ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ކައުންސިލް އޮފިސަރގެ މަޤާމަށް ބޭފުޅަކު ހަމަޖައްސައިފި

26 ޖޫން 2022


ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ކައުންސިލް އޮފިސަރގެ މަޤާމަށް ފ.ނިލަންދޫ ޔުރެނަސް ސީމާ ޢަލީ 26 މޭ 2022 ގައި ހަމަޖައްސައިފިއެވެ. ސީމާ ޢަލީ މީގެކުރިން ހުންނެވީ ފ.އަތޮޅު ހޮސްޕިޓަލްގެ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމުގައެވެ.

ކައުންސިލް އޮފިސަރގެ މަޤާމަށް ހަމަޖެއްސެވި ސީމާ ޢަލީ އަށް މަރުޙަބާ ދެންނެވުންއޮތީ 26 ޖޫން 2022 ގައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާގައެވެ. މިޙަފްލާގައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ރައީސް ޢަލީ މުޙައްމަދާއި، ކައުންސިލްއިދާރާގެ ވެރިންނާއި މުވައްޒަފުން ބައިވެރި ވިއެވެ.

މިޙަފްލާގައި ރައީސް ޢަލީ މުޙައްމަދު ދެއްކެވި ވާހަކަފުޅުގައި ކައުންސިލް އޮފިސަރގެ މަޤާމަށް ހަމަޖެއްސެވި ސީމާ ޢަލީގެ ފަރާތުން ރަގަނޅު ޚިދުމަތްތަކެއް އަތޮޅުކައުންސިލަށް ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި، ކައުންސިލް އިދާރާގެ ހުރިހާ މުވައްޒަފުންވެސް އެމުވައްޒަފެއްގެ ވަޒީފާގެ ޒިންމާތައް ފުރިހަމައަށް އަދާކުރައްވައި ރައްޔިތުންނަށް ފައިދާހުރި ޚިދުމަތްތަކެއް ކޮށްދެއްވުމަށް އެދިވަޑައިގަތެވެ.