ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރާއި އަމާންވެށި ހިމެނޭ ޢިމާރާތުގެ ބިންގާ އަޅައިފި

23 ސެޕްޓެންބަރ 2022


ފާފު ފެމެލީ ޗިލްޑްރެން ސާރވިސް ސެންޓަރާއި އަމާންވެށި ހިމެނޭ ޢިމާރާތުގެ ބިންގާ 2022 ސެޕްޓެންބަރ 22 ގައި އަޅައިފިއެވެ.

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫގައި ޤާއިމްކުރާ މި ޢިމާރާތުގެ ބިންގާ އަޅުއްވައި ދެއްވީ، މި ޢިމާރާތް އެޅުމަށް ހަމަޖެހިފައިވާ ބިމުގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސާރވިސަސް ޢާއިޝަތު މުޙައްމަދު ދީދީއާއި، މިނިސްޓަރ އޮފް އިސްލާމިކް އެފެއާރޒް ޑޮކްޓަރ އަޙްމަދު ޒާހިރުއެވެ.

ފެމެލީ ޗިލްޑްރެން ސާރވިސް ސެންޓަރގެ އޮފީސް ބައިގެ އިތުރުން 28 ކުދިންގެ ޖާގައިގެ ޗިލްޑްރެންސް ހޯމްގެ ބައެއްވެސް މި ޢިމާރާތުގައި އެކުލެވިގެން ވެއެވެ.

މާލާ ހައިރައިސިންގ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްގެން ކުރިއަށް ގެންދާ މި ޢިމާރާތުގެ މަސައްކަތް އެ ކުންފުންޏާއި ޙަވާލު ކޮށްފައިވަނީ 240 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަސައްކަތުގެ އަގަކީ 15,318,517/92 ރުފިޔާއެވެ.

މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމަށް 22 ޖޫން 2022 ދުވަހު މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސާރވިސްގައި ބޭއްވި ރަސްމިއްޔާތުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޢާއިޝަތު މުޙައްމަދު ދީދީއެވެ. މާލާ ހައިރައިސިންގ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޢަލީ އިސްމާޢީލެވެ.