ތަޖުރިބާ ހޯދުމުގެ ދަތުރެއްގައި މާޅޮސްމަޑުލު އުތުރުބުރީ އަތޮޅުކައުންސިލުން މިއަތޮޅަށް ޒިޔާރަތް ކޮށްފި

11 ފެބްރުވަރީ 2024ތަޖުރިބާ ހޯދުމުގެ ދަތުރެއްގައި މާޅޮސްމަޑުލު އުތުރުބުރީ އަތޮޅުކައުންސިލްގެ ވެރިންނާއި މުވައްޒަފުން މިއަތޮޅަށް ޒިޔާރަތް ކޮށްފިއެވެ. މިދަތުރުގައި މާޅޮސްމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ ރައީސް ބައިވެރިވެ ވަޑައިގަތެވެ.

މާޅޮސްމަޑުލު އުތުރުބުރީ އަތޮޅުކައުންސިލްގެ ރައީސާއެކު 28 ބޭފުޅުން ހިމެނޭގޮތަށް މިއަތޮޅަށް ކުރެއްވި މި ދަތުރުގައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ވެރިންނާއެކު ބައްދަލުވުމެއް ބާއްވާފައި ވެއެވެ.

2024 ފެބްރުވަރީ 09 ވަނަ ދުވަހުގެރޭ 20.30 ގައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ޖަލްސާކުރާ މާލަމްގައި ކުރިއަށް ގެންދިޔަ މިބައްދަލުވުމުގައި ދެ ކައުންސިލްގެ މަސައްކަތްތަކުގެ މަޢުލޫމާތު ޙިއްޞާ ކޮށްފައި ވެއެވެ. ތަޖުރިބާ ޙިއްޞާ ކުރުމަށް ބޭއްވި ބައްދަލުވުމުގެ އިތުރުން މާޅޮސްމަޑުލު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރީ މުވައްޒަފުން ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ ސެކްޝަންތަކާއި ޔުނިޓްތަކަށް ޒިޔާރަތްކޮށް، އިދާރީ މަސައްކަތްތަކާއި ފައިސާގެ މަސައްކަތްތައް ކުރަމުން ގެންދާ ގޮތުގެ މަޢުލޫމާތު އޮޅުން ފިލުވާފައި ވެއެވެ.

މާޅޮސްމަޑުލު އުތުރުބުރީ އަތޮޅުކައުންސިލުން މިއަތޮޅަށްކުރި ތަޖުރިބާ ދަތުރު ނިންމަވާލެއްވުމަށްފަހު އަތޮޅަށް ދިއުމަށް ފުރާފައިވަނީ 2024 ފެބްރުވަރީ 10 ވަނަ ދުވަހުގެ ހެނދުނުއެވެ.