ތަޖުރިބާ ހޯދުމުގެ ދަތުރެއްގައި ހައްދުންމަތީ އަތޮޅު ކައުންސިލުން މިއަތޮޅަށް ޒިޔާރަތް ކޮށްފި

28 ފެބްރުވަރީ 2024ތަޖުރިބާ ހޯދުމުގެ ދަތުރެއްގައި ހައްދުންމަތީ އަތޮޅުކައުންސިލްގެ ވެރިންނާއި މުވައްޒަފުން 2024 ފެބްރުވަރީ 28 ވަނަ ދުވަހު މިއަތޮޅަށް ޒިޔާރަތް ކޮށްފިއެވެ. މިދަތުރުގައި ހައްދުންމަތީ އަތޮޅު ކައުންސިލްގެ ރައީސް ބައިވެރިވެ ވަޑައިގަތެވެ.

ހައްދުންމަތީ އަތޮޅުކައުންސިލްގެ ރައީސާއެކު 16 ބޭފުޅުން ހިމެނޭގޮތަށް މިއަތޮޅަށް ކުރެއްވި މި ދަތުރުގައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ވެރިންނާއެކު ބައްދަލުވުމެއް ބާއްވާފައި ވެއެވެ.

2024 ފެބްރުވަރީ 28 ވަނަ ދުވަހުގެރޭ 20.30 ގައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ޖަލްސާކުރާ މާލަމްގައި ކުރިއަށް ގެންދިޔަ މިބައްދަލުވުމުގައި ދެ ކައުންސިލުން ކުރަމުން ގެންދާ މަސައްކަތްތަކުގެ މަޢުލޫމާތު ޙިއްޞާ ކޮށްފައި ވެއެވެ.

ހައްދުންމަތީ އަތޮޅުކައުންސިލުން މިއަތޮޅަށްކުރި ތަޖުރިބާ ދަތުރުގައި މިއަތޮޅު ދަރަނބޫދޫއާއި މަގޫދޫ ކައުންސިލަށްވެސް ޒިޔާރަތް ކުރައްވާފައި ވެއެވެ. ދަތުރު ނިންމަވާލެއްވުމަށްފަހު އަތޮޅަށް ދިއުމަށް ފުރާފައިވަނީ 2024 ފެބްރުވަރީ 29 ވަނަ ދުވަހުއެވެ.