"ފާފު އެވޯޑް 2018" އަށް ކުރިމަތިލުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލައިފި

06 ފެބުރުވަރީ 2018


ތަފާތު އެކި ދާއިރާތަކުން ފާހަގަ ކުރެވޭފަދަ ޝަރަފުވެރި ޚިދުމަތްތައް ދިގުމުއްދަތަކަށް ފ.އަތޮޅަށް ކޮށްދީފައިވާ ފަރާތްތަކާއި، ތަފާތު އެކިދާއިރާތަކުން ފާހަގަ ކުރެވޭފަދަ އަގުހުރި ޚިދުމަތްތަކެއް ފ.އަތޮޅަށް ކޮށްދީފައިވާ ފަރާތްތަކާއި، 2016 އަދި 2017 ވަނަ އަހަރު ފަޚްރުވެރި ވަނަތައް ފ.އަތޮޅަށް ހޯދާދީފައިވާ ފަރާތްތަކާއި، އެންމެ ޚިދުމަތްތެރި ކުލަބު ޖަމްޢިއްޔާ އަދި އެންމެ ހިންގުންތެރި ކައުންސިލަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް ފާހަގަކޮށް، އެފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ފ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ދެއްވާ "ފާފު އެވޯޑު 2018" އަށް ކުރިމަތިލުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލައިފިއެވެ. މިއެވޯޑް ދިނުމަށް ހަމަޖެހިފައިވަނީ މައިގަނޑު 07 ދާއިރާގެ މައްޗަށެވެ. އެ ދާއިރާތަކަކީ؛

1- ޝަރަފްވެރި ކަމުގެ އެވޯޑު

2- ހިތްވަރު ދިނުމުގެ އެވޯޑު

3- ކައުންސިލުން ދޭ ޚާއްޞަ އެވޯޑު

4- މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ކައުންސިލުން ދޭ ޚާއްޞަ އެވޯޑު

5- ޚާއްޞަ ޚިދުމަތުގެ އެވޯޑު

6- އެންމެ ޚިދުމަތްތެރި ކުލަބު/ ޖަމްޢިއްޔާގެ އެވޯޑު

7- ހިންގުން ތެރިކަމުގެ އެވޯޑު

މި އެވޯޑަށް ކުރިމަތި ލައްވަން ބޭނުންފުޅުވާ ފަރާތް ތަކުން 28 ފެބުރުވަރީ 2018 ވާ ބުދަ ދުވަހުގެ ދުވަހުގެ 14:00 ގެ ކުރިން އެވޯޑަށް ކުރިމަތި ލައްވަން އެދޭފޯމް ފުރިހަމަ ކުރުމަށްފަހު، ފ.އަތޮޅު ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުމަށް މި ކަމާގުޅޭ ގޮތުން ކުރެއްވި އިޢުލާނުގައި ބުނެއެވެ.

މި އެވޯޑްތަކަށް ކުރިމަތިލެވޭ ދާއިރާތަކާއި، އެވޯޑަށް ކުރިމަތިލުމުގައި ކައުންސިލުން ބަލާނެ މިންގަނޑުތައް ހިމަނާ ތައްޔާރު ކޮށްފައިވާ "ފާފު އެވޯޑު ދިނުމުގެ ސިޔާސަތު" ފ.އަތޮޅު ކައުންސިލުންނާއި ރަށުކައުންސިލްތަކުން އަދި ފ.އަތޮޅުކައުންސިލްގެ އިދާރާގެ ވެބްސައިޓް www.faafu.gov.mv އިން ލިބެން ހުންނާނެ ކަމަށާއި، އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، ފ.އަތޮޅު ކައުންސިލްގެ އިދާރާގެ 6740017 ނަންބަރު ފޯނާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްވެސް އިޢުލާނުގައި ބުނެއެވެ.

"ފާފު އެވޯޑް" ދިނުމުގެ ސިޔާސަތު