ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން 2024 ވަނައަހަށް ލަފާކުރި ބަޖެޓް ފާސްކޮށްފި

04 ޖަނަވަރީ 2024



ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން 2024 ވަނަ އަހަރަށް ލަފާކުރި ބަޖެޓް އަތޮޅު ކައުންސިލްގެ 2024 ވަނައަހަރުގެ ފުރަތަމަ ޢާންމު ޖަލްސާއިން 04 ޖަނަވަރީ 2024 ގައި ފާސްކޮށްފިއެވެ. މި ބަޖެޓަކީ އާމްދަނީއާއި ޚަރަދު އެއްވަރުވާ ތިލަފަތް ހަމަ ބަޖެޓެކެވެ.

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން 2024 ވަނަ އަހަރަށް ލަފާކޮށް ފާސްކުރި ބަޖެޓްގެ ޖުމްލައަކީ -/34،111،964 ރުފިޔާއެވެ. ޚަރަދުވާނެކަމަށް ލަފާކުރި ޚަރަދުގެ ޖުމްލައަކީވެސް -/34،111،964 ރުފިޔާއެވެ.

2024 ވަނައަހަރަށް ފާސްކުރި ބަޖެޓުގެ ތެރެއިން ކުރަން ކަނޑައަޅާފައިވާ މުހިންމު ކަންތައް ތަކުގެ ތެރޭގައި އަތޮޅުފެންވަރުގައި ޤުރުއާން މުބާރާތެއް ބޭއްވުމާއި، އަތޮޅުގެ ސްކޫލްތަކަށް އަމާޒުކޮށްގެން ފުޓްސަލް މުބާރާތަކާއި، ހޭންޑްބޯލް މުބާރާތެއް ބޭއްވުމާއި އަތޮޅުގެ ޒުވާނުންނަށް އަމާޒުކޮގެން އަތޮޅު ފެންވަރުގައި ވޮލީ މުބާރާތެއް ބޭއްވުމާއި، ރަށުކައުންސިލް އިދާރާ ތަކުގެ މުވައްޒަފުންގެ ފަންނީ ޤާބިލްކަން އިތުރުކުރުމަށް އެކި ދާއިރާތަކުން ތަމްރީނު ޕްރޮގްރާމްތަކާއި، އިޖްތިމާޢީ ތަރައްޤީގެ ޕްރޮގްރާމްތައް ހިންގުން ހިމެނެއެވެ. މި އަހަރަކީ މިހާތަނަށް ކައުންސިލުން ޚަރަދުކޮށްގެން އެންމެގިނަ ޕްރޮގްރާމްތައް ހިންގުމަށް ނިންމާފައިވާ އަހަރު ކަމުގައިވެސް ފާހަގަ ކުރެވެއެވެ.

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން 2023 ވަނަ އަހަރަށް ލަފާކޮށް ފާސްކުރި ބަޖެޓްގެ ޖުމްލައަކީ -/28،572،592 ރުފިޔާއެވެ. 2024 އަށް ލަފާކުރި ބަޖެޓަކީ 2023 ވަނަ އަހަރަށް ލަފާކުރި ބަޖެޓަށްވުރެ -/5،539،372 ރުފިޔާ އިތުރު ބަޖެޓެކެވެ.

2024 ވަނައަހަރު ލިބޭނެކަމަށް ލަފާކުރި އާމްދަނީ

1 ދައުލަތުން ދޭ ބްލޮކް ގްރާންޓް ދައުލަތުން ދޭ އެހީގެ ފައިސާ 9,726,239.00
2 "މާވަރު" ޓުރަސްޓް ފަންޑް ޓުރަސްޓް ފަންޑުގެ ޙަރަކާތްތަކުން ލިބޭފައިސާ 6,137,450.00
3 ފ.އަތޮޅުސްޓޯރަށް ލިބޭ އާމްދަނީ މުދާ ވިއްކައިގެން ލިބޭފައިސާ 18,248,275.00
ޖުމްލަ 34,111,964.00

2024 ވަނައަހަރު ޚަރަދުވާނެކަމަށް ލަފާކުރި ޚަރަދު

1 ދައުލަތުން ދޭ ބްލޮކް ގްރާންޓް މުވައްޒަފުންނަށް މުސާރަ ދިނުމާއި އިދާރީ ހިންގުމަށް 9,726,239.00
2 "މާވަރު" ޓުރަސްޓް ފަންޑް ޓުރަސްޓް ފަންޑުގެ ޙަރަކާތްތައް ހިންގުމަށް 6,137,450.00
3 ފ.އަތޮޅުސްޓޯރަށް ލިބޭ އާމްދަނީ މުވައްޒަފުންނަށް މުސާރަ ދިނުމާއި ސްޓޯރ ހިންގުމަށް 18,248,275.00
ޖުމްލަ 34,111,964.00