ތިމާވެށީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ގަސްއިންދުމުގެ ޙަރަކާތެއް ކުރިއަށް ގެންގޮސްފި
2024 ވަނަ އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ މުވައްޒަފުން ގަސްއިންދުމުގެ ޙަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫގައި އޭޒޯން ލައިސަންސް ދޫކުރުމަށް ތައްޔާރު ކޮށްފައިވާ ޓުރެކު ސަރަޙައްދުގައި 10 ގަސް އިންދާފައި ވެއެވެ. 2024 ޖޫން 05 ވަނަ ދުވަހުގެ ހެނދުނު 8.15 ގައި ކުރިއަށް ގެންދިޔަ މި ޙަރަކާތުގައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ ރައީސް ޙައްވާ ޢަބްދުލް ޢަޒީޒާއި، ކައުންސިލްގެ ވެރިންނާއި މުވައްޒަފުން ބައިވެރި ވެފައި ވެއެވެ.
2024 ވަނަ އަހަރުގެ ތިމާވެށީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަތޮޅު ނިލަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ނިލަންދޫގެ އާޘާރީ ސަރަޙައްދުގައި ރުއް އިންދުމުގެ ޙަރަކާތެއް 2024 ޖޫން 05 ވަނަދުވަހުގެ ހަވީރު 4.30 ގައި ކުރިއަށް ގެންގޮސްފައި ވެއެވެ. މިޙަރަކާތުގައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ ރައީސް ޙައްވާ ޢަބްދުލް ޢަޒީޒާއި، ނިލަންދޫ ކައުންސިލްގެ ރައީސް ޢަލީ އަޙްމަދާއި، ނިލަންދޫގައިހުރި މުވައްސަސާތަކުގެ ވެރިންނާއި މުވައްޒަފުން ބައިވެރި ވެފައި ވެއެވެ.
ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު 2024 ޖޫން 05 ގައި އިފްތިތާޙް ކޮށްދެއްވި، ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން ނިލަންދޫގައި ކުރިއަށް ގެންދާ ގަސް އިންދުމުގެ ޙަރަކާތް ފައްޓަވާ ދެއްވީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ ރައީސް ޙައްވާ ޢަބްދުލް ޢަޒީޒެވެ.
ނިލަންދޫ ކައުންސިލުން އިސްނަގައިގެން ނިލަންދޫގައި ހުރި މުވައްސަސާތަކާ ގުޅިގެން ކުރިއަށް ގެންދިޔަ ރުއް އިންދުމުގެ މި ޙަރަކާތުގައި ނިލަންދޫގައި ހުރިހާ މުވައްސަސާތަކުންވެސް ބައިވެރިވެ ރުއް އިންދާފައި ވެއެވެ. އަދި ނިލަންދޫގެ ބައެއް ޖަމްޢިއްޔާ ތަކުންވެސް މިޙަރަކާތުގައި ބައިވެރިވެފައި ވެއެވެ. މި ޙަރަކާތުގެ ތެރެއިން ގިނަ ޢަދަދެއްގެ ރުއް އިންދާފައި ވެއެވެ.
|
|