ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ސީނިއަރ ކައުންސިލް އޮފިސަރގެ މަޤާމަށް ބޭފުޅަކު ހަމަޖައްސައިފި

15 ސެޕްޓެންބަރ 2022


ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ސީނިއަރ ކައުންސިލް އޮފިސަރގެ މަޤާމަށް ފ.ނިލަންދޫ ޔުރެނަސް ސީމާ ޢަލީ 24 އޮގަސްޓު 2022 ގައި ހަމަޖައްސައިފިއެވެ. ސީމާ ޢަލީ މީގެކުރިން ހުންނެވީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ކައުންސިލް އޮފިސަރގެ މަޤާމުގައެވެ.

ސީނިއަރ ކައުންސިލް އޮފިސަރގެ މަޤާމަށް ހަމަޖެއްސެވި ސީމާ ޢަލީއަށް މަރުޙަބާ ދެންނެވުންއޮތީ މިއަދު (15 ސެޕްޓެންބަރ 2022) ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާގައެވެ. މިޙަފްލާގައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ރައީސް ޢަލީ މުޙައްމަދާއި، ކައުންސިލްއިދާރާގެ ވެރިންނާއި މުވައްޒަފުން ބައިވެރި ވިއެވެ.

މިޙަފްލާގައި ރައީސް ޢަލީ މުޙައްމަދު ދެއްކެވި ވާހަކަފުޅުގައި ސީނިއަރ ކައުންސިލް އޮފިސަރގެ މަޤާމަށް ހަމަޖެއްސެވި ސީމާ ޢަލީ އަކީ ކުރު މުއްދަތެއްގެ ތެރޭގައި މަޤާމުގެ ކުރިއެރުން ލިބުނު މުވައްޒަފެއް ކަމަށާއި، ސީމާ ޢަލީއަށް ލިބިފައިވާ މަސައްކަތުގެ ތަޖުރިބާގެ އަލީގައި ސީމާ ޢަލީގެ ފަރާތުން މިއިދާރާއަށް ރަގަނޅު ޚިދުމަތްތަކެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާކަމަށް ވިދާޅުވިއެވެ.