ރާއްޖެ އެޓޯލް ވޮލީބޯލް ޗެންޕިއަންޝިޕް 2022 ގެ ފ.އަތޮޅު މުބާރާތް ފަށައިފި

12 މާރިޗް 2022


ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ބާއްވާ، ރާއްޖެ އެޓޯލް ވޮލީބޯލް ޗެމްޕިއަންޝިޕް 2022 ގެ މުބާރާތުގެ ތެރެއިން ފ. އަތޮޅުގައި ބާއްވާ މުބާރާތް 11 މާރިޗް 2022 ދުވަހުގެރޭގައި ފަށައިފިއެވެ. ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ބާއްވާ މި މުބާރާތް އެންމެ ފުރަތަމަ ފެށި އަތޮޅަކީ މިއަތޮޅެވެ.

މިއަތޮޅުގެ ހުރިހާ ރަށަކުންވެސް އަންހެން ވޮލީޓީމަކާއި، ފިރިހެން ވޮލީޓީމެއް ހިމެނޭގޮތަށް ޖުމްލަ 10 ޓީމު ވާދަކުރާ މި މުބާރާތް ހުޅުވައި ދެއްވީ މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް އެންޕަވަރމެންޓް އޮނަރަބްލް އަލްފާޟިލް އަޙްމަދު މަޙްލޫފެވެ. މުބާރާތް އޮންނަނީ މިއަތޮޅު މަގޫދޫގައެވެ. މަގޫދޫވަނީ މި މުބާރާތަށް ވަރަށްބޮޑަށް ތައްޔާރު ކޮށްފައެވެ.

މަގޫދޫ ޒުވާނުންގެ ކުލަބްގެ އަންހެން ވޮލީޓީމާއި، ދަރަނބޫދޫ ޕާޕަލް ޕަވާ ޕާޕަލްސް އަންހެން ވޮލީ ޓީމުން ފައްޓައިދިން މި މުބާރާތް ކުރިއަށްދާނީ މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށެވެ. އަތޮޅު މުބާރާތް ކާމިޔާބުކުރާ ޓީމެއް ކޮލިފައި ވާނީ ޒޯން ބުރަށެވެ.