ފ. އަތޮޅު އިންޓަރސްކޫލް ކުޅިވަރު މުބާރާތުގެ ފުރަތަމަ 03 ދުވަހުގެ މެޗްތައް ކުޅެފި

10 އޮކްޓޫބަރު 2023


ނިލަންދެ އަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން މިއަތޮޅުގެ ސްކޫލް މަދަރުސާތަކުގެ މެދުގައި ކުރިއަށް ގެންދާ ފ. އަތޮޅު އިންޓަރސްކޫލް ކުޅިވަރު މުބާރާތުގައި ހިމެނޭ ހޭންޑްބޯލް މުބާރާތާއި، ފުޓްސަލް މުބާރާތުގެ ފުރަތަމަ 03 ދުވަހުގެ މެޗްތައް ކުޅެފިއެވެ.

2023 އޮކްޓޫބަރު 08 އިން 13 އަށް މިއަތޮޅު ބިލެއްދޫގައި ކުރިއަށް ގެންދާ މި ކުޅިވަރު މުބާރާތުގެ ފުރަތަމަ 03 ދުވަސް ނިމުނުއިރު ހޭންޑްބޯލް މުބާރާތާއި، ފުޓްސަލް މުބާރާތުގައި ލީގުގައި ކުޅެންޖެހޭ 20 މެޗްގެ ތެރެއިން 12 މެޗު ކުޅެފައި ވެއެވެ. ފުރަތަމަ 03 ދުވަހު ކުޅެފައިވާ މެޗުތަކުން ސްކޫލް މަދަރުސާ ތަކަށް ޕޮއިންޓް ލިބިފައިވާގޮތް ތިރީގައި އެވަނީއެވެ.

ފ. އަތޮޅު މަދަރުސާ

ހޭންޑްބޯލް މުބާރާތުން 02 މެޗު ކުޅެގެން 06 ޕޮއިންޓް – ފުޓްސަލް މުބާރާތުން 02 މެޗް ކުޅެގެން 06 ޕޮއިންޓް ހޯދާފައި ވެއެވެ.

ފ. ބިލެއްދޫ ސްކޫލް

ހޭންޑްބޯލް މުބާރާތުން 03 މެޗު ކުޅެގެން 04 ޕޮއިންޓް – ފުޓްސަލް މުބާރާތުން 03 މެޗް ކުޅެގެން 07 ޕޮއިންޓް ހޯދާފައި ވެއެވެ.

ފ. މަގޫދޫ ސްކޫލް

ހޭންޑްބޯލް މުބާރާތުން 02 މެޗު ކުޅެގެން 01 ޕޮއިންޓް – ފުޓްސަލް މުބާރާތުން 02 މެޗް ކުޅެގެން ޕޮއިންޓެއް ނުލިބެއެވެ.

ފ. ދަރަނބޫދޫ ސްކޫލް

ހޭންޑްބޯލް މުބާރާތުން 02 މެޗު ކުޅެގެން ޕޮއިންޓެއް ނުލިބެއެވެ. – ފުޓްސަލް މުބާރާތުން 02 މެޗް ކުޅެގެން 01 ޕޮއިންޓް ހޯދާފައި ވެއެވެ.

ފ. އަތޮޅު ތަޢުލީމީ މަރުކަޒު

ހޭންޑްބޯލް މުބާރާތުން 03 މެޗު ކުޅެގެން 06 ޕޮއިންޓް – ފުޓްސަލް މުބާރާތުން 03 މެޗް ކުޅެގެން 03 ޕޮއިންޓް ހޯދާފައި ވެއެވެ.

މި ކުޅިވަރު މުބާރާތުގައި ހިމެނޭ ފުޓްސަލް މުބާރާތް ކުރިއަށްދަނީ ސްކޫލް މަދަރުސާތަކުގެ ފިރިހެން ދަރިވަރުންގެ މެދުގައެވެ. ހޭންޑްބޯލް މުބާރާތް ކުރިއަށްދަނީ އަންހެން ދަރިވަރުންގެ މެދުގައެވެ. ހަވީރު ކުޅެވޭނީ އަންހެން ދަރިވަރުންގެ ހޭންޑްބޯލް މެޗުތަކެވެ. ރޭގަނޑު ކުޅޭނީ ފިރިހެން ދަރިވަރުންގެ ފުޓްސަލް މެޗުތަކެވެ. ހަވީރުކުޅޭ ހޭންޑްބޯލް މެޗްތައް ފެށޭނީ 4.00 ގައެވެ. ރޭގަނޑުގައިކުޅޭ ފުޓްސަލް މެޗުތައް ފެށޭނީ 8.00 ގައެވެ. ފައިނަލްމެޗު އޮންނަ ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހަވީރު ހޭންޑްބޯލް 02 މެޗު، ރޭގަނޑު ފުޓްސަލް 02 މެޗު ކުޅޭނެއެވެ. މި ކުޅިވަރު މުބާރާތުގެ ފައިނަލް މެޗުތައް އޮންނާނީ 2023 އޮކްޓޫބަރު 13 ވާ ހުކުރު ދުވަހު ބިލެއްދޫ ފުޓްސަލް ދަނޑުގައެވެ.