ކީރިތި ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި ބައިވެރިވާ ދަރިވަރުންނަށް އެލަވަންސް ދީފި

12 ޖޫން 2024



ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުން އިންތިޒާމް ކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ކީރިތި ޤުރްއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުގައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ ނަމުގައި ބައިވެރިވާ ދަރިވަރުންނަށް އެލަވަންސްދީފިއެވެ.

މިމުބާރާތުގައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ ނަމުގައި ބަލައިގެންނާއި ނުބަލައި ކިޔެވުމުގެ ގޮފިން ޖުމްލަ 22 ދަރިވަރުން ވާދަކުރެއެވެ. މުބާރާތް ފެށުމަށް މުބާރާތް ފެށުމަށް ކީރިތި ޤުރްއާނާބެހހޭ ޤައުމީ މަރުކަޒުން ނިންމާފައިވަނީ 2024 ޖޫން 29 ވަނަ ދުވަހުއެވެ. މުބާރާތް ބާއްވަނީ މާލޭގައެވެ.

މިމުބާރާތުގައި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް ތަމްޘީލްކުރާ 22 ދަރިވަރުންނަށް ކޮންމެ ދަރިވަރަކަށް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން ދިނުމަށް ނިންމާފައިވާ -/1500 ރުފިޔާ ދައިވަރުންނާއި ޙަވާލު ކުރުމަށް 2024 ޖޫން 10 ވަނަ ދުވަހު އެދަރިވަރެއް ނިސްބަތްވާ ސްކޫލެއްގެ އެކައުންޓަށްވަނީ ޖަމާކޮށްފައެވެ. މިއީ، ޤައުމީ ޤުރްއާން ކިޔެވުމުގެ މުބާރާތުގައި އަތޮޅު ތަމްޘީލް ކުރުމަށް ބައިވެރިވާ ދަރިވަރުންނަށް އަތޮޅު ކައުންސިލުން އެލަވަންސެއް ދޭ ފުރަތަމަ ފަހަރެވެ.

ބަލައިގެންނާއި ނުބަލައި ކިޔެވުމުގެ ގޮފިން ދަރިވަރުން ކިޔަވަންޖެހޭ ގޮތުގެ ތާވަލް ޤުރުއާނާބެހޭ މަރުކަޒުން މިހާރުވަނީ ޢާންމުކޮށްފައެވެ. މިތާވަލުގައިވާ ގޮތުން ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ ނަމުގައި ބައިވެރިވާ 22 ދަރިވަރުންގެ ކިޔެވުން 2024 ޖުލައި 01 އިން 03 އަށް ކިޔަވައި ނިމޭނެއެވެ.

* ބަލައިގެން ކިޔެވުމުގެ ގޮފީގެ ކުދިންގެ ތާވަލް

* ނުބަލައި ކިޔެވުމުގެ ގޮފީގެ ކުދިންގެ ތާވަލް