ރަށުކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންނަށް އޮރިއެންޓޭޝަން ޕްރޮގްރާމެއް ހިންގައިފި

15 ޑިސެންބަރ 2021



މިއަތޮޅުގެ ރަށުކައުންސިލް ތަކުގެ ސެކްރެޓަރީ ޖެނެރަލުން މަސައްކަތަށް އަހުލުވެރި ކުރުމުގެ ގޮތުން ސެކްރެޓަރީ ޖެނެރަލުންނަށް އަމާޒުކޮށްގެން 02 ދުވަހުގެ އޮރިއެންޓޭޝަން ޕްރޮގްރާމެއް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން ކުރިއަށް ގެންގޮސްފިއެވެ. މިތަމްރީނު ޕްރޮގްރާމްގައި ހުރިހާ ކައުންސިލްތަކުން ބައިވެރިވެފައި ވެއެވެ.

13 ޑިސެންބަރ 2021 އިން 14 ޑިސެންބަރ 2021 އަށް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގެ ކޮންފަރެންސް ހޯލްގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ކައުންސިލްތައް ހިންގުމުގެ ދާއިރާ ތަކުންނާއި ރަށުކައުންސިލްތަކުގެ ޕާފޯމަންސް އިންޑެކްސް ރަގަނޅު ކުރާނެ ގޮތްތަކުގެ މަޢުލޫމާތު ދެވިފައިވެއެވެ. މަޢުލޫމާތު ދެވުނު ބައިތަކަކީ:

01- މޮނިޓަރިންގ އެންޑް ސްޓެޓިސްޓިކްސް

02- ޕްރޮކިއުމެންޓް ނިޒާމް

03- ޖެމްސްގެ ނިޒާމް އަދި އިދާރީ ހިންގުން

04- ޕާރފޯމް އިންޑެކްސް / ނަތީޖާ ޙާޞިލް ކުރުން

05- އެކި މުއްދަތުތަކަށް ޤާނޫނުތަކުގައި ބަޔާންކުރާ ބައިތައް

06- ގުޑްގަވަރނަސް އަދި ތަރައްޤީ ޕްލޭން

ޖުމްލަ 06 ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި މި ތަމްރީނު ޕްރޮގްރާމްގައި މަޢުލޫމާތު ދެއްވީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގެ ވެރިންނާއި މުވައްޒަފުންގެ އިތުރުން ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ކުރީގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ޖަލީލެވެ.