މިއަތޮޅުގެ ސްކޫލްތަކުގެ ޕްރިންސިޕަލުންނާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި
ނިލަންދެއަތޮޅު އުތުރުބުރީ ސްކޫލްތަކުގެ ދަރިވަރުންގެ އަދަބީ ފެންވަރު މަތިކުރުމުގެ ގޮތުން ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން އިސްނަގައިގެން މިއަތޮޅުގެ ސްކޫލްތަކުގެ މެދުގައި "އަދަބީ ފޯވަހި" ގެ ނަމުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އަދަބީ މުބާރާތް ކުރިއަށް ގެންދިއުމާބެހޭ ގޮތުން މަޝްވަރާ ކުރުމަށް ޕްރިންސިޕަލުންނާއެކު މަޝްވަރާ ބައްދަލުވުމެއް މިއަދު ބާއްވާފައި ފިއެވެ.
ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން ފުރަތަމަ ފަހަރަށް ކުރިއަށް ގެންދާ މި މުބާރާތް ބޭއްވުމުގެ މަޤްޞަދަކީ ސްކޫލްތަކުގެ ދަރިވަރުންގެ އަދަބީ ފެންވަރު މަތިކުރުމަށާއި އަތޮޅުފެންވަރުގައި ސްކޫލްތަކުގެ ދަރިވަރުން ވާދަ ކޮށްލުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމާއި، އަތޮޅުކައުންސިލާއި ސްކޫލްތަކާއި ދެމެދުގައި އޮންނަ ގުޅުން ރަގަނޅު ކުރުމަށް މަސައްކަތް ކުރުމެވެ.
މި މުބާރާތުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 04 މުބާރާތެވެ. އެއީ;
01- ވާހަކަ ދެއްކުމުގެ މުބާރާތް
02- މަޢުލޫމާތުގެ ކްއިޒް މުބާރާތް
03- ރައިވަރު ކިއުމުގެ މުބާރާތް
04- ބަނދި ކިއުމުގެ މުބާރާތް
މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ގްރޭޑް 06 އިން 10 އާއި ދެމެދުގެ ދަރިވަރުންނަށެވެ.
މި ބައްދަލުވުމުގައި އަތޮޅުކައުންސިލްގެ ރައީސް ޢަލީ މުޙައްމަދާއި އަތޮޅުކައުންސިލްގެ ނައިބްރައީސް ޢަބްދުﷲ ވަޙީދާއި އަތޮޅުކައުންސިލްގެ މެންބަރުންނާއި އަތޮޅުކައުންސިލް އިދާރާގެ ވެރިން ބައިވެރިވެ ވަޑައިގަތެވެ.