ކައުންސިލަށް ދައްކާ ފައިސާ ބަލައިގަތުން


ފައިސާ ދެއްކުމާއި ފައިސާ ބަލައިގަތުމުގެ ޢާންމު އެންގުން

ދައުލަތުގެ މާލިއްޔަތުގެ ޤަވާޢިދުގެ 5.12 އާއި ގުޅޭ

ފ. އަތޮޅު ކައުންސިލުން ދޭ ޚިދުމަތްތަކަށް އަތޮޅު ކައުންސިލަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށެވެ. ނަގުދުން ފައިސާ ދައްކާ ގޮތަކަށް ހަމަޖެހިފައެއް ނުވެއެވެ.

ފ. އަތޮޅު ކައުންސިލުން ދޭ ޚިދުމަތްތަކާ ގުޅިގެން ޚިދުމަތުގެ އަގަށް ކައުންސިލަށް ދައްކަންޖެހޭ ފައިސާ ދައްކާނީ ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 8.00 އިން މެންދުރުފަހު 2.00 އާއި ދެމެދުއެވެ. އޮފީސް ބަންދު ގަޑިއެއްގައި ނުވަތަ ރަސްމީ ބަންދު ދުވަހެއްގައި ކޮންމެހެން ދައްކަންޖެހޭ ފައިސާއެއް ދެއްކިދާނެއެވެ.

ފ. އަތޮޅު ކައުންސިލަށް ދައްކަންޖެހޭ ފައިސާ ޖަމާކުރައްވާނީ ފ. އަތޮޅު ކައުންސިލް އިދާރާގެ ބެންކް އެކައުންޓް ނަންބަރު: 7730000034215 އަށެވެ. ފައިސާ ޖަމާކުރައްވާއިރު، ފައިސާގެ ތަފްޞީލް އެނގޭގޮތަށް ޖަމާކުރެއްވުން އެދެމެވެ.

ފައިސާ ބަލައިގަންނާނީ ވިޔަ މޮޑިއުލްގެ ތެރެއިން ޑިޖިޓަލްކޮށެވެ. ޢާންމު ގޮތެއްގައި ޖަމާކުރާ ފައިސާއަށް ރަސީދު ތައްޔާރު ކުރާނީ ރަސްމީ ދުވަސް ދުވަހުއެވެ. ނަމަވެސް ބަންދު ދުވަހެއްގައި ޖަމާކުރާ ފައިސާއަށް ރަސީދު ތައްޔާރު ކުރަންޖެހޭ ޙާލަތުގައި ރަސީދު ތައްޔާރު ކުރާނެއެވެ. ފައިސާ ޖަމާކުރާ ފަރާތްތަކުން ރަސީދު ބޭނުން ނުވާތީ، ރަސީދު ދޫކުރަނީ ރަސީދު ބޭނުންވާ ފަރާތްތަކަށެވެ.


General Notice on Payment and Receipts

Payment for services provided by the Faafu Atoll Council must be made online. Currently, there is no option to make payments in person or in cash

For services provided by the Faau Atoll Council, any required service fee must be paid to the Council on working day from 8:00 AM to 2:00 PM. However, if a payments need to be processed during a holiday, it will be accepted

Payments made to the Atoll Council should be deposited into the F. Atoll Council's Bank Account Number: 7730000034215. When making the payment, ensure it is deposited with clear details to make it easy to identify

Payments are accepted and digitally entered to Viyya Module. For all the payments, receipts will be prepared on the same official day. However, if a payment made on a holiday needs to be receipted, the receipt will be prepared the next working da, unless the recipe is urgent. Since many don't require receipts for their payments, a physical receipt will be provided to those who need it