ތަޖުރިބާ ދަތުރެއްގައި ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅުކައުންސިލުން މިއަތޮޅަށް ޒިޔާރަތް ކުރައްވައިފި

18 ސެޕްޓެންބަރ 2021



ތަޖުރިބާ ދަތުރެއްގައި ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅުކައުންސިލްގެ އިދާރާގެ އިދާރީ ވެރިންނާއި މުވައްޒަފުން މިއަދު މިއަތޮޅަށް ޒިޔާރަތް ކުރައްވައިފިއެވެ. މިދަތުރުގައި ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅުކައުންސިލްގެ ރައީސް ބައިވެރިވެ ވަޑައިގަތެވެ.

ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ރައީސާއެކު އަތޮޅުކައުންސިލް އިދާރާގެ ވެރިންނާއި މުވައްޒަފުންގެ ތެރެއިން 14 ބޭފުޅުން ހިމެނޭގޮތަށް މިއަތޮޅަށް ކުރެއްވި މި ދަތުރުގައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ އިތުރުން މިއަތޮޅުގެ ހުރިހާ ރަށެއްގެ ރަށުކައުންސިލް އިދާރާތަކުގެ މަސައްކަތްތައް ކުރަމުން ގެންދާގޮތްތައް ބެއްލެވުމަށް ހުރިހާ ރަށަކަށް ދަތުރު ކުރުމަށްވަނީ ހަމަޖެހިފައެވެ.

ތަޖްރިބާ ޙިއްޞާ ކުރުމަށް ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލާއި، ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލާއެކު ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ބައްދަލުކުރުން 18 ސެޕްޓެންބަރ 2021 ވަނަ ދުވަހުގެރޭ 20.30 ގައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލްގައި ބާއްވާފައި ވެއެވެ. މި ބައްދަލު ކުރެއްވުމުގައި ދެ ކައުންސިލުން ކުރަމުން ގެންދާ ކަންތައްތައް ތަކުގެ ތަޖުރިބާ ޙިއްޞާ ކުރައްވާފައި ވެއެވެ.

ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅުކައުންސިލުން މިއަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވައި އަތޮޅަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ 22 ސެޕްޓެންބަރ 2021 ވަނަ ދުވަހުއެވެ.