ފަޅުވެރި ޙަސަން ޒަރީރު ވަޒީފާއިން މުސްކުޅި ކޮށްފި

14 ޖަނަވަރީ 2024



ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގެ ފަޅުވެރި ފ. ނިލަންދޫ ރާސްތާ ޙަސަން ޒަރީރު ޢުމުރުން 65 އަހަރު ވުމުން ވަޒީފާއިން މުސްކުޅި ކުރައްވައި އެ މަޤާމުން 13 ޖަނަވަރީ 2024 ގައި ވަކި ކުރައްވައިފިއެވެ.

ފަޅުވެރި ޙަސަން ޒަރީރު ވަޒީފާއިން މުސްކުޅި ކުރައްވައި ވަޒީފާއިން ވަކި ކުރެއްވިއިރު ސަރުކާރުގެ ވަޒީފާގައި 18 އަހަރާއި 09 މަހާއި 13 ދުވަހު ޚިދުމަތް ކުރައްވާފައި ވެއެވެ. ޙަސަން ޒަރީރު ފަޅުވެރިއެއްގެ ވަޒީފާ އަދާކުރަން ފަށާފައިވަނީ 01 އެޕްރީލް 2005 ގައެވެ.

ފަޅުވެރި ޙަސަން ޒަރީރަކީ ސަލާމާއި ޗުއްޓީ ނެގުންމަދު ގަޑިއަށް ފަރުވާބަހައްޓާ، ޙަވާލުކުރެވޭ މަސައްކަތްތައް ފަރުވާތެރިކަމާއެކު ކުރަމުން ގެންދިޔަ އިޚްލާޞްތެރި ރަގަނޅު މުވައްޒަފެކެވެ.