މިއަތޮޅުގެ ރަށު ކައުންސިލްތައް މޮނިޓަރ ކުރުމުގެ މަސައްކަތް ނިންމައިފިި

20 މޭ 2024



ނިލަންދެއަތޮޅު އުތުރުބުރީގެ ރަށު ކައުންސިލްތައް މިއަހަރު މޮނިޓަރ ކުރުމުގެ މަސައްކަތް 03 މޭ 2024 ގައި ނިންމައިފިއެވެ. ރަށު ކައުންސިލްތައް މޮނިޓަރ ކުރުމުގެ މަސައްކަތް މިއަހަރު ފަށާފައިވަނީ 24 ޖަނަވަރީ 2024 ގައެވެ. މިއަހަރު ކުރިއަށް ގެންގޮސްފައިވަނީ ރަށު ކައުންސިލް ތަކުގެ 2023 ވަނަ އަހަރުގެ މަސައްކަތްތަކެވެ.

ރަށު ކައުންސިލްތައް މޮނިޓަރ ކުރުމުގައި ބަލާ ކަންތައްތަކުގެ ތެރޭގައި ކައުންސިލް ތަކުގެ މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް އަދާކުރަމުންގެންދާ މިންވަރު ބެލުމާއި، އެ ރަށެއްގައިހުރި ސަރުކާރުގެ މުވައްސަސާތަކާއި ކައުންސިލާއި އޮންނަ ގުޅުންތައް ބެލުމާއި، ހުށަހަޅަންޖެހޭ ރިޕޯޓްތަކާއި ލިއުންތައް ހުށަހަޅަންޖެހޭ ފަރާތްތަކަށް ހުށަހަޅާފައިވޭތޯ ބެލުމާއި ކައުންސިލްގެ މުދަލާއި ފައިސާގެ ކަންކަންތައްތަކާއި އިދާރީ ކަންތައްތައް ޤާނޫނުތަކާއި ޤަވާޢިދުތަކާ އެއްގޮތަށް ގެންގޮސްފައިވޭތޯ ބެލުން ހިމެނެއެވެ.

ރަށު ކައުންސިލްތައް މޮނިޓަރ ކުރުމަށްފަހު ރަގަނޅު ކުރުމަށް ފާހަގަކުރެވޭ ކަންތައްތައް ރަގަނޅު ކުރުމަށް ކައުންސިލްތަކަށް އެންގުމަށްފަހު، އެމަސައްކަތް ކައުންސިލްތަކުން ކުރިއަށް ގެންގޮސްފައިވާ މިންވަރު ބެލުމުގެ ގޮތުން މިއަހަރުގެ ފަހުކޮޅުގައި ރިވިއު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާގޮތަށްވަނީ ހަމަޖެހިފައެވެ.

ރަށު ކައުންސިލްތައް މޮނިޓަރ ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިޔައިރު ހުރިހާ ކައުންސިލް ތަކުންވެސް ވަރަށްބޮޑު އެއްބާރުލުމެއް އަތޮޅު ކައުންސިލަށް ދެއްވާފައި ވެއެވެ.

ކައުންސިލްތައް މޮނިޓަރ ކުރުމުގެ މަސައްކަތްކުރި އަތޮޅު ކައުންސިލްގެ ޓީމުތަކާއި މޮނިޓަރ ކުރުމުގެ މަސައްކަތްކުރި ތާރީޚްތައް

ފ. ދަރަނބޫދޫ ކައުންސިލް

މޮނިޓަރކުރި ތާރީޚް: 24 ޖަނަވަރީ 2024 އިން 26 ޖަނަވަރީ 2024 އަށް

މޮނިޓަރިންގޓީމުގައި ހިމެނޭ ބޭފުޅުންނަކީ؛

01- އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް އިބްރާހީމް ޝަރީފް

02- އެކައުންޓްސް އޮފިސަރ ޢަލީ އަޙްމަދު

03- ކައުންސިލް އޮފިސަރ ޚަދީޖާ ޢަލީ

04- ކައުންސިލް އޮފިސަރ ޢާއިޝަތު ޢިބާދާ

ފ. ފީއަލީ ކައުންސިލް

މޮނިޓަރކުރި ތާރީޚް: 01 ފެބްރުވަރީ 2024 އިން 03 ފެބްރުވަރީ 2024 އަށް

މޮނިޓަރިންގޓީމުގައި ހިމެނޭ ބޭފުޅުންނަކީ؛

01- ލީގަލް އޮފިސަރ ޙައްވާ އަނޫޝާ

02- އެކައުންޓްސް އޮފިސަރ ޢަލީ އަޙްމަދު

03- ކައުންސިލް އޮފިސަރ ޚަދީޖާ ޢަލީ

04- ކައުންސިލް އޮފިސަރ ޢާއިޝަތު ޢިބާދާ

ފ. ބިލެއްދޫ ކައުންސިލް

މޮނިޓަރކުރި ތާރީޚް: 14 ފެބްރުވަރީ 2024 އިން 16 ފެބްރުވަރީ 2024 އަށް

މޮނިޓަރިންގޓީމުގައި ހިމެނޭ ބޭފުޅުންނަކީ؛

01- ލީގަލް އޮފިސަރ ޙައްވާ އަނޫޝާ

02- އެކައުންޓްސް އޮފިސަރ ޢަލީ އަޙްމަދު

03- ކައުންސިލް އޮފިސަރ ޚަދީޖާ ޢަލީ

04- ކައުންސިލް އޮފިސަރ ޢާއިޝަތު ޢިބާދާ

ފ. ނިލަންދޫ ކައުންސިލް

މޮނިޓަރކުރި ތާރީޚް: 13 މާރިޗު 2024 އިން 20 މާރިޗު 2024 އަށް

މޮނިޓަރިންގޓީމުގައި ހިމެނޭ ބޭފުޅުންނަކީ؛

01- ކައުންސިލް އެގްޒެކެޓިވް އިބްރާހީމް ޝަރީފު

02- އެކައުންޓްސް އޮފިސަރ ޢަލީ އަޙްމަދު

03- ކައުންސިލް އޮފިސަރ ޢާއިޝަތު ޢިބާދާ

04- ކައުންސިލް އޮފިސަރ ޖަމީލާ ޢަބްދުﷲ

ފ. މަގޫދޫ ކައުންސިލް

މޮނިޓަރކުރި ތާރީޚް: 01 މޭ 2024 އިން 03 މޭ 2024 އަށް

މޮނިޓަރިންގޓީމުގައި ހިމެނޭ ބޭފުޅުންނަކީ؛

01- ސެކްރެޓަރީ ޖެނެރަލް އަޙްމަދު އިބްރާހީމް

02- އެކައުންޓްސް އޮފިސަރ ޢަލީ އަޙްމަދު

03- ކައުންސިލް އޮފިސަރ ޢާއިޝަތު ޢިބާދާ

04- ކައުންސިލް އޮފިސަރ ޖަމީލާ ޢަބްދުﷲ