އިންފޮރމޭޝަން އޮފިސަރާއި މުރާޖާ ކޮމެޓީ

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގެ އިންފޮރމޭޝަން އޮފިސަރ

ކޮންޕިއުޓަރ ޓެކްނީޝަން ޢަބްދުލް ވާޙިދު ޢަބުދުލް ޢަޒީޒު

ގުޅޭ ނަންބަރު: އޮފީސް ފޯނުނަންބަރު: 6740017 , މޯބައިލް ނަންބަރު: 7782694

Office E-Mail:admin@faafu.gov.mv
E-Mail: abdulwahid.abdulazyz@faafu.gov.mv


މިއިދާރާގެ ކޮންޕިއުޓަރ ޓެކްނީޝަން ޢަބްދުލް ވާޙިދު ޢަބްދުލް ޢަޒީޒަކީ، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު (ޤާނޫނު ނަންބަރު 01/2014) ގެ ދަށުން މިއިދާރާއިން މަޢުލުމާތު ހޯދުމަށް ހުށަހަޅާ ފަރާތްތަކަށް ދޫކުރަންޖެހޭ މަޢުލޫމާތު ދޫކުރުމުގެ މަސްއޫލިއްޔަތު އުފުލުމަށް، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޤަވާޢިދުގެ 36 ވަނަ މާއްދާގެ ދަށުން ކަނޑަ އަޅާފައިވާ އިންފޮރެމޭޝަން އޮފިސަރެވެ.

އިންފޮރމޭޝަން އޮފިސަރގެ މަސްއޫލިއްޔަތަކީ، މަޢުލުމާތު ހޯދުމަށް ހުށަހަޅާ ފަރާތް ތަކަށް ޖަވާބުދާރީ ވުމާއި، މަޢުލޫމާތު ހޯދުމަށް ހުށަހަޅާފައިވަނީ ޤާނޫނާއި، ޤަވާޢިދާ އެއްގޮތަށްތޯ ބަލައި ކަށަވަރުކޮށް، ހޯދުމަށް ހުށަހަޅާފައިވާ މަޢުލޫމާތުތައް ޤާނޫނާއި ޤަވާއިދާ އެއްގޮތަށް ދޫކޮށް، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޤަވާޢިދުގައިވާ އިންފޮރމޭޝަން އޮފިސަރ ތައްޔާރު ކުރަންޖެހޭ ލިޔެކިއުންތައް ތައްޔާރުކޮށް، ދޫކުރެވޭ މަޢުލޫމާތު ތަކުގެ ރެކޯޑުތައް ބަލަހައްޓައި، ކޮންމެ އަހަރަކު ތައްޔާރު ކުރަންޖެހޭ އަހަރީ ރިޕޯޓު ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތަށް ފޮނުވައި ބެލެހެއްޓުމެވެ.


ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގެ މުރާޖާ ކޮމެޓީ

މި ކޮމެޓީއަކީ މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން މިއިދާރާއިން ހޯދުމަށް ހުށަހަޅާ މަޢުލޫމާތާ ގުޅިގެން މިއިދާރާގެ އިންފޮރމޭޝަން އޮފިސަރ ނިންމާ ނިންމުން ތަކާމެދު ހިތްހަމަ ނުޖެހިގެން މިއިދާރާއަށް ހުށަހަޅާ ޝަކުވާތައް ބަލައި މުރާޖާކޮށް ފިޔަވަޅުއެޅުމަށް، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޤަވާޢިދުގެ 42 ވަނަ މާއްދާގެ ދަށުން މިއިދާރާގައި އުފައްދާފައިވާ ކޮމެޓީއެކެވެ.

މިކޮމެޓީގެ މަސްއޫލިއްޔަތަކީ، މިއިދާރާގެ އިންފޮރމޭޝަން އޮފިސަރ ނިންމާ ނިންމުންތަކާމެދު ހިތްހަމަ ނުޖެހޭ ފަރާތްތަކުން މިއިދާރާއަށް ހުށަހަޅާ ޝަކުވާގެ މައްސަލަތައް ބަލައި މުރާޖާކޮށް ފިޔަވަޅު އެޅުމެވެ.

މިކޮމެޓީ އެކުލެވިގެންވަނީ 03 މެންބަރުންގެ މައްޗަށެވެ. މިއިދާރާގެ މުރާޖާ ކޮމެޓީގެ ނިންމުމާމެދު ހިތްހަމަ ނުޖެހޭ ފަރާތްތަކުން އެމައްސަލަ ހުށަހަޅާނީ އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީހަށެވެ. މުރާޖާ ކޮމެޓީގައި ހިމެނޭ ބޭފުޅުންނަކީ؛

އިބްރާހީމް ޝަރީފް (ޗެއަރ ޕާސަން) ކައުންސިލް އެގްޒެކެޓިވް ފ.އަތޮޅު ކައުންސިލް އިދާރާ ibrahim.shareef@faafu.gov.mv ފޯން ނަންބަރު: 6740017
އަޙްމަދު ރަފީޢު އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް ފ.އަތޮޅު ކައުންސިލް އިދާރާ ahmed.rafeeu@faafu.gov.mv ފޯން ނަންބަރު: 6740017
އިބްރާހީމް މޫސާ އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް ފ.އަތޮޅު ކައުންސިލް އިދާރާ ibrahim.moosa@faafu.gov.mv ފޯން ނަންބަރު: 6740017