ކަސްޓަމަރކެއަރ ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންދިއުން

07 ޖޫން 2024



ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން 2024 ވަނަ އަހަރު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޙަރަކާތްތަކުގެ ތެރޭގައި ހިމެނޭ ކަސްޓަމަރ ކެއަރ ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންގޮސްފިއެވެ.

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން ހިންގާ ފ. އަތޮޅު ސްޓޯރުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން 2024 ޖޫން 06 ވަނަ ދުވަހުގެރޭ 20.30 ގައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމްގައި ކުރިއަށް ގެންދިޔަ މި ތަމްރީނު ޕްރޮގްރާމްގައި ފ. އަތޮޅު ސްޓޯރުގެ 03 މުވައްޒަފުންނާއި، ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގެ 04 މުވައްޒަފުންނާއެކު ޖުމްލަ 07 މުވައްޒަފުން ބައިވެރި ވެފައިވެއެވެ.

މި ތަމްރީނު ޕްރޮގްރާމްގައި ޚިދުމަތް ހޯދުމަށް އަންނަ ކަސްޓަމަރުންނާއި މެދު މުޢާމަލާތްކުރާނެ ގޮތާއި، އެމީހުން އެދޭ ކަންތައްތައް ކޮށްދިނުމުގައި ގެންގުޅެންޖެހޭ ރީތީ އާދަތަކާއި ގޮތްތަކާއި، ޚިދުމަތް ހޯދުމަށް އަންނަ ކަސްޓަމަރުންނަށް ދޭންވާ ސަމާލުކަން ނުދިނުމުން އެތަނަކަށް ކުރާނެ ނޭދެވޭ އަސަރުތައް ބައިވެރިންނަށް އޮޅުންފިލުވައި ދެއްވާފައި ވެއެވެ.

މި ތަމްރީނު ޕްރޮގްރާމްގައި މަޢުލޫމާތު ދެއްވާފައިވަނީ މިނިސްޓްރީއޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އަންވަރު ޢަލީއެވެ.