ފ.އަތޮޅު ކައުންސިލްގެ އިދާރާގެ އިދާރީ މަސައްކަތްތައް ބެހިފައިވާ ގޮތް


ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާގައި އޮންނަނީ 02 ސެކްޝަނެވެ. އެއީ ކޯޕަރޭޓް އެފެއާރޒް ސެކްޝަނާއި، އެޓޯލް ޑިވެލޮޕްމަންޓް ސާރވިސް ސެކްޝަނެވެ. ކޯޕަރޭޓް އެފެއާރޒް ސެކްޝަން ހިންގެވުމާއި ޙަވާލުވެ ހުންނެވީ ޑިރެކްޓަރ އިބްރާހީމް ޝަރީފެވެ. އެޓޯލް ޑިވެލޮޕްމެންޓް ސާރވިސް ސެކްޝަން ހިންގެވުމާއި ޙަވާލުވެ ހުންނެވީ ޑިރެކްޓަރ އިބްރާހީމް ނަޞީރެވެ.

ކޯޕަރޭޓް އެފެއާރޒް ސެކްޝަނުގެ ދަށުގައިވާ ޔުނިޓްތަކަކީ އެޑްމިނިސްޓްރޭޝަން އެޗް.އާރު އެންޑް އިންފޮމޭޝަން ޔުނިޓާއި ބަޖެޓް އެންޑް ފައިނޭންސް ޔުނިޓެވެ. އެޓޯލް ޑިވެލޮޕްމަންޓް ސާރވިސް ސެކްޝަނުގެ ދަށުގައިވާ ޔުނިޓް ތަކަކީ އިންފްރާންސްޓްރަކްޗަރ އެންޑް އިކޮނަމިކް ޑިވެލޮޕްމެންޓް ޔުނިޓާއި ޕޮލިސީ ޕްލޭނިންގ ރިސާރޗް އެންޑް މޮނިޓަރިންގ ޔުނިޓެވެ. މީގެ އިތުރުން ކައުންސިލަރުންގެ ކަންތައްތައް ބެލެހެއްޓުމަށް ކައުންސިލް ބިއުރޯއެއް ހުރެއެވެ. ބިއުރޯގެ ކަންތައް ބަލަހައްޓަވަނީ ޒިންމާދާރު ވެރިޔާއެވެ.

ކައުންސިލަށް ޖަވާބުދާރީވާންޖެހޭ ސިވިލްސާރވިސް އެންމެ އިސްވެރިޔަކީ ޒިންމާދާރުވެރިޔާއެވެ. ކައުންސިލްގެ އިދާރީ ކަންތައްތައް ހިންގައި ބެލެހެއްޓުމުގެ އެންމެ އިސް ފަރާތަކީވެސް ޒިންމާދާރު ވެރިޔާއެވެ. އެގޮތުން މިއިދާރާގެ ޒިންމާދާރު ވެރިޔަކީ ޑިރެކްޓަރ ޖެނެރަލް އިބުރާހީމް ޝިފާޙު ޢަބުދުއްރަޙުމާނެވެ.


ޒިންމާދާރުވެރިޔާ/ ސެކްޝަންތައް ހިންގަވާ އިދާރީ ވެރިން

ޑިރެކްޓަރ ޖެނެރަލް އިބުރާހީމް ޝިފާޙު ޢަބުދުއްރަޙުމާނު

ފ.އަތޮޅު ކައުންސިލް އިދާރާގެ ޒިންމާދާރު ވެރިޔާ
ކޯޕަރޭޓު އެފެއާރޒުގެ ސެކްޝަންގެ

ޑިރެކްޓަރ އިބުރާހީމް ޝަރީފު
އެޓޯލް ޑިވެލޮޕްމަންޓް ސާރވިސް ސެކްޝަންގެ

ޑިރެކްޓަރ އިބުރާހީމް ނަޞީރުޔުނިޓުތައް ހިންގަވާ އިދާރީވެރިން/ ކައުންސިލް ބިއުރޯ


ޑިރެކްޓަރ އިބްރާހީމް ޝަރީފް

ބަލަހައްޓަވާ ޔުނިޓު: އެޑްމިނިސްޓްރޭޝަން އެޗް.އާރު އެންޑް އިންފޮރމޭޝަން ޔުނިޓްޑެޕިއުޓީ ޑިރެކްޓަރ އަޙްމަދު ރަފީޢު

ބަލަހައްޓަވާ ޔުނިޓު: ބަޖެޓް އެންޑް ފައިނޭންސް ޔުނިޓްއެސިސްޓެންޓް ޑިރެކްޓަރ އިބްރާހީމް މޫސާ

ބަލަހައްޓަވާ ޔުނިޓު: އިންފްރާންސްޓްރަކްޗަރ އެންޑް އިކޮނަމިކް ޑިވެލޮޕްމަންޓް ޔުނިޓްއެސިސްޓެންޓް ޑިރެކްޓަރ ފަރީދާ އިބްރާހީމް

ބަލަހައްޓަވާ ޔުނިޓު: ޕޮލިސީ ޕްލޭނިންގ، ރިސާރޗް އެންޑް މޮނިޓަރިންގ ޔުނިޓްއެޑްމިނިސްޓްރޭޓިވް އޮފިސަރ ފާޠިމަތު އަޙްމަދު

ކައުންސިލް ބިއުރޯފ.އަތޮޅު ކައުންސިލް އިދާރާގެ ޔުނިޓު ތަކުން ކުރަމުން ގެންދާ މަސައްކަތްތައް

ޔުނިޓް A1 (އެޑްމިނިސްޓްރޭޝަން އެންޑް އިންފޮރމޭޝަން ޔުނިޓް)

01- ހަރުމުދަލުގެ ރަޖިސްޓްރީ ބެލެހެއްޓުން

02- މުވާޞަލާތުގެ ކަންތައް ބެލެހެއްޓުން

03- ދުވަހު ޔައުމިއްޔާއާއި މުހިންމު ކަންތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން

04- އޮފީސް ހުޅުވާ ލެއްޕުމުގެ އިންތިޒާމް ހަމަޖެއްސުން

05- ވަފުދުތަކުގެ ކަންތައް ބެލެހެއްޓުމާއި، ބައްދަލުވުންތަކާއި ކޮންފަރެންސްތައް އިންތިޒާމްކޮށް ބެލެހެއްޓުން

06- ލިޔެކިއުމުގެ ސްޓޮކާއި މުދަލުގެ ސްޓޮކަށް ތަކެތި ހޯދުމާއި ސްޓޮކް ބެލެހެއްޓުން

07- ނީލަންކިޔަންޖެހޭ ތަކެތި ނީލަމަށް ފޮނުވުމުގެ ކަންތައް ކުރުން

08- އެކިއެކި އިންތިޚާބުތަކާ ގުޅޭގޮތުން ކައުންސިލުން ކުރަންޖެހޭ ކަންކަން ކުރުން

09- އެއްގަމާއި ކަނޑުގެ އުޅަނދު ފަހަރުގެ ލައިސަންސާއި، ސަލާމަތާބެހޭ ސެޓްފިކެޓް ހެއްދުން

10- ގެއްލިގެން ނުވަތަ އާކުރަން ހުށަހަޅާ އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުން

11- ކޮންމެ އަހަރެއްގެ ފުރަތަމަ 06 މަހު ކައުންސިލްގެ އިދާރާ ހިނގި ގޮތުގެ ރިޕޯޓް ތައްޔާރުކޮށް ފޮނުވުން

12- ކޮންމެ އަހަރަކު ކައުންސިލްގެ އިދާރާ ހިނގި ގޮތުގެ އަހަރީ ރިޕޯޓް ތައްޔާރުކޮށް ފޮނުވުން

13- ކައުންސިލްގެ އިދާރާގެ އެއްގަމާއި ކަނޑުގެ އުޅަނދު ފަހަރުގައި ކުރަންޖެހޭ ދަތުރުތައް ހަމަޖެއްސުން

14- ފަޤީރުންނާއި މިސްކީނުންގެ ލިސްޓް ނަގައި ފޮނުވަންޖެހޭ ފަރާތަށް ފޮނުވުން

15- ެއްގަމާއި ކަނޑުގެ އުޅަނދު ފަހަރު ބެލެހެއްޓުން

16- އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައިވާ، މިޔުނިޓާ ގުޅުންހުރި ކަންކަން ކުރުން

17- މިނޫނަސް މިޔުނިޓުން ކުރަންޖެހޭ ކަންކަން ކުރުން

ޔުނިޓް A2 (ހިއުމަން ރިސޯސް ޔުނިޓް)

01- މުވައްޒަފުންގެ ޙާޟިރީގެ ކަންތައް ބެލެހެއްޓުން

02- ވަޒީފާ ދިނުމާއި، ވަޒީފާއިން ވަކިކުރުމާއި، ވަޒީފާ ބަދަލު ކުރުމާބެހޭ ކަންކަން ކުރުމާއި ބެލެހެއްޓުން

03- މުވައްޒަފުންނަށް ޗުއްޓީ ދިނުމާއި ސަލާމާއި ޗުއްޓީގެ ރެކޯޑް ބެލެހެއްޓުން

04- މުވައްޒަފުންގެ ޙާޟިރީ ރިޕޯޓް ތައްޔާރު ކުރުން

05- ކައުންސިލްގެ އިދާރާގެ ޓްރެއިނިންގ ރިކްވަޔަމަންޓް ތައްޔާރުކުރުން

06- ކައުންސިލްގެ އިދާރާ ފޮޅާ ސާފުކުރުމުގެ ކަންތައް ބެލެހެއްޓުން

07- އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައިވާ، މިޔުނިޓާ ގުޅުންހުރި ކަންކަން ކުރުން

08- މިނޫނަސް މިޔުނިޓުން ކުރަންޖެހޭ ކަންކަން ކުރުން

ޔުނިޓް B (ބަޖެޓް އެންޑް ފައިނޭންސް ޔުނިޓް)

01- ބަލައިގަންނަންޖެހޭ ހުރިހާ ފައިސާއެއް ބަލައިގަނެ ހިސާބުތައް ބެލެހެއްޓުން

02- ބަޖެޓާއި ބަޖެޓާނުބެހޭ ފައިސާގެ ކަންތައް ބެލެހެއްޓުމާއި ހިސާބުތައް ބެލެހެއްޓުން

03- މުވައްޒަފުންގެ ޕެންޝަން ސްކީމާއި ކްރެޑިޓް ސްކީމްގެ ކަންތައް ބެލެހެއްޓުން

04- ދައުލަތުގެ އާމްދަނީއަށް ޖަމާކުރަންޖެހޭ ފައިސާ ޖަމާކުރުމާއި ހިސާބުތައް ބެލެހެއްޓުން

05- ކުރިއަށް އޮންނަ އަހަރަށް ލަފާކުރާ ބަޖެޓް ތައްޔާރުކުރުން

06- ޓްރަސްޓް ފަންޑަށް ލިބޭފައިސާއާއި ކުރާ ޚަރަދުގެ ހިސާބުތައް ބެލެހެއްޓުން

07- ފާއިތުވި އަހަރުގެ މާލީހިސާބު ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ފޮނުވުން

08- ބޭންކް އެކައުންޓް ހުޅުވުމާއި އެކައުންޓްގެ ކަންތައް ބެލެހެއްޓުން

09- ނީލަންކިޔަންޖެހޭ ތަކެތީގެ ނީލަން ކިއުން

10- އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައިވާ، މިޔުނިޓާ ގުޅުންހުރި ކަންކަން ކުރުން

11- މިނޫނަސް މިޔުނިޓުން ކުރަންޖެހޭ ކަންކަން ކުރުން

ޔުނިޓް C (އިންފްރާންސްޓްރަކްޗަރ އެންޑް އިކޮނަމިކް ޑިވެލޮޕްމަންޓް ޔުނިޓް)

01- ރަށްރަށުގެ ތަރައްޤީއާއި ބެހޭގޮތުން އަތޮޅު ކައުންސިލުން ބަލަހައްޓަންޖެހޭ މަޝްރޫޢުތައް ހިންގުން

02- މަރާމާތު ކުރަންޖެހޭ ތަންތަނާއި ތަކެތި މަރާމާތުކޮށް ބެލެހެއްޓުން

03- ހޯދަންއެދޭ ތަކެތި ހޯދައި ކަމާބެހޭ ޔުނިޓްތަކާ ޙަވާލުކުރުން

04- ބިނާވެށި ޕްލޭނާއެއްގޮތަށް ބިންދޫކުރުމުގެ ކަންތައް ބެލެހެއްޓުން

05- ދިރިއުޅަމަށް ދޫކުރާ ގޯތިތަކުގެ ކަންތައް ބެލެހެއްޓުން

06- ކުއްޔަށާއި އެހެނިހެން ގޮތްގޮތުން ދޫކުރެވޭ ބިންބިމުގެ ކަންތައް ބެލެހެއްޓުން

07- އެއްގަމާއި ކަނޑުގެ އުޅަނދު ފަހަރު ކުއްޔަށް ދޫކުރުމާއި، ފައިސާ ހޯދުމުގެ ކަންތައް ބެލެހެއްޓުން

08- ޓްރަސްޓްފަންޑް ހިންގުމާއި، ޓްރަސްޓްފަންޑްގެ އަހަރީ ހިސާބު ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ފޮނުވުން

09- ލޭންޑް ސާވޭކުރުން

10- އަތޮޅުގެ ފަޅުރަށްރަށާބެހޭ ކަންތައް ބެލެހެއްޓުން

11- ދާއިރާގެ ރައްޔިތުންގެ މާލިއްޔަތާއި އެންމެހާ ވަސީލަތްތައް ބެލެހެއްޓުން

12- ފ.އަތޮޅުސްޓޯރ ހިންގާ ބެލެހެއްޓުން

13- އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައިވާ، މިޔުނިޓާ ގުޅުންހުރި ކަންކަން ކުރުން

14- މިނޫނަސް މިޔުނިޓުން ކުރަންޖެހޭ ކަންކަން ކުރުން

ޔުނިޓް D (ޕޮލިސީ ޕްލޭނިންގ، ރިސާރޗް އެންޑް މިނިޓަރިންގ ޔުނިޓް)

01- އަތޮޅާއި ރަށްރަށުގެ ތަރައްޤީ ޕްލޭނާއި، ފައިނޭންޝަލް ޕްލޭން ތައްޔާރު ކުރުމާއި ގެންނަންޖެހޭ ބަދަލުތައް ގެނައުން

02- އަތޮޅާއި ރަށްރަށުގެ ތަރައްޤީއާއި ބެހޭ މަޝްރޫޢުތައް ކަނޑައެޅުމާއި، މޮނިޓަރކޮށް އިވެލުއޭޓްކޮށް ބެލެހެއްޓުން

03- އަތޮޅުގެ ފަޅުރަށްރަށް އިޤްތިޞާދީ މަސައްކަތްތަކަށް ދޫކުރުމުގެ ކަންތައް ކުރުން

04- ތަފާސް ހިސާބުގެ ކަންތައް ކުރުމާއި ބެލެހެއްޓުން

05- އަތޮޅާއި ރަށްރަށުގެ އާބާދީ ބެލެހެއްޓުން

06- ބިނާވެށި ޕްލޭން ތައްޔާރުކޮށް އަންނަ ބަދަލުތައް ބެލެހެއްޓުން

07- ކުރިއަށްއޮންނަ އަހަރުގެ މަސައްކަތު ތާވަލް ތައްޔާރު ކުރުން

08- ކުރިއަށް އޮންނަ އަހަރަށް ލަފާކުރާ ޕީ.އެސް.އައި.ޕީ ޕްރޮޖެކްޓްތައް ތައްޔާރުކޮށް ކަމާބެހޭ ފަރާތްތަކަށް ފޮނުވުން

09- އަތޮޅުގެ ތިމާވެއްޓާބެހޭ ކަންތައް ބެލެހެއްޓުން

10- އަތޮޅުގެ ރަށްރަށުގެ ވިހާ މަރުވާއާއި މީހުންގެ ރަޖިސްޓްރީ ބެލެހެއްޓުން

11- އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައިވާ، މިޔުނިޓާ ގުޅުންހުރި ކަންކަން ކުރުން

12- މިނޫނަސް މިޔުނިޓުން ކުރަންޖެހޭ ކަންކަން ކުރުން

ކައުންސިލް ބިއުރޯ

01- ކައުންސިލްގެ ބައްދަލުވުންތައް އިންތިޒާމް ކުރުން

02- ކައުންސިލް ހިންގުމުގެ ޤަވާޢިދުގައިވާ ގޮތުގެމަތީން ކައުންސިލަރުން އަންގަވާ ކަންތައް ކުރުން

03- ކައުންސިލަރުންގެ ޙާޟިރީއާއި ސަލާމުގެ ކަންތައް ބެލެހެއްޓުން

04- ކައުންސިލްގެ ބައްދަލުވުން ތަކުގެ ޔައުމިއްޔާއާއި، ކޯޑިނޭޝަން ބައްދަލުވުމުގެ ޔައުމިއްޔާލިޔެ ބެލެހެއްޓުން

05- ކައުންސިލުން ނިންމާ ކަންތައްތައް ޔުނިޓްތަކަށް ފޮނުވުން

06- މިނޫނަސް ކައުންސިލް ބިއުރޯއިން ކުރަންޖެހޭ ކަންކަން ކުރުން