އަތޮޅުކައުންސިލްގެ ނައިބްރައީސް ކަމުގެ މަޤާމަށް ޢަބްދުﷲ ވަޙީދު އިންތިޚާބު ކޮށްފި

18 ޖޫން 2021



ހަތަރުވަނަ ދައުރުގެ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ނައިބްރައީސް ކަމުގެ މަޤާމަށް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ މެންބަރ ފ.މަގޫދޫ ގުލްބަކާގޭ ޢަބްދުﷲ ވަޙީދު އިންތިޚާބު ކޮށްފިއެވެ.

ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫ ކައުންސިލްގެ ރައީސްކަމުގެ މަޤާމުވެސް އަދާކުރައްވަމުން ގެންދަވާ ޢަބްދުﷲ ވަޙީދު، ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ނައިބްރައީސް ކަމުގެ މަޤާމަށް އިންތިޚާބު ކުރެއްވީ، 18 ޖޫން 2021 ވަނަ ދުވަހު ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާގައި ބޭއްވި މި ދައުރުގެ 04 ވަނަ ޢާންމު ޖަލްސާއިންނެވެ.

މިއަދު ބޭއްވި ޢާންމު ޖަލްސާއަށް ޙާޟިރުވެފައިވަނީ އަތޮޅުކައުންސިލްގެ ރައީސާއެކު 5 މެންބަރުންނެވެ.