ފ.އަތޮޅު ކައުންސިލަށް ލިބިފައިވާ ކާމިޔާބީތައް

ދައުލަތުގެ އިދާރާތައް ދަރަޖަ ކުރުމުގެ ބައިން 2018 ވަނައަހަރު ލިބުނު ކާމިޔާބީ

މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން 2018 ވަނައަހަރު މަޢުލޫމާތު ހާމަކުރާ މިންވަރު ބެލުމަށް ދައުލަތުގެ އިދާރާތައް ދަރަޖަ ކުރިއިރު، ވެބުސައިޓު މެދުވެރިކޮށް މަޢުލޫމާތު ހާމަކުރުމުގެ ދަރަޖައިން ދެވަނަ ދަރަޖަ މިއިދާރާގެ ވެބުސައިޓަށް ލިބިފައި ވެއެވެ.

ދައުލަތުގެ އިދާރާތައް ދަރަޖަ ކޮށްފައިވާގޮތް އިޢުލާނު ކޮށްފައިވަނީ މަޢުލޫމާތު ހާމަކުރުމުގެ ރަންވަނައަށް ހޮވުނު ފަރާތްތަކަށް އެވޯޑު ދިނުމަށް އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީހުން 25 ސެޕްޓެންބަރ 2018 ވަނަ ދުވަހުގެރޭ ބޭއްވި ރަސްމިއްޔާތު ގައެވެ.


2016 ވަނަ އަހަރުގެ ޕާރފޯމަންސް އިންޑެކްސް އިން 2018 ވަނައަހަރު ލިބުނު ކާމިޔާބީ

ލޯކަލް ކައުންސިލްގެ ޕާރފޯމަންސް އިންޑެކްސް 2016 އިން އަތޮޅު ކައުންސިލް ތަކުގެ ރޭންކުން އެންމެ ރަގަނޅު 05 ކައުންސިލްގެ ތެރޭގައި ފ.އަތޮޅު ކައުންސިލް ހިމެނިފައި ވެއެވެ.

ލޯކަލް ކައުންސިލްގެ ޕާރފޯމަންސް އިންޑެކްސް 2016 އިން ދިވެހިރާއްޖެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ޢަމަލުކުރާ މިންވަރު ދައްކުވައިދޭ ސަބު އިންޑެކުސްގެ ބައިން އަތޮޅު ކައުންސިލްތަކުން އެންމެމަތީ ދަރަޖަ ޙާޞިލްކޮށް 01 ވަނަ ޙާޞިލް ކޮށްފައިވާތީ މާރާދަ ހަނދާނީ ފިލައި ފ.އަތޮޅު ކައުންސިލަށް ލިބިފައި ވެއެވެ.

ލޯކަލް ކައުންސިލް ޕާރފޯމަންސް އިންޑެކްސް 2016 އިން ސެކިއުރުޓީ ސަބުއިންޑެކުސްގެ ބައިން އަތޮޅުކައުންސިލް ތަކުން ފ.އަތޮޅު ކައުންސިލް އެންމެމަތީ ދަރަޖަ ޙާޞިލްކޮށް 01 ވަނަ ހޯދާފައިވާތީ މާރާދަ ހަނދާނީ ފިލައި ލިބިފައި ވެއެވެ.

ލޯކަލް ކައުންސިލް ޕާރފޯމަންސް އިންޑެކްސްގެ އަތޮޅު ކައުންސިލް ތަކުގެ ތެރެއިން ކުރީއަހަރުގެ ނަތީޖާއާއި އަޅާބަލާއިރު އެންމެބޮޑު ކުރިއެރުމެއް ފ.އަތޮޅު ކައުންސިލް ހޯދައި މިބައިން 01 ވަނަ ޙާޞިލް ކޮށްފައިވާތީ ކާންނާ ހަނދާނީ ފިލައި ލިބިފައި ވެއެވެ.

ހަނދާނީ ފިލައި ލިބިފައިވަނީ ކަންގަތި އެވޯޑު ދިނުމަށް ލޯކަލް ގަވަރމަންޓު އޮތޯރިޓީން 25 މާރިޗު 2018 ވަނަ ދުވަހުގެރޭ މާލެއަތޮޅު ގުރައިދޫ ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައެވެ.