2023 ވަނައަހަރު ރަށުކައުންސިލްތައް މޮނިޓަރ ކުރުމުގެ މަސައްކަތް ނިންމައިފި
މިއަތޮޅުގެ ރަށްރަށުގެ ރަށުކައުންސިލްތައް މޮނިޓަރ ކުރުމަށް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން ކުރިއަށް ގެންދާ ޕްރޮގްރާމްގެ ދަށުން މިއަތޮޅުގެ ހުރިހާ ރަށުކައުންސިލްތައް މޮނިޓަރ ކުރުމުގެ މަސައްކަތް މިއަހަރު ނިންމައިފިއެވެ. ކައުންސިލްތައް މޮނިޓަރ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ 04 މުވައްޒަފުންގެ މައްޗަށް އެކުލެވޭ ޓީމަކުންނެވެ.
މިއަހަރު މޮނިޓަރ ކުރުމުގެ މަސައްކަތްފެށީ ނިލަންދޫ ކައުންސިލުންނެވެ. އެކައުންސިލް މޮނިޓަރ ކުރުމުގެ މަސައްކަތްފެށީ 08 ފެބްރުވަރީ 2023 ގައެވެ. ކައުންސިލްތައް މޮނިޓަރ ކުރުމުގެ މަސައްކަތް ނިންމީ 17 މާރިޗު 2023 ގައެވެ. 2021 ވަނައަހަރުގެ ނިޔަލަށް ހުރިހާ އަހަރުތަކެއްގެ މަސައްކަތް މޮނިޓަރ ކޮށްފައިވާތީ، މިއަހަރު ކުރިއަށް ގެންގޮސްފައިވަނީ ހަމައެކަނި 2022 ވަނަ އަހަރުގެ މަސައްކަތްތަކެވެ.
ރަށުކައުންސިލްތައް މޮނިޓަރ ކުރުމުގެ ބޭނުމަކީ ރަށުކައުންސިލް ތަކުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް އަދާކުރަމުން ގެންދާގޮތް ބެލުމާއި، ހުށަހަޅަންޖެހޭ ރިޕޯޓްތަކާއި ލިއުންތައް ހުށަހަޅަންޖެހޭ ފަރާތްތަކަށް ހުށަހަޅާފައިވޭތޯ ބެލުމާއި ކައުންސިލްގެ މުދަލާއި ފައިސާގެ ކަންކަންތައްތަކާއި އިދާރީ ކަންތައްތައް ޤާނޫނުތަކާއި ޤަވާޢިދުތަކާ އެއްގޮތަށް ގެންދޭތޯ ބަލައި، އަތޮޅުކައުންސިލުން އެހީތެރިވެދޭންޖެހޭ ކަންކަމުގައި އެހީތެރިކަން ފޯރުކޮށް ދިނުމެވެ.
ނިލަންދޫ ކައުންސިލް މޮނިޓަރކުރި ޓީމު
01- ސީނިއަރ ކައުންސިލް އެގްޒެކެޓިވް އިބްރާހީމް ޝިފާޙް ޢަބްދުއްރަޙްމާނު
02- ައިނޭންސް އޮފިސަރ ފާޠިމަތު އިބްރާހީމް
03- ކައުންސިލް އޮފިސަރ ޚަދީޖާ ޢަލީ
04- ކައުންސިލް އޮފިސަރ ޖަމީލާ ޢަބްދުﷲ
ފީއަލީ ކައުންސިލް މޮނިޓަރކުރި ޓީމު
01- ސީނިއަރ ކައުންސިލް އެގްޒެކެޓިވް އިބްރާހީމް ޝިފާޙް ޢަބްދުއްރަޙްމާނު
02- އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް ފަރީދާ އިބްރާހީމް
03- ފައިނޭންސް އޮފިސަރ ފާޠިމަތު އިބްރާހީމް
04- ކައުންސިލް އޮފިސަރ ޚަދީޖާ ޢަލީ
މަގޫދޫ ކައުންސިލް މޮނިޓަރކުރި ޓީމު
01- ސީނިއަރ ކައުންސިލް އެގްޒެކެޓިވް އިބްރާހީމް ޝިފާޙް ޢަބްދުއްރަޙްމާނު
02- ފައިނޭންސް އޮފިސަރ ފާޠިމަތު އިބްރާހީމް
03- ކައުންސިލް އޮފިސަރ ޚަދީޖާ ޢަލީ
04- ކައުންސިލް އޮފިސަރ ޖަމީލާ ޢަބްދުﷲ
ދަރަނބޫދޫ ކައުންސިލް މޮނިޓަރކުރި ޓީމު
01- އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް ފަރީދާ އިބްރާހީމް
02- ފައިނޭންސް އޮފިސަރ ފާޠިމަތު އިބްރާހީމް
03- އެކައުންޓްސް އޮފިސަރ ޢަލީ އަޙްމަދު
04- ކައުންސިލް އޮފިސަރ ޖަމީލާ ޢަބްދުﷲ
ބިލެއްދޫ ކައުންސިލް މޮނިޓަރކުރި ޓީމު
01- ސެކްރެޓަރީ ޖެނެރަލް އަޙްމަދު އިބްރާހީމް
03- އެކައުންޓްސް އޮފިސަރ ޢަލީ އަޙްމަދު
04- ކައުންސިލް އޮފިސަރ ޚަދީޖާ ޢަލީ
04- ކައުންސިލް އޮފިސަރ ޖަމީލާ ޢަބްދުﷲ