2022 ވަނަ އަހަރުގެ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ޤުރުއާން މުބާރާތް ބާއްވައިފި
ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ޤުރުއާން މުބާރާތް 2022 އޮކްޓޫބަރު 26 އިން 28 އަށް މިއަތޮޅު ނިލަންދޫގައި ބާއްވައިފިއެވެ. މި މުބާރާތަކީ ނިލަންދެއަތޮޅު އުތުރުބުރީގެ ސްކޫލް / މަދަރުސާތަކުގެ ދަރިވަރުންނަށް ހުޅުވާލައިގެން ބޭއްވި މުބާރާތެކެވެ.
2022 އޮކްޓޫބަރު 26 ވަނަ ދުވަހުގެރޭ ފ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ފެށި މި މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލަށާއި، ނިލަންދެއަތޮޅު އުތުރުބުރިއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ، ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ކުރީގެ ޑިރެކްޓަރ ޖެނެރަލް ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ މިރިހި އަލްފާޟިލް މުޙައްމަދު ޖަލީލެވެ.
ކީރިތި ޤުރުއާނުގެ ބަރަކާތުން ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ލީގަލް އޮފިސަރ އަލްއުސްތާޛާ އާމިނަތު ޢަރޫޝާ ފައްޓަވައި ދެއްވި މި ރަސްމިއްޔާތު ތަޢާރަފް ކުރުމާއި މަރުޙަބާ ދެންނެވީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ރައީސް އަލްފާޟިލް ޢަލީ މުޙައްމަދެވެ.
ނިލަންދެއަތޮޅު އުތުރުބުރީގެ ހުރިހާ ސްކޫލް ތަކުން ބަލައިގެންނާއި ނުބަލައި ކިޔެވުމުގެ ގޮފިން ޖުމްލަ 77 ދަރިވަރުން (ބަލައިގެން ކިޔެވުމުގެ ގޮފިން 50 ދަރިވަރުން، ނުބަލައި ކިޔެވުމުގެ ގޮފިން 27 ދަރިވަރުން) ބައިވެރިކުރި މި މުބަރާތުގައި މިއަހަރު ކުދިން ބައިވެރި ކޮށްފައިވަނީ ޢުމުރުފުރާ ތަކުގެ ބަދަލުގައި ކީސްޓޭޖް ތަކުންނެވެ. މީގެ ތެރޭގައި ފައުންޑޭޝަން ސްޓޭޖްވެސް ހިމެނެއެވެ.
މި މުބަރާތް ނިންމުމުގެ ރަސްމިއްޔާތު ބޭއްވީ 2022 އޮކްޓޫބަރު 28 ވަނަ ދުވަހުގެރޭ ފ.އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ. މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ވިލާ ފައުންޑޭޝަންގެ އެގްޒެކެޓިވް ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު ޙަމީދެވެ.
ކީރިތި ޤުރުއާނުގެ ބަރަކާތުން ފ.އަތޮޅު މަދަރުސާގެ ދަރިވަރު ޢާއިޝަތު ޔާނާ އަޙްމަދު ފައްޓަވައި ދެއްވި މި ރަސްމިއްޔާތު ތަޢާރަފް ކުރުމާއި މަރުޙަބާ ދެންނެވީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ރައީސް އަލްފާޟިލް ޢަލީ މުޙައްމަދެވެ. މި ރަސްމިއްޔާތުގައި ޤުރުއާން މުބަރާތަށް އެކިއެކި ގޮތްގޮތުން އެހީވެ ދެއްވާފައިވާ ފަރާތްތަކުގެ ނަންތައް ކައުންސިލްގެ ރައީސް އަލްފާޟިލް ޢަލީ މުޙައްމަދު ފާހަގަ ކުރައްވައި އެފަރާތްތަކަށް އަތޮޅުކައުންސިލްގެ ނަމުގައި ޝުކުރު އަދާކުރެއްވިއެވެ.
މިރަސްމިއްޔާތުގައި މިއަހަރުގެ ޑިސެންބަރު މަހު މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ 35 ވަނަ ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތުގައި ނިލަންދެއަތޮޅު އުތުރުބުރި ތަމްސީލުކުރާ 22 ދަރިވަރުން އިޢުލާނުކޮށް، ޤައުމީ ޤުރުއާން ކިޔެވުމުގެ މުބާރާތުގައި ވާދަ ކުރުމަށް ހޮވުނު ދަރިވަރުންނަށް އެކަމުގެ ހަނދާނީ ލިއުންވެސް ޙަވާލުކޮށްފައި ވެއެވެ. ހަނދާނީ ލިއުން ޙަވާލުކޮށްދެއްވީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ރައީސް އަލްފާޟިލް ޢަލީ މުޙައްމަދެވެ.
ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ އިތުރުން ނިލަންދެއަތޮޅު އުތުރުބުރީގެ ސްކޫލް / މަދަރުސާތަކަށް ހުޅުވާލައިގެން ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން މިއަހަރު ކުރިއަށްގެންދިޔަ ޕޯސްޓަރ ކުރެހުމުގެ މުބާރާތުގެ ނަތީޖާ ފާޅުކޮށް ވަނަވަނައަށް ދިޔަ ދަރިވަރުންނަށާއި، ސްކޫލްތަކަށް ފައިސާގެ އިނާމާއި ތައްޓާއި ހަނދާނީ ލިއުން ޙަވާލު ކޮށްފައި ވެއެވެ.
ޕޯސްޓަރ ކުރެހުމުގެ މުބާރާތަކީ މިއަހަރުގެ ތިމާވެށީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން އިންތިޒާމް ކޮށްގެން ނިލަންދެ އަތޮޅު އުތުރުބުރީގެ ސްކޫލް / މަދަރުސާތަކަށް ހުޅުވާލައިގެން ބޭއްވި މުބާރާތެކެވެ. މި މުބާރާތުގައި މިއަތޮޅުގެ ސްކޫލްތަކުން 593 ދަރިވަރުން ބައިވެރިވެ، ކޮންމެ ދަރިވަރަކުވެސް ތިމާވެއްޓާ ގުޅޭ ޕޯސްޓަރއެއް ކުރަހާފައި ވެއެވެ.
ޤުރުއާން މުބާރާތުގެ ނަތީޖާ (ބަލައިގެން ކިޔެވުމުގެ ގޮފި)
ފައުންޑޭޝަން ސްޓޭޖް
01 ވަނަ: އެއްވަނައަށް އެއްވެސް ކުއްޖަކު ހޮވިފައެއް ނުވެއެވެ.
02 ވަނަ: ސުންދުސް ބިންތި އަޙްމަދު ސުޖާޢު / ފ.މަގޫދޫ ސްކޫލް
03 ވަނަ: ތިންވަނައަށް އެއްވެސް ކުއްޖަކު ހޮވިފައެއް ނުވެއެވެ.
ކީސްޓޭޖް 01
01 ވަނަ: މަޒާޔާ ޢަލީ އަޙްމަދު / ފ.އަތޮޅު ތަޢުލީމީ މަރުކަޒު
02 ވަނަ: އަޒްޔަން އަޙްމަދު ޝާޠިރު / ފ.އަތޮޅު މަދަރުސާ
03 ވަނަ: ހިންދު އަޒުހީން / ފ.ބިލެއްދޫ ސްކޫލް
03 ވަނަ: އާމިނަތު އިލާފް ޢަބްދުﷲ / ފ.އަތޮޅު މަދަރުސާ
ކީސްޓޭޖް 02
01 ވަނަ: ފާޠިމަތު އަމްނާ ޢަބްދުﷲ / ފ.އަތޮޅު ތަޢުލީމީ މަރުކަޒު
02 ވަނަ: މަރުޔަމް އިފްޝާ އަޝްފާޤް / ފ.އަތޮޅު ތަޢުލީމީ މަރުކަޒު
03 ވަނަ: އައިޝަތު ރައުޝަން ރަމީޒު / ފ.ބިލެއްދޫ ސްކޫލް
ކީސްޓޭޖް 03
01 ވަނަ: ޢާއިޝަތު ޔާނާ އަޙްމަދު / ފ.އަތޮޅު މަދަރުސާ
02 ވަނަ: ޒަހާ އިސްމާޢީލް ނަޞީރު / ފ.އަތޮޅު ތަޢުލީމީ މަރުކަޒު
02 ވަނަ: ރައްޔާ ޙާމިދު / ފ.އަތޮޅު ތަޢުލީމީ މަރުކަޒު
03 ވަނަ: ޢާއިޝަތު އަޒްވާ ޢަބްދުﷲ ނިޔާޒު / ފ.އަތޮޅު މަދަރުސާ
ކީސްޓޭޖް 04
01 ވަނަ: މިޝްކާ މޫސާ / ފ.ދަރަނބޫދޫ ސްކޫލް
02 ވަނަ: ޒަހީން ޢަބްދުﷲ ރަފީޢު / ފ.އަތޮޅު މަދަރުސާ
03 ވަނަ: ޝަމްހާން ޢަބްދުލް ޖަލީލު / ފ.އަތޮޅު ތަޢުލީމީ މަރުކަޒު
ކީސްޓޭޖް 05
01 ވަނަ: ނަފްހާ މުޙައްމަދު ހަމްދީ / ފ.ބިލެއްދޫ ސްކޫލް
02 ވަނަ: މުސްލިޙް މޫސާ / ފ.އަތޮޅު ތަޢުލީމީ މަރުކަޒު
03 ވަނަ: ތިންވަނައަށް އެއްވެސް ކުއްޖަކު ހޮވިފައެއް ނުވެއެވެ.
ޤުރުއާން މުބާރާތުގެ ނަތީޖާ (ނުބަލައި ކިޔެވުމުގެ ގޮފި)
ފައުންޑޭޝަން ސްޓޭޖް
01 ވަނަ: އެއްވަނައަށް އެއްވެސް ކުއްޖަކު ހޮވިފައެއް ނުވެއެވެ.
02 ވަނަ: ދެވަނައަށް އެއްވެސް ކުއްޖަކު ހޮވިފައެއް ނުވެއެވެ.
03 ވަނަ: ތިންވަނައަށް އެއްވެސް ކުއްޖަކު ހޮވިފައެއް ނުވެއެވެ.
ކީސްޓޭޖް 01
01 ވަނަ: އައިރާ އަޙްމަދު / ފ.އަތޮޅު ތަޢުލީމީ މަރުކަޒު
02 ވަނަ: މަޢާލް މޫސާ / ފ.ދަރަނބޫދޫ ސްކޫލް
03 ވަނަ: މައުމޫން ޢަބްދުﷲ އަޙްމަދު / ފ.އަތޮޅު ތަޢުލީމީ މަރުކަޒު
ކީސްޓޭޖް 02
01 ވަނަ: އާމިނަތު މަލްހާ ނަސީމު / ފ.އަތޮޅު ތަޢުލީމީ މަރުކަޒު
02 ވަނަ: ޝިޔާ އަޙްމަދު ރަޝީދު / ފ.އަތޮޅު ތަޢުލީމީ މަރުކަޒު
03 ވަނަ: ނަފްޢާ އިބްރާހީމް ފަޒީލް / ފ.ބިލެއްދޫ ސްކޫލް
ކީސްޓޭޖް 03
01 ވަނަ: ޝަޔާން އަޙްމަދު ރަޝީދު / ފ.އަތޮޅު ތަޢުލީމީ މަރުކަޒު
02 ވަނަ: މަޒީނާ ޢަބްދުﷲ / ފ.އަތޮޅު ތަޢުލީމީ މަރުކަޒު
03 ވަނަ: ތިންވަނައަށް އެއްވެސް ކުއްޖަކު ހޮވިފައެއް ނުވެއެވެ.
ކީސްޓޭޖް 04
01 ވަނަ: މަރްޔަމް ނައުހާ ނަސީމް / ފ.އަތޮޅު ތަޢުލީމީ މަރުކަޒު
02 ވަނަ: އަމަތުﷲ ޢަބްދުﷲ އަޙްމަދު / ފ.އަތޮޅު ތަޢުލީމީ މަރުކަޒު
03 ވަނަ: ތިންވަނައަށް އެއްވެސް ކުއްޖަކު ހޮވިފައެއް ނުވެއެވެ.
ކީސްޓޭޖް 05
މި ކީސްޓޭޖުން ނުބަލައި ކިޔެވުމުގެ ގޮފިން އެއްވެސް ކުއްޖަކު ބައިވެރިވެފައެއް ނުވެއެވެ.
ހުރިހާ ކީސޓޭޖްތަކުން (ބަލައިގެން ކިޔެވުމުގެ ގޮފި)
01 ވަނަ: ޢާއިޝަތު ޔާނާ އަޙްމަދު / ފ.އަތޮޅު މަދަރުސާ
02 ވަނަ: ފާޠިމަތު އަމްނާ ޢަބްދުﷲ / ފ.އަތޮޅު ތަޢުލީމީ މަރުކަޒު
02 ވަނަ: މިޝްކާ މޫސާ / ފ.ދަރަނބޫދޫ ސްކޫލް
03 ވަނަ: ޒަހާ އިސްމާޢީލް ނަޞީރު / ފ.އަތޮޅު ތަޢުލީމީ މަރުކަޒު
03 ވަނަ: ރައްޔާ ޙާމިދު / ފ.އަތޮޅު ތަޢުލީމީ މަރުކަޒު
ހުރިހާ ކީސޓޭޖްތަކުން (ނުބަލައި ކިޔެވުމުގެ ގޮފި)
01 ވަނަ: މަރްޔަމް ނައުހާ ނަސީމް / ފ.އަތޮޅު ތަޢުލީމީ މަރުކަޒު
02 ވަނަ: އާމިނަތު މަލްހާ ނަސީމް / ފ.އަތޮޅު ތަޢުލީމީ މަރުކަޒު
03 ވަނަ: ޝިޔާ އަޙްމަދު ރަޝީދު / ފ.އަތޮޅު ތަޢުލީމީ މަރުކަޒު
03 ވަނަ: ޝަޔާން އަޙްމަދު ރަޝީދު / ފ.އަތޮޅު ތަޢުލީމީ މަރުކަޒު
މުބާރާތުގެ ދެ ގޮފިން
01 ވަނަ: ޢާއިޝަތު ޔާނާ އަޙްމަދު / ފ.އަތޮޅު މަދަރުސާ
02 ވަނަ: ފާޠިމަތު އަމްނާ ޢަބްދުﷲ / ފ.އަތޮޅު ތަޢުލީމީ މަރުކަޒު
02 ވަނަ: މިޝްކާ މޫސާ / ފ.ދަރަނބޫދޫ ސްކޫލް
03 ވަނަ: ޒަހާ އިސްމާޢީލް ނަޞީރު / ފ.އަތޮޅު ތަޢުލީމީ މަރުކަޒު
03 ވަނަ: ރައްޔާ ޙާމިދު / ފ.އަތޮޅު ތަޢުލީމީ މަރުކަޒު
03 ވަނަ: މަރްޔަމް ނައުހާ ނަސީމް / ފ.އަތޮޅު ތަޢުލީމީ މަރުކަޒު
ހުރިހާ ކީސްޓޭޖް ތަކުން (ބަލައިގެން ކިޔެވުމުގެ ގޮފި)
01 ވަނަ ސްކޫލް: ފ.އަތޮޅު ތަޢުލީމީ މަރުކަޒު
02 ވަނަ ސްކޫލް: ފ.ބިލެއްދޫ ސްކޫލް
03 ވަނަ ސްކޫލް: ފ.އަތޮޅު މަދަރުސާ
ހުރިހާ ކީސްޓޭޖް ތަކުން (ނުބަލައި ކިޔެވުމުގެ ގޮފި)
01 ވަނަ ސްކޫލް: ފ.އަތޮޅު ތަޢުލީމީ މަރުކަޒު
02 ވަނަ ސްކޫލް: ފ.ބިލެއްދޫ ސްކޫލް
03 ވަނަ ސްކޫލް: ފ.އަތޮޅު މަދަރުސާ
ހުރިހާ ގޮތަކުން އެންމެމޮޅު ސްކޫލް
01 ވަނަ ސްކޫލް: ފ.އަތޮޅު ތަޢުލީމީ މަރުކަޒު
02 ވަނަ ސްކޫލް: ފ.ބިލެއްދޫ ސްކޫލް
03 ވަނަ ސްކޫލް: ފ.އަތޮޅު މަދަރުސާ
މާލޭގައި ބާއްވާ ޤުރުއާން ކިޔެވުމުގެ 35 ވަނަ ޤައުމީ މުބާރާތުގައި ނިލަންދެއަތޮޅު އުތުރުބުރި ތަމްސީލު ކުރުމަށް ހޮވުނު ދަރިވަރުން
ބަލައިގެން ކިޔެވުމުގެ ގޮފި
01- ސުންދުސް ބިންތި އަޙްމަދު ޝުޖާޢު / ފ.މަގޫދޫ ސްކޫލް (ފައުންޑޭޝަން ސްޓޭޖް)
02- އާމިނަތު އަނާހު ނިހާދު / ފ.ބިލެއްދޫ ސްކޫލް (ފައުންޑޭޝަން ސްޓޭޖް)
03- މަޒާޔާ ޢަލީ އަޙްމަދު / ފ.އަތޮޅު ތަޢުލީމީ މަރުކަޒު (ކީސްޓޭޖް 01)
04- އަޒްޔަން އަޙްމަދު ޝާޠިރު / ފ.އަތޮޅު މަދަރުސާ (ކީސްޓޭޖް 01)
05- ފާޠިމަތު އަމްނާ ޢަބްދުﷲ / ފ.އަތޮޅު ތަޢުލީމީ މަރުކަޒު (ކީސްޓޭޖް 02)
06- މަރިޔަމް އިފްޝާ އަޝްފާޤް / ފ.އަތޮޅު ތަޢުލީމީ މަރުކަޒު (ކީސްޓޭޖް 02)
07- ޢާއިޝަތު ޔާނާ އަޙްމަދު / ފ.އަތޮޅު މަދަރުސާ (ކީސްޓޭޖް 03)
08- ޒަހާ އިސްމާޢީލް ނަޞީރު / ފ.އަތޮޅު މަދަރުސާ (ކީސްޓޭޖް 03)
09- މިޝްކާ މޫސާ / ފ.ދަރަނބޫދޫ ސްކޫލް (ކީސްޓޭޖް 04)
10- ޒަހީން ޢަބްދުﷲ ރަފީޢު / ފ.އަތޮޅު މަދަރުސާ (ކީސްޓޭޖް 04)
11- މުސްލިޙް މޫސާ / ފ.އަތޮޅު ތަޢުލީމީ މަރުކަޒު (ކީސްޓޭޖް 05)
12- މިރުފާ އިސްމާޢީލް / ފ.އަތޮޅު ތަޢުލީމީ މަރުކަޒު (ކީސްޓޭޖް 05)
ނުބަލައި ކިޔެވުމުގެ ގޮފި
13- ލިވްޔާ މުޙައްމަދު ސަމީޙް / ފ.ބިލެއްދޫ ސްކޫލް (ފައުންޑޭޝަން ސްޓޭޖް)
14- ސައިލް އަޙްމަދު ޢަރީފް / ފ.އަތޮޅު ތަޢުލީމީ މަރުކަޒު (ފައުންޑޭޝަން ސްޓޭޖް)
15- އައިރާ އަޙްމަދު / ފ.އަތޮޅު ތަޢުލީމީ މަރުކަޒު (ކީސްޓޭޖް 01)
16- މަޢާލް މޫސާ / ފ.ދަރަނބޫދޫ ސްކޫލް (ކީސްޓޭޖް 01)
17- އާމިނަތު މަލްހާ ނަސީމު / ފ.އަތޮޅު ތަޢުލީމީ މަރުކަޒު (ކީސްޓޭޖް 02)
18- ސިޔާ އަޙްމަދު ރަޝީދު / ފ.އަތޮޅު ތަޢުލީމީ މަރުކަޒު (ކީސްޓޭޖް 02)
19- ޝަޔާން އަޙްމަދު ރަޝީދު / ފ.އަތޮޅު ތަޢުލީމީ މަރުކަޒު (ކީސްޓޭޖް 03)
20- މަޒީނާ ޢަބްދުﷲ އަޙްމަދު / ފ.އަތޮޅު ތަޢުލީމީ މަރުކަޒު (ކީސްޓޭޖް 03)
21- މަރްޔަމް ނައުހާ ނަސީމް / ފ.އަތޮޅު ތަޢުލީމީ މަރުކަޒު (ކީސްޓޭޖް 04)
22- އަމަތުﷲ ޢަބްދުﷲ އަޙްމަދު / ފ.އަތޮޅު ތަޢުލީމީ މަރުކަޒު (ކީސްޓޭޖް 04)
ޕޯސްޓަރ ކުރެހުމުގެ މުބާރާތުގެ ނަތީޖާ
01 ވަނަ ސްކޫލް: ފ.އަތޮޅު މަދަރުސާ
02 ވަނަ ސްކޫލް: ފ.ބިލެއްދޫ ސްކޫލް
03 ވަނަ ސްކޫލް: ފ.އަތޮޅު ތަޢުލީމީ މަރުކަޒު
01 ވަނަ ދަރިވަރު: ޢާއިޝަތު ޔާޝާ ޢާޠިފް / ފ.އަތޮޅު މަދަރުސާ
02 ވަނަ ދަރިވަރު: އައިނީ އިބްރާހީމް ނާޞިރު / ފ.މަގޫދޫ ސްކޫލް
03 ވަނަ ދަރިވަރު: ޚަލަފް އަޙްމަދު ފާރިޝް / ފ.އަތޮޅު މަދަރުސާ