ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫ ކައުންސިލް މޮނިޓަރ ކުރުމުގެ މަސައްކަތް ކޮށްފި

17 ޖުލައި 2021



މިއަތޮޅުގެ ރަށުކައުންސިލްގެ އިދާރާތައް މޮނިޓަރ ކުރުމަށް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާއިން ކުރިއަށް ގެންދާ ޕްރޮގްރާމްގެ ދަށުން މިއަތޮޅު މަގޫދޫ ކައުންސިލްގެ އިދާރާ މޮނިޓަރ ކޮށްފިއެވެ. މިއީ މިއަހަރު މޮނިޓަރ ކުރެވޭ 03 ވަނަ ކައުންސިލެވެ.

މި މޮނިޓަރިންގ އަކީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައިވާ ގޮތުގެމަތިން ނިލަންދެއަތޮޅު އަތޮޅު އުތުރުބުރީ މަގޫދޫ ކައުންސިލުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު ތަކާއި ޒިންމާތައް އަދާކުރަމުން ގެންދާގޮތާއި މިޤާނޫނުގެ ދަށުން ކައުންސިލުން ތައްޔާރުކޮށް ހުށަހަޅަންޖެހޭ ރިޕޯޓްތަކާއި ލިއުންތައް ޤާނޫނުގައި ބުނެފައިވާ ގޮތުގެމަތިން ހުށަހަޅަންޖެހޭ ފަރާތްތަކަށް ހުށަހަޅާފައިވޭތޯ ބެލުމާއި ކައުންސިލްގެ މުދަލާއި ފައިސާގެ ކަންކަންތައް ތަކާއި މުވައްޒަފުންގެ ރެކޯޑްތައް ބަލަހައްޓަމުން ގެންދަނީ އެކަންކަން ކުރިއަށް ގެންދަންޖެހޭ ޤާނޫނުތަކާއި ޤަވާޢިދުތަކާ އެއްގޮތަށްތޯ ބަލައި، ކައުންސިލަށް އެހީތެރިކަން ބޭނުންވާ ދާއިރާތައް ދެނެގަތުމަށް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން ކުރިއަށް ގެންދިޔަ މޮނިޓަރިންގ އެކެވެ.

ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫ ކައުންސިލްގެ އިދާރާ މޮނިޓަރކުރީ 01 ޖަނަވަރީ 2019 އިން 31 ޑިސެންބަރ 2020 ގެ ނިޔަލަށް 02 އަހަރު ދުވަހެވެ. މޮނިޓަރ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގެ 04 މެންބަރުންގެ މައްޗަށް އެކުލެވޭ ޓީމަކުން 2021 ޖުލައި 13 އިން 16 އަށެވެ. މޮނިޓަރިންގ ޓީމުގައި ހިމެނެނީ؛

01- އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް އަޙްމަދު ރަފީޢު

02- އެކައުންޓްސް އޮފިސަރ އާމިނަތު ރިލްފާ

02- ކައުންސިލް އޮފިސަރ ޚަދީޖާ ޢަލީ

03- ކައުންސިލް އޮފިސަރ ޖަމީލާ ޢަބްދުﷲ

ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫ ކައުންސިލްގެ އިދާރާ މޮނިޓަރ ކުރުމުގައި ރަގަނޅަށް ކޮށްފައިހުރި ކަންތައްތަކާއި ރަނގަޅު ކުރަންޖެހޭ ކަންތައްތަކުގެ މަޢުލޫމާތު ދަރަނބޫދޫ ކައުންސިލްގެ ވެރިންނަށާއި އިދާރީ މުވައްޒަފުންނަށް ދެވިފައިވެއެވެ.