2022 ވަނައަހަރަށް ލަފާކުރި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ބަޖެޓް ފާސްކޮށްފި

06 ޖަނަވަރީ 2022



ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން 2022 ވަނައަހަރަށް ލަފާކުރި ބަޖެޓް އަތޮޅު ކައުންސިލްގެ 2022 ވަނައަހަރުގެ ފުރަތަމަ ޢާންމު ޖަލްސާއިން 06 ޖަނަވަރީ 2022 ގައި ފާސްކޮށްފިއެވެ. މި ބަޖެޓަކީ އާމްދަނީއާއި ޚަރަދު އެއްވަރުވާ ތިލަފަތް ހަމަ ބަޖެޓެކެވެ.

2022 ވަނައަހަރަށް ފާސްކުރި ބަޖެޓު ތައްޔާރުކޮށްފައިވަނީ 2022 ވަނައަހަރު ދައުލަތުން ބްލޮކް ގްރާންޓްގެ ގޮތުގައި ދޭ ފައިސާއާއި ކައުންސިލަށް އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރާ ފައިސާގެ މައްޗަށް ބަލަގެންނެވެ. އެގޮތުން 2022 ވަނައަހަރު ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީގެ ޖުމްލައަކީ -/24،625،618 ރުފިޔާއެވެ. ޚަރަދުވާނެކަމަށް ލަފާކުރާ ޚަރަދުގެ ޖުމްލައަކީވެސް -/24،625،618 ރުފިޔާއެވެ.

2022 ވަނައަހަރު ލިބޭނެކަމަށް ލަފާކުރި އާމްދަނީއާއި، ޚަރަދުވާނެ ކަމަށް ލަފާކުރި ޚަރަދުގެ ހިސާބު ތިރީގައި އެވަނީއެވެ.

2022 ވަނައަހަރު ލިބޭނެކަމަށް ލަފާކުރާ އާމްދަނީ

1 ދައުލަތުން ދޭ ބްލޮކް ގްރާންޓް ދައުލަތުން ދޭ އެހީގެ ފައިސާ 5,751,820.00
2 "މާވަރު" ޓުރަސްޓް ފަންޑް ޓުރަސްޓް ފަންޑުގެ ޙަރަކާތްތަކުން ލިބޭފައިސާ 4,543,150.00
3 ފ.އަތޮޅުސްޓޯރަށް ލިބޭ އާމްދަނީ މުދާ ވިއްކައިގެން ލިބޭފައިސާ 14,330,648.00
ޖުމްލަ 24,625,618.00

2022 ވަނައަހަރު ޚަރަދުވާނެކަމަށް ލަފާކުރާ ޚަރަދު

1 ދައުލަތުން ދޭ ބްލޮކް ގްރާންޓް މުވައްޒަފުންނަށް މުސާރަ ދިނުމާއި އިދާރީ ހިންގުމަށް 5,751,820.00
2 "މާވަރު" ޓުރަސްޓް ފަންޑް ޓުރަސްޓް ފަންޑުގެ ޙަރަކާތްތައް ހިންގުމަށް 4,543,150.00
3 ފ.އަތޮޅުސްޓޯރަށް ލިބޭ އާމްދަނީ މުވައްޒަފުންނަށް މުސާރަ ދިނުމާއި ސްޓޯރ ހިންގުމަށް 14,330,648.00
ޖުމްލަ 24,625,618.00

2022 ވަނައަހަރަށް ފާސްކުރި ބަޖެޓުގެ ތެރެއިން ކުރަން ކަނޑައަޅާފައިވާ މުހިންމު ކަންތައް ތަކުގެ ތެރޭގައި އަތޮޅުފެންވަރުގައި ޤުރުއާން މުބާރާތެއް ބޭއްވުމާއި، އަތޮޅުގެ ރަށްރަށުގެ އެކި ސަރަޙައްދު ތަކުގައި ބެހެއްޓުމަށް ކުނިއަޅާ ޑަސްބިން ހޯދައި ދިނުމާއި، އަތޮޅުގެ ސްކޫލްތަކަށް އަމާޒުކޮށްގެން އަދަބީ މުބާރާތެއް ބޭއްވުމާއި، އަތޮޅުކައުންސިލާއި ރަށުކައުންސިލް ތަކުގެ މުވައްޒަފުން ތަމްރީނު ކުރުމަށް ތަމްރީނު ޕްރޮގްރާމްތައް ހިންގުމާއި، ކުނިމެނޭޖް ކުރުމުގެ މަހާސިންތާއެއް ބޭއްވުމާއި، އަތޮޅުފެންވަރުގައި ވޮލީ މުބާރާތެއް ބޭއްވުން ހިމެނެއެވެ.

2022 ވަނައަހަރު ލިބޭނެކަމަށް ލަފާކުރި އާމްދަނީއާއި ޚަރަދުގެ ބައިތައް ތިރީގައި އެވާ ލިންކުން ސާފުވެ ވަޑައިގަންނަވާނެއެވެ.

2022 ވަނައަހަރަށް ފާސްކުރި ޚަރަދާއި، އާމްދަނީގެ ތަފްޞީލް