ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ކައުންސިލް އޮފިސަރގެ މަޤާމަށް ބޭފުޅަކު ހަމަޖައްސައިފި

05 ސެޕްޓެންބަރ 2022


ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ކައުންސިލް އޮފިސަރގެ މަޤާމަށް ފ.ނިލަންދޫ މުޝްތަރީގެއާގޭ ފާޠިމަތު އިބްރާހީމް 25 އޮގަސްޓް 2022 ގައި ހަމަޖައްސައިފިއެވެ. ފާޠިމަތު އިބްރާހީމް މީގެކުރިން ހުންނެވީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގެ އެސިސްޓެންޓް ފައިނޭންސް އޮފިސަރގެ މަޤާމުގައެވެ.

ކައުންސިލް އޮފިސަރގެ މަޤާމަށް ހަމަޖެއްސެވި ފާޠިމަތު އިބްރާހީމަށް މަރުޙަބާ ދެންނެވުންއޮތީ މިއަދު (05 ސެޕްޓެންބަރ 2022) ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާގައެވެ. މިޙަފްލާގައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ރައީސް ޢަލީ މުޙައްމަދާއި، ކައުންސިލްއިދާރާގެ ވެރިންނާއި މުވައްޒަފުން ބައިވެރި ވިއެވެ.

މިޙަފްލާގައި ރައީސް ޢަލީ މުޙައްމަދު ދެއްކެވި ވާހަކަފުޅުގައި ކައުންސިލް އޮފިސަރގެ މަޤާމަށް ހަމަޖެއްސެވި ފާޠިމަތު އިބްރާހީމަކީ ދިގުމުއްދަތެއްގައި ސަރުކާރަށް ޚިދުމަތް ކުރައްވާފައިވާ، މަސައްކަތަށް ވަރަށް ރަގަނޅު މުވައްޒަފެއް ކަމަށާއި، ކުރިއަށްއޮތް ތަނުގައިވެސް ފާޠިމަތު އިބްރާހީމްގެ ފަރާތުން ރަގަނޅު ޚިދުމަތްތަކެއް އަތޮޅުކައުންސިލަށް ލިބިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.