ފ. އަތޮޅު ސްޓޯރަށް މުވައްޒަފަކު ހަމަޖައްސައިފި

30 ނޮވެންބަރު 2023


ފ. އަތޮޅު ސްޓޯރުގެ ސޭލްސް އޮފިސަރެއްގެ މަޤާމަށް 2023 ނޮވެންބަރު 30 ވަނަ ދުވަހު މުވައްޒަފަކު ހަމަޖައްސައިފިއެވެ. މި މަޤާމަށް ހަމަޖައްސާފައިވަނީ ފ. ނިލަންދޫ ކެތި ސަމްރާ ޢަބްދުއްރަޙީމެވެ.

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލާއި، ފ. އަތޮޅު ސްޓޯރުގެ ވަޒީފާ ތަކަށް ހަމަޖައްސާ މުވައްޒަފުންނަށް މަރުޙަބާ ކިއުމަށް ކުރިއަށް ގެންދާ ޕްރޮގްރާމްގެ ދަށުން ސަމްރާ ޢަބްދުއްރަޙީމަށްވެސް މަރުޙަބާކިއުމުގެ ޙަފްލާ 2023 ނޮވެންބަރު 30 ވަނަ ދުވަހު ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގައި ބާއްވާފައި ވެއެވެ. މި ހަފްލާގައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ރައީސް ޢަލީ މުޙައްމަދާއި، ކައުންސިލްގެ އިދާރާރީ ވެރިންނާއި މުވައްޒަފުން ބައިވެރިވެފައި ވެއެވެ.

ފ. އަތޮޅު ސްޓޯރަކީ 70 ގެ އަހަރު ތަކުގެ ތެރޭގައި ފ. އަތޮޅު ރައްޔިތުންގެ ނަމުގައި ފަށާފައިވާ ވިޔަފާރިއެކެވެ. މި ވިޔަފާރި މިހާރު ހިންގައި ބަލަހައްޓަމުން ގެންދަނީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުންނެވެ. މި ފިހާރައިން ފ. އަތޮޅުގެ ރަށްރަށުގެ ރައްޔިތުންނަށް ބޭނުންވާ ޢާންމު މުދާ ލިބެން ހުރެއެވެ. މިވިޔަފާރީގައި މަސައްކަތް ކުރުމަށް އިދާރީ 05 މުވައްޒަފުންނާއި މަސައްކަތު 02 މުވައްޒަފުން މިހާރު ތިބެއެވެ. މުވައްޒަފުންނަށް މުސާރައާއި ޢިނާޔަތްތައް ދެމުން ގެންދަނީ ފ. އަތޮޅު ސްޓޯރަށް ލިބޭފައިސާގެ ތެރެއިންނެވެ.

ފ. އަތޮޅު ސްޓޯރުގެ އިދާރީ ލިޔެކިއުންތަކާއި ފައިސާގެ ހިސާބުތައް ބެލެހެއްޓުމާއި، ސްޓޯރު ހިންގުމުގެ މަސައްކަތްކުރަނީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ ބިޒްނަސް ޑިވެލޮޕްމަންޓް ޔުނިޓުންނެވެ.