ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން ބައިނަލް އަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަ ކޮށްފި
![](News image/128.jpg)
ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން މިއަހަރުގެ ބައިނަލް އަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަ ކޮށްފިއެވެ. މިދުވަސް ފާހަގަ ކުރުމުގެ ގޮތުން ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގައި މިއަދު ހެނދުނު ޙަފްލާއެއް ބާއްވާފައި ވެއެވެ.
ބައިނަލް އަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގެ އަންހެން މުވައްޒަފުންނަށް ޚާއްޞަ ކޮށްގެން ބޭއްވި މިޙަފްލާގައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގެ ފިރިހެން މުވައްޒަފުންގެ ފަރާތުން އަންހެން މުވައްޒަފުންނަށް ދުވަހާގުޅޭ ހަނދާނީ ފިލައަކާއި މަލަކާއި ގިފްޓެއް ދިނުމާއި މިދުވަހާ ގުޅޭގޮތުން ތައްޔާރުކުރި ކޭކުފެޅުން އޮތެވެ. ހަނދާނީ ފިލައާއި މަލާއި ގިފްޓް އަންހެން މުވައްޒަފުންނާއި ޙަވާލުކޮށްދެއްވީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ރައީސް ޢަލީ މުޙައްމަދެވެ. މި ޙަފްލާގައި އަންހެން މުވައްޒަފުންގެ އިތުރުން ހުރިހާ ފިރިހެން މުވައްޒަފުންވެސް ބައިވެރިވެފައި ވެއެވެ.
އަންހެން މުވައްޒަފުންގެ ޝަރަފްގައި ފިރިހެން މުވައްޒަފުންގެ ފަރާތުން ތައްޔާރުކުރި މެންދުރުގެ ޖާފަތެއް ފ.އަތޮޅުސްޓޭޓް ހައުސްގައި އޮތެވެ. މި ޖާފަތުގައި އަންހެން މުވައްޒަފުންގެ އިތުރުން ފިރިހެން މުވައްޒަފުންވެސް ބައިވެރިވެފައި ވެއެވެ.
![]() |
![]() |
![]() |
![]() |