ނިލަންދެއަތޮޅު އުތުރުބުރީގެ ރަށުކައުންސިލް އިދާރާތައް މޮނިޓަރ ކުރުމުގެ މަސައްކަތް އަތޮޅުކައުންސިލުން ފަށައިފި

25 ޖަނަވަރީ 2022


ފީއަލީ ކައުންސިލްގެ އިދާރާ މޮނިޓަރ ކުރަން ފެށުމުގެ ބައްދަލުވުމުގެ ތެރެއިން

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން 2022 ވަނައަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމް ތަކުގެ ތެރެއިން އެންމެ މުހިންމު އެއް ޕްރޮގްރާމް ކަމުގައިވާ، ނިލަންދެއަތޮޅު އުތުރުބުރީގެ ރަށުކައުންސިލް އިދާރާތައް މޮނިޓަރ ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

2022 ވަނައަހަރު މޮނިޓަރކުރާ ފުރަތަމަ ކައުންސިލް އިދާރާގެ ގޮތުގައި މިއަތޮޅު ފީއަލީ ކައުންސިލް އިދާރާ ކަނޑައަޅައި، އެ އިދާރާ މޮނިޓަރ ކުރުމުގެ މަސައްކަތް 24 ޖަނަވަރީ 2022 ގައިވަނީ ފަށާފައެވެ.

ރަށުކައުންސިލް އިދާރާތައް މޮނިޓަރ ކުރާއިރު ބަލަމުންގެންދާ ކަންތައް ތަކުގެ ތެރޭގައި އިދާރީ ކަންތައްތަކާއި، ފައިސާގެ ކަންތައްތައް ހުރި ނެތްގޮތް ބެލުމުގެ އިތުރުން ރައްޔިތުންނާ ގުޅުންހުރި ހުރިހާކަމެއް ކުރަމުން ގެންދާގޮތް ބެލުން ހިމެނެއެވެ.

ކުރީ އަހަރުތަކާ ޚިލާފަށް މިއަހަރު ރަށުކައުންސިލް އިދާރާތައް މޮނިޓަރ ކުރުމުގެ މަސައްކަތް މިއަހަރުގެ މޭ މަހުގެ ނިޔަލަށް ނިންމައި، ހުރިހާ ކައުންސިލްތަކެއްގެ މޮނިޓަރިންގ ރިޕޯޓްވެސް އެތާރީޚްގެ ކުރިން ޢާންމުކޮށް، މޮނިޓަރިންގައި ފާހަގަ ކުރެވުނު ކަންތައްތައް ކައުންސިލް ތަކުން އިސްލާޙް ކޮށްފައިވާ މިންވަރު މިއަހަރުގެ ސެޕްޓެންބަރ މަހުގެ ތެރޭގައި ބެލުމަށްވަނީ ހަމަޖެހިފައެވެ.