ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ޤުރުއާން މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލައިފި

27 ސެޕްޓެންބަރ 2021


2019 ވަނައަހަރުގެ އަތޮޅު ޤުރުއާން މުބާރާތް

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން އިންތިޒާމް ކޮށްގެން މިއަހަރު ބޭއްވުމަށް ހަމަޖައްސާފައިވާ ފ.އަތޮޅު ޤުރުއާން މުބާރާތް އަންނަ އޮކްޓޯބަރ މަހުގެ 15 އިން 18 އަށް މިއަތޮޅު ނިލަންދޫގައި ބާއްވާ ގޮތަށް ނިންމަވައި، މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިއަހަރުގެ ޤުރުއާން މުބާރާތް އަމާޒު ކޮށްފައިވަނީ ނިލަންދެއަތޮޅު އުތުރުބުރީ ސްކޫލް / މަދަރުސާތަކުގެ ދަރިވަރުން ނަށެވެ.

މި މުބާރާތުގައި ނިލަންދެއަތޮޅު އުތުރުބުރީގެ ސްކޫލް / މަދަރުސާ ތަކުގެ ވިހާގިނަ ދަރިވަރުންނަށް ބައިވެރި ވުމުގެ ފުރުޞަތު ދިނުމުގެ ގޮތުން 06 އުމުރު ފުރާއަކުން ދަރިވަރުން ބައިވެރިކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. ޢުމުރުފުރާ ތަކަކީ 6 އަހަރުންދަށް، 9 އަހަރުންދަށް، 12 އަހަރުންދަށް، 15 އަހަރުންދަށް، 18 އަހަރުންދަށް އަދި 18 އަހަރުންމައްޗެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ސްކޫލް / މަދަރުސާ ތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭފޯމާއި، ފޯމާއެކު ހުށަހަޅަންޖެހޭ ލިއުންތައް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާއަށް ހުށަހަޅަންޖެހޭ އެންމެ ފަހުގެ ތާރީޚަކީ 2021 އޮކްޓޯބަރ މަހުގެ 06 ވަނަ ދުވަހުގެ އޮފީސް ބަންދު ވުމުގެ ކުރިންނެވެ.

މުބާރާތުގެ ޤަވާޢިދާއި އުޞޫލާއި، މުބާރާތުގައި ބައިވެރިވުމަށް އެދޭފޯމް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ. އަދި އަތޮޅުކައުންސިލްގެ ވެބްސައިޓުންނާއި ފޭސްބުކު ޕޭޖުންވެސް ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.

* "ފ.އަތޮޅު ޤުރުއާން މުބާރާތް 2021" ގެ ޤަވާޢިދު

* "ފ.އަތޮޅު ޤުރުއާން މުބާރާތް 2021" ގެ އުޞޫލް

* "ފ.އަތޮޅު ޤުރުއާން މުބާރާތް 2021" ގައި ބައިވެރިވުމަށް އެދޭ ފޯމު