ފާފު ވޮލީ މުބާރާތަށް ބޭނުންވާ ބައެއްތަކެތި ސްޕޯރޓްސް މިނިސްޓްރީން ހަދިޔާކޮށްފި

13 ޖޫން 2024



ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން މިއަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ވޮލީ މުބާރާތަށް ބޭނުންވާ ބައެއްތަކެތި މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ފަރާތުން ހަދިޔާކޮށްފިއެވެ. ހަދިޔާކުރެއްވި ތަކެތީގެ ތެރޭގައި ހިމެނެނީ 03 ވޮލީބޯލް، 01 ވޮލީނެޓް، 01 ވޮލީ އެންޓަނާއެވެ.

މިތަކެތި ޙަވާލު ކުރުމަށް 2024 ޖޫން 13 ވަނަ ދުވަހު ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމްގައި ބޭއްވި ބައްދަލުވުމުގައި މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ފަރާތުން މިތަކެތި ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލާއި ޙަވާލުކޮށް ދެއްވީ ފ. ނިލަންދޫ ޒުވާނުނުންގެ މަރުކަޒުގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ އަޙްމަދު ޚަލީލެވެ. ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން މިތަކެއްޗާއި ޙަވާލުވެލެއްވީ ރައީސް ޙައްވާ ޢަބްދުލް ޢަޒީޒެވެ.

މިއަހަރުގެ ވޮލީ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 2024 ޖުލައި 07 ވަނަ ދުވަހުއެވެ. މިމުބާރާތުގައި މިއަތޮޅުގެ ހުރިހާ ރަށުކައުންސިލް ތަކުން ބައިވެރިވެ ކޮންމެ ކައުންސިލަކުންވެސް އަންހެން ޓީމަކާއި ފިރިހެން ޓީމެއް ބައިވެރިކޮށްފައި ވެއެވެ.

މިއަތޮޅު މަގޫދޫގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލީގު އުޞޫލުން ކޮންމެ ޑިވިޜަނެއްގައި ހިމެނޭ ޓީމުތައް ކޮންމެޓީމެއް ކޮންމެޓީމަކާ ވާދަކޮށްގެން ކޮންމެ ޑިވިޜަނަކުން އެންމެގިނަ ޕޮއިންޓްހޯދާ ދެ ޓީމު ފައިނަލްގައި ވާދަކުރާ ގޮތަށެވެ. ފައިނަލްމެޗުތައް އޮންނާނީ 2024 ޖުލައި 18 ވަނަދުވަހުއެވެ.

ޖުމްލަ 10 ޓީމު ވާދަކުރާ މި މުބާރާތުގައި އަންހެން އަދި ފިރިހެން ޑިވިޜަންގެ ފައިނަލް މެޗާއެކު ޖުމްލަ 22 މެޗު ކުޅޭނެއެވެ. މުބާރާތުގެ ކުޅުން ދެ ދަންފަޅީގައި ކުރިއަށް ގެންދެވޭނެއެވެ. އެގޮތުން ހަވީރު 4.30 ގައި ކުރިއަށް ގެންދާނީ އަންހެން ޑިވިޜަންގެ މެޗުތަކެވެ. ރޭގަނޑުގެ 20.30 ގައި ކުރިއަށް ގެންދާނީ ފިރިހެން ޑިވިޜަންގެ މެޗުތަކެވެ.