ފ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރީސްކޫލްގެ ދަރިވަރުން އަތޮޅުކައުންސިލަށް ޒިޔާރާތްކޮށްފި

17 ފެބްރުވަރީ 2022


ސަރުކާރުގެ މުވައްސަސާތަކުން ކުރަމުން ގެންދާ މަސައްކަތްތައް އޮޅުން ފިލުވުމަށް ފ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕުރީސްކޫލްގެ ދަރިވަރުން ނިލަންދޫގައިހުރި މުވައްސަސާތަކަށް ކުރަމުން ގެންދާ ޒިޔާރަތުގެ ތެރެއިން އެމަރުކަޒުގެ ޕްރީސްކޫލްގެ 100 ދަރިވަރުން މިއަދު ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލަށް ޒިޔާރާތް ކޮށްފިއެވެ.

އަތޮޅުކައުންސިލަށް ޒިޔާރާތް ކުރެއްވި ޕުރީސްކޫލް ދަރިވަރުންނަށް، ކައުންސިލުން ކުރަމުން ގެންދާ މަސައްކަތްތަކުގެ މަޢުލޫމާތު ކުދިންގެ ޢުމުރާ ގުޅޭގޮތަށް ދެވިފައިވެއެވެ. އަދި އަތޮޅުކައުންސިލްގައި މަސައްކަތްތައް ކުރަމުން ގެންދާ ޔުނިޓްތަކަށް ގެންގޮސް ޔުނިޓް ތަކުގައި މަސައްކަތް ކުރުމަށް ބޭނުންކުރާ ތަކެތި ދައްކައި، އެތަކެތިންކުރާ ބޭނުންތަކުގެ މަޢުލޫމާތުވެސް އޮޅުންފިލުވައި ދެވިފައި ވެއެވެ.

އަތޮޅުކައުންސިލަށް ޒިޔާރާތްކުރި ކޮންމެ ދަރިވަރަކަށް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާއިން ހަދިޔާއެއް ދީފައި ވެއެވެ.