ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގެ މޫނުމަތި ރީތި ކުރުމުގެ މަސައްކަތް ފަށައިފި

24 އޯގަސްޓް 2021



ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގެ މޫނުމަތި ރީތި ކުރުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ. މި މަސައްކަތް ފައްޓަވައި ދެއްވީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ރައީސް ޢަލީ މުޙައްމަދާއި ނައިބްރައީސް ޢަބްދުﷲ ވަޙީދާއި އަތޮޅުކައުންސިލްގެ މެންބަރުންނާއި ކައުންސިލް އިދާރާގެ ވެރިންނެވެ.

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގެ މޫނުމަތި ރީތި ކުރުމަށް ކުރަހާފައިވާ ޑިޒައިނާ އެއްގޮތަށް މި މަސައްކަތް ކުރަމުން ގެންދަނީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގެ މުވައްޒަފުންނެވެ. މި މަސައްކަތަށް ކައުންސިލް އިދާރާގެ މުވައްޒަފުންގެ ފަންޑުން -/30،000 ރުފިޔާ ޚަރަދު ކުރުމަށްވަނީ ހަމަޖެހިފައެވެ.

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގެ މޫނުމަތި ޑިޒައިން ކޮށްދެއްވީ ހިލޭ ސާބަހަށް މއ. ޖާރަލްގޭ އާމިނަތު ޒޫނާއެވެ.


ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގެ މޫނުމަތީގެ ޑިޒައިން
އަތޮޅުކައުންސިލް އިދާރާގެ މޫނުމަތި ރީތިކުރުމުގެ މަސައްކަތުގެ ތެރެއިން