ފ.އަތޮޅު ކައުންސިލްގެ ޓީމެއް މަގޫދޫއަށް ޒިޔާރާތް ކޮށްފި

10 ޖަނަވަރީ 2018


ފ.އަތޮޅު ކައުންސިލްގެ ޓީމެއް މިއަތޮޅު މަގޫދޫއަށް މިއަދު ޒިޔާރާތް ކޮށްފިއެވެ. މި ދަތުރަކީ ފ.މަގޫދޫ ކައުންސިލްގެ އިދާރާގެ އިދާރީ ކަންތައްތަކާއި ފައިސާގެ ކަންތައްތައް ކުރަމުން ގެންދާގޮތް ބަލައި، އެހީތެރިވެ ދޭންޖެހޭ ކަންކަމުގައި އެހީތެރިވެ ދިނުމަށް ކުރި ދަތުރެކެވެ.

މަގޫދުއަށްކުރި މި ދަތުރުގައި ފ.މަގޫދޫ ކައުންސިލްގެ އިދާރާގެ ކައުންސިލަރުންނާއި، އިދާރީ ވެރިންނާއި، އިދާރީ މުވައްޒަފުންނާއި ބައްދަލުކޮށް، ކަންކަން ކުރުމުގައި އިދާރީގޮތުން ދިމާވަމުންދާ ދަތިތައް އޮޅުން ފިލުވައި، ކަންކަން ކުރުމުގައި ކައުންސިލަރުންނާއި އިދާރީ މުވައްޒަފުން ގުޅިގެން ކުރެވެންހުރި ކަންކަމާބެހޭ ގޮތުން ވާހަކަ ދައްކައި، އަތޮޅު ކައުންސިލުން ވެދެވެންހުރި އެހީތެރި ކަމަކީ ކޮބައިކަން އޮޅުން ފިލުވައި، އިދާރީ ކަންތައްތަކާއި ފައިސާގެ ކަންތައްތައް ކުރުމުގައި އެކި މަރުޙަލާތަކުގައި ކަންކަން ކުރަންޖެހޭ ގޮތުގެ މަޢުލޫމާތާއި އިރުޝާދުތައް އޮޅުން ފިލުވައި ދެވުނެވެ.


އަދި ކުރިއަށްއޮތް ތަނުގައި އަތޮޅުގެ ހުރިހާ ރަށަކަށް ޒިޔާރާތްކޮށް، ރަށުކައުންސިލް ތަކުގެ އިދާރީ މަސައްކަތްތަކާއި ފައިސާގެ މަސައްކަތްތައް މިހާރަށްވުރެ ލުއިފަސޭހަ އަވަސް ގޮތަކަށް މަސައްކަތްތައް ކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށްޓަކައި މުވައްޒަފުން ތަމްރީނު ކުރުމަށް އަތޮޅުކައުންސިލުން މިހާރަށްވުރެ ބޮޑު އިސްކަމެއް ދީގެން މަސައްކަތްތައް ކުރަމުން ގެންދާނެ ކަމުގައިވެސް މިބައްދަލުވުމުގައި އަތޮޅުކައުންސިލުން ހާމަ ކުރެއްވިއެވެ.

މިދަތުރުގައި އަތޮޅުކައުންސިލުން ބައިވެރިވެ ވަޑައިގަތީ:

1- ފ.އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ޢުމަރު ޒާހިރު

2- ފ.އަތޮޅު ކައުންސިލްގެ ނައިބު ރައީސް އަލްފާޟިލް މަޙްމޫދު އަޙްމަދު

3- ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އިބްރާހީމް ޝިފާޙް ޢަބްދުއްރަޙްމާނު

4- ޑިރެކްޓަރ އަލްފާޟިލް އިބްރާހީމް ނަޞީރު

5- ޑިރެކްޓަރ އަލްފާޟިލް އިބްރާހީމް ޝަރީފް

6- ޑެޕިއުޓީ ޑިރެކްޓަރ އަލްފާޟިލް އަޙްމަދު ރަފީޢު

7- އެސިސްޓެންޓް ޑިރެކްޓަރ އަލްފާޟިލާ ފަރީދާ އިބްރާހީމް

8- ކޮމްޕިއުޓަރ ޓެކްނީޝަން އަލްފާޟިލް ޢަބްދުލް ވާޙިދު ޢަބްދުލް ޢަޒީޒު

އަތޮޅު ކައުންސިލުން މަގޫދޫއަށް ކުރި ދަތުރުގައި މަގޫދޫ ކައުންސިލްގެ ކައުންސިލަރުންނާއި، މުވައްޒަފުންގެ ފަރާތުން ވަރަށް ރަގަނޅު މެހުމާން ދާރީއެއް ލިބިފައި ވެއެވެ.