާ ޢަބްދުﷲ ނިޔާޒު / ފ.އަތޮޅު މަދަރުސާ

    ކީސްޓޭޖް 04

    އެއްވަނަ: މިޝްކާ މޫސާ / ފ.ދަރަނބޫދޫ ސްކޫލް

    ދެވަނަ: ޒަހީން ޢަބްދުﷲ ރަފީޢު / ފ.އަތޮޅު މަދަރުސާ

    ތިންވަނަ: ޝަމްހާން ޢަބްދުލް ޖަލީލު / ފ.އަތޮޅު ތަޢުލީމީ މަރުކަޒު

    ކީސްޓޭޖް 05

    އެއްވަނަ: ނަފްހާ މުޙައްމަދު ހަމްދީ / ފ.ބިލެއްދޫ ސްކޫލް

    ދެވަނަ: މުސްލިޙް މޫސާ / ފ.އަތޮޅު ތަޢުލީމީ މަރުކަޒު

    ތިންވަނަ: ތިންވަނައަށް އެއްވެސް ކުއްޖަކު ހޮވިފައެއް ނުވެއެވެ.

    ނުބަލައި ކިޔެވުމުގެ ގޮފި

    ފައުންޑޭޝަން ސްޓޭޖް

    އެއްވަނަ: އެއްވަނައަށް އެއްވެސް ކުއްޖަކު ހޮވިފައެއް ނުވެއެވެ.

    ދެވަނަ: ދެވަނައަށް އެއްވެސް ކުއްޖަކު ހޮވިފައެއް ނުވެއެވެ.

    ތިންވަނަ: ތިންވަނައަށް އެއްވެސް ކުއްޖަކު ހޮވިފައެއް ނުވެއެވެ.

    ކީސްޓޭޖް 01

    އެއްވަނަ: އައިރާ އަޙްމަދު / ފ.އަތޮޅު ތަޢުލީމީ މަރުކަޒު

    ދެވަނަ: މަޢާލް މޫސާ / ފ.ދަރަނބޫދޫ ސްކޫލް

    ތިންވަނަ: މައުމޫނު ޢަބްދުﷲ އަޙްމަދު / ފ.އަތޮޅު ތަޢުލީމީ މަރުކަޒު

    ކީސްޓޭޖް 02

    އެއްވަނަ: އާމިނަތު މަލްހާ ނަސީމު / ފ.އަތޮޅު ތަޢުލީމީ މަރުކަޒު

    ދެވަނަ: ޝިޔާ އަޙްމަދު ރަޝީދު / ފ.އަތޮޅު ތަޢުލީމީ މަރުކަޒު

    ތިންވަނަ: ނަފްޢާ އިބްރާހީމް ފަޒީލް / ފ.ބިލެއްދޫ ސްކޫލް

    ކީސްޓޭޖް 03

    އެއްވަނަ: ޝަޔާން އަޙްމަދު ރަޝީދު / ފ.އަތޮޅު ތަޢުލީމީ މަރުކަޒު

    ދެވަނަ: މަޒީނާ ޢަބްދުﷲ / ފ.އަތޮޅު ތަޢުލީމީ މަރުކަޒު

    ތިންވަނަ: ތިންވަނައަށް އެއްވެސް ކުއްޖަކު ހޮވިފައެއް ނުވެއެވެ.

    ކީސްޓޭޖް 04

    އެއްވަނަ: މަރްޔަމް ނައުހާ ނަސީމް / ފ.އަތޮޅު ތަޢުލީމީ މަރުކަޒު

    ދެވަނަ: އަމަތުﷲ ޢަބްދުﷲ އަޙްމަދު / ފ.އަތޮޅު ތަޢުލީމީ މަރުކަޒު

    ތިންވަނަ: ތިންވަނައަށް އެއްވެސް ކުއްޖަކު ހޮވިފައެއް ނުވެއެވެ.

    ކީސްޓޭޖް 05

    މި ކީސްޓޭޖުން ނުބަލައި ކިޔެވުމުގެ ގޮފިން އެއްވެސް ކުއްޖަކު ބައިވެރިވެފައެއް ނުވެއެވެ.

    ހުރިހާ ކީ ސްޓޭޖްތަކުން ބަލައިގެން ކިޔެވުމުގެ ގޮފި

    އެއްވަނަ: ޢާއިޝަތު ޔާނާ އަޙްމަދު / ފ.އަތޮޅު މަދަރުސާ

    ދެވަނަ: ފާޠިމަތު އަމްނާ ޢަބްދުﷲ / ފ.އަތޮޅު ތަޢުލީމީ މަރުކަޒު

    ދެވަނަ: މިޝްކާ މޫސާ / ފ.ދަރަނބޫދޫ ސްކޫލް

    ތިންވަނަ: ޒަހާ އިސްމާޢީލް ނަޞީރު / ފ.އަތޮޅު ތަޢުލީމީ މަރުކަޒު

    ތިންވަނަ: ރައްޔާ ޙާމިދު / ފ.އަތޮޅު ތަޢުލީމީ މަރުކަޒު

    ހުރިހާ ކީސޓޭޖްތަކުން (ނުބަލައި ކިޔެވުމުގެ ގޮފި)

    އެއްވަނަ: މަރްޔަމް ނައުހާ ނަސީމް / ފ.އަތޮޅު ތަޢުލީމީ މަރުކަޒު

    ދެވަނަ: އާމިނަތު މަލްހާ ނަސީމް / ފ.އަތޮޅު ތަޢުލީމީ މަރުކަޒު

    ތިންވަނަ: ޝިޔާ އަޙްމަދު ރަޝީދު / ފ.އަތޮޅު ތަޢުލީމީ މަރުކަޒު

    ތިންވަނަ: ޝަޔާން އަޙްމަދު ރަޝީދު / ފ.އަތޮޅު ތަޢުލީމީ މަރުކަޒު

    ހުރިހާ ކީސޓޭޖްތަކުން މުބާރާތުގެ 02 ގޮފިން

    އެއްވަނަ: ޢާއިޝަތު ޔާނާ އަޙްމަދު / ފ.އަތޮޅު މަދަރުސާ

    ދެވަނަ: ފާޠިމަތު އަމްނާ ޢަބްދުﷲ / ފ.އަތޮޅު ތަޢުލީމީ މަރުކަޒު

    ދެވަނަ: މިޝްކާ މޫސާ / ފ.ދަރަނބޫދޫ ސްކޫލް

    ތިންވަނަ: ޒަހާ އިސްމާޢީލް ނަޞީރު / ފ.އަތޮޅު ތަޢުލީމީ މަރުކަޒު

    ތިންވަނަ: ރައްޔާ ޙާމިދު / ފ.އަތޮޅު ތަޢުލީމީ މަރުކަޒު

    ތިންވަނަ: މަރްޔަމް ނައުހާ ނަސީމް / ފ.އަތޮޅު ތަޢުލީމީ މަރުކަޒު

    ހުރިހާ ކީސްޓޭޖް ތަކުން ސްކޫލް ތަކުގެބައި (ބަލައިގެން ކިޔެވުމުގެ ގޮފި)

    އެއްވަނަ ސްކޫލް: ފ.އަތޮޅު ތަޢުލީމީ މަރުކަޒު

    ދެވަނަ ސްކޫލް: ފ.ބިލެއްދޫ ސްކޫލް

    ތިންވަނަ ސްކޫލް: ފ.އަތޮޅު މަދަރުސާ

    ހުރިހާ ކީސްޓޭޖް ތަކުން ސްކޫލް ތަކުގެބައި (ނުބަލައި ކިޔެވުމުގެ ގޮފި)

    އެއްވަނަ ސްކޫލް: ފ.އަތޮޅު ތަޢުލީމީ މަރުކަޒު

    ދެވަނަ ސްކޫލް: ފ.ބިލެއްދޫ ސްކޫލް

    ތިންވަނަ ސްކޫލް: ފ.އަތޮޅު މަދަރުސާ

    ހުރިހާ ގޮތަކުން އެންމެމޮޅު ސްކޫލް

    އެއްވަނަ: ފ.އަތޮޅު ތަޢުލީމީ މަރުކަޒު

    ދެވަނަ: ފ.ބިލެއްދޫ ސްކޫލް

    ތިންވަނަ : ފ.އަތޮޅު މަދަރުސާ

    ޤުރުއާން ކިޔެވުމުގެ 35 ވަނަ ޤައުމީ މުބާރާތުގައި މިއަތޮޅުން ބައިވެރިކުރި 22 ދަރިވަރުންގެ ތެރެއިން ވަނައެއް ލިބިފައިވަނީ ހަމައެކަނި ފ. އަތޮޅު ތަޢުލީމީ މަރުކަތުގެ ދަރިވަރު ފ. ނިލަންދޫ މަލާޒު މުސްލިޙް މޫސާއަށެވެ. މުސްލިޙް މޫސާއަށް ލިބިފައިވަނީ ކީ ސްޓޭޖް 05 އިން ބަލައިގެން ކިޔެވުމުގެ ގޮފިން 03 ވަނައެވެ.

    މުސްލިޙް މޫސާ ހޯދި ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން 2023 މާރިޗު 01 ވަނަ ދުވަހު ފ. އަތޮޅު ކައުންސިލްގެ އިދާރާގައި ޙަފްލާއެއް ބާއްވާފައި ވެއެވެ. މި ޙަފްލާގައި މުސްލިޙް މޫސާއާއި އޭނާގެ މައިންބަފައިންނާއި އަތޮޅު ކައުންސިލް އިދާރާގެ ވެރިންނާއި މުވައްޒަފުން ބައިވެރިވެފައި ވެއެވެ. މުސްލިޙް މުސާ ވަނަ ހޯދުމާ ގުޅިގެން ދޭންޖެހޭ -/1500 ރުފިޔާ މުސްލިޙް މޫސާއަށް ދީފައި ވެއެވެ.

    ފ. އަތޮޅު ޤުރުއާން މުބާރާތް 2022 ގެ ބައެއް ފޮޓޯތައް


    ޕޯސްޓަރ ކުރެހުމުގެ މުބާރާތް 2022

    ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަތޮޅުގެ ސްކޫލް މަދަރުސާ ތަކަށް ހުޅުވާލައިގެން 2022 ޖޫން 05 ވަނަ ދުވަހު ޕޯސްޓަރ ކުރެހުމުގެ މުބާރާތެއް ބާއްވާފައި ވެއެވެ. މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ މުބާރާތް ކުރިއަށް ގެންދިއުމަށް އަތޮޅު ކައުންސިލުން ކަނޑައަޅާފައިވާ ގައިޑްލައިނާ އެއްގޮތަށް ކޮންމެ ސްކޫލެއް ވަކިންނެވެ. ހުރިހާ ޢުމުރުފުރާ ތަކަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ މި މުބާރާތުގައި ސްކޫލް މަދަރުސާތަކުން 593 ދަރިވަރުން ބައިވެރިވެ ކޮންމެ ދަރިވަރަކު ވެސް ދުވާހާގުޅޭ ޕޯސްޓަރެއް ކުރަހާފައި ވެއެވެ.

    މި މުބާރާތުގެ ނަތީޖާ ފާޅުކޮށްފައިވަނީ މިއަތޮޅު ނިލަންދޫގައި ބޭއްވި 2022 ވަނައަހަރުގެ ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް 28 އޮކްޓޯބަރ 2022 ދުވަހުގެރޭ ފ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތުގައި ވަނަވަނައަށް ދިޔަ ދަރިވަރުންނަށާއި، ސްކޫލްތަކަށް ފައިސާގެ އިނާމާއި ތައްޓާއި ހަނދާނީ ލިއުން ޙަވާލު ކޮށްފައި ވެއެވެ.

    ޕޯސްޓަރ ކުރެހުމުގެ މުބާރާތުން އެއްވަނަ ދަރިވަރަކަށް ހޮވިފައިވަނީ ފ. އަތޮޅު މަދަރުސާގެ ދަރިވަރު ޢާއިޝަތު ޔާޝާ ޢާތިފެވެ. ދެވަނަ ދަރިވަރަކަށް ހޮވިފައިވަނީ ފ. މަގޫދޫ ސްކޫލްގެ ދަރިވަރު އައިނީ އިބްރާހީމް ނާޞިރެވެ. ތިންވަނަ ދަރިވަރަކަށް ހޮވިފައިވަނީ ފ. އަތޮޅު މަދަރުސާގެ ދަރިވަރު ޚަލަފް އަޙްމަދު ފާރިޝް އެވެ. މި މުބާރާތުން އެއްވަނަ ހޯދި ދަރިވަރަށް އަތޮޅު ކައުންސިލުން ދީފައިވަނީ -/500 ރުފިޔާއެވެ. ދެވަނަ ހޯދި ދަރިވަރަށް ދީފައިވަނީ -/300 ރުފިޔާއެވެ. ތިންވަނަ ހޯދި ދަރިވަރަށް ދީފައިވަނީ -/200 ރުފިޔާއެވެ.

    މި މުބާރާތުން އެއްވަނަ ސްކޫލަކަށް ހޮވިފައިވަނީ ފ. އަތޮޅު މަދަރުސާއެވެ. ދެވަނަ ސްކޫލަކަށް ހޮވިފައިވަނީ ފ. ބިލެއްދޫ ސްކޫލެވެ. ތިންވަނަ ސްކޫލަކަށް ހޮވިފައިވަނީ ފ. އަތޮޅު ތަޢުލީމީ މަރުކަޒެވެ. އެއްވަނަ ހޯދި ސްކޫލަށް ދީފައިވަނީ -/2،000 ރުފިޔާއެވެ. ދެވަނަ ހޯދި ސްކޫލަށް ދީފައިވަނީ -/1،000 ރުފިޔާއެވެ. ތިންވަނަ ހޯދި ސްކޫލަށް ދީފައިވަނީ -/500 ރުފިޔާއެވެ.

    ޕޯސްޓަރ ކުރެހުމުގެ މުބާރާތް 2022 ގެ ބައެއް ފޮޓޯތައް

    ރާއްޖެ އެޓޯލް ވޮލީބޯލް ޗެންޕިއަންޝިޕް މުބާރާތް 2022

    ދިވެހިރާއްޖޭގެ ކޮންމެ އަތޮޅެއްގައި އެ އަތޮޅުގެ ރަށްރަށަށް ހުޅުވާލައިގެން 2022 ވަނައަހަރު ވޮލީ މުބާރާތެއް ބޭއްވުމަށް ސަރުކާރުން ނިންމަވައި މި މުބާރާތް ބޭއްވުމަށް -/100،000 ރުފިޔާގެ ބަޖެޓެއް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ދެއްވައި، "ރާއްޖެ އެޓޯލް ވޮލީބޯލް ޗެންޕިއަންޝިޕް 2022 ގެ ފ.އަތޮޅު މުބާރާތް" މި ނަމުގައި މިއަތޮޅުގައި ބާއްވަންޖެހޭ މުބާރާތް އަތޮޅުކައުންސިލުން އިންތިޒާމްކޮށްގެން ބޭއްވުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމެންޓުން އަތޮޅުކައުންސިލާއި ޙަވާލުކުރިއެވެ.

    މި މުބާރާތް މިއަތޮޅުގައި ބޭއްވުމަށް އަތޮޅުކައުންސިލުން ނިންމައި، މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ދެ ޖިންސަށް ހުޅުވާލުމުން މިއަތޮޅުގެ ހުރިހާ ރަށަކުންވެސް ފިރިހެން ޑިވިޜަންގެ ޓީމަކާއި އަންހެން ޑިވިޜަންގެ ޓީމެއް ހިމެނޭގޮތަށް ޖުމްލަ 10 ޓީމު ބައިވެރިވެފައި ވެއެވެ. ޓީމުތައް ބައިވެރި ކޮށްފައިވަނީ ކޮންމެ ރަށެއްގައި ހިމެނޭ ރެޖިސްޓްރީ ޖަމްޢިއްޔާއެއްގެ ނަމުގައެވެ. ޖަމްޢިއްޔާގެ ނަމުގައި ޓީމުތައް ބައިވެރިކުރީ ޓީމުތައް ބައިވެރި ކުރެވޭނީ އެރަށެއްގެ ރަޖިސްޓްރީ ޖަމްޢިއްޔާއެއްގެ ނަމުގައިކަން މި މުބާރާތުގެ ޤަވާޢިދުގައި ބަޔާންކޮށްފައި އޮތުމުންނެވެ.

    "ރާއްޖެ އެޓޯލް ވޮލީބޯލް ޗެންޕިއަންޝިޕް 2022 ގެ ފ. އަތޮޅު މުބާރާތް" ބާއްވާފައިވަނީ 2022 މާރިޗު 11 އިން 22 އަށް މިއަތޮޅު މަގޫދޫގައެވެ. މުބާރާތުގެ ހުރިހާ މެޗްތަކެއް ކުޅެފައިވަނީ މަގޫދޫ ވޮލީކޯޓުގައެވެ. މި މުބާރާތް މަގޫދޫގައި ބާއްވާފައިވަނީ މުބާރާތް ހޯސްޓް ކުރުމަށް ހުޅުވާލި ފުރުޞަތުގައި އެންމެ ރަގަނޅު ޕްރޮޕޯސަލެއް ހުށަހަޅާފައިވަނީ މަގޫދޫ ކައުންސިލުންކަމަށްވާތީ، މަގޫދޫގައި މި މުބާރާތް ބޭއްވުމަށް އަތޮޅުކައުންސިލުން ނިންމެވުމުންނެވެ. މި މުބާރާތުގެ އިންތިޒާމްތައް ހަމަޖެއްސުމަށް މުބާރާތް ހޯސްޓްކުރާ ރަށަކަށް ދިނުމަށް އަތޮޅުކައުންސިލުން ނިންމާފައިވަނީ -/20،000 ރުފިޔާއެވެ. މިފައިސާ މުބާރާތް ފެށުމުގެ ކުރިން މަގޫދޫ ކައުންސިލާއި ޙަވާލު ކުރެވިފައި ވެއެވެ.

    މި މުބާރާތް ފެށުމުގެ ރަސްމިއްޔާތު އޮތީ 2023 މާރިޗު 11 ވަނަ ދުވަހުގެރޭ 20.30 ގައި މަގޫދޫ ވޮލީކޯޓުގައެވެ. މިއަތޮޅުގެ ކޮންމެ ރަށަކުންވެސް އަންހެން ވޮލީޓީމަކާއި، ފިރިހެން ވޮލީޓީމެއް ހިމެނޭގޮތަށް ޖުމްލަ 10 ޓީމު ވާދަކުރާ މި މުބާރާތް ހުޅުވާ ދެއްވައި، މުބަރާތުގެ ފުރަތަމަ މެޗު ޝަރަފްވެރި ކޮށްދެއްވީ މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމެންޓް އޮނަރަބްލް އަޙްމަދު މަޙްލޫފެވެ. މި ރަސްމިއްޔާތުގައި ވޮލީބޯލް އެސޯސިއޭޝަންގެ އިސް ބޭފުޅުންގެ އިތުރުން އަތޮޅުކައުންސިލްގެ ރައީސް ޢަލީ މުޙައްމަދާއި، އަތޮޅު ކައުންސިލްގެ މެންބަރުންނާއި، އަތޮޅުކައުންސިލްގެ އިސްވެރިންނާއި މަގޫދޫގެ ދާއިރާތަކުގެ ވެރިން ބައިވެރިވެފައި ވެއެވެ.

    ކޮންމެ އަތޮޅެއްގައި ބޭއްވުމަށް ސަރުކާރުން ހަމަޖެއްސެވި "ރާއްޖެ އެޓޯލް ވޮލީބޯލް ޗެންޕިއަންޝިޕް މުބާރާތް" އެންމެ ފުރަތަމަ ބާއްވާފައިވަނީ މިއަތޮޅުގައެވެ. މަގޫދޫގައި ކުރިއަށްގެންދިޔަ މި މުބާރާތުގެ ހުރިހާ މެޗުތަކެއް މަގޫދޫ ކައުންސިލުން ވަގުތުން ލައިވްކޮށްފައި ވެއެވެ. މި މުބާރާތަކީ އަތޮޅުފެންވަރުގައި ކުރިއަށްގެންދިޔަ މުބާރާތްތަކުގެ ތެރެއިން މުބާރާތް ހިނގަމުންދާގޮތް ވަގުތުން ފުރަތަމަ ފަހަރަށް ގެނެސްދީފައިވާ މުބާރާތެވެ.

    ރާއްޖެ އެޓޯލް ވޮލީބޯލް ޗެންޕިއަންޝިޕް މުބާރާތުގެ ފިރިހެން ޑިވިޜަންގެ ޗެންޕިއަންކަން ހޯދީ ބިލެއްދޫ ރައިސިން ސްޓަރސް ސްޕޯރޓްސް އެކަޑަމީ ޓީމުންނެވެ. ރަނަރަޕަކީ މަގޫދޫ ޒުވާނުންގެ ކްލަބުގެ ޓީމެވެ. އަންހެން ޑިވިޜަންގެ ޗެންޕިއަންކަން ހޯދީ މަގޫދޫ ޒުވާނުންގެ ކްލަބުގެ ޓީމެވެ. ރަނަރަޕަކީ ދަރަނބޫދޫ ޕާޕަލް ޕަވަރ ޕާލްސް ޓީމެވެ. ފިރިހެން ޑިވިޜަންގެ ފެއަރ ޕްލޭ ޓީމަކީ ފ.ދަރަނބޫދޫ ޕާޕަލް ޕަވަރ ޕާލްސް ޓީމެވެ. އަންހެން ޑިވިޜަންގެ ފެއަރ ޕްލޭޓީމަކީ ފ.ނިލަންދޫ ސްޕޯރޓްސް ކުލަބްގެ ޓީމެވެ. މި މުބާރާތަށް އަތޮޅުކައުންސިލުން ހުށަހަޅާފައިވާ ފައިސާގެ އިނާމަކީ ކޮންމެ ޑިވިޜަނެއްގެ ޗެންޕިއަންޓީމަށް -/12،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް -/5،000 ރުފިޔާއެވެ.

    ރާއްޖެ އެޓޯލް ވޮލީބޯލް ޗެންޕިއަންޝިޕް މުބާރާތުގެ ބައެއް ފޮޓޯތައް


    ފ. އަތޮޅު ޤުރުއާން މުބާރާތް 2021

    2021 ވަނަ އަހަރުގެ ޤުރުއާން މުބާރާތް ބޭއްވުމަށް އަތޮޅުކައުންސިލުން ކަނޑައަޅާފައިވާ ރަށަކީ މިއަތޮޅު ނިލަންދޫއެވެ. ކޮވިޑްގެ ޙާލަތާ ގުޅިގެން މީހުން އެއްތަނަކަށް އެއްވެ އުޅުމަކީ ރައްކާތެރި ކަމަކަށް ނުވާތީ އެހެން އަހަރުތަކުގައި ޤުރުއާން މުބާރާތް ބާއްވާގޮތަށް މިއަހަރުގެ މުބާރާތް ކުރިއަށް ގެންދެވިފައެއް ނުވެއެވެ. ނަމަވެސް މާލޭގައި ބޭއްވި ޤައުމީ ޤުރުއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތަށް މިއަތޮޅުގެ ސްކޫލް މަދަރުސާ ތަކުން ކުދިންނެގުމަށް ރަށްރަށަށް ދަތުރުކޮށްގެން ކުދިންގެ ކިޔެވުން ކުރިއަށް ގެންދެވިފައި ވެއެވެ.

    މިއަހަރުގެ ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތުގައި ދަރިވަރުން ބައިވެރި ކުރަންޖެހެނީ އަތޮޅު ކައުންސިލްގެ ނަމުގައި ކަމަށްވެފައި ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތުގައި ސްކޫލްތަކުގެ ދަރިވަރުން ފިޔަވައި އެހެން ފަރާތެއް ބައިވެރި ނުކުރާގޮތަށް އޮތުމުން އެ މުބާރާތަށް ކުދިން ނަގާފައިވަނީ ސްކޫލް މަދަރުސާ ތަކުންނެވެ. މުބާރާތަށް ކުދިން ނަގާފައިވަނީ މާލެއިން 03 ފަޑިޔާރުން ގެނެސްގެން މުބާރާތުގެ ޤަވާޢިދާ އެއްގޮތަށެވެ.

    ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތަށް ބަލައިގެން ކިޔެވުމުގެ ގޮފިން ހޮވުނު ދަރިވަރުންގެ ޤުރުއާން ކިޔެވުން މާލެއަށް ފޮނުވަން ޖެހުނީ ކުދިންގެ ޤުރުއާން ކިޔެވުން ރެކޯޑް ކޮށްފައެވެ. ނުބަލައި ކިޔެވުމުގެ ގޮފިން ހޮވުނު ދަރިވަރުންގެ ކިޔެވުން ކުރިއަށް ގެންދިޔައީ އޮންލައިން ކޮށެވެ. ޤައުމީ މުބާރާތުގައި މިއަތޮޅުގެ ހުރިހާ ސްކޫލްތަކުން 30 ކުދިން ވާދަކޮށްފައި ވެއެވެ.

    މި މުބާރާތުގެ ބަލައިގެންނާއި ނުބަލައި ކިޔެވުމުގެ ގޮފީގެ ޢުމުރުފުރާ ތަކަކީ 6 އަހަރުންދަށް، 9 އަހަރުންދަށް، 12 އަހަރުންދަށް، 15 އަހަރުންދަށް، 18 އަހަރުންދަށް އަދި 18 އަހަރުންމައްޗެވެ. މި މުބާރާތުގައި ބައިވެރިވެފައިވާ ސްކޫލް މަދަރުސާ ތަކަކީ؛

    01- ފ.އަތޮޅު މަދަރުސާ

    02- ފ.ބިލެއްދޫ ސްކޫލް

    3- ފ.މަގޫދޫ ސްކޫލް

    04- ފ.ދަރަނބދޫ ސްކޫލް

    05- ފ.އަތޮޅު ތަޢުލީމީ މަރުކަޒު

    މި މުބާރާތުގެ ނަތީޖާ ފާޅުކޮށް އިނާމު ދިނުމަށް 16 މާރިޗް 2022 ދުވަހުގެރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި މިއަތޮޅުން ބައިވެރިކުރި މިއަތޮޅުގެ ސްކޫލް ތަކުގެ ދަރިވަރުންގެ ތެރެއިން 04 ދަރިވަރަކަށް މުބާރާތުގެ ވަނަތައް ލިބިފައި ވެއެވެ. މީގެ އިތުރުން މުބާރާތުގައި ބައިވެރިވި އަތޮޅުކައުންސިލް ތަކުގެ ބައިންނާއި، މުބާރާތުގައި ބައިވެރިވި ހުރިހާ މުވައްސަސާތަކުގެ ބައިން ފަޚްރުވެރި 01 ވަނަ މިއަތޮޅު އަތޮޅުކައުންސިލަށް ލިބިފައިވެއެވެ.

    މި މުބާރާތުގައި އަތޮޅުކައުންސިލް ތަކުގެ ބައިން 15 އަހަރުން ދަށުން ނުބަލައި ކިޔެވުމުން 01 ވަނަ ހޯދާފައިވަނީ ފ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރު ފ.ނިލަންދޫ ފިނިފެންމާގޭ މަރްޔަމް ނައުހާ ނަސީމެވެ. އަތޮޅުކައުންސިލް ތަކުގެ ބައިން 15 އަހަރުން ދަށުން ނުބަލައި ކިޔެވުމުން 03 ވަނަ ހޯދާފައިވަނީ ފ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރު ފ.ނިލަންދޫ ހިޔާ އަމަތުﷲ ޢަބްދުﷲ އަޙްމަދެވެ.

    އަތޮޅުކައުންސިލް ތަކުގެ ބައިން 12 އަހަރުން ދަށުން ނުބަލައި ކިޔެވުމުން 02 ވަނަ ހޯދާފައިވަނީ ފ.އަތޮޅު މަދަރުސާގެ ދަރިވަރު ފ.ފީއަލީ ޖަވާހިރުމާގޭ ރިވާ ޖަލީލުއެވެ. އަތޮޅުކައުންސިލް ތަކުގެ ބައިން 15 އަހަރުން ދަށުން ބަލައިގެން ކިޔެވުމުން 02 ވަނަ ހޯދާފައިވަނީ ފ.އަތޮޅު މަދަރުސާގެ ދަރިވަރު ފ.ފީއަލީ ނަދީލާ މަންޒިލް ޢާއިޝަތު ޔާނާ އަޙްމަދެވެ.

    އަތޮޅުކައުންސިލް ތަކުގެ ބައިން މުޅި މުބާރާތުން ނުބަލައި ކިޔެވުމުން 02 ވަނަ ފ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރު ފ.ނިލަންދޫ ފިނިފެންމާގޭ މަރްޔަމް ނައުހާ ނަސީމް ހޯދާފައިވާއިރު، އަތޮޅުކައުންސިލް ތަކުގެ ބައިން މުޅި މުބާރާތުން ބަލައިގެން ކިޔެވުމުން 03 ވަނަ ފ.އަތޮޅު މަދަރުސާގެ ދަރިވަރު ފ.ފީއަލީ ނަދީލާ މަންޒިލް ޢާއިޝަތު ޔާނާ އަޙްމަދު ހޯދާފައި ވެއެވެ.

    ކީރިތި ޤުރުއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތުގައި ނިލަންދެ އަތޮޅު އުތުރުބުރީ އަތޮޅުކައުންސިލަށް ރައީސުލް ޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމާއި ޙަވާލުވެލެއްވީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގެ ސެކްރެޓަރީ ޖެނެރަލް އަޙްމަދު އިބްރާހީމެވެ.

    ޤުރުއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތުގައި ފަޚްރުވެރި ވަނަތަކެއް ހޯދާފައިވާތީ ވަނަތައް ހޯދި ދަރިވަރުން މާލެއިން ރަށަށްއައި ދުވަސްކަމަށްވާ 17 މާރިޗު 2022 ދުވަހު ނިލަންދޫ އިރުމަތީ ބަނދަރު ސަރަޙައްދުގައި އެ ދަރިވަރުންނަށް ވަރަށްހޫނު މަރުޙަބާއެއް ކިޔާފައި ވެއެވެ. ފ. އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ނިލަންދޫގައިހުރި ސަރުކާރުގެ މުވައްސަސާތަކާ ގުޅިގެން ކުރިއަށް ގެންދިޔަ މި ޙަރަކާތުގައި މުވައްސަސާތަކުގެ ވެރިންނާއި މުވައްޒަފުންނާއި ނިލަންދޫގެ ގިނަ ޢަދަދެއްގެ ރައްޔިތުން ބައިވެރިވެފައި ވެއެވެ.

    ޤުރުއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތުން ލިބުނު ކާމިޔާބީއާއި، މުބާރާތުގައި ބައިވެރިވި ދަރިވަރުން ކޮށްދެއްވި މަސައްކަތްތަކާއި އަދި މިއަތޮޅުގެ ސްކޫލްތަކުން ކޮށްދެއްވި މަސައްކަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން 24 މާރިޗް 2022 ދުވަހުގެރޭ ފ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ޚާއްޞަ ޙަފްލާއެއް ބާއްވާފައި ވެއެވެ. މި ޙަފްލާ ޝަރަފްވެރި ކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިސްލާމިކް އެފެއާރޒް އަދި ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ވެރިޔާ އައްޝައިޚް އިލްޔާސް ޖަމާލެވެ. މި ޙަފްލާގައި މުބާރާތުގައި ބައިވެރިވި ހުރިހާ ދަރިވަރުންނާއި އެދަރިވަރުންގެ ބެލެނިވެރިންނާއި، ފ. އަތޮޅު ކައުންސިލްގެ ރައީސާއި، މެންބަރުންނާއި ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި ނިލަންދޫގައިހުރި ސަރުކާރުގެ މުވައްސަސާތަކުގެ އިސްވެރިންގެ އިތުރުން އަތޮޅު ކައުންސިލްގެ ވެރިންނާއި މުވައްޒަފުން ބައިވެރިވެފައި ވެއެވެ.

    މި ޙަފްލާގައި ޤުރުއާން މުބާރާތުން ވަނަތައް ހޯދި 04 ދަރިވަރުންނަށް ހަދާނީ ފިލައާއި ފައިސާގެ އިނާމު ދިނުމުގެ އިތުރުން މުބާރާތުގައި ބައިވެރިވި ކޮންމެ ދަރިވަރަކަށްވެސް ހަދާނީ ލިއުމާއި ފައިސާގެ އިނާމު ދިނުމާއި، ސްކޫލްތަކަށް ހަނދާނީ ފިލައި ޙަވާލުކޮށްފައި ވެއެވެ. ވަނަތައް ހޯދި 04 ކުދިންކުރެ ކޮންމެ ކުއްޖަކަށް ދީފައިވަނީ -/1500 ރުފިޔާއެވެ. ބާކީތިބި 26 ކުދިންނަށް ދީފައިވަނީ -/1000 ރުފިޔާއެވެ.

    ފ. އަތޮޅު ޤުރުއާން މުބާރާތް 2021 ގެ ބައެއް ފޮޓޯތައް


    ފ. އަތޮޅު ޤުރުއާން މުބާރާތް 2020

    މުޅިދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން ދިޔަ ކޮވިޑްގެ ބަލިމަޑުކަން ދިވެހި ރާއްޖެއަށްވެސް ފެތުރިފައި ވުމުން މީހުން އެއްތަނަކަށް އެއްވެ އުޅުމަކީ ރައްކާތެރި ކަމަކަށް ނުވާތީ 2020 ވަނަ އަހަރު އަތޮޅު ޤުރުއާން މުބާރާތް ބާއްވާފައެއް ނުވެއެވެ.

    ފ. އަތޮޅު ޤުރުއާން މުބާރާތް 2019

    2019 ވަނަ އަހަރުގެ ޤުރުއާން މުބާރާތް ބޭއްވުމަށް އަތޮޅުކައުންސިލުން ކަނޑައަޅާފައިވާ ރަށަކީ މިއަތޮޅު ދަރަނބޫދޫއެވެ. މި މުބާރާތް ދަރަނބޫދޫގައި ފަށާފައިވަނީ 18 އެޕްރީލް 2019 ގައެވެ. ނިންމާފައިވަނީ 20 އެޕްރީލް 2019 ގައެވެ.

    މި މުބާރާތާއި ގުޅިގެން ރަށުފެންވަރުގައި ހަމަޖައްސަންޖެހޭ އިންތިޒާމްތައް ހަމަޖައްސާފައިވަނީ ދަރަނބޫދޫ ކައުންސިލުންނެވެ. މުބާރާތާގުޅޭ އިންތިޒާމްތައް ހަމަޖެއްސުމަށް -/10،000 ރުފިޔާ، މުބާރާތް ފެށުމުގެ ކުރިން ދަރަނބޫދޫ ކައުންސިލާއި ޙަވާލު ކުރެވިފައި ވެއެވެ.

    މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ފ. ދަރަނބޫދޫ ދަނބުފަށުވިގޭ ޒުބައިރު މުޙައްމަދެވެ. މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ފ. ނިލަންދޫ ޕޮލިސްސްޓޭޝަންގެ ޗީފްސްޓޭޝަން އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޝަފީޢު އެވެ.

    މިއަހަރުގެ މުބާރާތުގައި ފ.އަތޮޅުގެ 05 ސްކޫލުންނާއި 06 ޖަމްޢިއްޔާއަކުން ޖުމްލަ 176 ފަރާތަކުން ބައިވެރި ވެފައި ވެއެވެ. މިއީ އަތޮޅު ޤުރުއާން މުބާރާތް ބާއްވަން ފެށިފަހުން މިހާތަނަށް އެންމެގިނަ ޓީމުތަކުން ވާދަކުރި އަދި އެންމެ ގިނަމީހުންނާއި ކުދިން ބައިވެރިވި ޤުރުއާން މުބާރާތެވެ. މިއަހަރުގެ މުބާރާތުގައި ބައިވެރިވި ފަރާތްތަކަކީ؛

    01- ފ.އަތޮޅު މަދަރުސާ

    02- ފ.ބިލެއްދޫ ސްކޫލް

    3- ފ.ބިލެއްދޫ ލާރނިންގ ސެންޓަރ

    04- ފ.ބިލެއްދޫ ނާރެސް ޖަމްޢިއްޔާ

    05- ފ.މަގޫދޫ ސްކޫލް

    06- ފ.ދަރަނބޫދޫ ސްކޫލް

    07- ފ.އަތޮޅު ތަޢުލީމީ މަރުކަޒު

    08- ފ.ނިލަންދޫ ޑޭލައިޓް ކުލަބު

    09- ފ.ނިލަންދޫ ޖަމްޢިއްޔަތުއް ޝަބާބު

    10- ފ.ނިލަންދޫ ސްޕޯޓްސް ކުލަބު

    11- ފ.ނިލަންދޫ ޔަންގު ޖަނަރޭޝަން

    މިއަހަރުގެ މުބާރާތުގައި ބައެއް އުމުރުފުރާތައް އިތުރުކޮށް 04 އުމުރު ފުރައަކުން މުބާރާތުގައި ވާދަކުރާގޮތަށް ހަމަޖައްސާފައި ވެއެވެ. އެއީ 06 އަހަރުންދަށް، 09 އަހަރުންދަށް، 12 އަހަރުންދަށް އަދި 16 އަހަރުންދަށެވެ. މިއަހަރު މާލޭގައި ބާއްވާ ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތަށް ހޮވަންޖެހޭ ފަރާތްތައްވެސް މި މުބާރާތުގެ ތެރެއިން ހޮވިފައި ވެއެވެ.

    މި މުބާރާތުގެ ނަތީޖާ ފާޅުކޮށްފައިވަނީ 2019 އެޕްރީލް 20 ވަނަ ދުވަހުގެރޭ ފ. ދަރަނބުދޫ ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތުގައި ފ. އަތޮޅު ކައުންސިލްގެ ރައީސް ޢުމަރު ޒާހިރާއި އަތޮޅު ކައުންސިލްގެ މެންބަރުންނާއި، ސްކޫލް މަދަރުސާތަކުގެ ޕްރިންސިޕަލުންނާއި، އިނާމު ލިބުނު ދަރިވަރުންނާއި އެދަރިވަރުންގެ ބެލެނިވެރިންނާއި، ދަރަނބޫދޫގައި ހުރި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިންނާއި، އަތޮޅުކައުންސިލްގެ ވެރިންނާއި މުވައްޒަފުން ބައިވެރިވެފައި ވެއެވެ.

    މި މުބާރާތުން އެއްވަނަ ހޯދާފައިވަނީ ފ.އަތޮޅު މަދަރުސާ ތަމްސީލުކުރި ފ.ފީއަލީ ނަދީލާ މަންޒިލް ޢާއިޝަތު ޔާނާ އަޙުމަދެވެ. ދެވަނަ ހޯދާފައިވަނީ ފ.ނިލަންދޫ ޑޭލައިޓު ކުލަބު ތަމްސީލުކުރި ފ.ނިލަންދޫ ދޮންފަތްބަގީޗާގޭ ޖިޢާން ޢަބުދުލްމަޖީދެވެ. ތިންވަނަ ހޯދާފައިވަނީ ފ.އަތޮޅު މަދަރުސާ ތަމްސީލުކުރި ފ.ފީއަލީ ޖަވާހިރުމާގޭ ރިވާ ޖަލީލެވެ.

    މި މުބާރާތުގައި ވާދަކުރި 11 ޓީމުގެ ތެރެއިން އެއްވަނަ ޓީމަކަށް ހޮވިފައިވަނީ ފ.ބިލެއްދޫ ނާރެސް ޖަމްޢިއްޔާއެވެ. ދެވަނަ ޓީމަކަށް ހޮވިފައިވަނީ ފ.އަތޮޅު ތަޢުލީމީ މަރުކަޒެވެ. ތިންވަނަ ޓީމަކަށް ހޮވިފައިވަނީ ފ.ނިލަންދޫ ޑޭލައިޓް ކުލަބެވެ.

    މި މުބާރާތުގައި މުބާރާތްބޭއްވި ރަށްނޫން އެހެން ރަށްރަށުން މުބާރާތުގައި ބައިވެރިވި ކޮންމެ ޓީމަކަށް ރަމްޒީ އެހީގެ ގޮތުގައި -/2000 ރުފިޔާ ދީފައި ވެއެވެ. މި މުބާރާތުން 01 ވަނަހޯދި ޓީމަށް ދީފައިވަނީ -/5000 ރުފިޔާއެވެ. ދެވަނަ ޓީމަށް -/3000 ރުފިޔާއެވެ. ތިންވަނަ ޓީމަށް -/2000 ރުފިޔާއެވެ. މުޅި މުބާރާތުން 01 ވަނަހޯދި ދަރިވަރަށް ދީފައިވަނީ -/1800 ރުފިޔާއެވެ. ދެވަނަހޯދި ދަރިވަރަށް ދީފައިވަނީ -/1500 ރުފިޔާއެވެ. ތިންވަނަހޯދި ދަރިވަރަށް ދީފައިވަނީ -/1200 ރުފިޔާއެވެ. މުބާރާތުގެ ހުރިހާ އުމުރުފުރާ ތަކަށްވެސް ފައިސާގެ އިނާމު ދީފައި ވެއެވެ.

    30 ވަނަ ފޮތުން ބަލައިގެން ކިޔެވުމުގެބައި (06 އަހަރުންދަށް)

    އެއްވަނަ: އެއްވަނައަށް އެއްވެސް ކުއްޖަކު ހޮވިފައެއް ނުވެއެވެ.

    ދެވަނަ: މަޒާޔާ ޢަލީ ހުދުހުދާގެ ފ.ނިލަންދޫ – ފ.ނިލަންދޫ ސްޕޯރޓުސް ކުލަބު

    ތިންވަނަ: ޢައިރާ އަޙުމަދު ރިހިވެލި ފ.ނިލަންދޫ – ފ.އަތޮޅު ތަޢުލީމީ މަރުކަޒު

    ވިދިވިދިގެން 03 ފޮތުން ބަލައިގެން ކިޔެވުމުގެބައި (09 އަހަރުންދަށް)

    އެއްވަނަ: ރައްޔާ ޙާމިދު ހަވޭލި ފ.ނިލަންދޫ - ފ.ނިލަންދޫ ޖަމްޢިއްޔަތުއް ޝަބާބު

    ދެވަނަ: ފާޠިމަތު އަމްނާ ޢަބުދުﷲ އަތިރީގެ ފ.ނިލަންދޫ - ފ.އަތޮޅު ތަޢުލީމީ މަރުކަޒު

    ތިންވަނަ: ޝީނާޒު ޢަބްދުލްޖަލީލު އޯކިޑުމާގެ ފ.ނިލަންދޫ - ފ.އަތޮޅު ތަޢުލީމީ މަރުކަޒު

    ވިދިވިގެން 05 ފޮތުން ބަލައިގެން ކިޔެވުމުގެބައި (12 އަހަރުންދަށް)

    އެއްވަނަ: ޖިޢާން ޢަބުދުލްމަޖީދު ދޮންފަތްބަގީޗާގެ ފ.ނިލަންދޫ - ނިލަންދޫ ޑޭލައިޓު ކުލަބު

    ދެވަނަ: މަޢީޝް މަޙުމޫދު ރަޝީދު ފަތަނގުމާގެ ފ.ދަރަނބޫދޫ - ދަރަނބޫދޫ ސްކޫލް

    ތިންވަނަ: ޝަމްހާނު ޢަބްދުލް ޖަލީލު އޯކިޑުވިލާ ފ.ނިލަންދޫ - ފ.އަތޮޅު ތަޢުލީމީ މަރުކަޒު

    ވިދިވިދިގެން 10 ފޮތުން ބަލައިގެން ކިޔެވުމުގެބައި (16 އަހަރުންދަށް)

    އެއްވަނަ: އެއްވަނައަށް އެއްވެސް ކުއްޖަކު ހޮވިފައެއް ނުވެއެވެ.

    ދެވަނަ: ރަފާ އިބުރާހީމް ފިނިހިޔާގެ ފ.ނިލަންދޫ - ފ.އަތޮޅު ތަޢުލީމީ މަރުކަޒު

    ދެވަނަ: އިފާޝާ ޢަބުދުއްސައްތާރު މަތަރެސްމާގެ ފ.ނިލަންދޫ - ނިލަންދޫ ޖަމްޢިއްޔަތުއް ޝަބާބު

    ދެވަނަ: ޝުޢާއު ޢަބުދުލް ޣައްފާރު ލަކީސްޓަރ ފ.ފީއަލި - ފ.އަތޮޅު މަދަރުސާ

    ތިންވަނަ: މަޢޫނާ މުޙައްމަދު ރޭވަވިލާ ފ.ނިލަންދޫ - ނިލަންދޫ ޑޭލައިޓު ކުލަބު

    ވައްޟުޙާއިން ދަށުން ނުބަލައި ކިޔެވުމުގެބައި (06 އަހަރުންދަށް)

    އެއްވަނަ: އެއްވަނައަށް އެއްވެސް ކުއްޖަކު ހޮވިފައެއް ނުވެއެވެ.

    ދެވަނަ: ޢަލީ ޒައިކު މުޙައްމަދު ފޭރުގަސްދޮށުގެ ފ.ބިލެއްދޫ - ބިލެއްދޫ ސްކޫލް

    ތިންވަނަ: ޒޯޔާ އަޒުމީން ދެތަނޑިމާގެ ފ.ބިލެއްދޫ - ބިލެއްދޫ ނާރެސް ޖަމްޢިއްޔާ

    01 ފޮތުން ނުބަލައި ކިޔެވުމުގެބައި (09 އަހަރުންދަށް)

    އެއްވަނަ: ރިވާ ޖަލީލު ޖަވާހިރުމާގެ ފ.ފީއަލި - ފ.އަތޮޅު މަދަރުސާ

    ދެވަނަ: ސިޔާ އަޙުމަދު ރަޝީދު އައްސޭރި ފ.ނިލަންދޫ - ފ.އަތޮޅު ތަޢުލީމީ މަރުކަޒު

    ތިންވަނަ: ޖަންނަތު ބިންތު އަޙުމަދު ޝަރީފު ބަގީޗާގެ ފ. ފީއަލި - ފ. އަތޮޅު މަދަރުސާ

    02 ފޮތުން ނުބަލައި ކިޔެވުމުގެބައި (12 އަހަރުންދަށް)

    އެއްވަނަ: މަރިޔަމް ނައުހާ ނަސީމު ފިނިފެންމާގެ ފ.ނިލަންދޫ - ފ.އަތޮޅު ތަޢުލީމީ މަރުކަޒު

    ދެވަނަ: މަޒީނާ ޢަބުﷲ އަޙުމަދު ހިޔާ ފ.ނިލަންދޫ - ފ.އަތޮޅު ތަޢުލީމީ މަރުކަޒު

    ތިންވަނަ: އަޔާން އިބުރާހީމް ޝިޔާމު މަގުލަސް ފ.ދަރަނބޫދޫ - ފ. ދަރަނބޫދޫ ސްކޫލް

    ވިދިވިދިގެން 03 ފޮތުން ނުބަލައި ކިޔެވުމުގެބައި (16 އަހަރުންދަށް)

    އެއްވަނަ: މިހުނާ ރަޝީދު ސަލްޖަމްގެ ފ.ބިލެއްދޫ - ފ. ބިލެއްދޫ ނާރެސް ޖަމްޢިއްޔާ

    ދެވަނަ: ފާޠިމަތު ނައުޝީން ނިއުވިޒަން ފ.ބިލެއްދޫ - ފ. ބިލެއްދޫ ނާރެސް ޖަމްޢިއްޔާ

    ތިންވަނަ: މަލާހާ މުޙައްމަދު ސޯސަންވިލާ ފ.ބިލެއްދޫ ބިލެއްދޫ - ފ. ބިލެއްދޫ ލާރނިންގ ސެންޓަރ

    މުޅިމުބާރާތުގެ 02 ގޮފިން

    އެއްވަނަ: ޢާއިޝަތު ޔާނާ އަޙުމަދު ނަދީލާމަންޒިލް ފ.ފީއަލި - ފ.އަތޮޅު މަދަރުސާ

    ދެވަނަ: ޖިޢާން ޢަބުދުލްމަޖީދު ދޮންފަތްބަގީޗާގެ ފ.ނިލަންދޫ - ފ. ނިލަންދޫ ޑޭލައިޓު ކުލަބު

    ތިންވަނަ: ރިވާ ޖަލީލު ޖަވާހިރުމާގެ ފ.ފީއަލި - ފ.އަތޮޅު މަދަރުސާ

    މުބާރާތުގައި ބައިވެރިވި ޓީމުތަކުގެބައި

    އެއްވަނަޓީމު: ނާރެސް ޖަމްޢިއްޔާ ފ.ބިލެއްދޫ

    ދެވަނަޓީމު: ފ.އަތޮޅު ތަޢުލީމީ މަރުކަޒު ފ. ނިލަންދޫ

    ތިންވަނަޓީމު: ފ.ނިލަންދޫ ޑޭލައިޓު ކުލަބު ފ. ނިލަންދޫ

    ޤައުމީ ޤުރުއާން މުބާރާތަށް ޚާއްޞަބައި

    ވިދިވިދިގެން 10 ފޮތުން ބަލައިގެން ކިޔެވުމުގެބައި

    އެއްވަނަ: ޢާއިޝަތު ޔާނާ އަޙުމަދު ނަދީލާމަންޒިލް ފ.ފީއަލި - ފ.އަތޮޅު މަދަރުސާ

    ދެވަނަ: ލިޔޫޝާ ޙަސަން މީނާޒު ފ.ނިލަންދޫ - ފ. ނިލަންދޫ ޔަންގު ޖަނަރޭޝަން

    ތިންވަނަ: ސަމިހާ ޢަބުދުލް މަންނާނު ހެޕީގާޑަން ފ.ބިލެއްދޫ - ފ. ބިލެއްދޫ ލާރނިންސ ސެންޓަރ

    ވިދިވިދިގެން 20 ފޮތުން ބަލައިގެން ކިޔެވުމުގެބައި

    އެއްވަނަ: ޝަހުލާ ޢަބުދުލް ފައްތާޙު ދެކުނުގެ ފ.ނިލަންދޫ - ފ.އަތޮޅު ތަޢުލީމީ މަރުކަޒު

    ދެވަނަ: އާމިނަތު ނާއިފާ ޚަލީލު ވީނަސް ފ.ނިލަންދޫ - ފ.އަތޮޅު ތައުލީމީ މަރުކަޒު

    ތިންވަނަ: ޢައްމާރު ބިން މުޙައްމަދު މުޞްތަފާ ނާރެސް ފ.ބިލެއްދޫ - ފ. ބިލެއްދޫ ސްކޫލް

    މުޅި ޤުރުއާނުން ބަލައިގެން ކިޔެވުމުގެބައި

    އެއްވަނަ: ރިހާމް މުޙައްމަދު ފައިޞަލް ގުލްހަޒާރުގެ ފ.ނިލަންދޫ - ފ.އަތޮޅު ތަޢުލީމީ މަރުކަޒު

    ދެވަނަ: ޢާއިދާ ޙަސަން ޒަރީރު ރާސްތާ ފ.ނިލަންދޫ - ފ. ނިލަންދޫ ޑޭލައިޓު ކުލަބު

    ތިންވަނަ: އީނާޝް ޢަބުދުލްޣަނީ ނޫރާނީހައުސް ފ.ނިލަންދޫ - ފ.އަތޮޅު ތަޢުލީމީ މަރުކަޒު

    ވިދިވިދިގެން 05 ފޮތުން ނުބަލައި ކިޔެވުމުގެބައި

    އެއްވަނަ: ޙަސީނާ އިދުރީސް ކެތި ފ.ނިލަންދޫ - ފ. ނިލަންދޫ ޑޭލައިޓު ކުލަބު

    ދެވަނަ: ޠަލްޙަތު ޢަބުދުލް ޢަޒީޒު ފޮނިލުނބޯގެ ފ.ނިލަންދޫ - ފ. ނިލަންދޫ ޑޭލައިޓު ކުލަބު

    ތިންވަނަ: ނަފުޙާ މުޙައްމަދު ޙަމްދީ ކަނީރުމާގެ ފ.ބިލެއްދޫ - ފ. ބިލެއްދޫ ނާރެސް ޖަމްޢިއްޔާ

    ވިދިވިދިގެން 10 ފޮތުން ނުބަލައި ކިޔެވުމުގެބައި

    އެއްވަނަ: މިބައިން އެއްވަނަ އެއްވެސް ފަރާތެއް ހޮވިފައެއް ނުވެއެވެ.

    ދެވަނަ: އާމިނަތު އައިފާ އަލިވިލާގެ ފ.ބިލެއްދޫ - ފ. ބިލެއްދޫ ނާރެސް ޖަމްޢިއްޔާ

    ތިންވަނަ: މިބައިން ތިންވަނަ އެއްވެސް ފަރާތެއް ހޮވިފައެއް ނުވެއެވެ.

    ވިދިވިދިގެން 20 ފޮތުން ނުބަލައި ކިޔެވުމުގެބައި

    އެއްވަނަ: ސިބުޣަތުﷲ އަޙުމަދު ރަޝީދާމަންޒިލް ފ.ނިލަންދޫ ފ. ނިލަންދޫ ޖަމްޢިއްޔަތުއްޝަބާބު

    ދެވަނަ: މިބައިން ދެވަނަ އެއްވެސް ފަރާތެއް ހޮވިފައެއް ނުވެއެވެ.

    ތިންވަނަ: މިބައިން ތިންވަނަ އެއްވެސް ފަރާތެއް ހޮވިފައެއް ނުވެއެވެ.

    ފ. އަތޮޅު ޤުރުއާން މުބާރާތް 2019 ގެ ބައެއް ފޮޓޯތައް


    ފ. އަތޮޅު ޤުރުއާން މުބާރާތް 2018

    ފ.އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ އަތޮޅު ޤުރުއާން މުބާރާތަކީ އަތޮޅުގެ ހުރިހާ ރަށަކުންވެސް ވީހާ ގިނަ ފަރާތްތަކުން ބައިވެރިވެވޭގޮތަށް އިންތިޒާމްކޮށްގެން ބާއްވަމުން ގެންދާ މުބާރާތެކެވެ. އެގޮތުން މިއަހަރުގެ ޤުރުއާން މުބާރާތް ބޭއްވުމަށް އަތޮޅުކައުންސިލުން ކަނޑައަޅާފައިވާ ރަށަކީ މިއަތޮޅު މަގޫދޫއެވެ. މި މުބާރާތް މަގޫދޫގައި ފަށާފައިވަނީ 04 މޭ 2018 ގައެވެ. ނިންމާފައިވަނީ 05 މޭ 2018 ގައެވެ.

    މި މުބާރާތާއި ގުޅިގެން ރަށުފެންވަރުގައި ހަމަޖައްސަންޖެހޭ އިންތިޒާމްތައް ހަމަޖައްސާފައިވަނީ މަގޫދޫ ކައުންސިލުންނެވެ. މުބާރާތާގުޅޭ އިންތިޒާމްތައް ހަމަޖެއްސުމަށް -/10،000 ރުފިޔާ، މުބާރާތް ފެށުމުގެ ކުރިން މަގޫދޫ ކައުންސިލާއި ޙަވާލު ކުރެވިފައި ވެއެވެ.

    މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ފ. އަތޮޅު ކައުންސިލްގެ ރައީސް ޢުމަރު ޒާހިރެވެ. މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ފ. އަތޮޅު ކައުންސިލްގެ ކުރީގެ މެންބަރު ފ. ނިލަންދޫ އޯކިޑްވިލާ އަޙްމަދު ޢަލީއެވެ.

    މިއަހަރުގެ މުބާރާތުގައި ބައިވެރި ވުމަށް ފ.އަތޮޅުގެ ރަށްރަށުގެ ސްކޫލްތަކާއި، މަދަރުސާތަކާއި، ކުލަބު ޖަމްޢިއްޔާ ތަކުންވެސް ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލުމުން ފ.އަތޮޅުގެ 03 ސްކޫލުންނާއި 05 ޖަމްޢިއްޔާއަކުން ޖުމްލަ 80 ކުދިން ބައިވެރި ވެފައި ވެއެވެ. އެގޮތުން މުބާރާތުގައި ބައިވެރިވެފައިވާ ސްކޫލްތަކާއި ކުލަބު ޖަމްޢިއްޔާ ތަކަކީ؛

    01- ފ.އަތޮޅު މަދަރުސާ ފ.ފީއަލި

    02- ފ.ފީއަލީ ޑިވެލޮޕްމެންޓް ސޮސައިޓީ

    3- ފ.ބިލެއްދޫ ލާރނިންގ ސެންޓަރ

    04- ފ.ބިލެއްދޫ ނާރެސް ޖަމްޢިއްޔާ

    05- ފ.މަގޫދޫ ސްކޫލް

    06- ފ.މަގޫދޫ ޒުވާނުންގެ ކުލަބު

    07- އެސޯސިއޭޝަން ފޮރ ދަރަނބޫދޫ ޑިވެލޮޕްމެންޓު

    08- ފ.އަތޮޅު ތަޢުލީމީ މަރުކަޒު

    މި މުބާރާތުގައި ބަލައިގެން ކިޔެވުމުގެ ބައިން 09 އަހަރުން ދަށުން ބައިވެރި ވެފައިވަނީ 22 ކުދިންނެވެ. ވިދިވިދިގެން 10 ފޮތުން ބަލައިގެން ކިޔެވުމުގެ ބައިން ބައިވެރިވެފައިވަނީ 18 ކުދިންނެވެ. ވިދިވިދިގެން 20 ފޮތުން ބަލައިގެން ކިޔެވުމުގެ ބައިން ބައިވެރިވެފައިވަނީ 12 ކުދިންނެވެ. މުޅި ޤުރުއާނުން ބަލައިގެން ކިޔެވުމުގެ ބައިން ބައިވެރިވެފައިވަނީ 12 ކުދިންނެވެ.

    ނުބަލައި ކިޔެވުމުގެ ބައިން 09 އަހަރުން ދަށުން ބައިވެރި ވެފައިވަނީ 08 ކުދިންނެވެ. ވިދިވިދިގެން 05 ފޮތުން ނުބަލައި ކިޔެވުމުގެ ބައިން ބައިވެރިވެފައިވަނީ 07 ކުދިންނެވެ. ވިދިވިދިގެން 10 ފޮތުން ނުބަލައި ކިޔެވުމުގެ ބައިން ބައިވެރިވެފައިވަނީ އެއް ކުއްޖެކެވެ. ވިދިވިދިގެން 20 ފޮތުން ނުބަލައި ކިޔެވުމުގެ ބައިން އެއްވެސް ކުއްޖަކު ބައިވެރިވެފައެއް ނުވެއެވެ.

    މި މުބާރާތުގެ ނަތީޖާ ފާޅުކޮށްފައިވަނީ 2018 މޭ 05 ވަނަ ދުވަހުގެރޭ ފ. މަގޫދޫ އިޖްތިމާޢީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތުގައި ފ. އަތޮޅު ކައުންސިލްގެ ރައީސް ޢުމަރު ޒާހިރާއި އަތޮޅު ކައުންސިލްގެ މެންބަރުންނާއި، ސްކޫލް މަދަރުސާތަކުގެ ޕްރިންސިޕަލުންނާއި، އިނާމު ލިބުނު ދަރިވަރުންނާއި އެދަރިވަރުންގެ ބެލެނިވެރިންނާއި، ނިލަންދޫގައިހުރި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިންނާއި، އަތޮޅުކައުންސިލްގެ ވެރިންނާއި މުވައްޒަފުން ބައިވެރިވެފައި ވެއެވެ.

    މި މުބާރާތުގައި ހުރިހާ ގޮތަކުން އެއްވަނަ ދަރިވަރަކަށް ހޮވިފައިވަނީ ފ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރު ފ.ނިލަންދޫ ދެކުނުގޭ ޝަހުލާ ޢަބްދުލް ފައްތާޙު އެވެ. ދެވަނަ ދަރިވަރަކަށް ހޮވިފައިވަނީ ފ.ބިލެއްދޫ ލާރނިންގ ސެންޓަރގެ ދަރިވަރ ފ.ބިލެއްދޫ އަލިވިލާގޭ މުސްލާ މޫސާއެވެ. ތިންވަނަ ދަރިވަރަކަށް ހޮވިފައިވަނީ ފ.އަތޮޅު މަދަރުސާގެ ދަރިވަރު ފ.ފީއަލީ ނަދީލާމަންޒިލް ޢާއިޝަތު ޔާނާ އަޙްމަދެވެ.

    މި މުބާރާތުގައި ވާދަކުރި 08 ޓީމުގެ ތެރެއިން އެއްވަނަ ޓީމަކަށް ހޮވިފައިވަނީ ފ.ބިލެއްދޫ ލާރނިންގ ސެންޓަރެވެ. ދެވަނަ ޓީމަކަށް ހޮވިފައިވަނީ ފ.އަތޮޅު ތަޢުލީމީ މަރުކަޒެވެ. ތިންވަނަ ޓީމަކަށް ހޮވިފައިވަނީ ފ.އަތޮޅު މަދަރުސާއެވެ.

    މި މުބާރާތުގައި މުބާރާތްބޭއްވި ރަށްނޫން އެހެން ރަށްރަށުން މުބާރާތުގައި ބައިވެރިވި ކޮންމެ ޓީމަކަށް ރަމްޒީ އެހީގެ ގޮތުގައި -/2000 ރުފިޔާ ދީފައި ވެއެވެ. މި މުބާރާތުން 01 ވަނަހޯދި ޓީމަށް ދީފައިވަނީ -/5000 ރުފިޔާއެވެ. ދެވަނަ ޓީމަށް -/3000 ރުފިޔާއެވެ. ތިންވަނަ ޓީމަށް -/2000 ރުފިޔާއެވެ. މުޅި މުބާރާތުން 01 ވަނަހޯދި ދަރިވަރަށް ދީފައިވަނީ -/1500 ރުފިޔާއެވެ. ދެވަނަހޯދި ދަރިވަރަށް ދީފައިވަނީ -/1200 ރުފިޔާއެވެ. ތިންވަނަހޯދި ދަރިވަރަށް ދީފައިވަނީ -/1000 ރުފިޔާއެވެ. މުބާރާތުގެ ހުރިހާ އުމުރުފުރާ ތަކަށްވެސް ފައިސާގެ އިނާމު ދީފައި ވެއެވެ.

    ބަލައިގެން ކިޔެވުމުގެ ބައިން 09 އަހަރުން ދަށް:

    އެއްވަނަ: ޢާއިޝަތު ޢަޒުވާ ޢަބްދުﷲ ނިޔާޒު ކުރޯންވިލާ ފ.ފީއަލި (ފ.އަތޮޅު މަދަރުސާ)

    ދެވަނަ: ރައިޠަތު ބިންތު މުޙައްމަދު މުސްޠަފާ ނާރެސް ފ.މަގޫދޫ (ފ.މަގޫދޫ ސްކޫލް)

    ތިންވަނަ: ޖިއާން ޢަބްދުލް މަޖީދު ދޮންފަތްބަގީޗާގެ ފ.ނިލަންދޫ (ފ.އަތޮޅު ތަޢުލީމީ މަރުކަޒު)

    ވިދިވިދިގެން 10 ފޮތުން ބަލައިގެން ކިޔެވުމުގެ ބައިން:

    އެއްވަނަ: ޢާއިޝަތު ޔާނާ އަޙްމަދު ނަދީލާމަންޒިލް ފ.ފީއަލި (ފ.އަތޮޅު މަދަރުސާ)

    ދެވަނަ: ސިޠާމް މުޙައްމަދު ޝިޔާމު ވާދީ ފ.ބިލެއްދޫ (ފ.ބިލެއްދޫ ނާރެސް ޖަމްޢިއްޔާ)

    ތިންވަނަ: ޖުމާން ޢަބްދުލް މަޖީދު އޯކިޑުމާގެ ފ.ނިލަންދޫ (ފ.އަތޮޅު ތަޢުލީމީ މަރުކަޒު)

    ވިދިވިދިގެން 20 ފޮތުން ބަލައިގެން ކިޔެވުމުގެ ބައިން:

    އެއްވަނަ: ޝަހުލާ ޢަބްދުލް ފައްތާޙު ދެކުނުގެ ފ.ނިލަންދޫ (ފ.އަތޮޅު ތަޢުލީމީ މަރުކަޒު)

    ދެވަނަ: މުސްލާ މޫސާ އަލިވިލާގެ ފ.ބިލެއްދޫ (ފ.ބިލެއްދޫ ލާރނިންގ ސެންޓަރ)

    ތިންވަނަ: އަންމާރު ބިން މުޙައްމަދު މުޞްތަފާ ނާރެސް ފ.މަގޫދޫ (ފ.މަގޫދޫ ސްކޫލް)

    މުޅި ޤުރުއާން ބަލައިގެން ކިޔެވުމުގެ ބައިން:

    އެއްވަނަ: ފާޠިމަތު ޝަހުފާ ޚަލީލު ވީނަސް ފ.ނިލަންދޫ (ފ.އަތޮޅު ތަޢުލީމީ މަރުކަޒު)

    ދެވަނަ: ޒުޙުރުފް ޢަބްދުއްސައްތާރު ޗަމަން ފ.ފީއަލި (ފ.އަތޮޅު މަދަރުސާ)

    އެއްވަނަ: ޢާއިޝަތު ޢަޒުވާ ޢަބްދުﷲ ނިޔާޒު ކުރޯންވިލާ ފ.ފީއަލި (ފ.އަތޮޅު މަދަރުސާ)

    އެއްވަނަ: ޢާއިޝަތު ޢަޒުވާ ޢަބްދުﷲ ނިޔާޒު ކުރޯންވިލާ ފ.ފީއަލި (ފ.އަތޮޅު މަދަރުސާ)

    ތިންވަނަ: ފާޠިމަތު ނަހުމާ ޗާންދަނީގެ ފ.މަގޫދޫ (ފ.މަގޫދޫ ސްކޫލް)

    ނުބަލައި ކިޔެވުމުގެ ބައިން 09 އަހަރުން ދަށް:

    އެއްވަނަ: މަޒީނާ ޢަބްދުﷲ އަޙްމަދު ހިޔާ ފ.ނިލަންދޫ (ފ.އަތޮޅު ތަޢުލީމީ މަރުކަޒު)

    ދެވަނަ: ދެވަނައަށް އެއްވެސް ކުއްޖަކު ހޮވިފައެއް ނުވެއެވެ.

    ވިދިވިދިގެން 05 ފޮތުން ނުބަލައި ކިޔެވުމުގެ ބައިން:

    އެއްވަނަ: ޒަހީން ޢަބްދުﷲ ރާފިޢު ފެންފިޔާޒުގެ ފ.ފީއަލި (ފ.އަތޮޅު މަދަރުސާ)

    ދެވަނަ: އަމަތުﷲ ޢަބްދުﷲ އަޙްމަދު ހިޔާ ފ.ނިލަންދޫ (ފ.އަތޮޅު ތަޢުލީމީ މަރުކަޒު)

    ތިންވަނަ: މިހުނާ ރަޝީދު ސަލްޖަމްގެ ފ.ބިލެއްދޫ (ފ.ބިލެއްދޫ ލާރނިންގ ސެންޓަރ)

    ވިދިވިދިގެން 10 ފޮތުން ނުބަލައި ކިޔެވުމުގެ ބައިން:

    މިބައިން ވަނަހޮވޭ ވަރަށް އެއްވެސް ކުއްޖަކަށް މާކްސް ލިބިފައެއް ނުވެއެވެ.

    ވިދިވިދިގެން 20 ފޮތުން ނުބަލައި ކިޔެވުމުގެ ބައިން:

    ވިދިވިދިގެން 20 ފޮތުން ނުބަލައި ކިޔެވުމުގެ ބައިން އެއްވެސް ކުއްޖަކު ބައިވެރިވެފައި ނުވާތީ މިބައިގެ ވަނަތައް ހޮވިފައެއް ނުވެއެވެ.

    ފ. އަތޮޅު ޤުރުއާން މުބާރާތް 2018 ގެ ބައެއް ފޮޓޯތައް


    Back to top