ދެ މުވައްޒަފަކު ސީނިއަރ ކައުންސިލް އޮފިސަރުގެ މަޤާމަށް
ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން ހުސްވެފައިވާ ސީނިއަރ ކައުންސިލް އޮފިސަރުގެ ދެ މަޤާމަށް 2024 މާރިޗު 26 ގައި ދެ މުވައްޒަފުން ހަމަޖައްސައިފިއެވެ.
ސީނިއަރ ކައުންސިލް އޮފިސަރުގެ މަޤާމަށް ހަމަޖެއްސި ދެ މުވައްޒަފުންނަކީ ފ. ނިލަންދޫ ކެނެރީގެއާގޭ ޚަދީޖާ ޢަލީއާއި، ފ. ނިލަންދޫ ވައިއެރޭގޭ ޖަމްނާ މޫސާ ނަޢީމެވެ. މި ދެމުވައްޒަފުންނަކީވެސް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާގެ ކައުންސިލް އޮފިސަރުގެ މަޤާމުގައި ތިއްބެވި ދެ މުވައްޒަފުންނެވެ.
މި ދެ މުވައްޒަފުންނަށް މަޤާމުގެ ކުރިއެރުން ލިބުމާގުޅިގެން މަރުޙަބާ ކިއުމުގެ ހަފްލާ ބާއްވާފައިވަނީ 2024 އެޕްރީލް 18 ވަނަ ދުވަހު ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާގައެވެ. މި ދެމުވައްޒަފުންނަށް މަރުޙަބާ ކިއުމުގެ މި ޙަފްލާގައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ ރައީސް ޙައްވާ ޢަބްދުލް ޢަޒީޒާއި، ކައުންސިލްގެ ވެރިންނާއި މުވައްޒަފުން ބައިވެރިވެފައި ވެއެވެ.
|
|