ދިވެހި ސިވިލްސަރވިސް ކޮންފަރެންސްގައި ރައީސާއި ސެކްރެޓަރީ ޖެނެރަލް ބައިވެރިވެއްޖެ

11 ޖޫން 2024


ފޮޓޯ: ސިވިލްސަރވިސް ކޮމިޝަން

ސިވިލްސަރވިސް ކޮމިޝަނުން އިންތިޒާމްކޮށްގެން މާލޭގައި ބޭއްވި ދިވެހި ސިވިލްސަރވިސް ކޮންފަރެންސް 2024 ގައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން ބައިވެރިވެއްޖެއެވެ. މި ކޮންފަރެންސްގައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން ބައިވެރިވެފައިވަނީ އަތޮޅު ކައުންސިލްގެ ރައީސް ޙައްވާ ޢަބްދުލް ޢަޒީޒާއި، ސެކްރެޓަރީ ޖެނެރަލް އަޙްމަދު އިބްރާހީމެވެ.

2024 ޖޫން 09 އިން 10 އަށް 02 ދުވަހުގެ މުއްދަތަށް މާލޭގައި ބޭއްވި މި ކޮންފަރެންސަކީ، ދިވެހި ސިވިލް ސަރވިސް ޒަމާނީކޮށް ކުރިއެރުވުމަށް ބޭނުންވާ ޢިލްމީ އަދި ފަންނުވެރި ޚިޔާލާއި މަޢުލޫމާތު ހޯދުމުގެ މަޤްޞްދުގައާއި ސިވިލް ސަރވިސްގެ އިންތިޒާމްތައް ރޭވިފައިވާ ގޮތްތައް ދިރާސާކޮށް ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ޓަކައި ހަމަޖައްސަންޖެހޭ އިންތިޒާމުތައް ދެނެގަނެ އެކަށައެޅުމަށް ބޭއްވި ކޮންފަރެންސެކެވެ.

"ސްމާރޓް ގަވަރނަންސް ފޯރ ސިވިލް ސަރވިސް އެކްސެލެންސް" މި ތީމުގެ ދަށުން ކުރިއަށް ގެންދިޔަ 4 ވަނަ ދިވެހި ސިވިލް ސަރވިސް ކޮންފަރެންސްގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ޖުމްލަ 250 އަށްވުރެ ގިނަ ބައިވެރިވެރިން ބައިވެފައި ވެއެވެ.

މިކޮންފަރެންސްގައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިތުރުން ފީއަލީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް ޣައްސާން މުޙައްމަދާއި، ނިލަންދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަޙްމަދު ޢަރީފް ބައިވެވަޑައިގަތެވެ.