ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ މުވައްޒަފުން ކައުންސިލްގެ އާ ރައީސަށް މަރުޙަބާ ކިޔައިފި

26 ފެބްރުވަރީ 2024ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އާ ރައީސް ޙައްވާ ޢަބްދުލް ޢަޒީޒު، މަޤާމުގެ ހުވައި ކުރެއްވުމަށްފަހު އަތޮޅު ކައުންސިލަށް ވަޑައިގަތުމުން އަތޮޅު ކައުންސިލްގެ މެންބަރުންނާއި ކައުންސިލްގެ އިދާރީ ވެރިންނާއި މުވައްޒަފުން ރައީސަށް މަރުޙަބާ ކިޔައިފިއެވެ.

ރައީސަށް މަރުޙަބާ ކިއުން އޮތީ 2024 ފެބްރުވަރީ 26 ވަނަ ދުވަހުގެ 11.15 ގައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ ގޯތި ތެރޭގައެވެ. ކައުންސިލްގެ ރައީސަށް މަރުޙަބާ ކިއުމުގައި ކައުންސިލްގެ ވެރިންނާއި މުވައްޒަފުން ބައިވެރި ވެފައި ވެއެވެ.

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އާ ރައީސްގެ ޝަރަފްގައި ކައުންސިލްގެ މުވައްޒަފުން ތައްޔާރު ކޮށްފައިވާ މެންދުރުގެ ފަރިއްކޮޅެއް ފ. އަތޮޅު ސްޓޭޓް ހައުސްގައި ބާއްވާފައި ވެއެވެ. މި ފަރިއްކޮޅުގައި ރައީސާއި، މެންބަރުންނާއި، ވެރިންނާއި މުވައްޒަފުން ބައިވެރި ވެފައި ވެއެވެ.