ސިވިލްސާރވިސް މުވައްޒަފުން
ފިރިހެން މުވައްޒަފުންގެ ޖުމްލަަ | އަންހެން މުވައްޒަފުންގެ ޖުމްލަ | މުވައްޒަފުންގެ މުޅި ޖުމްލަ |
15 | 18 | 33 |
ސެކްރެޓަރީ ޖެނެރަލް
އަޙްމަދު އިބްރާހީމް ސްނޯ ރ. ރަސްގެތީމު
އަލްފާޟިލް އަޙްމަދު އިބްރާހީމް މިއިދާރާއާއި ގުޅިވަޑައިގަތީ 08 ނޮވެންބަރ 2021 ގައެވެ. މައިގަނޑު މަސައްކަތަކީ އަތޮޅުކައުންސިލުން ފާސްކުރާ ކަންތައްތައް ތަންފީޒު ކުރުމާއި ސިވިލްސާރވިސް މުވައްޒަފުންނާބެހޭ ކަންތައް ބެލެހެއްޓުމާއި، ކައުންސިލްގެ އިދާރީ މަސައްކަތްތައް މުވައްޒަފުން ލައްވައި ކުރުވުމާއި، ކައުންސިލް ބިއުރޯގެ ކަންކަން ބެލެހެއްޓުމާއި ޤާނޫނުތަކާއި ޤަވާޢިދުތަކާ އެއްގޮތަށް ކައުންސިލް އިދާރާ ހިންގުމެވެ. އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 07/2010) އަށް 15 ޑިސެންބަރ 2019 ގައި ގެންނެވި 08 ވަނަ އިޞްލާޙްގައި، ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންނަކީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ ބޭނުމަށް އެކައުންސިލްގެ މާލީ ޒިންމާދާރުވެރިޔާ ކަމުގައިވަނީ ކަނޑައަޅުއްވާފައެވެ. ސެކްރެޓަރީ ޖެނެރަލަކީ ކައުންސިލްގެ އިދާރީ އެންމެ އިސް މުވައްޒަފެވެ.
ސީނިއަރ ކައުންސިލް އެގްޒެކެޓިވް
އިބްރާހީމް ޝިފާޙް ޢަބްދުއްރަޙްމާނު ޖަނަވަރީމާގެ ފ.ދަރަނބޫދޫ
އަލްފާޟިލް އިބްރާހީމް ޝިފާޙް ޢަބްދުއްރަޙްމާނު މިއިދާރާއާއި ގުޅިވަޑައިގަތީ 18 ޑިސެންބަރ 2017 ގައެވެ. އިބްރާހީމް ޝިފާޙް ޢަބްދުއްރަޙްމާނު ކުރައްވަމުން ގެންދަވާ މައިގަނޑު މަސައްކަތަކީ މިއިދާރާގެ ޓެކްނިކަލް ސާރވިސް ޑިޕާރޓްމަންޓްގެ ދަށުން އުފައްދާފައިވާ އެޓޯލް ޑިވެލޮޕްމަންޓް ސެކްޝަނާއި، އެޓޯލް ސަޕޯޓް ސާރވިސް ސެކްޝަން ހިންގައި ބެލެހެއްޓުމެވެ. މި ދެސެކްޝަނުން ކުރާ މައިގަނޑު މަސައްކަތްތަކަކީ ކައުންސިލުން ހިންގާ ވިޔަފާރީގެ މަސައްކަތްތަކާއި، ޕްރޮޖެކްޓާއި ޕްލޭނިންގެ މަސައްކަތްތަކާއި، މޮނިޓަރިންގެ މަސައްކަތްތަކާއި، އައިޓީއާއި، ޓްރެއިނިންގެ މަސައްކަތްތަކާއި އަދި ލީގަލްގެ މަސައްކަތްތަކެވެ.
އިބްރާހީމް ޝިފާޙް ޢަބްދުއްރަޙްމާނު ހުންނެވި ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގެ ނަން ސީނިއަރ ކައުންސިލް އެގްޒެކެޓިވް ގެ ނަމަށް ބަދަލު ކުރެއްވީ 01 ޖޫން 2021 ގައި ބަދަލު ކުރެވުނު ގޮތުގައި 12 ޖޫން 2021 ގައެވެ.
ކައުންސިލް އެގްޒެކެޓިވް
އިބްރާހީމް ޝަރީފު އާބާދުއައްސޭރި ފ.ފީއަލި
އަލްފާޟިލް އިބްރާހީމް ޝަރީފް މިއިދާރާއާއި ގުޅިވަޑައިގަތީ 13 ސެޕްޓެންބަރ 2011 ގައެވެ. އިބްރާހީމް ޝަރީފް މަސައްކަތް ކުރައްވަނީ ކޯޕަރޭޓް އެފެއާޒް ސެކްޝަަނުގައެވެ. އިބްރާހީމް ޝަރީފް ކުރައްވަމުން ގެންދާވާ މައިގަނޑު މަސައްކަތަކީ މުވައްޒަފުންގެ ވަޒީފާގެ މަސައްކަތްތަކާއި، މުވައްޒަފުންގެ ސަލާމާއި ޗުއްޓީގެ މަސައްކަތްތަކާއި އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތަކުގެ އިތުރުން ޕްރޮކިއުމެންޓްގެ މަސައްކަތްތައް ހިންގައި ބެލެހެއްޓުމެވެ.
އިބްރާހީމް ޝަރީފް ހުންނެވި ޑިރެކްޓަރގެ މަޤާމުގެ ނަން ކައުންސިލް އެގްޒެކެޓިވް ގެ ނަމަށް ބަދަލު ކުރެއްވީ 01 ޖޫން 2021 ގައި ބަދަލު ކުރެވުނު ގޮތުގައި 12 ޖޫން 2021 ގައެވެ.
އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް
އަޙްމަދު ރަފީޢު ދޫރެސް ފ.ނިލަންދޫ
އަލްފާޟިލް އަޙްމަދު ރަފީޢު މިއިދާރާއާއި ގުޅިވަޑައިގަތީ 25 އޮކްޓޫބަރ 1988 ގައެވެ. އަޙްމަދު ރަފީޢު މަސައްކަތް ކުރައްވަނީ ކޯޕަރޭޓް އެފެއާޒް ސެކްޝަނުގައެވެ. މައިގަނޑު މަސައްކަތަކީ މިއިދާރާގެ ބަޖެޓާއި ބަޖެޓާ ނުބެހޭ ފައިސާއާއި މިއިދާރާގެ ޓުރަސްޓު ފަންޑުގެ ފައިސާއާއި އެނޫންވެސް ފައިސާއާއިބެހޭ އެންމެހާ މަސައްކަތްތައް ހިންގައި ބެލެހެއްޓުމވެ.
އަޙްމަދު ރަފީޢު ހުންނެވި ޑެޕިއުޓީ ޑިރެކްޓަރގެ މަޤާމުގެ ނަން އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް ގެ ނަމަށް ބަދަލު ކުރެއްވީ 01 ޖޫން 2021 ގައި ބަދަލު ކުރެވުނު ގޮތުގައި 23 ޖޫން 2021 ގައެވެ.
އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް
އިބްރާހީމް މޫސާ ބީޗުހައުސް ފ.ނިލަންދޫ
އަލްފާޟިލް އިބްރާހީމް މޫސާ މިއިދާރާއާއި ގުޅިވަޑައިގަތީ 07 އެޕްރީލް 2014 ގައެވެ. އިބްރާހީމް މޫސާ މަސައްކަތް ކުރައްވަނީ ބިޒްނަސް ޑިވެލޮޕްމަންޓް ޔުނިޓްގައެވެ. މައިގަނޑު މަސައްކަތަކީ ފ.އަތޮޅުސްޓޯރުގެ ވިޔަފާރި ބެލެހެއްޓުމާއި، ކައުންސިލަށް އާމްދަނީ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، އެކިފަރާތްތަކާއެކު ކުރަންޖެހޭ ވިޔަފާރީގެ މުޢާމަލާތައް ކުރުމާއި، ކައުންސިލަށް ލިބެންޖެހޭ ފައިސާ ހޯދުމުގެ މަސައްކަތްތައް ހިންގައި ބެލެހެއްޓުމެވެ.
އިބްރާހީމް މޫސާ ހުންނެވި އެސިސްޓެންޓް ޑިރެކްޓަރގެ މަޤާމުގެ ނަން އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް ގެ ނަމަށް ބަދަލު ކުރެއްވީ 01 ޖޫން 2021 ގައި ބަދަލު ކުރެވުނު ގޮތުގައި 12 ޖޫން 2021 ގައެވެ.
އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް
ފަރީދާ އިބްރާހީމް ރިހިވެލި ފ.ނިލަންދޫ
އަލްފާޟިލާ ފަރީދާ އިބްރާހީމް މިއިދާރާއާއި ގުޅިވަޑައިގަތީ 18 މާރިޗު 2012 ގައެވެ. ފަރީދާ އިބްރާހީމް މަސައްކަތް ކުރައްވަނީ ސްޓްރެޓެޖިކް ޕްލޭނިންގ އެންޑް ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓްގައެވެ. މައިގަނޑު މަސައްކަތަކީ އަތޮޅު ތަރައްޤީގެ ޕްލޭން އެކުލަވާލައި ޕްލޭނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، ފައިނޭންންޝަލް ޕްލޭން ތައްޔާރު ކުރުމާއި، އަތޮޅުގެ އާބާދީއާއި، ވިހާމަރުވާ ބެލެހެއްޓުމާއި، ރަށުކައުންސިލްގެ އިދާރާތައް މޮނީޓަރ ކުރުމާއި، ޕްރޮޖެކްޓްގެ މަސައްކަތްތަކާއި ބިންބިމާ ގޯތިގެދޮރުގެ މަސައްކަތްތައް ހިންގައި ބެލެހެއްޓުމެވެ.
ފަރީދާ އިބްރާހީމް ހުންނެވި އެސިސްޓެންޓް ޑިރެކްޓަރގެ މަޤާމުގެ ނަން އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް ގެ ނަމަށް ބަދަލު ކުރެއްވީ 01 ޖޫން 2021 ގައި ބަދަލު ކުރެވުނު ގޮތުގައި 12 ޖޫން 2021 ގައެވެ.
ލީގަލް އޮފިސަރ
ޙައްވާ އަނޫޝާ މަލަކު ފ.ނިލަންދޫ
އަލްފާޟިލާ ޙައްވާ އަނޫޝާ މިއިދާރާއާއި ގުޅިވަޑައިގަތީ 25 ސެޕްޓެންބަރ 2022 ގައެވެ. ޙައްވާ އަނޫޝާ މަސައްކަތް ކުރައްވަނީ ލީގަލް އެންޑް ކޮންޕްލަޔަންސް ޔުނިޓްގައެވެ. މައިގަނޑު މަސައްކަތަކީ އަތޮޅުކައުންސިލާއި ރަށުކައުންސިލް ތަކަށް ބޭނުންވާ ކަންކަމުގައި ޤާނޫނީ ލަފާ ދިނުމާއި، އަތޮޅުކައުންސިލުން އެކުލަވާލަންޖެހޭ ޤަވާޢިދުތަކާއި އުޞޫލްތަކާއި އެއްބަސްވުން ތަކުގެ ޑްރާފުޓްތައް ތައްޔާރު ކުރުމާއި، ޝަރީޢަތުގެ މަރުޙަލާގައާއި އެނޫން ކަންކަމުގައި އަތޮޅުކައުއުންސިލުން ވަކާލާތު ކުރަންޖެހޭ ކަންކަމުގައި ވަކާލާތު ކުރުމާއި، އަތޮޅުކައުންސިލާއި ރަށުކައުންސިލުން ކުރަމުން ގެންދާ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ސީނިއަރ ކައުންސިލް އޮފިސަރ
ފާޠިމަތު ނުޒުލާ ޖަލީލު މިރިހި ފ.ނިލަންދޫ
އަލްފާޟިލާ ފާޠިމަތު ނުޒުލާ ޖަލީލު މިއިދާރާއާއި ގުޅިވަޑައިގަތީ 20 ނޮވެންބަރ 2011 ގައެވެ. ފާޠިމަތު ނުޒުލާ ޖަލީލު މަސައްކަތް ކުރައްވަނީ ކޯޕަރޭޓް އެފެއާޒް ސެކްޝަނުގައެވެ. މައިގަނޑު މަސައްކަތަކީ މިއިދާރާގެ ސިވިލްސާވިސް މުވައްޒަފުންނާބެހޭ މަސައްކަތްތައް ކުރުމެވެ. މީގެ ތެރޭގައި މުވައްޒަފުންގެ ވަޒީފާއާއިބެހޭ މަސައްކަތްތަކާއި، މުވައްޒަފުންގެ ޙާޟިރީ ބެލެހެއްޓުމާއި، މުވައްޒަފުންގެ ސަލާމާއި ޗުއްޓީގެ ރެކޯޑްތައް ބެލެހެއްޓުން ހިމެނެއެވެ.
ފާޠިމަތު ނުޒުލާ ޖަލީލު ހުންނެވި ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމުގެ ނަން ސީނިއަރ ކައުންސިލް އޮފިސަރ ގެ ނަމަށް ބަދަލު ކުރެއްވީ 01 ޖޫން 2021 ގައި ބަދަލު ކުރެވުނު ގޮތުގައި 12 ޖޫން 2021 ގައެވެ.
ސީނިއަރ ކައުންސިލް އޮފިސަރ
ޙައްވާ ޢަބްދުލް ޢަޒީޒު ފޮނިލުނބޯގެ ފ.ނިލަންދޫ
އަލްފާޟިލާ ޙައްވާ ޢަބްދުލް ޢަޒީޒު މިއިދާރާއާއި ގުޅިވަޑައިގަތީ 11 ޖުލައި 2000 ގައެވެ. ޙައްވާ ޙައްވާ ޢަބްދުލް ޢަޒީޒު މަސައްކަތް ކުރައްވަނީ ކޯޕަރޭޓް އެފެއާޒް ސެކްޝަނުގައެވެ. މައިގަނޑު މަސައްކަތަކީ އެއްގަމާއި ކަނޑުގެ ލައިސަންސް ހެއްދުމާއި، ޔައުމިއްޔާއާއި އެންޓްރީ ބެލެހެއްޓުމާއި ހަރުމުދަލުގެ ރަޖިސްޓްރީ ބެލެހެއްޓުމުގެ މަސައްކަތްތަކެވެ.
ޙައްވާ ޢަބްދުލް ޢަޒީޒު ހުންނެވި ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމުގެ ނަން ސީނިއަރ ކައުންސިލް އޮފިސަރ ގެ ނަމަށް ބަދަލު ކުރެއްވީ 01 ޖޫން 2021 ގައި ބަދަލު ކުރެވުނު ގޮތުގައި 12 ޖޫން 2021 ގައެވެ.
ސީނިއަރ ކައުންސިލް އޮފިސަރ
ޝަޒީލާ މޫސާ ބަގީޗާގެ ފ.ނިލަންދޫ
އަލްފާޟިލާ ޝަޒީލާ މޫސާ މިއިދާރާއާއި ގުޅިވަޑައިގަތީ 03 ޖުލައި 2013 ގައި އެސިސްޓެންޓް ޕްލޭނިންގ އޮފިސަރެއްގެ މަޤާމަށެވެ. ޝަޒީލާ މޫސާ މިހާރު ހުންނެވި ޕްލޭނިންގ އޮފިސަރގެ މަޤާމަށް ބަދަލު ކުރެއްވީ 01 ޑިސެންބަރ 2016 ގައެވެ. ޝަޒީލާ މޫސާ މަސައްކަތް ކުރައްވަނީ ޕޮލިސީ ޕްލޭނިންގ ރިސާރޗް އެންޑް މޮނިޓަރިންގ ޔުނިޓްގައެވެ. މައިގަނޑު މަސައްކަތަކީ އަތޮޅުގެ ތަރައްޤީ ޕްލޭނާއި ފައިނޭންޝަލް ޕްލޭންގެ މަސައްކަތެވެ.
ޝަޒީލާ މޫސާ ހުންނެވި ޕްލޭނިންގ އޮފިސަރގެ މަޤާމުގެ ނަން ސީނިއަރ ކައުންސިލް އޮފިސަރ ގެ ނަމަށް ބަދަލު ކުރެއްވީ 01 ޖޫން 2021 ގައި ބަދަލު ކުރެވުނު ގޮތުގައި 12 ޖޫން 2021 ގައެވެ.
ކޮންޕިއުޓަރ ޓެކްނީޝަން
ޢަބްދުލް ވާޙިދު ޢަބްދުލް ޢަޒީޒު ފޮނިލުނބޯގެ ފ.ނިލަންދޫ
އަލްފާޟިލް ޢަބްދުލް ވާޙިދު ޢަބްދުލް ޢަޒީޒު މިއިދާރާއާއި ގުޅިވަޑައިގަތީ 12 ސެޕްޓެންބަރ 2007 ގައި ސެކްރެޓަރީއެއްގެ މަޤާމަށެވެ. ޢަބްދުލް ވާޙިދު ޢަބްދުލް ޢަޒީޒު މިހާރު ހުންނެވި ކޮންޕިއުޓަރ ޓެކްނީޝަންގެ މަޤާމަށް މަޤާމަށް ބަދަލު ކުރެއްވީ 28 ޖަނަވަރީ 2016 ގައެވެ. ޢަބްދުލް ވާޙިދު ޢަބްދުލް ޢަޒީޒު މަސައްކަތް ކުރައްވަނީ އެޑްމިން އެންޑް އިންފޮރމޭޝަން ޔުނިޓްގައެވެ. މައިގަނޑު މަސައްކަތަކީ ކޮންޕިއުޓަރާއި ޕްރިންޓަރ ތަކަށް ދިމާވާ މައްސަލަތައް ޙައްލު ކުރުމާއި، އޮފީހުގެ ނެޓްވޯކާބެހޭ މަސައްކަތްތައް ކުރުމާއި މިނޫންސްވެސް އައިޓީއާއި ގުޅުންހުރި މަސައްކަތްތައް ކުރުމެވެ.
ސީނިއަރ ކައުންސިލް އޮފިސަރ
ސީމާ ޢަލީ ޔުރެނަސް ފ.ނިލަންދޫ
އަލްފާޟިލާ ސީމާ ޢަލީ މިއިދާރާއާއި ގުޅިވަޑައިގަތީ 26 މޭ 2022 ގައި ކައުންސިލް އޮފިސަރގެ މަޤާމަށެވެ. ސީމާ ޢަލީ މިހާރު ހުންނެވި ސީނިއަރ ކައުންސިލް އޮފިސަރގެ މަޤާމަށް ބަދަލު ކުރެއްވީ 24 އޮގަސްޓު 2022 ގައެވެ. ސީމާ ޢަލީ މަސައްކަތް ކުރައްވަނީ އިންފްރާންސްޓްރަކްޗަރ އެންޑް އިކޮނަމިކް ޑިވެލޮޕްމެންޓް ޔުނިޓްގައެވެ. މައިގަނޑު މަސައްކަތަކީ ފ.އަތޮޅުސްޓޯރުގެ ވިޔަފާރިއާއިބެހޭ ކަންތައްތައް ބެލެހެއްޓުމާއި، ޓްރަސްޓް ފަންޑާއި އަތޮޅު ކައުންސިލުން ކުރަމުން ގެންދާ ވިޔަފާރީގެ މަސައްކަތްތައް ކުރުމެވެ.
އެކައުންޓްސް އޮފިސަރ އޮފިސަރ
ޢަލީ އަޙްމަދު ޖަވާހިރުމާގެ ފ.ނިލަންދޫ
އަލްފާޟިލް ޢަލީ އަޙްމަދު މިއިދާރާއާއި ގުޅިވަޑައިގަތީ 01 މާރިޗު 2023 ގައި އެކައުންޓްސް އޮފިސަރެއްގެ މަޤާމަށެވެ. ޢަލީ އަޙްމަދު ކުރިން މަސައްކަތް ކުރެއްވީ ބަޖެޓް އެންޑް ފައިނޭންސް ޔުނިޓްގައެވެ. އިދާރާގެ އޮނިގަނޑަށް 01 މާރިޗު 2023 ގައި ނެގައި ބަދަލާގުޅިގެން ޢަލީ އަޙްމަދު މިހާރު މަސައްކަތް ކުރައްވަނީ ކޯޕަރޭޓް އެފެއާޒް ސެކްޝަނުގައެވެ. މައިގަނޑު މަސައްކަތަކީ ބަޖެޓާ ނުބެހޭ ފައިސާއާއި މިއިދާރާގެ ޓުރަސްޓު ފަންޑުގެ ފައިސާއާއިބެހޭ މަސައްކަތެވެ. މީގެ ތެރޭގައި ލިބޭފައިސާ ބަލައިގަތުމާއި، ލިބޭފައިސާ އެކައުންޓަށް ޖަމާކުރުމާއި، ލިބޭފައިސާގެ ރިޕޯޓްތައް ތައްޔާރުކޮށް ހިސާބުތައް ބެލެހެއްޓުމާއި، ޓްރަސްޓް ފަންޑްގެ ހިސާބުތައް ބެލެހެއްޓުން ހިމެނެއެވެ.
ފައިނޭންސް އޮފިސަރ އޮފިސަރ
ފާޠިމަތު އިބްރާހީމް މުޝްތަރީގެއާގެ ފ.ނިލަންދޫ
އަލްފާޟިލާ ފާޠިމަތު އިބްރާހީމް މިއިދާރާއި ގުޅިވަޑައިގަތީ 24 ފެބްރުވަރީ 2000 ގައި ވޯކީ އޮޕަރޭޓަރެއްގެ މަޤާމަށެވެ. ފާޠިމަތު އިބްރާހީމް މިހާރު ހުންނެވި ކައުންސިލް އޮފިސަރގެ މަޤާމުން ފައިނޭންސް އޮފިސަރގެ މަޤާމަށް ބަދަލު ކުރެއްވީ 17 އޮކްޓޫބަރު 2022 ގައެވެ. ފާޠިމަތު އިބްރާހީމް މަސައްކަތް ކުރައްވަނީ ބަޖެޓް އެންޑް ފައިނޭންސް ޔުނިޓްގައެވެ. މައިގަނޑު މަސައްކަތަކީ މިއިދާރާގެ ބަޖެޓް ބެލެހެއްޓުމެވެ. މީގެ ތެރޭގައި މުވައްޒަފުންނަށް މުސާރަ ދިނުމާއި، ޕެންޝަންސްކީމާއި ކުރެޑިޓު ސްކީމުގެ ކަންތައް ކުރުމާއި، މިއިދާރާގެ މާލީ ހިސާބު ތައްޔާރު ކުރުމާއި، ލަފާކުރާ ބަޖެޓް ތައްޔާރު ކުރުން ހިމެނެއެވެ.
ކައުންސިލް އޮފިސަރ
ޚަދީޖާ ޢަލީ ކެނެރީގެއާގެ ފ.ނިލަންދޫ
އަލްފާޟިލާ ޚަދީޖާ ޢަލީ މިއިދާރާއާއި ގުޅިވަޑައިގަތީ 16 މޭ 2007 ގައި ކޭޝިއަރެއްގެ މަޤާމަށެވެ. މިހާރު ހުންނެވި ރިސާރޗް އޮފިސަރގެ މަޤާމަށް ބަދަލު ކުރެއްވީ 28 ޖަނަވަރީ 2017 ގައެވެ. ޚަދީޖާ ޢަލީ މަސައްކަތް ކުރައްވަނީ ޕޮލިސީ ޕްލޭނިންގ ރިޗާރޗް އެންޑް މޮނިޓަރިންގ ޔުނިޓްގައެވެ. މައިގަނޑު މަސައްކަތަކީ ރަށުކައުންސިލްތައް މޮނީޓަރ ކުރުމާގުޅޭ މަސައްކަތްތަކާއި، އަތޮޅުގެ މީހުންގެ ވިހާ މަރުވާ މީހުންގެ ރަޖިސްޓްރީއާއި، އާބާދީއާއިބެހޭ މަޢުލޫމާތު ބެލެހެއްޓުމުގެ މަސައްކަތެވެ.
ޚަދީޖާ ޢަލީ ހުންނެވި ރިސާރޗް އޮފިސަރގެ މަޤާމުގެ ނަން ކައުންސިލް އޮފިސަރ ގެ ނަމަށް ބަދަލު ކުރެއްވީ 01 ޖޫން 2021 ގައި ބަދަލު ކުރެވުނު ގޮތުގައި 12 ޖޫން 2021 ގައެވެ.
ކައުންސިލް އޮފިސަރ
ހުމައިދާ ޙުސައިން އަލިވާގެ ފ.ނިލަންދޫ
އަލްފާޟިލާ ޙުމައިދާ ޙުސައިން މިއިދާރާއާއި ގުޅިވަޑައިގަތީ 25 ޖަނަވަރީ 2000 ގައި އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ މަޤާމަށެވެ. މިހާރު ހުންނެވި އިކޮނަމިކު ޑިވެލޮޕްމެންޓު އޮފިސަރގެ މަޤާމަށް ބަދަލު ކުރެއްވީ 27 ފެބުރުވަރީ 2018 ގައެވެ. ހުމައިދާ ޙުސައިން މަސައްކަތް ކުރައްވަނީ އިންފްރާންސްޓްރަކްޗަރ އެންޑް އިކޮނަމިކް ޑިވެލޮޕްމެންޓް ޔުނިޓްގައެވެ. މައިގަނޑު މަސައްކަތަކީ ފ.އަތޮޅުސްޓޯރުގެ ކަންކަން ކުރުމާއި، އަތޮޅުކައުންސިލުން ހިންގާ އެކިއެކި އިންވެސްޓުމަންޓުގެ މަސައްކަތާއި، އިޤްތިޞާދީ ނުވަތަ އިޖުތިމާޢީ ބޭނުން ތަކަށް ކައުންސިލްގެ ނަމުގައި އުފުލޭ އަދި ނޫފުލޭ މުދާ ހޯދުމުގެ މަސައްކަތާއި ފަޅުރަށްރަށާބެހޭ ކަންތައް ކުރުމާއި ބެލެހެއްޓުމުގެ މަސައްކަތެވެ.
ހުމައިދާ ޙުސައިން ހުންނެވި އިކޮނަމިކް ޑިވެލޮޕްމަންޓް އޮފިސަރގެ މަޤާމުގެ ނަން ކައުންސިލް އޮފިސަރ ގެ ނަމަށް ބަދަލު ކުރެއްވީ 01 ޖޫން 2021 ގައި ބަދަލު ކުރެވުނު ގޮތުގައި 12 ޖޫން 2021 ގައެވެ.
ކައުންސިލް އޮފިސަރ
ޖަމީލާ ޢަބްދުﷲ ފެހިފަރުދާގެ ފ.ނިލަންދޫ
އަލްފާޟިލާ ޖަމީލާ ޢަބްދުﷲ މިއިދާރާއާއި ގުޅިވަޑައިގަތީ 31 އޮކްޓޯބަރ 2019 ގައި ޕްރޮޖެކްޓް އޮފިސަރެއްގެ މަޤާމަށެވެ. ޖަމީލާ ޢަބްދުﷲ މަސައްކަތް ކުރައްވަނީ އިންފުރާންސްޓްރަކުޗަރ އެންޑު އިކޮނަމިކު ޑިވެލޮޕްމެންޓު ޔުނިޓްގައެވެ. މައިގަނޑު މަސައްކަތަކީ އެއްގަމާއި ކަނޑުގެ އުޅަނދު ފަހަރަށާއި، ފ.އަތޮޅު ސްޓޭޓު ހައުސްއަށާއި އިދާރާއަށް ބޭނުންވެގެން ހޯދުމަށް ހުށަހަޅާ ތަކެތި ހޯދުމާއި، މަރާމާތު ކުރަންޖެހޭ ތަންތަނާއި ތަކެތި މަރާމާތު ކުރުމުގެ ކަންތައް ކުރިއަށް ގެންދިއުމާއި، ބިންބިމާއި ގޯތިގެދޮރުގެ ކަންތައް ބެލެހެއްޓުމާއި، ސްޓޭޓު ހައުސް ބަލަހައްޓައި އަދި އެތަނުގެ އިންވެންޓުރީ ބެލެހެއްޓުމުގެ މަސައްކަތެވެ.
ޖަމީލާ ޢަބްދުﷲ ހުންނެވި ޕްރޮޖެކްޓް އޮފިސަރގެ މަޤާމުގެ ނަން ކައުންސިލް އޮފިސަރ ގެ ނަމަށް ބަދަލު ކުރެއްވީ 01 ޖޫން 2021 ގައި ބަދަލު ކުރެވުނު ގޮތުގައި 12 ޖޫން 2021 ގައެވެ.
ކައުންސިލް އޮފިސަރ
ޒަހީރާ އިސްމާޢީލް ސީނިއަރވިލާ ފ.ނިލަންދޫ
އަލްފާޟިލާ ޒަހީރާ އިސްމާޢީލް މިއިދާރާއާއި ގުޅިވަޑައިގަތީ 13 އެޕްރީލް 2017 ގައި އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ މަޤާމަށެވެ. ކުރިން ހުންނެވި އެސިސްޓެންޓް ކައުންސިލް އޮފިސަރގެ މަޤާމުން ކައުންސިލް އޮފިސަރގެ މަޤާމަށް ބަދަލު ކުރެއްވީ 08 ފެބްރުވަރީ 2022 ގައެވެ. މި މަޤާމަށް ބަދަލު ކުރެއްވުމާ ގުޅިގެން ޒަހީރާ އިސްމާޢީލް މިހާރު މަސައްކަތް ކުރައްވަނީ އިންފްރާންސްޓްރަކްޗަރ އެންޑް އިކޮނަމިކް ޑިވެލޮޕްމެންޓް ޔުނިޓްގައެވެ. މައިގަނޑު މަސައްކަތަކީ ފ.އަތޮޅު ސްޓޯރާ ގުޅުންހުރި މަސައްކަތްތައް ކުރުމާ ބެލެހެއްޓުމެވެ.
ޒަހީރާ އިސްމާޢީލް ހުންނެވި އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމުގެ ނަން އެސިސްޓެންޓް ކައުންސިލް އޮފިސަރ ގެ ނަމަށް ބަދަލު ކުރެއްވީ 01 ޖޫން 2021 ގައި ބަދަލު ކުރެވުނު ގޮތުގައި 12 ޖޫން 2021 ގައެވެ.
އެސިސްޓެންޓް ކައުންސިލް އޮފިސަރ
ފާޠިމަތު އަޙްމަދު ބުލޫހެވަން ފ.ނިލަންދޫ
އަލްފާޟިލާ ފާޠިމަތު އަޙްމަދު މިއިދާރާއާއި ގުޅިވަޑައިގަތީ 19 އޮކްޓޫބަރ 1999 ގައި ސީނިއަރ ކްލާރކެއްގެ މަޤާމަށެވެ. ފާޠިމަތު އަޙްމަދު މިހާރު ހުންނެވި އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމަށް ބަދަލު ކުރެއްވީ 30 ޖަނަވަރީ 2017 ގައެވެ. ފާޠިމަތު އަޙްމަދު މަސައްކަތް ކުރައްވަނީ ކައުންސިލް ބިއުރޯގައެވެ. މައިގަނޑު މަސައްކަތަކީ ކައުންސިލްގެ ޖަލްސާތަކާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތަކާއި، ކައުންސިލަރުންގެ ޙާޟިރީއާބެހޭ މަސައްކަތްތަކާއި، ކައުންސިލަރުން ޙަވާލުކުރާ މަސައްކަތްތައް ކުރުމެވެ.
ފާޠިމަތު އަޙްމަދު ހުންނެވި އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމުގެ ނަން އެސިސްޓެންޓް ކައުންސިލް އޮފިސަރ ގެ ނަމަށް ބަދަލު ކުރެއްވީ 01 ޖޫން 2021 ގައި ބަދަލު ކުރެވުނު ގޮތުގައި 12 ޖޫން 2021 ގައެވެ.
އެސިސްޓެންޓް ކައުންސިލް އޮފިސަރ
ޢާއިޝަތު ޔުމްނާ މިނާ ފ.ނިލަންދޫ
އަލްފާޟިލާ ޢާއިޝަތު ޔުމްނާ މިއިދާރާއާއި ގުޅިވަޑައިގަތީ 09 އެޕްރީލް 2018 ގައި ގައި އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ މަޤާމަށެވެ. ޢައިޝަތު ޔުމްނާ މަސައްކަތް ކުރައްވަނީ އެޑްމިން އެންޑް އިންފޮރމޭޝަން ޔުނިޓްގައެވެ. މައިގަނޑު މަސައްކަތަކީ އެންޓުރީ ބެލެހެއްޓުމާއި ދުވަހު ޔައުމިއްޔާ ލިއުމާއި ކުށުގެ ރެކޯޑު ބެލެހެއްޓުމާއި، ގެއްލިގެން ނުވަތަ އާކުރަން ހުށަހަޅާ އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމާއި މިނޫންވެސް އިދާރީގޮތުން ކުރަންޖެހޭ މަސައްކަތައްތައް ކުރުމެވެ.
ޢާއިޝަތު ޔުމްނާ ހުންނެވި އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމުގެ ނަން އެސިސްޓެންޓް ކައުންސިލް އޮފިސަރ ގެ ނަމަށް ބަދަލު ކުރެއްވީ 01 ޖޫން 2021 ގައި ބަދަލު ކުރެވުނު ގޮތުގައި 12 ޖޫން 2021 ގައެވެ.
އެސިސްޓެންޓް ކައުންސިލް އޮފިސަރ
ޖަމްނާ މޫސާނަޢީމު ވައިއެރޭގެ ފ.ނިލަންދޫ
އަލްފާޟިލާ ޖަމްނާ މޫސާ ނަޢީމު މިއިދާރާއާއި ގުޅިވަޑައިގަތީ 16 ޖަނަވަރީ 2019 ގައި އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ މަޤާމަށެވެ.. ޖަމްނާ މޫސާ ނަޢީމު މަސައްކަތް ކުރައްވަނީ އެޑްމިން އެންޑް އިންފޮރމޭޝަން ޔުނިޓްގައެވެ. މައިގަނޑު މަސައްކަތަކީ އެންޓުރީ ބެލެހެއްޓުމާއި ދުވަހު ޔައުމިއްޔާ ލިއުމާއި ކުށުގެ ރެކޯޑު ބެލެހެއްޓުމާއި، ގެއްލިގެން ނުވަތަ އާކުރަން ހުށަހަޅާ އުފަންދުވަހުގެ ސެޓްފިކެޓް ހެއްދުމާއި މިނޫންވެސް އިދާރީގޮތުން ކުރަންޖެހޭ މަސައްކަތައްތައް ކުރުމެވެ. އަލްފާޟިލާ ޖަމްނާ މޫސާ މީގެކުރިން ސަރުކާރުގެ ވަޒީފާއެއް އަދާކޮށްފައެއް ނުވެއެވެ.
ޖަމްނާ މޫސާ ނަޢީމު ހުންނެވި އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމުގެ ނަން އެސިސްޓެންޓް ކައުންސިލް އޮފިސަރ ގެ ނަމަށް ބަދަލު ކުރެއްވީ 01 ޖޫން 2021 ގައި ބަދަލު ކުރެވުނު ގޮތުގައި 12 ޖޫން 2021 ގައެވެ.
ނެވި
ޢަބްދުލް ވާޙިދު ޙުސައިން އަލިވާގެ ފ.ނިލަންދޫ
އަލްފާޟިލް ޢަބްދުލް ވާޙިދު ޙުސައިން މިއިދާރާއާއި ގުޅިވަޑައިގަތީ 02 އެޕްރީލް 2013 ގައެވެ. ޢަބްދުލް ވާޙިދު ޙުސައިން މަސައްކަތް ކުރައްވަނީ އެޑްމިން އެންޑް އިންފޮރމޭޝަން ޔުނިޓްގައެވެ. މައިގަނޑު މަސައްކަތަކީ އަތޮޅު ދޯނި ދުއްވުމާއި، ދޯނީގެ ކަންތައް ބެލެހެއްޓުމެވެ.
ލޯންޗް ޑްރައިވަރ
ޢަލީ ވަޙީދު ކާމިޔާބު ފ.ނިލަންދޫ
އަލްފާޟިލް ޢަލީ ވަޙީދު މިއިދާރާއާއި ގުޅިވަޑައިގަތީ 14 ނޮވެންބަރ 2017 ގައި ލޯންޗް ޑުރައިވަރެއްގެ މަޤާމަށެވެ.. ޢަލީ ވަޙީދު މަސައްކަތް ކުރައްވަނީ އެޑްމިން އެންޑް އިންފޮރމޭޝަން ޔުނިޓްގައެވެ. މައިގަނޑު މަސައްކަތަކީ މިއިދާރާގެ ލޯންޗް ދުއްވުމާއި ލޯންޗް ބެލެހެއްޓުމާއި، ލޯންޗްގެ ފަޅުވެރިން ލައްވައި ލޯންޗްގެ މަސައްކަތްތައް ކުރުވުމެވެެ.
ކާރު ޑުރައިވަރ
ޢަބްދުއްރައްޒާޤް އިބްރާހީމް ވައިޖެހޭގެ ފ.ނިލަންދޫ
އަލްފާޟިލް ޢަބްދުއްރައްޒާޤް އިބްރާހީމް މިއިދާރާއާއި ގުޅިވަޑައިގަތީ 05 ފެބްރުވަރީ 1999 ގައި އަތޮޅުދޯނީ ފަޅުވެރިއެއްގެ މަޤާމަށެވެ. މިހާރު ހުންނެވި ކާރު ޑްރައިވަރގެ މަޤާމަށް ބަދަލު ކުރެއްވީ 22 ފެބްރުވަރީ 2005 ގައެވެ. ޢަބްދުއްރައްޒާޤް އިބްރާހީމް މަސައްކަތް ކުރައްވަނީ އެޑްމިން އެންޑް އިންފޮރމޭޝަން ޔުނިޓްގައެވެ. މައިގަނޑު މަސައްކަތަކީ މިއިދާރާގެ ކާރު ދުއްވުމާއި ކާރުގެ ކަންތައް ބެލެހެއްޓުމެވެ. ޢަބްދުއްރައްޒާޤް އިބްރާހީމް އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި އެން.އެސް.އެސް ގެ ޕްރައިވެޓް ކަމާއި، މިއިދާރާގެ އަތޮޅުދޯނީގެ ފަޅުވެރިކަން ހިމެނެއެވެ.
ވޭން ޑުރައިވަރ
އިސްމާޢީލް ޒާހިރު ލަގަން ފ.ނިލަންދޫ
އަލްފާޟިލް އިސްމާޢީލް ޒާހިރު މިއިދާރާއާއި ގުޅިވަޑައިގަތީ 01 ޑިސެންބަރ 2019 ގައި ވޭން ޑުރައިވަރެއްގެ މަޤާމަށެވެ. އިސްމާޢީލް ޒާހިރު މަސައްކަތް ކުރައްވަނީ އެޑްމިން އެންޑް އިންފޮރމޭޝަން ޔުނިޓްގައެވެ. މައިގަނޑު މަސައްކަތަކީ މިއިދާރާގެ ވޭން ދުއްވުމާއި ވޭން ބެލެހެއްޓުމުގެ މަސައްކަތެވެ.
އަތޮޅު ދޯނީ ފަޅުވެރި
ޙަސަން ޒަރީރު ރާސްތާ ފ.ނިލަންދޫ
އަލްފާޟިލް ޙަސަން ޒަރީރު މިއިދާރާއާއި ގުޅިވަޑައިގަތީ 01 އެޕްރީލް 2005 ގައި އަތޮޅު ދޯނީ ފަޅުވެރިއެއްގެ މަޤާމަށެވެ. ޙަސަން ޒަރީރު މަސައްކަތް ކުރައްވަނީ އެޑްމިން އެންޑް އިންފޮރމޭޝަން ޔުނިޓްގައެވެ. މައިގަނޑު މަސައްކަތަކީ މިއިދާރާގެ ދޯނީގައި ކުރަންޖެހޭ ދަތުރުތައް ކުރުމާއި ދޯނި ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތެވެ.
ލޯންޗް ފަޅުވެރި
އިބްރާހީމް ފާރޫޤް ލޮނުމިދިލިމާގެ ހދ.ކުމުންދޫ
އަލްފާޟިލް އިބްރާހީމް ފާރޫޤް މިއިދާރާއާއި ގުޅިވަޑައިގަތީ 01 ޖުލައި 2014 ގައި ލޯންޗް ފަޅުވެރިއެއްގެ މަޤާމަށެވެ. އިބްރާހީމް ފާރޫޤް މަސައްކަތް ކުރައްވަނީ އެޑްމިން އެންޑް އިންފޮރމޭޝަން ޔުނިޓްގައެވެ. މައިގަނޑު މަސައްކަތަކީ މިއިދާރާގެ ލޯންޗްގައި ކުރަންޖެހޭ ދަތުރުތައް ކުރުމާއި ލޯންޗް ސާފުކޮށްް ބެލެހެއްޓުމުގެ މަސައްކަތެވެ.
ލޯންޗް ފަޅުވެރި
އަޙްމަދު އިޙްސާން ސީނިއަރވިލާ ފ.ނިލަންދޫ
އަލްފާޟިލް އަޙްމަދު އިޙްސާން މިއިދާރާއާއި ގުޅިވަޑައިގަތީ ގައެވެ. އަޙްމަދު އިޙްސާން މަސައްކަތް ކުރައްވަނީ އެޑްމިން އެންޑް އިންފޮރމޭޝަން ޔުނިޓްގައެވެ. މައިގަނޑު މަސައްކަތަކީ މިއިދާރާގެ ލޯންޗްގައި ކުރަންޖެހޭ ދަތުރުތައް ކުރުމާއި ލޯންޗް ސާފުކޮށްް ބެލެހެއްޓުމުގެ މަސައްކަތެވެ.
ދޯނީ ފަޅުވެރި
އަޙްމަދު މުޙައްމަދު މުޝްތަރީގެ ފ.ނިލަންދޫ
އަލްފާޟިލް އަޙްމަދު މުޙައްމަދު މިއިދާރާއާއި ގުޅިވަޑައިގަތީ 01 ޖުލައި 2014 ގައި ދޯނީ ފަޅުވެރިއެއްގެ މަޤާމަށެވެ. އަޙްމަދު މުޙައްމަދު މަސައްކަތް ކުރައްވަނީ އެޑްމިން އެންޑް އިންފޮރމޭޝަން ޔުނިޓްގައެވެ. މައިގަނޑު މަސައްކަތަކީ މިއިދާރާގެ ދޯނީގައި ކުރަންޖެހޭ ދަތުރުތައް ކުރުމާއި ދޯނި ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތެވެ.
ކައުންސިލް އެސިސްޓެންޓް
ފާޠިމަތު ނަޢީމާ ޢަޞުރުމާގެ ފ.ނިލަންދޫ
އަލްފާޟިލާ ފާޠިމަތު ނަޢީމާ މިއިދާރާއާއި ގުޅިވަޑައިގަތީ 05 ޖޫން 2013 ގައި މަސައްކަތު މީހެއްގެ މަޤާމަށެވެ. ފާޠިމަތު ނަޢީމާ މަސައްކަތް ކުރައްވަނީ އިންފްރާންސްޓްރަކްޗަރ އިކޮނަމިކް ޑިވެލޮޕްމެންޓް ޔުނިޓްގައެވެ. މައިގަނޑު މަސައްކަތަކީ އަތޮޅުގެއާއި އަތޮޅުގޯތި ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތެވެ.
ފާޠިމަތު ނަޢީމާ ހުންނެވި މަސައްކަތުގެ މަޤާމުގެ ނަން ކައުންސިލް އެސިސްޓެންޓްގެ ނަމަށް ބަދަލު ކުރެއްވީ 01 ޖޫން 2021 ގައި ބަދަލު ކުރެވުނު ގޮތުގައި 12 ޖޫން 2021 ގައެވެ.
ކައުންސިލް އެސިސްޓެންޓް
ޢާއިޝަތު މުޙައްމަދު ގުލްޝަން ފ.ނިލަންދޫ
އަލްފާޟިލާ ޢާއިޝަތު މުޙައްމަދު މިއިދާރާއާއި ގުޅިވަޑައިގަތީ 13 އޮގަސްޓް 2013 ގައި މަސައްކަތު މީހެއްގެ މަޤާމަށެވެ. ޢާއިޝަތު މުޙައްމަދު މަސައްކަތް ކުރައްވަނީ އިންފްރާންސްޓްރަކްޗަރ އިކޮނަމިކް ޑިވެލޮޕްމެންޓް ޔުނިޓްގައެވެ. މައިގަނޑު މަސައްކަތަކީ އަތޮޅުގެއާއި އަތޮޅުގޯތި ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތެވެ.
ޢާއިޝަތު މުޙައްމަދު ހުންނެވި މަސައްކަތުގެ މަޤާމުގެ ނަން ކައުންސިލް އެސިސްޓެންޓްގެ ނަމަށް ބަދަލު ކުރެއްވީ 01 ޖޫން 2021 ގައި ބަދަލު ކުރެވުނު ގޮތުގައި 12 ޖޫން 2021 ގައެވެ.
ކައުންސިލް އެސިސްޓެންޓް
ޙަބީބާ މުޙައްމަދު ގަހާ ފ.ނިލަންދޫ
އަލްފާޟިލާ ޙަބީބާ މުޙައްމަދު މިއިދާރާއާއި ގުޅިވަޑައިގަތީ 21 ޖަނަވަރީ 2014 ގައި މަސައްކަތު މީހެއްގެ މަޤާމަށެވެ. ޙަބީބާ މުޙައްމަދު މަސައްކަތް ކުރައްވަނީ ހިއުމަން ރިސޯސް ޔުނިޓްގައެވެ. މައިގަނޑު މަސައްކަތަކީ މިއިދާރާއާއި މިއިދާރާގެ ގޯތި ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތެވެ.
ޙަބީބާ މުޙައްމަދު ހުންނެވި މަސައްކަތުގެ މަޤާމުގެ ނަން ކައުންސިލް އެސިސްޓެންޓްގެ ނަމަށް ބަދަލު ކުރެއްވީ 01 ޖޫން 2021 ގައި ބަދަލު ކުރެވުނު ގޮތުގައި 12 ޖޫން 2021 ގައެވެ.
ކައުންސިލް އެސިސްޓެންޓް
ޖަމީލާ މޫސާ މަލާޒު ފ.ނިލަންދޫ
އަލްފާޟިލާ ޖަމީލާ މޫސާ މިއިދާރާއާއި ގުޅިވަޑައިގަތީ 04 ނޮވެންބަރ 2019 ގައި މަސައްކަތު މީހެއްގެ މަޤާމަށެވެ. ޖަމީލާ މޫސާ މަސައްކަތް ކުރައްވަނީ ހިއުމަން ރިސޯސް ޔުނިޓްގައެވެ. މައިގަނޑު މަސައްކަތަކީ މިއިދާރާއާއި މިއިދާރާގެގޯތި ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތެވެ.
ޖަމީލާ މޫސާ ހުންނެވި މަސައްކަތުގެ މަޤާމުގެ ނަން ކައުންސިލް އެސިސްޓެންޓްގެ ނަމަށް ބަދަލު ކުރެއްވީ 01 ޖޫން 2021 ގައި ބަދަލު ކުރެވުނު ގޮތުގައި 12 ޖޫން 2021 ގައެވެ.